ިޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
18 ޑިސެމްބަރ 2017 - 15:20
ބޭސްފަރުވާއަކަށް ޖަރުމަނުގައި މިވަގުތު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލު ކުރެއްވުމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު މިއަދު ޖަރުމަނަށް ވަޑައިގެންފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ޖަރުމަނަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ގާސިމާ މަޝްވަރާ ކުރެއްވުމަށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އަލީ ވަހީދާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ވަކިއެއްޗެއް ހާމަކުރައްވަން ބޭނުން ނުވާ ކަމަށެވެ.
އަމިއްލައަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖަމީލާއި އަލީ ވަހީދު ދާދި ފަހުން ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ހިމެނޭ ގޮތުން ސިޔާސީ ބައެއް ބޭފުޅުންނާ ލަންޑަންގައި ބައްދަލުކުރައްވައިފަ އެވެ. އެ ދަތުރަށް ފަހު އެނބުރި ވަޑައިގެން އުމަރު މިދިއަ ބުރާސްފަތިދުވަހު ޖޭޕީއަށް ސޮއިކުރެއްވި އެވެ.
ޖޭޕީއާ އުމަރު ގުޅިވަޑައިގަތުމާ ބެހޭ ގޮތުން ޖަމީލާއި އަލީ ވަހީދު ވެސް ވަކި އެއްޗެކޭ އަދި ވިދާޅެއްނުވެ އެވެ. އެކަމަކު އެމްޑީޕީ ވެސް ހިމެނޭ އިދިކޮޅު ކޯލިޝަންގައި އެމްޑީޕީއާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް އުމަރު ވަނީ ފާޅުގައި ވިދާޅުވެ އެވެ. އެހެންކަމުން އޭނާ އަށް ޖޭޕީގެ ތެރެއިންނާއި އެމްޑީޕީގެ ތެރެއިން ވެސް ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އަލީ ވަހީދު ވިދާޅުވެފައިވަނީ އިދިކޮޅުން ނެރެން ޖެހޭނީ އެއް ކެންޑިޑޭޓެއް ކަމަަށާއި އެފަދަ ގައުމީ ކެންޑިޑޭޓެއް ހޯދަން ސިކުންތުކޮޅެއް ވެސް ނުނަގާނެ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ނެރޭ އެއް ކެންޑިޑޭޓަކީ ގާސިމް ކަމަށް ހަމަޖައްސަން ޖުމްހޫރީ ޕާޓީން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި އެމްޑީޕީީން ބޭނުންވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރޭށެވެ.
އެކަމަކު ނަޝީދާއި ގާސިމަށް ވެސް އިންތިހާބަށް ކުރިމަތިލެއްވޭނީ ގާނޫނީ ގޮތުން ހައްލުތަކެއް ހޯދިގެންނެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބުނާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ގާސިމްގެ އުމުރުން މިހާރު ވަނީ 65 އަހަރު ވެފަ އެވެ.
ނަޝީދު ހުންނެވީ ރައީސްކަމަށް ކުރިމަތިލާ މީހަކާ ބެހޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
general kavaab
19 December 2017
ސިޔާސީ ގޮތުން ފެއިލް ވެފައި ތިބި މީހުން ހުސް
މމއއއ
19 December 2017
ޥެރިކަން ބަދަލުކުރީ ކުރީފަހަރުވެސް އެނމެންވެގެނ ވިއްޔާ ފަޅައިއަރާއިފާނެތީ އެެްބައިވާން މަޖުބޫރުވަނީތާ.އެކުރެވުނުހާކަންތަކާވެސް ހިތައް އަރާނެތާ.
އަހަންމަދޭ
19 December 2017
ހެހހެހެހ އުމަރު ދެކެ ބިރު ގަންނަނީ. ހުން އަންނަނީ. މޭ ތެޅެނީ. އަވަދި ވަނީ. ކަކަކަކަކަ
ދީމާހު
19 December 2017
އިންޑިއާގެ ފައިސާގައި ކެމްޕޭން ހިންގަނީ ދޯ
މެންޓަލިސްޓް
18 December 2017
އަޅުގަނޑު ކިޔާލިވާހަކައެއްގާ އޮވޭ ކުރީޒަމާނެއްގައި ،،،، ވަރަށް އަގުބޮޑުކޮށް އޭރުގެ ގޮތުންނަމަ 20 ސަކަށްމިލިއަން ލީރާއަށް ގަން ތާޅަފިއްޔެއްގެ ވާހަކަ ،،،، އެއީ އޭރުގެ ވެރިންނަށް މާކަމުގޮސްގެން ގަތް ތާޅަފިއްޔެއް ،،، ނަމަވެސް ފަހުން ބަލާޅައިރު އެއީ ގަނެގެންވެސް އަމިއްލަ ކުރެވޭޒާތުގެ ތާޅަފިއްޔަކަށްނުވި ،،،، އެންމެ ފަހުން މިލްކުވެރިކަން ގެއްލި އެތާޅަފިލި އެކިމީހުން އެކިއިރަށް ފުމެންފެށީ ،،،، އެމީހަކު ބޭނުންވާވާހަކައެއް އެތާޅަފިލިން ރަށުތެރޭގައި އަޑުހަރުކޮށް ބޭނުންކުރަންފެށީ ،،،، އޭގެއަޑުބާރުކަމުން މަތިންދާބޯޓްގައި ހުންނަ ބޫމްބޫމް އަޑުގޮތަށް ބައެއްމީހުން ރަމްޒްކޮއްއުޅުނު ،،،، މިހުންނަނީ އިބްރަތްތެރި ސިޔާސީ ވާހަކަތަށް ،،،، މައައްސަލާމާ ،،
އަލީ.
