މީރާ: ލަފާކުރި އަދަދަށް ވުރެ އިތުރަށް މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް އާމްދަނީ ލިބުނު --ފޮޓޯ/މިހާރު
11 ޖެނުއަރީ 2018 - 16:04
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 1.4 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 66.1 މިލިއަން ޑޮލަރެވެ.
މިދިޔަ މަހު ލިބުނު އާމްދަނީއަކީ ލަފާކުރި އަދަދަށް ވުރެ 6.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީއަށް ވުރެ ވެސް 10.1 ޕަސެންޓް އިތުރު އަދަދެކެވެ.
އެހެން މަސްތަކެކޭ އެއްގޮތަށް، މިދިޔަ މަހު ވެސް ލިބުނު އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީންނެވެ. ޖުމްލަ އާމްދަނީގެ 43 ޕަސެންޓަކީ ޖީއެސްޓީގެ ފައިސާ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން ލަފާކުރި އަދަދަށް ވުރެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވުމުން ޓޫރިޒަމްގެ ދާއިރާއިން ލިބުނު ޖީއެސްޓީ އިތުރުވުމާއި އެއާޕޯޓް ޑިވެލޮޕްމަންޓްގެ ޗާޖްގެ ގޮތުގައި ލިބުނު އަދަދު އިތުރުވުމެވެ. ޑިސެމްބަރު، 2016 އަށް ވުރެ މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 15 ޕަސެންޓް އިތުރެވެ.
ދެވަނަ އަށް އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބުނު ފައިސާ އެވެ. އެއީ ޖުމްލަ އާމްދަނީގެ 20 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
12 January 2018
މީރާއިން އެބަޖެހޭ އެސެސްމަންޓެއް ހަދަން، ދިވެހި ލޯކަލް ވިޔަފާރިތަކުން ލިބޭ ޖީއެސްޓީ، ބިދޭސީ ވިޔަފާރިތަކުން ލިބޭ ޖީއެސްޓީ، ދައުލަތުގެ ކުންފުނިތަކުން ލިބޭ ޖީއެސްޓީ، އަދި ރިސޯޓްތަކުގެ ޖުރިމައިނާ، ބިމުކުލިން ލިބޭ އާމްދަނީ، އޭގެ އިތުރުން ސަރުކާރުންދޭ ހިދުމަތުން ލިބޭ ފައިސާ އަދި ޖުރިމައިނާގެ ފައިސާ، އެއިރުން އެނގޭނީ އިޤްތިސާދަށްވާގޮތް، އެއިރުން އެނގޭނީ ޕްރައިވަޓް ސެކްޓަރުގެ އާމްދަނީ އަދި ކުދިމެދުފަންތީގެ ވިޔަފާރީގެ އާމްދަނީ، މީރާއަށް އިތުރަށް ފައިސާވަނަސް ހަރަދުކުރާ މީހުން އިތުރަށް ކަޓްލާފައި ޕްރޮޖެކްޓް ހިންގުމުން ގައުމުގެ ތަރައްޤީއަކަށް ފައިދާއެއްނުވާނެ، އެހެންކަމުން މީރާއިން އެފަދަ އެނަލައިޒެއް ހަދާފައި އާންމުކުރާނަމަ ސަރުކާރަށް އެނގޭނެ ސަރުކާރުގެ ކަންކަން ހިނގާގޮތް، ސަރުކާރުގެ ވިޔަފާރީގެ ސްޓްރެޓަޖީ
ޓެކްސްގެ ނި×ާމް
12 January 2018
ދިވެހި ވިއަފާރިތަކަށް މިއަށްވުރެ ވިއަފާރީގަ ބޭއިންސާފު ދުވަސްވަރެއް ދުވަހަކުވެސް ނާދެ. ރާއްޖޭގަ ބޮޑަތި މަޝްރޫޢުތައް ހިންގައިގެން ލިބޭލާރިން ދައުލަތަށް ޓެކްސް ނުދައްކަ މަދު ބަޔަކަށް ބައި އަޅާފަ އެއްކޮށް ހިފައިގެން އެ ދަނީ. އެނޫން މީހުންވެސް ހިތު ހުރި ވަރަކަށް ރާއްޖެޔަށް މުދާގެނެސް އެ ވިއްކަނީ. ފިހަރަޔަކުން ވިއްކީމަ ޓެކްސް ދައްކަން ޖެހެ. އެހެނަސް ހަމަ އެމުދާ ރާއްޖޭން ބޭރުން ގެނެސްގެން ބޭނުންކުރާ މީހާ ދައްކަން ޖެހޭ ޓެކްސްއެއް ނޯވެ. ޒަމާން ބަދަލުވެ މާހައުލަށް އަންނަ ބަދަލުތަކާއެކު ތޭކްސްގެ ނިޒާމަށް ބަދަލު ނުގެނައުމަކީ މަދުބައެއްގެ މަަސްލަހަތަށް ހިންގާ ޖަރީމާއެއް. އަދި އެތައްބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމެއްވެސްމެ!
