ސަން އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި މުޒާހަރާގައި އަންހެނަކު ބޯޑެއް ހިފައިގެން. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރުވ
22 ޖެނުއަރީ 2018 - 21:22
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގާ ރިސޯޓްތައް ފާސްކުރުމުގެ އޮޕަރޭޝަންތަކާ ހެދި އެ ރިސޯޓްތަކުގައި ޓޫރިސްޓުން ތިބީ ހާސްކަމެއްގެ ތެޜޭގައި ކަމަށް، ޖަރުމަނުން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖެން ރޮޑާ މިއަދު ވިދާޅުވެއްޖެ އެވެ.
ހުއްދަ ނެތި ވިލާގެ ރިސޯޓްތަކަށް ގެންގޮސްފައި ހުރި ކަމަށް ބުނާ ރަލާއި އޫރު މަސް ހޯދައި އެ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިއުމަށް ހިންގި އޮޕަރޭޝަނާ ބެހޭ ގޮތުން ސަފީރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރިސޯޓުތަކުގެ ފަރާތުން ވާހަކަ ދެއްކި މީހުންނާއި ޓޫރިސްޓުން ވެސް ތިބީ ފާސްކުރުމުގެ އޮޕަރޭޝަންރަކާ ހެދި ހާސްކަމެއްގެ ތެރޭގައި ކަން އެ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ސަފީރު ވިދާޅުވި ގޮތުގައި، މި ކަންކަމާ ގުޅިގެން ޖަރުމަނުން މިހާރު ވަނީ ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ ވެސް އަޕްޑޭޓްކޮށްފަ އެވެ. އެކަމަކު ޖަރުމަން ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ދައްކާ ގޮތުން ރާއްޖެއާ ބެހޭ ގޮތުން އެންމެ ފަހުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް 6 ގަ އެވެ. އޭގެ ފަހުން އެއަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ޓްރެވަލް އެޑްވައިޒަރީ އަޕްޑޭޓްކޮށްފައިވާ ކަމަށް ސަފީރު ވިދާޅުވިޔަސް އެކަމާ ބެހޭ ތަފްސީލެއް ޓްވީޓްގައި ވިދާޅުވެފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ކުށުގައި ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނިކޮށް ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ގާސިމް މިހާރު އުޅުއްވަނީ ޖަރުމަން ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން ޖަރުމަނުގަ އެވެ.
Concerned about recent news about Maldivian police and custom raids against several resort islands last week. According to news reports and direct contacts to resort representatives, tourists were inconvenienced. Germany has updated its travel advice for the Maldives.
— Joern Rohde (@joern_rohde) 22 January 2018
ޖަރުމަން ސަފީރުގެ ޓްވީޓް
ވިލާގެ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް އަދި ފަން އައިލެންޑުގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓަށް ރަލާއި އޫރު މަސް އެތެރެކުުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗު 22 އިން ފެށިގެން ވަނީ ހިފަހައްޓައިފަ އެވެ. އޭގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓަށް ރަލާއި ބަނގުރާ އެތެރެކުރުމަށް ދީފައިވާ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ހަ މަސް ދުވަހަށް ހިފަހައްޓާފަ އެވެ. ކަސްޓަމްސް އިން ބުނީ އެކަން ކުރީ މީރާއަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ، އެތަނުގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުންނެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ، ގާސިމްގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް އެތެެރެކުރަން 14 ދުވަހުގެ ވަގުތީ ލައިސަންސެއް ދޭން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާއްޓެބޭ ސީ
23 January 2018
ގާސިމުގެ ރޯނުއެދުރުން ގައުމަށް އަންން ޓޫރިސަޓުން ބުރިގަންނަނީ
ޢަސްލަމް
23 January 2018
ގާސިމަކީ ސިޔާސީގޮތުން އެއްވެސް އުރައްޕެއްހުރި މީހެއް ނޫން. މީނާއަށް ސިޔާސީ ވާހަކަދައްކަން ނުވެސް އެނގޭ. ޥެރިކަން ލިބުނަސް 2 މަސް ދުވަހުވެސް ނުހިފެއްޓޭނެ.
އަހުމަދު އަލީ
23 January 2018
ސަފީރު ކީއްވެބޯ ޓެކުސް ނުދައްކާ ވާހަކަ ނުލިޔުނީ.
ގާދިރު
23 January 2018
ގައިމު ރާއްޖޭގައެންމެރަނގަލައްޓެކުސްދައްކާމީހަކަމައްބުނެ މީރާއިން ވަނިއެވޯޑުވެސްދީފަ
އެފް އެމް
23 January 2018
ތަފާތު ބަހަނާތައް ދެއްކުމާއި އެކު ތަފާތު ދުވަސްވަރު ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދެއްކުމަށް ކުރެވެން އޮތް ކަމެއް ކުރުމަންބާ ވިޔަފާރިވެއިއެއްގެ ނުފޫޒްގަ ރާއްޖޭގެ ޓުއަރިޒަމް ސިނާއަތަށް ގެއްލުންވުމީ ހިތާމައެއް އަމިއްލަ އަށް ޓެކްސް ނުދައްކައި އަމިއްލަ ރިޒޯރޓްގަ އަމިއްލަ މުއައްޒަފުން ނެރެގެން މިޒާހަރާކޮށްފަ އަމިއްލަ ޓީވީ ޗެނަލުން މުޅިދުނިޔެއަށް އެމަންޒަރު ދެއްކުމީ ކަންބޮޑުވުމެއް
ޢަލީ އިބްރާހީމް
23 January 2018
ޜައީސް ޔާމީން ކުރައްވާ ވިޔާނުދާ ކަންތަކުގެ ސަބަބުން އަސްލު އެންމެ ބޮޑު ގެއްލުމެއްވަނީ ހަމަ ރައީސް ޔާމިން އަށް. ގާސިމްއަށްވުރެެ ބޮނޑުގެއްލުމެއް މިކަމުންވީ ޔާމީންއަޢް. މުހައްމަދު ސައީދުމެން އަދި ސިޔާސީކަންމައް ޅަ ވާނެ. ބްރޯއެއް ރިޕްލޭސް ނުކުރެވޭނެ.
