އިބޫ ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން (ކ) އާއި ރިޔާޒް އަރިހުގައި: އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން މަޝްވަރާކުރާނެ ކޮމެޓީއެއް ވަނީ އެކުލަވާލާފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
03 ޖެނުއަރީ 2018 - 20:17
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ ކޮމެޓީގެ ޗެއާމަނަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި ވައިސް ޗެއާމަނަކަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް އިއްޔެ ހަމަޖައްސައިފި އެވެ.
މި ކޮމެޓީގެ ޗެއާމަނަކަށް އިބޫ، ވައިސް ޗެއާމަނަކަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ހަމަޖެއްސީ މ. ކުނޫޒްގައި އިއްޔެ ބޭއްވި އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ރިޔާޒް މިރޭ ވިދާޅުވީ އެ ކޮމެޓީން މަޝްވަރާ ކުރާނީ ރިޔާސީ އިންތިހާބުގައި ޕާޓީތައް އެކުގައި މަސައްކަތް ކުރެވޭނެ ގޮތަކާ ގުޅޭގޮތުން ކަމަށެވެ. އޭގެތެރޭގައި، އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ވާހަކަތައް ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން ބަލިކުރެވޭނީ، އެއް ކެންޑިޑޭޓަކު ނެރެގެން ކަމަށް އިދިކޮޅު ހުރިހާ ޕާޓީތަކުން ވެސް ގަބޫލުކުރެ އެވެ. އެކަމަކު އެކަމަށް ގޮތެއް ކަނޑަނޭޅި އޮތީ، އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރައްވަން، އެ ދެ ޕާޓީން ބޭނުންވާތީ އެވެ.
ނަމަވެސް އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތުތައް ދެ ބޭފުޅުންނަށް ވެސް ވަނީ ބަންދުވެފަ އެވެ. ނަޝީދަށް ފުރުސަތު ގެއްލުނީ، އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ. ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމަށް އެ ފުރުސަތު ގެއްލުނީ، 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅިގެންނެވެ.
އިންތިހާބުގައި އިދިކޮޅުން ވާދަކުރާނެ އެއް ކެންޑިޑޭޓަކު ހޮވަން މަޝްވަރާ ކުރަން ނިންމާފައިވާއިރު، އެމްޑީޕީ ތަމްސީލް ކުރައްވަނީ އިބޫގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ.
ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާނީ ރިޔާޒާއި ޑރ. ހުސެއިން ރަޝީދު ހަސަނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަންނަވާނީ އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން އަދި އާމިނަތު ނާދިރާ އެވެ.
އަދާލަތު ޕާޓީން ބައިވެރިވެވަޑައިގަންނަވާނީ އެ ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފާއި ސެކްރެޓަރީ ޖެނެރަލް ޝަރީފް ކަމަށް އެނގިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިފުތު
06 January 2018
އެއްކެންޑިޑޭޓަކު ނެރުނީމާ އޭގެ ފައިދާ އޮތީ އެމްޑީޕީ އަށް. ދީނީކަންކަމުގައި ޚިޔާލުތަފާތުވެ އަދި އެދޭމިންވަރަށް ބާރުުނުލިބި އެއްޕާރޓީ ޚިޔާލު ތަފާތުވެ ނިކުންނާނެ. އަނެއްޕާޓީ ނުފޫޒާއި ބިމުގެ މުއްސަނދިކަން ކުޑަވެ ނިކުންނާނެ. މުޅި ސަރުކާރުގައި ނުފޫޒު ނުހިގާތީ ދެންހުރި ފަރާތުގެ ހިތްނިޔަތް ރަގަޅެއްނުވާނެ. މުޒާހަރާގެ ފައިދާއެއް މިހާރަކުނެތް. އެހެންކަމަށްވާނަމަ ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށްޓަކައި ނިކުތް ބައެއްގެ ފައިދާ ގައުމަށް ކުރާނީ ކިހިނެތް.
