ވެލާނާގެ ކައިރީގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ފެއްޓުމާ އެކު ފުލުހުން އައިސް ނޫސްވެރިންނާއި އިއްތިހާދުގެ އިސް ބޭފުޅުން އެ ސަރަހައްދުން ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
10 ޖުލައި 2016 - 16:50
ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާ ފުލުހުންނާ މެދު ފިޔަވަޅު އަޅަން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި (އެންއައިސީ) ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅަން އިދިކޮޅު އިއްތިހާދުން މިއަދު ނިންމައިފި އެވެ.
އިދިކޮޅު އިއްތިހާދުން ވަނީ އެންއައިސީ އާއި އެޗްއާރުސީއެމްގެ އިސް ބައެއް ބޭފުޅުންނާ މިއަދު ބައްދަލުކޮށް، އިއްތިހާދުގެ ކަންބޮޑުވުންތައް ހިއްސާކޮށް، އެ މައްސަލަތައް ވީހާ ވެސް އަވަހަށް ބަލައި ދިނުމަށް އެދިފަ އެވެ. އެ ގޮތުން، ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ފުލުހުން ޕެޕަ ސްޕްރޭ ބޭނުން ކުރާ މައްސަލަ އާއި އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާ ކުރުން ހުއްޓުވާތީ އެކަމުގެ ޝަކުވާ ހިމެނެ އެވެ.
ވެލާނާގޭ ކައިރީގައި އިއްތިހާދުގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވަން އުޅުމުން ފުލުހުން ހުރަސް އަޅައި މަހްލޫފް ބޭރު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
"މީގެ ފަހުން، ޣައިރު ގާނޫނު އަމުރުތަކަށް ތަބާވާ ފުލުހުންނާ މެދު ފިޔަވަޅު އަޅައި ދިނުމަށް އެދި ކޮމިޝަންތަކަށް ހުށަހަޅާނަން،" މަހުލޫފް ވިދާޅުވި އެވެ.
މީގެ އިތުރުން، ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުމަށް ޖާގަ ނުދޭ މައްސަލަ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިންސާފު ލިބުމުގެ ކަންކަމާއި މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމްގެ މަރުގެ މައްސަލާގައި ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
މުލިއާގެ ކައިރީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވީ ދެ ކޮމިޝަނުން ފުލުހުންގެ މައްސަލަތައް ނުބެލިޔަސް، ކޮމިޝަންތައް މިނިވަން ތަންތަނަށް ހަދައިގެން މައްސަލަތައް ބެލެނޭ ގޮތް އިދިކޮޅު އިއްތިހާދުން ރާވަމުންދާ ކަމަށެވެ.
މުލިއާގެ ކައިރީގައި ހުންނަވާ މަހްލޫފް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ވަކިވަކި ފުލުހުން ވެސް ހިންގާ ޣައިރު ގާނޫނީ އަމަލުތަކާ މެދު ފިޔަވަޅު އަޅައި އެ މީހުން ޒިންމާ ދާރުކޮށްގެން ނޫނީ މި މައްސަލަ ހައްލު ނުކުރެވޭނެ،" ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
މަހްލޫފް ވަނީ ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ފުލުހުންނަށް ގޮވާލައްވާފަ އެވެ. އަދި ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމުގެ ހައްގު ގާނޫނު އަސާސީން ވެސް ލިބިދޭކަން އޭނާ ފާހަގަކުރެއްވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ފުލުހުންގެ ގަވާއިދުގައި ޔުނިފޯމްގައި ނަން ޖަހާފައި ޓެގް ހުންނަން ޖެހޭ ކަމަށް ބުނެފައި އޮންނައިރު، ސިޔާސީ ހަރަކާތްތައް ހުއްޓުވަން ފުލުހުން ނުކުންނަނީ ޓެގް ނުޖަހާ ކަމަށެވެ. އެހެންވެ، އެކަން ވެސް ދެ ކޮމިޝަންގެ ސަމާލު ކަމަށް ގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
މުލިއާގެ ކައިރީގައި އިދިކޮޅު އިއްތިހާދުން ނޫސްވެރިންނާ ބައްދަލު ކުރަނީ: ފުލުހުން ވަނީ ނޫސްވެރިންނާއި އިއްތިހާދުގެ އިސް ބޭފުޅުން ވެސް އެ ތަނުން ފޮނުވާލާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މީގެ އިތުރުން ގްރީން ޒޯނުގެ ގޮތުގައި ކަނޑައަޅަނީ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ތަނެއް ކަމަށާއި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު "ސަސްޕެންޑް" ކޮށްފައި އޮތްކަން ދެ ކޮމިޝަނަށް އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ޓްރޭޑް އެންޑް ޓްރާންސްޕް މިނިސްޓަރު އާދަމް އާޒިމް ވިދާޅުވީ އިއްތިހާދުން މަސައްކަތް ކުރާނީ ހަމައެކަނި ސިޔާސީ ޕާޓީތަކުން ހަރަކާތް ހިންގުމުގެ ހައްގު ހޯދައި ދިނުމަށް ނޫން ކަމަށާއި ފުލުހުންގެ ހިމާޔަތުގައި ވެސް އިއްތިހާދު އޮންނާނެ ކަމަށެވެ.
