ފާރިސް ބަންދުން މިދިޔަ ބުރާސްފަތި ދުވަހު، ސަލާމަތްވުމުން، ކްރިމިނަލް ކޯޓުގެ ބޭރުގައި މީހަކާ ސަލާމްކުރައްވަނީ---ފޮޓޯ: ނިޝާން އަލީ/މިހާރު
27 ޖެނުއަރީ 2018 - 11:57
މިިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އަލުން ހައްޔަރުކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާގެ ދައްތާފުޅު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި، ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަހު، ހަ މަސް ފަހުން އޭނާ މިނިވަންކުރީ ތިން ޝަރުތަކާ އެކު އެވެ. އެއީ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރާނެ ފަދަ އަމަލެއް ނުކުރުމާއި މާލެއިން ބޭރަށް ދާ ނަމަ ކޯޓުގެ ހުއްދަ ހޯދުމާއި ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުމެވެ.
ނަމަވެސް ފާރިސް ދޫކޮށްލިތާ ތިން ވަނަ ދުވަހު، އޭނާ އަލުން ހައްޔަރުކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. އެއީ އަނިޔާއެއް ކަމަށް ވެސް ޔުމްނާ ފާހަގަކުރެއްވި އެވެ.
Just received news that a new warrant has been issued to arrest MP @afarismaumoon again. He was only released by the Criminal Court only 2 days ago after 6 months in arbitrary detention. This is pure harrassment. @amnesty @UNHumanRights @IPUparliament @USAmbKeshap @JamesDauris
— Yumna Maumoon (@yumna_maumoon) January 27, 2018
ފާރިސް ދޫކޮށްލަން ކޯޓުން ކުރި އަމުރު، ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން އުޅޭ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އެ އާއިލާ އިން ވަނީ ބުނެފަ އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ފާރިސް ދޫކޮށްލަން ނިންމެވީ އެ މައްސަލައިގައި ގިނަ ދުވަސްތަކެއް ވަންދެން ފާރިސް ބަންދުގައި ހޭދަކޮށްފައިވުމާއި މިހާތަނަށް އައިއިރު އެ މައްސަލައަށް އަސަރު ފޯރާނެ ފަދަ ކަމެއް ހިނގާފައިވާ ކަމުގެ ޝަކުވާއެއް ލިބިފައި ނުވާތީ ކަމަށެވެ. އަދި އެގޮތަށް ނިންމެވުމުގައި، އެ ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބާއި އެކަމުގައި ވަށައިގެންވާ ކަންކަމަށް ވެސް ރިއާޔަތް ކުރައްވާފައިވާ ކަމަށް ގާޒީ އާދަމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނެދޯ
27 January 2018
ބައްޕާފުޅު ހިތުހުރިހާ އެއްޗެއް ޕޯޑިއަމްތަކުގަ ވިދާޅުވަމުންދާއިރު ކުޑަކޮށް ވިސްނާލަންވާނެދޯ އެކަމުގެ އަސަރުކުރާނީ ކޮންކޮން ގޮތަކަށްކަން؟ މިސަރުކާރު ކަންކުރާ ގޮތް ދަސްވެ ނިމޭހާ ދުވަސްވެއްޖެ. ދެން ކޮން ހައިރާނެއްބާ މިވަނީ؟
ބޮޑޭ
27 January 2018
މިތާކު ގޯސްކޮށް ހަމައެންމެ ޝަރީއަތެއްވެސް ހުނހިގާނެ އެއީ މިތާގަމިއޮތް ޝަރުއީނިޒާމަކީ މުޅިދުނިޔޭގަވެސް މަދުންނޫނީ ނުފެންނަ ވައްތަރެއްވިއްޔަ
ޙަސަން
27 January 2018
ކުއްވެރިވާކަމުގައިވާނަމަ ހައްޔަރުކުރަންޖެހޭ
އަސްލޫ
27 January 2018
ގަބޫލުނުކުރެވޭ ތިވާހަކަ ކޯޓުން ދޫކޮއްލެއްވީ ދެންކޮންކުށެއްގަތޯ ހައްޔަރުކުރައްވާނީ ތިވާނީ ބަޔަކު ފިތުނަވެރި ކުރުވަން ދެއްކެވެވި ވާހަކައެއް ކަމަށް........
ޢަސްލަމް
27 January 2018
ތީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް.
ހޭކެނޑޭ
27 January 2018
ޕީ ޕީ އެމް ގެ މަޖުލިސް އެއްވެސް މެމްބަރެއްގެ ހިތަކަށް ކުލަދާނައެއް ނުވާނެ ފާރިސް ދޫކޮއްފައި ބަހައްޓާކަށް. ސަބަބަކީ ވެރިކަން ބަދަޅު ކޮއްފާނެތީ. އޭރުން އެވެރިންގެ ދުވަސް ވެސް ދާނެކަން އެނގޭތީވެ.
ބިގަރޭ
27 January 2018
ބިއުޓިފުލް އޯސަމް ސަރުކާރު ވެއްޓެނީތަ.
ޒެޑްސް 1
27 January 2018
ސައްދާމު ހުސައިންގެ ވެރިކަމުގައި އިރާގުގައި ތިިބި ހުރިހާ ގައިދީންނަށް މާފުކުރައްވައި މިނިވަން ކުރެއްވި. މި ވާހަކަ ދުނިޔޭގެ މީޑިއާގެ ފަލަ ސުރުޚީ އަށް އެރި. ދެން ގައިދީންތައް މިނިވަން ވެގެން ޖަލުން ނުކުތް އިރު އެ މީހުން އަލުން ހައްޔަރުކޮށްފައި އެނބުރި ޖަލަށް ލުމަށް ސިފައިން ތިބީ ތައްޔާރަށް. ކަން ކުރީވެސް އެގޮތަށް
އަލީ.
27 January 2018
މީދޯ ކޯތުތަކުގެ ފަނޑިޔާރުން ނަގަހޫރާލަ ސަބަބަކީ ތިޔަކޯތުތަކާ އަނިޔާވެރި ފުލުހުންނާ ޔާމީނުގެ މައްޗައް ދައުވާކުރާނެ މިރާއްޖެއިން ދާދި އަވަހައް ޔާމިނު ހީނުކުރާތި ގާނޫނު އަރާހަމަ ނުކުރާނޭ
ފަޅުވެރިން
27 January 2018
ރާއްޖޭގެ ދިވެހިންގެ އާބާދީ ތިންލައްކަ އަށްޑިހަހާސް، ބިދޭސީ އާބާދީ އެއްލައްކަ ފަންސާސްހާސް، ގެސްޓް އާބާދީ ސާޅީސްހާސް، ޖުމްލަ ފަސްލައްކަ ހަތްދިހަހާހުގެ ތެރެއިން ޖަލުގައި ތިބީ އެންމެ 1200 ސަތޭކަ މީހުން؛ މީގެ ތެރެއިން އެކެއް ފާރިސް މައުމޫނަކީ! 1200 މީހުން ޖަލުގައި ތިބީ ކުށްކުރީމާ، ކުށްނުކުރާ ފަސްލައްކަ އޮނަހަތްތަރި ތިބީ ޖަލުން ބޭރުގައި! އެހެންވީމާ ޔޫމްނާ އެއްގޮތަކަށްވެސް ކަންބޮޑުވާނެ ކަމެއް ނެތް!! ކުރުކޮށް، ފޮނިކޮށް ވާހަކަ ނިންމާލީ، ދިގުކުރާނެކަމެއް ނެތެއް ނޫން؟؟