ބިރުނެތީ
04 January 2018
ކޮންމެ މީހަކު އިދިކޮޅަށް ނުކުތަސް، ސަލްމާނު އާއި ސުލޭމާނު ހުރި ކޮޅަށް ވޮޓު ނިމޭނީ
މުހައްމަދު އަހްމަދު
04 January 2018
ޑރ މަޖީދު ރަނގަޅޭ ބުނީމާ އަޅުގަނޑު ހައިރާންވެ އަންތަރީސް ވެއްޖެ... އޭނަޔަކީ ސިޔާސީ ރައުޔު ނެރޭ މީހެއް.... ރައިސް ނަޝީދުގެ ސަރުކާރުން ހުރިހާ ގޯހެއް ހެދުމުން ވެސް އޭނަޔަށް ރަނގަޅު.. އަދި އޭނަ މިނިސްޓަރު ކަމުގައި ހުންނަން ޖެހޭ... އެކަމަކު ޔާމިނުގެ ސަރުކާރު ގޯހޭ ބުނެ ޝަހީމް އިސްތިޣުފާ ދިނުމަށް ގޮވި.... ނަޝީދުގެ ސަރުކާރު ވެއްޓުމުން ވެރިމީހާ ދެކޮޅަށް ބަޣާވާތް ނުކުރެވޭނެ އޭ ބުނި... އެހެނަސް މިހާރު ގޮވަނީ ޔާމީނުގެ ސަރުކާރު ވައްޓާލުމަށް..
އެފް އެމް
04 January 2018
މަށަށް ވެރިކަން ނޫން އެހެން އެެއްވެސް އެއްޗެއް ބޭނުން ނުވާކަމަށް ހިތު ނިޔަތް ގަނެގެން ތިބި ބަޔަކަށް ނޫސްތަކުގެ ސުރުޚީތަށް ހަދާލުމަށް ކިތަންމެ ކުޅިސަމާއެއްވެސް ދެއްކިދާނެ އާޚިރުގަ މާޒީއިން އިބްރަތް ހާސިލްކޮއްގެން އަހަރެމެން މިތިބީ
ލާލާލާލާ
04 January 2018
އެމްޑީޕީގެ ދުވަސް ދާނެއޭ އެމެން އެއް ކެންޑިޑޭޓް އަކަށް ކެނެރީގެ ނަޝީދު ނެރެން ވިއްދައިފިނަމަ ބިކޮޒް އެމެން ވަނީ ގިއްގެޅެން ދެން ގާސިމް މެން ހަޔެއް ހަތަރަކުން ޕޮލް ގައި ބަލި ކޮށްފައޭ އެމެން ރިހާރސަލް އިން ވެސް ފެއިލް ވީއޭ އެއީ ރަންރީނދޫ ޓްވިޓަރޭ މެންގެ ޕަބްލިސިޓީ ފެއިލް ވުމުން ވާ ގޮތޭ. ތަމެން މަހަށް ދޭބަލަ ދެން ރަންރީނދޫ ޓްވިޓަރޭ. ތަމެން ދެން ކޮއްޅަށް ތިބެ ގާއްގޫލާ ގޫލާ ގޫލާ ގޫލާ މުންދަރަލާ މުންދަރަލާ ލާލާލާލ ލާލާލާލާ ޑައިޕަރސް ޕްލީޒް ޕިންކޭ. ހިޔަރ ޔޫއާރ. ހާހަހަހާހާހާހާހާ ހޮހޮހޮހޮ...
ހުސޭނުބެ
04 January 2018
ނަޝީދު އަންނަ ފޯމިއުލާއެއް ގިނަ ދިވެހިން ގަބޫލެއްނުކުރާނެ!! އެއީ ފެއިލިއަރެއް!! ގިނައިން ދޮގުހަދާ މީހެއް!! ދީނަށް ފުރައްސާރަކުރި މީހެއް!! ފަނޑިޔާރަކު ވަގަށްނަގާ ރަހީނުކުރުވި މީހެއް!! ސްޕްރީމް ކޯޓުގައި ތަޅުއެޅުވި މީހެއް!! އެންމެން އަބަދަކު ހަމައިގައި ތިބެން ނުޖެހޭނެކަމާއި ބޯންޖެހޭނެޔޭ ބޮވެންޖެހޭނެޔޭ ބުނެ ދިވެހިންގެ ކަރަށް ރާއަޅަން ހިތްވަރުލިބޭގޮތަށް ވާހަކަ ދެއްކި މީހެއް!! މީހާރުވެސް ޙުކުމެއްގައި ހުރި މީހެއް!! މިހިރަ ސަބަބުތަކަށްތަކައި ތިޔަ ވާހަކަ ދެއްކުންތަކުގެތެރެއިން ނަޝީދު 2018 އިގެ ރިޔާސީ އިންތިޚާބަށް ނިކުންނަ ފޯމިއުލާ ގަބޫލުނުކުރެވޭނެ!!
