މާލެ: ނޮވެމްބަރު 30، 2017- ކޮޅިގަނޑުގައި ވެސްޓްޕާކް ސަރަހައްދަށް ރާޅުއަރަނީ. ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ގަދަވުމާއިއެކު އެގައުމަށް ރެޑް އެލާޓް ނެރެފައިވާއިރު، އެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށްވެސް މިވަނީ ލައްވާލާފައި. މި ކޮޅިގަނޑާއި ގުޅިގެން ރާއްޖެއަށް ލައްވާލައިފައިވާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ އުތުރާއި މެދު ރާއްޖޭގެ ހިސާބުތަކަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން ވަނީ ބުނެފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
17 ޑިސެމްބަރ 2017 - 15:48
ރާއްޖެ އަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި މޫސުން އެންމެ ގޯސްވާނީ މެދު ރާއްޖެ އާއި ދެކުނުގެ ހިސާބުތަކަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.
މޫސުން ލަފާކޮށް މެޓްގެ އޮފިޝަލަކު ވިދާޅުވީ ދެކުނާއި މެދު ރާއްޖޭގެ ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ވުރެ އުތުރަށް ގަދަ އަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ރާއްޖެ އަށް މިހާރު ކުރަމުން މި ދަނީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރަ އެކެވެ.
ALERT YELLOW
— Maldives Meteorology (@MetMaldives) December 17, 2017
Advisory:
Torential rain,thunderstorms and gust winds of 45 mph expected.
Area: Area between Kaafu and Thaa atolls.
PERIOD:
17/1430 - 17/1730 hrs.
ISSUED:
1400 hrs 17 December 2017.
-MetService-
"ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަވާނެ ކަމަށް ލަފާކުރެވެނީ. އެކަމަކު މި ހަފުތާގެ ތެރޭގައި މޫސުން ރަނގަޅުވާން ފަށާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މެދުތެރޭ އަތޮޅުތަކަށް ވައިޖެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވަނީ އިރުއުތުރާއި އިރުން ގަޑިއަކު 10-20 މޭލު ބާރުމިނުގަ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 3-13 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކުރެ އެވެ.
ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5-15 މޭލު ބާރުމިނުގައި ވައިޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ އެވެ.
މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓުން ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު ހަވީރު 5:30 ވަންދެން ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެ ސަރަހައްދުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައި ވެ އެވެ.
މިިއީ އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް ކަމަށްވާ ނުލަ ނަކަތުގެ ހަތް ވަނަ ދުވަހެވެ. އިރުވައި މޫސުން ފެށެނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްސިކް
18 December 2017
ނުލަ ނަކަތް ކިޔާ ނަކަތެއް ނުދަންނަން
ކުޑަދޫ
17 December 2017
ނުލަ ނަކަތެއްނޫން. 7 ވަނަ ދުވަހެއްވެސް ނޫން އިނގޭތޯ؟ މުލަނަކަތް. 8 ވަނަ ދުވަސް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
17 December 2017
މާލޭ ޓީވީ ޗެނަލް ތަކުން ވެސް ބަންގި ގޮވާ ނިމުމަށްފަހު ބުނެ އުޅޭ “މާލެ އާއި މާލެ ކައިރީގައިވާ ރަށްރަށަށް” އެއީ ކޮން ރަށްރަށެއް ކަން އިގެނީ ކޮންބަޔަކަށް ކިހިނެއް؟! މާލެ އަކީ “ރާއްޖޭގެ އެހެން އަތޮޅު ތަކާއި ހިލާފަށް މާދުރުގައި އޮތް އެމަރިކާގެ ސިޓީތައް ފެތުރުނު ފަދައިން ބައްރެއްގެ މައްޗަށް އަވަށްތައް ބެހިގެން އުފެދިފައިވާ ތަނަކަށްވާތީތޯ ކ އަތޮޅަށް އެލާޓް ނެރެފައި މާލެ އޭގައި ޝަމިލް ނުކޮށް” އޮތީ؟! މެދު ރާއްޖެ ތެރޭގައި މާލެ ނުހިމަނާ ނަމަ ފުވައްމުލަކަށް އެލާޓް ނެރޭ އިރުވެސް ވަކިވަކިން އަވަށްތަކަށް އެލާޓް ނެރުން އެންމެ ރަނގަޅު ގޮތަކީ.
ނުފެނޭ
17 December 2017
ކޮން ޒަމާނެއްގަތަ ޓީވީ ޗެނަލުން ބަންގި ނިމިގެން މޫސުން ގެންނަނީ؟ އަދި ދިމާނުވޭ ތިކަމަކާ. މިހާރު ގައިމުވެސް ގެންނަނީ ބަންގި ދުއާއާ ޤުރުއާން.
ދޮން ހަސަނު
18 December 2017
މާ ޑޮްކޓަރުން ގިނަވީމައި ކިޔާ ނުކިޔާ އެއްޗެއް ނޭންގެ