އިދިކޮޅު އިއްތިހާދުން ވަނީ ކިތަންމެ ދަތިތަކެއް ހުރި ކަމަށް ވިޔަސް މާދަމާ ރޭ ބާއްވާ އެމްޑީޕީގެ އަހަރީ ދުވަހުގެ ހިނގާލުމާއި އަންނަ ބުރާސްފަތި ދުވަހު ބާއްވާ އިއްތިހާދުގެ ޖަލްސާ އޮންނާނެކަން ހާމަކޮށްފަ އެވެ. އަދި ހިނގާލުމާއި ޖަލްސާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިއްތިހާދުން ވަނީ ގޮވާލާފަ އެވެ.
ފުލުހުން މުލިއާގެ ކައިރީގައި: އާޒިމް، މަހްލޫފް އަދި އިމްތިޔާޒް މުލިއާގެ ކައިރީގައި ނޫސްވެރިންނާ ވާހަކަދައްކަވަން އުޅުއްވުމުން ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައި.-- ފޮޓޯ: ނިޝާން އަލީ/މިހާރު
ހުރަވީ ބިލްޑިން ބޭރުގައި އިއްތިހާދުން ނޫސްވެރިންގެ ބައްދަލުވުން ބާއްވަން މަސައްކަތް ކުރި ނަމަވެސް، ފުލުހުން ވަނީ ނޫސްވެރިންނަށް ހުރަސް އަޅައި ގްރީން ޒޯނުން ބޭރަށް ދިއުމަށް އިންޒާރުކޮށްފަ އެވެ.
މީގެ އިތުރުން މުލިއާގެ ކައިރި އާއި ވެލާނާގޭ ކައިރީގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުން ދަނިކޮށް ފުލުހުން އަނެއްކާ ވެސް އައިސް އެ ސަރަހައްދުން ފޮނުވާލުމުން އިއްތިހާދުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ރާއްޖެ ޓީވީ ހުންނަ އިމާރާތް ކުރިމަތީގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު
11 July 2016
ގާނޫނީ ގޮތުން ރަސްމީ ވަޒީފާ އަދާކުރާއިރު ވެރީން ގާނޫނާ ޚިލާފަ ކުރާ އަމުރަށް ތަބާވާކަށް ނުޖެހޭނެއެވެ. ޢަދި އެމަލު ކުރިމީހަކާއި މެދު ވަކިވަކީން ފިޔަވަޅު އެޅޭނެއެވެ. މީގާނޫނުގައި އޮންނަ ގޮތެވެ. ފުލުހުން ވިޔަސް ގާނޫނަށް ތަބާވާން ޖެހޭނެއެވެ.
މޮހޯ
11 July 2016
އަޅުގަޑު ގަބޫލު ކުރާ ގޮތުގާ ސަދޫމް ކޯޓުތަކުން އެއްވެސް ރައިޔިތުންނައް އިއްސާފުލިބިފައިވޭތަ
އިބޫ
10 July 2016
އަދި އަދަބުވެސް ދެވެންޖެހޭނެ
އަހްމަދު
10 July 2016
ތިޔަމީހުންނަށް އެޅޭނެފިޔަވަޅެއްނެތް. ބަޢާވާތްކޮށްދިނީމާ ދިނީ ޑަބަލް ޕްރޮމޯޟަން . ނުރުިހޭ މީހުނަށް ތިޔަމީހުންލައްވާ ކުރަނީގޯނާ. ފަހަތުގައިތިބެގެންބޮޑުްން ދޭ ސާބަހާ އެއްގޮތަށް. ވ ސަލާމް.
ވަލިޔުލްވގ
10 July 2016
ކޮންކަމެއްވާނީ އެއްކަމެއްވެސް ނުވާނެ ލާހިކެއްނުން އެއްވާކަށް
ްތަކަންދޫ
10 July 2016
ފުލުހުންނަށް ދަސްކޮއްދޭންވީ ރައްޔިތު މީހާ އަށް ގަދަރުކުރަން އަދި އެ ލިބިގަންނާނެގޮތް.
ޖަސްޓްވަން
10 July 2016
މިގައުމަށް ދިމާވެފައި ވާ އެއްމެބޮޑު ގޮންޖެހުމަކީ މިނިވަން މުއައްސަސާތައް ހަދާ އެތަންތަނުގައި ވިދާޅުވާގޮތަށް ކަންތައްކުރާ ބަޔަކު ތިބޭކަން. ރައްޔިތުންގެ އިހްސާސަށް ބެލުމެއްނެތި.
މީރާ
10 July 2016
މީރާ އިން ކުދިވިޔަފާރި ފުޑާލަންވެގެން ކުރާ މަސައްކަތް ތިޔަ އިއްތިހާދުން ހުއްޓުވިއްޔާ ރަގަޅު. ކުދިވިޔަފާރިކުރާމީހާ ފިހާރައިގެ ސައިޒް ބަލާފައި ފިކްސްޑް ޓެކުސްއެއް ކަޑައަޅާ އެއަދަދު ދޭން އެންގެވުން މާރަގަޅު. އިރުއިރުކޮޅުން އޯޑިޓް ކުރާށޭ ކިޔާފައި އެސެސްމއެންޓް ހަދާ ބޮޑެތި އަދަދުން ދައްކަން އަންގާއެންގެވުން ހުއްޓުވާ ދީބަލަ. އިންސާފް ބޭނުންވަނީ.
ޒައްރާފާ
10 July 2016
ހެހެހެ... ތިއުޅެނީ އެމީހުންނަށް ޕްރޮމޯޝަން ދޭންވެގެން
ޠރތ
10 July 2016
ސައިލެންސް އިޒް ވައިލެންސް