ޖަމަލު
04 January 2018
މި ސަރުކާރާ މެދު ހިތްހަމައެއް ނުޖެހޭ. އެކަމު ނަޝީދު ވެރިޔަކަށް ބޭނުމެއް ނޫން
މުހައްމަދު އަހްމަދު
04 January 2018
އަޅުގަނޑަކީ، އެމްޑީޕީގެ އެންމެ އިސް ބޭފުޅުންނާ ގުޅުން ހުރި ކައުންސިލަރެއްގެ އަޑު ތާ އަބަދު އިވޭ މީހެކެވެ. އޭނަގެ ވާހަކަ ހުންނަ ގޮތުން ދުވަހަކުވެސް އެމީހުން ބަޣާވާތްކުރި މީހުންނަކަށް ސަޕޯޓެއް ނުކުރާނެ އެވެ. ތިޔައީ ޒައީމޭ ޖަހަނީވެސް، ޤާސިމާއި، ނާޒިމާއި، ފާރިޝައި، އިމްރާނުގެ މިނިވަންކަމަށް ގޮވަނީވެސް، ގޭމެކެވެ. ޔާމީނު ބަލި ކުރުމަށްޓަކައެވެ. އެމީހުންގެ ވާހަކަތައް ހުންނަ ގޮތަށް ބަލާއިރު ތިޔަ ޕޯލުން ޤާސިމު މޮޅުވުމަކީ، އެމްޑިޕީ އިން ޖެއްސި ގޭމެކެވެ. އެއީ ޕްރައިމަރީ އަށް ދިޔުމަށްޓަކައި، ޤާސިމު ޅޮސް އުނދޯއްޔަށް އެރުވީ އެވެ. އާޚިރު ނަތީޖާ އަކީ، ރައީސް ނަޝީދު ޕްރައިމަރީ ކާމިޔާބު ކުރެއްވުމެވެ. ޕޯލަކުން މޮޅުވުމަކުން ކުރާނެ ފައިދާ އެއް ނެތްކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އެވެ.
މުހައްމަދު އަހްމަދު
04 January 2018
އަޅުގަނޑުގެ ގާތު ޝާހިދުގެ ވަރަށް ގާތް ބޭފުޅެއް ވިދާޅުވި.... ޝާހިދުގެ ޝައުގުވެރިކަން އެބަހުންނެވިއޭ ވެރިކަމަށް.... އެކަމަކު ރައީސް ނަޝީދާ ވާދަ ކުރައްވަން ޚިޔާލު ކުރައްވައިފިއްޔާ، އިބުރާއާއި، މުނައްވަރާއި، ޑީޑީ އާއި، އަލްހާނާއި، ރީކޯ އަށް ޖެހުނު ދަތުރު ޖެހޭނެތީ ބިރުފުޅުގަންނަނީއޭ. 336
މަގޭ ހިޔާލު
04 January 2018
ސިދާތާއަކީ އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ރަޢީސް = ތަރުޖަމާއަކީ އޭނައަކީ އިމްރާންގެ ޖަލު މެސެޖް ފޯރުކޮށްދޭ ވަޒީރު
މުހައްމަދު އަހްމަދު
04 January 2018
ޤާސިމަށް ވަރަށް އިޚްލާސްތެރިކަމާއެކު މި ޤައުމަށް ހެޔޮ އެދޭތީ ދަންނަވަމެވެ. މިޤައުމުގެ ވެރިކަމުން ޔާމީނު އައުންވެސް ރަނގަޅެއް ނޫނެވެ. ރައީސް ނަޝީދު އައުމަކީ އެއަށްވުރެ ނުރައްކާ ކަމެކެވެ. އެހެންވީމާ ޖޭޕީން މަނިކުފާނު ނުވަތަ އުމަރު ކުރިމަތި ލައްވާށެވެ. 2013 ގައި އެހެން ވިޔަސް އެމްޑީޕީގެ ފަހަތުން ޖޭޕީ އަށް 2 ވަަނަ ލިބޭނެއެވެ. އޭރުން ޕީޕީ އެމުގެ ވޯޓާ އެކު ޖޭޕީ އަށް ވެރިކަމަށް އާދެވޭނެ އެވެ. ރައީސް ނަޝީދަށް ފުރުސަތު ދިނުމަކީ، މިހާރު ތަވައިގެ މަތީ ތިބެފައި އުނދުނުގެ ތެރެއަށް ފުންމާލުމެވެ