ލުކްވެލް
11 January 2018
ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ގެ ތެރޭން ވަރަށް ގިނަ ފައިސާ އުނިވެގެން އެބަދެއޭ ލަންކާ އިންޑިއާ ކުންފުނި ތަކަށް ރާއްޖޭގެ ސަރުކާރުގެ މިނިސްޓްރީ ތަކުން އިންޑިއާ އަދި ލަންކާގެ ކުންފުނި ތަކަށް ދިވެހި ސަރުކާރުގެ ކުންފުނި ތަކާއި ވާދަ ކޮށްގެން އެމެންނަށް ދިވެހިންނާއި އެއް މިންގަޑަކުން އިވޭލުއޭޓް ކޮށްގެން ކޮންޓްރެކްޓްްސް ތައް މިލިއަނުން ދީގެން. މިދިޔަ އަހަރު ތިމާވެށި މިނިސްޓްރީން އެކަނި ވެސް 1 ބިލިއަން ރުފިޔާގެ އަގު ހުރި ކޮންޓްރެކްޓްސް ތައް ވަނީ ލަންކާ އަދި އިންޑިއާގެ ކުންފުނި ތަކަށް ދީފައި އެއްވެސް ރިސްޓްރިކްޝަނެއް ނެތި. އެއިން އެއްވެސް ކުންފުންނަކުން ސަރުކާރަށް ރޯޔަލްޓީ އެއް ނުދައްކައެވެ. އެއިން އެއްވެސް ކުންފުންނަކީ އެއީ މީރާގައި ރަޖިސްޓްރީ ކޮށްގެން ރާއްޖޭގައި އެމެން ވިޔަފާރި އުސޫލުން ކޮންޓްރެކްޓްސް ހިންގާފައިވާ ކަންކަމެއް ނޫނެވެ. މީންސް އެމެން މީރާގައި ރަޖިސްޓްރީ ނުކޮށް ޓެކްސް ޕޭޔަރ މަނީން މިލިއަނުން އެމެން ރާއްޖޭން ގެންދިޔައީ ޓެކްސް ޕޭޔަރ މަނީ. މިކަން ކޮށް ދިނީ މިނިސްޓަރު.
ލުކްވެލް
11 January 2018
މިދިޔަ މަހު ލިބުނު އާމްދަނީ 1.4 ބިލިއަން، އެއް ބިލިއަން ލިބުނީ ޑޮަލަރުން ކަމަށް ވާނަމަ މީ ހަގީގަތުގައި މަދު އަދަދެކޭ މިރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ކަސްޓަމްސްގެ ފަރުވާ ކުޑަ ކަމުން މިރާއްޖެ އަށް ހުންނާނެއޭ މިދިޔަ ކްއާރޓަރ ގައި 100 މިލިއަން ޑޮލަރު ވަރު ގެއްލިފައި. ސަބަބަކީ ރާއްޖޭގައި ވިޔަފާރި އެބަކުރެއޭ ރިސޯރޓްސް ތަކުގައި ސަޕްލަޔަރުންނާއި އަދި ވެސް އެހެނިހެން ކޮންޓްރެކްޓްސް ތައް ނަގަ ނަގައިގެން ސިންގަޕޯރ މެލޭޝިއާ އަދި އިންޑިއާ އަދި ލަންކާ ގެ ކުންފުނި ތައް ވަރަށް ލާރޖް ސްކޭލް ގައި. އެކަަމަކު އެއިން އެއްވެސް ކުންފުންނަކީ އެއީ ރާއްޖޭގައި މީރާގައި ރަޖިސްޓްރީ ކޮށްގެން ރާއްޖޭގައި ވިޔަފާރި ކުރާ ބަޔެއް ނޫނެވެ. މިކަން އިނގޭ އިރު ކަސްޓަމްސް އިން އެމެންގެ ނަމުގައި މުދާ އެތެރެ ކޮށްދެނީ އެއީ ކޮން ހަމައަކުން ތޯ ވެސް ބަލަން އެބަޖެހެއެވެ. މިދިޔަ އަހަރު ރާ އަތޮޅުގައި ޖަރުމަނުގެ ކުންފުންނަކުން ލަންކާ ކުންފުންނަކަށް 150 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ދިން ރާއްޖޭން.