18 December 2017
އުމަރު ބޭރުކުރޭ ކޯލިށަން ރޫޅާލާ ހާޖާނު ހައްދަން ޔާމިނު ފޮނުވާފަ ހުރި ޖާސޫސެއްތިޔައުމަރަކީ
ދޮންތުއްތު
19 December 2017
ނުކުރެވޭނެ ބޭރެއް. ހަމަ ނުކުރެވޭނެ. ރީނދޫ ބައިގަނޑު ނުކުމޭ. ދުރަށް ދޭ. ގެއްލޭ. ފއސޭ.
މަހިންދަރު
18 December 2017
އުއްމީދުކުރަނީ ތިދަތުރަކީ ރާއްޖޭގެ ރައްޔިތުންނަށް ވަރައް އުއްމީދުތަކެއް ގެނެސްދޭނެ ދަތުރަކައް ވާނެ ކަމައް އަދިވެސް ރާއްޖޭގެ ރައްޔިތުންނައް ރަގަޅުވެރިކަމެއް ގެނެސްދެވޭނީ ޑރ.ޖަމީލް އަދި އަލީވަހީދު މެންނިކުމެގެން...ސާބަސް ތިޔަކުރައްވާ މަސައްކަތައް. ގާސިމް ވެސް ވެރިކަން ބޭނުންވާ ކަމައްވާ ނަމަ ޖަމީލް މެން އަލީވަހީދުމެން ގޮވާގެން ނިކުންނަންވީ. އުމަރު ނަސީރު ކަހަލަ މީހަކު މީހުން ގޮވާގެނެއް ނޫން!
ޢަސްލަމް
18 December 2017
މިވެރިން މިއުޅޭގޮތުން ހީވާނީ ގިޔާމަތް ކައިރިވެގެން އުޅޭހެން. ކޮންހާ ދަތުރުތަކެއްތަ މިވެރިން މިކުރަނީ. ކިތަންމެ ދަތުރެއްކުރިޔަސް ތިޔަކައްކާ އެއްޗެއްގަ ލޮނު ރަހަ، ފޮނިރަހަ އަދި ކުޅި ރަހަ ހެޔޮވަރުކުރުމަކީ ވާނެކަމެއް ނޫން. އެހެންކަމުން ތިޔަކައްކާ އެއްޗެއްގަ އެއްވެސް އޮއްޓަރެއް ނުހުންނާނެ. މުޅަވެގެން އުކާލަން ޖެހޭނީ. އެހެންކަމުން ތިކުރާ މަސައްކަތް ވެގެންދާނީ ހަނަފަސް ސަހަރާއެއްގަ ކޮޅުމެންދުރު ގަޑީގަ 5 ވޯޓު ބޮތްކެއް ދިއްލުންފަދަ ކަމަކަށް. އެއްވެސް އަސަރެއް ނުކުރާނެ
ޢަބްދުﷲނާފިޒު
18 December 2017
މުޅަނުވެ ހުންނަގޮތަށް ދޮންރިހަ ކައްކަން ދަގަ.
އަހުމަދުބެ
18 December 2017
އެއުޅެނީ އުމަރު ދެކެ ބިރުންނެވެ. ހިތްހަމަ ނުޖެހެނީ އެމީހުން ބުނާ ގޮތް ނުހަދާތީއެވެ.
ޢަބްދުﷲނާފިޒު
18 December 2017
ތިޔަ އުމަރަކު މިހާތަނަށް ބުނި ވާހަކަތަކުން ދިމާވީ އެއްމެ ވާހަކައެއް، އެއީ ތިޖޫރި ހުރިތާ ހުންނާނީ ވަޅުގަނޑެއް ކަމަށް ބުނި ބުނުން، އެނޫނީ ތިމީހަކު ބުނި ހަމަ އެކައްޗެއްވެސް ދިމައެއް ނުވޭ.
މަހަށް
18 December 2017
ތަމެން ބައްދަލު ކޮށްލަ ކޮށްލާ ތިބެން ޖެހޭނީ. ކުރެވޭނެ އަދި ކުރާނެ އެއް ކަމެއްވެސް ނޯންނާނެ އިނގޭތޭ ތަމެންނަށް.
ޢަބްދުﷲނާފިޒު
18 December 2017
މާބޮޑު ކަމެއް ކުރާކަށް ނޫނޭ އެއުޅެނީ، ޑޮންޑޮން ކައްކަން އެއުޅެނީ، އެނގިއްޖޭ.