އަފުން
23 January 2018
ޖީއެސްޓީއާއި ގްރީންޓެކްސް ނުދައްކާތީ އަހަރެމެންވެސް މިތިބީ ހާސްކަމުގެ ތެރޭގައި، އަހަރެމެންގެ ޝަކުވާވެސް ވަރަށް ބޮޑު. ސިޔާސީ ތޮތްޕެއް އެޅުއްވުމުން ހުރިހާކަމެއް ސިޔާސީކޮށްލައްވައިގެން ޤާނޫނުތަކުން ރެކިގެން ނޫޅެވޭނެ އެވެ. ޖީއެސްޓީއާއި ގްރީންޓެކްސް ނުދައްކާ އެއަށް ޚިޔާނާތްތެރިވުމަކީ ރައްޔިތުންނަށް ޚިޔާނާތްތެރިވުމެވެ. އަމާނާތައް ޚިޔާނާތްތެރިވުމެވެ. މިއީ ވިޔަފާރިވެރިޔާގެ މުދަލުން ދައުލަތައް ދައްކާ އެއްޗެއްނޫނެވެ. ޚިދުމަތް ލިބިގަންނަފަރާތުން ދައުލަތަށް ރައްދުކޮށްދިނުމަށް ހަވާލުކުރާ އަމާނާތެކެވެ. އަމާނާތަށް ހިޔާނާތްތެރިވާމީހުނަށް އަހަރެމެން އިތުބާރު ކުރަންވީހެއްޔެވެ. ހުރިހާކަމެއްގައިވެސް މަކަރުހީލަތެވެ. ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވުމުންވެސް ފިލާރައްކާވީއެވެ. ދޮގުހެދާ މީހާއަށްވެސް އަހަރެމެން ހަމަ ސަނާ ކިޔާ އިތުބާރު ކުރަންވީ ހެއްޔެވެ.
ޑިމޮކްރަޓިސްޓް
23 January 2018
ސަރުކާރަކުންނޫން ކަލޭމެންގެ ވަޒީފާ ގެއްލުވާލަނީކީ.. ގާސިމަށް ޑިމާންޑުކުރޭ ސަރުކާރަށް ދައްކަންޖެހޭ ޓެކްސްތައް ދައްކާ ހަލާސްކުރާށޭ އެހަށް.. ތިހެން ނުކުންސަރުކާރަށް ޕްޜެޝަރުކުރާހެން ގާސިމަށްވެސް ޕްރެޝަރުކޮށްބަލަ.. ނުކެރެންޏާ މައިތިރިވެގެން ތިބެބަލަ!..
ޝައުކަތު
23 January 2018
އަދި "އަސްލު" މުވައްޒަފުންގެ މުސާރައާއި ސާވިސްޗާޖްވެސް
ދުއްލިސާ
23 January 2018
ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާއަކީ ހަމައެކަނި ގާސިމުގެ އައުވާނުންގެ ފައިސާއެއްނޫން. އެއީ ހުރިހާ ދިވެހިރައްޔިތުންގެ ފައިސާ ވީއިރު އެފައިސާ ދެއްކުމުގައި އިތުރު އެއްވެސް އުޒުރެއް އޮވެގެންނުވާނެ. އެއީ ހުރިހާރައްޔިތުންގެ ހއްގެއް.
އިންސާފު ދީ
23 January 2018
ހޮސްޕިޓަލް އައިސަިޔޫގައި ހޭނެތިފައި އޮއްވާ ފުރަރަމަ ޖަލަށް ހުކުމް ކުރި އިންސާނަކީ އޮނަރަބަލް ޤާސިމް އެވެ. މިސްރުގެ ކުރީގެ ޑިކްޓޭޓަރ ރައީސް ހުސްނީ މުބާރަކު (އަށިގަޑުގައި) ނަމަވެސް ހުކުމް ކުރަން ވެގެން ކޯޓަށް ހާޒިރު ކުރި ވިއްޔާއެވެ.ރައީސް ނަޝީދު ވެސް ކޯޓް ރޫމަށް ވައްދާފައި ހަތަރެސް ފައިގާ ހިފަހައްޓާ ބަހައްޓާފައި ވެސް " ހުކުމް"ގެ އަޑު އިއްވި ވިއްޔާ އެވެ.ޤާސިމް އަށް އަދި ވެސް އެ އަޑު ނީވެއެވެ.
ހޮޓްކިންގ
23 January 2018
މިހާރު ގާސިމް ހުރީ ޖަރުމަނުގެ އެހެންވީމާ ގާސިމްާގުޅޭ ކަންކަމުގައި ޖަރުމަނު ސަފީރު ބަޔާންދިނުމުން ދެން އެކަމާ އެއްވެސް ސުވާލެއް ނެތް. އެއީ ހަގީގަތެއްވެސްނޫން.