ފުލުހުން އަތުލައިގެން މަސްތުވާތަކެތި: ދެ މީހަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ޕޮލިސް
23 ނޮވެމްބަރ 2017 - 18:31
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދިހަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑުރަގް އެންފޯސްމަންޓްގެ ހެޑް ސްޕުރިޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ ހުޅުމާލެއިން 44 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށް ހިންގި އޮޕަރޭޝަންގައި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް ކަމަށެވެ.
ފުލުހުން އަތުލައިގަތް 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ދައްކާލަނީ -- ފޮޓޯ: ޕޮލިސް
އެމީހުން މަސައްކަތް ކުރާ ގުދަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު އެ މަސްތުވާތަކެތީގެ ތެރޭގައި 5.2 ކިލޯ ހަޝިޝް އޮއިލް އާއި 503 ގުރާމްގެ ހެރޮއިންނާއި 2.1 ކުރިސްޓަލްމެޓް ހިމެނެ އެވެ.
މޫސަ ވިދާޅުވީ އެއީ މިހާތަނަށް ހިންގި އޮޕަރޭޝަންއެއްގައި ކުރިސްޓަލްމެޓް އެންމެ ގިނައިން އަތުލައިގަނެވުނު ފަހަރު ކަމަށެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގެން މަސްތުވާތަކެތި-- ފޮޓޯ: ޕޮލިސް
ހައްޔަރުކުރި 44 އަހަރުގެ ދިވެހި ފިރިހެން މީހާއަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގެ ކުށް ސާބިތުވެ ޕެރޯލްގެ ދަށުން ދޫކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އޭނާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ވަނީ ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެތު
25 November 2017
ކްރިސްޓަލް މެތު މެޓެއް ނޫން...
ފުވައްމުލަކު މީހާ
24 November 2017
، މިފަދަ ބޮޑެތި ޖަރީމާތައް ހޯދާ ފުލުހުންގެ އަގު ގައުމީ ފެންވަރުގައި ފާހަގަކޮށް ގައުމީ އިނާމެއް ދިނުން ކީއްތޯ؟ ދިވެހިފުލިހުންގެ މަސައްކަތަށް އައްސަރިބަހާ ސާބަސް.
އަހުމަދުއިބްޔާ
24 November 2017
ދެން ބަޔަކު ހަކުރުބުޔަސް އެއީ ޔާމީނުކުރުވިކަމެއްތަ. ބައްޔެއް. ސިޔާސީ ވާންނޭގި ސިޔާސީނުވެބަލަ މީހުންނޭ.
ނަޓްސް
23 November 2017
ތިޔޭ މިބުނާ ވާހަކަ އަކީ! އުމުރުން 44 އަހަރުވި މީހާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގެ ކުށް ސާބިތުވެ ޕެރޯލްގެ ދަށުން ދޫކޮށްފައިވާ މީހެކެވެ. ދެން ކިތަންމެ ވަރަކަށް މިކަން ހުއްޓުވަން އުޅުނަސް ހިލަމެއްވެސް ވާނެބާ؟ އަދިވެސް މީހުންތައް އިތުރަށް ދޫކުރަން އެރާވަނީ.. ބޯ ހަލާކު..
ހާރޫނު
23 November 2017
ކިތައްމެ ވަރަކަށް މީހުނަށް ފަރުވާދިނަސް ތިކަން ހުއްޓުވޭނެތަ
އަންމަޑޭ
23 November 2017
އަވަަށް ތިޔަ ނައްތާލާށެވެ. ނޫނީ ބޭރު ވެދާނެއެވެ.
މެންޓަލިސްޓް
23 November 2017
10 މިލިއަން ސްޓްރީޓްވެލިއު ،،،، ވީމާ އެގޭ އެއްޗަކީ ރާއްޖޭގެ އާބާދީގައި 350 ހާސްވަރުމީޙުން އުޅޭއިރު ހާދަބޮޑު މާރކެޓްއެއް ތިޔަކުމުގައި އޮތިމައޭ ތިޔާވަރުގެ ބޮޑެތި ޝިޕްމަންޓްތަށް ގެނެސްވިއްކަމުން އެދަނީ ،،،، އަދި ތިޔައީ އަތުވި ބައި ،،، އަތުނުވާބައި ގިނަވާނީ ،،،، މާނައަކީ ތިޔަސާމާނު ގަންނަން ހާދަހާ ބޮޑުއަދެއްގެ ބޭރުފައިސާވެސް ގައުމުން ބޭރުވާނޭ ،،،، ދެންއޮތި ތިޔަކަމެށް ފަސޭހައިން ހުއްޓުވޭނެ އެއްވެސް ގޮތެއްނެތޭ ،،،،، އެކަންދާނީކުރިއަށޭ ،،، ޔޫރަޕްގެ ބައެއްގައުމުތަކުގައި ހެދިވަޑާމަކީ ގޮތްހުސްވީމައި ،،،، މަސްތުވާ ތަކެތީގެ ހިކި ވައްތަރުތަށް ޕްރީސްކުރިމްޕްޝަން ޑްރަގް އަކަށްހަދައި އެތަންތަނުން ވިއްކަންފެށީ ،،، އެވެސް ހެތޮއަގެއްގައި ،،، އަދި ކޫޕަންއެއްވެސް އޮންނަމީޙުންނަށް ،،، އެހެންހެދީމައި އެއްކަލަ ބުލެކްމާރކެޓް އުވި ،،،، އެވިއްކައިގެން މިލިއަރނަރުންނާ ވާބައި ގެއްލިހުސްވެގެންދިއައީ ،،، މިތާކު އެހެނެއްނުހެދޭނެ ،،، ދީނާޢި ގާނޫންތަށް ތަންނުދޭތީވެ ،،، ވަރަށްވެދުން
އައްޑޫ ރަދުން
23 November 2017
ތިޔަ ހޯދި ޑުރަގަށް ރަނގަޅުގޮތެއްވާނެ ހިފެހެއްޓި ދެމީހުނަށް ވަކިން ރަނގަޅުގޮތެއްވާނެ....
އަހުމަދުބެ
23 November 2017
ބޭކާރު ކަމެކެވެ. ޑްރަގް މައްސަލަ ތަކުގަ ހައްޔަރު ކުރާ ގިނަ ބަޔަކު އެބަ ދޫކޮށްލައެވެ. ޑްރަގް ކޯޓުން ވެސް ގިނަ ބަޔަކު ދަނީ ދޫކުރަމުންނެވެ. އެއްބަޔަކު ބުރަ މަސައްކަތުން ހައްޔަރު ކުރާ އިރު އަނެއްބަޔަކު ދުކުރަނީއެވެ. ހައްލެއް ބޭނުންވެއެވެ.
ނުން ބުނަން
23 November 2017
ތިތަކެތި ވިއްކައިލީމާ މަށަށް 83 އަހަރުގެ މުސާރަ ދެވޭނެ.