ވިޔަފާރި / ބީއެމްއެލް

ބީއެމްއެލް އިން ބާސްކެޓް ކޯޓެއް ހުޅުވައިފި

ބީއެމްއެލް

03 ފެބުރުއަރީ 2018 - 13:53

1 comments

މުޖުތަމައަށް އެކި ގޮތް ގޮތުން އެހީތެރިވުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އަހަރެންގެ ބޭންކް"ގެ ނަމުގައި ފަށާފައިވާ ޚާއްސަ ކެމްޕެއިނުގެ ދަށުން، ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އާ ގުޅިގެން ބާސްކެޓް ކޯޓެއް ހުޅުވައިފި އެވެ.

ބީއެމްއެލް އިން ބުނީ، މިއީ ބާސްކެޓް ކުޅޭ ޒުވާނުން ތަމްރީނު ކުރުމަށް އެމްބީއޭއާ އެކު ވެފައިވާ އެކްސްކުލޫސިވް ޕާޓްނަޝިޕެއްގެ ދަށުން ހުޅުވި ކޯޓެއް ކަމަށެވެ. ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އިއްޔެ ހުޅުއްވައިދެއްވި ބާސްކެޓް ކޯޓު ހަދާފައިވަނީ އެކުވެނި އައުޓްޑޯ ސަރަހައްދުގަ އެވެ.

ކޯޓު ހުޅުވުމަށް ފަހު ފުރަތަމަ އެ ކޯޓުގައި ބޭއްވީ 13 އަހަރުން ދަށުގެ ގައުމީ ސްކޮޑް އާއި 16 އަހަރުން ދަށުގެ ގައުމީ ސްކޮޑްގެ ތަމްރީންތަކެވެ. ސީއީއޯ އެންޑްރޫ އާއި ބީއެމްއެލްގެ އެހެނިހެން އިސް ވެރިންގެ އިތުރުން އެމްބީއޭގެ ހިންގާ ކޮމިޓީގެ މެންބަރުން މި ތަމްރީންތައް ކުރިއަށް ދާ ގޮތް ބައްލަވައިލެއްވި އެވެ.

ބާސްކެޓް ކޯޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ބީއެމްއެލް އިން ބުނީ އެމްބީއޭއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބާސްކެޓް އެސޯސިއޭޝަނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް އެހީތެރިވުމުގެ އިތުރުން ބާސްކެޓްބޯޅަ އިތުރަށް ތަރައްގީކުރުމުގެ ގޮތުން، ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން 1,000 ކުޅުންތެރިން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންސްޓަގްރާމް ފޮޓޯ މުބާރާތަކުން

އަހަރެންގެ ބޭންކް ކެމްޕެއިނުގެ ދަށުން ބީއެމްއެލް ހެޑް އޮފީހުގެ ޓެރަހުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އާންމުންނަށް ހުޅުވާލައިގެން އިންސްޓަގްރާމް ފޮޓޯ މުބާރާތެއް ވެސް ފަށާފަ އެވެ. މި މުބާރާތް ކުރިއަށް ގެންދާނީ މި މަހުގެ ނިޔަލަށެވެ.

ބީއެމްއެލް އިން ބުނީ މި މުބާރާތުގައި އިންސްޓަގްރާމްގައި ޝާއިއުކުރާ ފޮޓޯތަކުން ދައްކުވައިދޭންޖެހެނީ ރާއްޖޭގެ ރީތިކަން ކަމަށެވެ. އަދި މުބާރާތުގައި ބައިވެރި ވެވޭނީ، ބީއެމްއެލްގެ އިންސްޓަގްރާމް އެކައުންޓަށް ފޮލޯ ކުރުމަށް ފަހު ފޮޓޯ ޝާއިއު ކުރާ އިރު AharengeRaajje# ހޭޝްޓެގް ހިމެނުމުން ކަަމަށެވެ.

މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 25،000ރ. ކަނޑައެޅިފައިވާ އިރު، ދެ ވަނަ އަށް އަންނަ ފަސް ފަރާތަކަށް ވެސް އިނާމު ކަނޑައެޅިފައިވެ އެވެ. ވަނަތައް ހޮވާނީ ބީއެމްއެލްގެ ކްރިއޭޓިވް ޕެނަލަކުން ކަަމަށް ވެސް ވަނީ ބުނެފަ އެވެ.

އިންސްޓަގްރާމް ފޮޓޯ މުބާރާތް ފެށުމަށް ބީއެމްއެލް ޓެރަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

"އަޅުގަނޑުމެންގެ އަމާޒަކީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް މި އަހަރު ތެރޭ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 60 ޕްރޮގްރާމް ހިންގުން... ފެބްރުއަރީ މަހުގެ ކޮންމެ ދުވަހެއްގައި އަދި މުޅި އަހަރު ތެރޭގައި ތައުލީމް، ކުޅިވަރު، ތިމާވެށީގެ އެކިއެކި ހަރަކާތްތަކަށާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް އަޅުގަނޑުމެންގެ އެހީތެރިކަން ލިބިގެންދާނެ،" އަހަރެންގެ ބޭންކް ކެމްޕެއިނާ ގުޅޭ ގޮތުން ސީއީއޯ އެންޑްރޫ ވިދާޅުވި އެވެ.

ރާއްޖޭގައި ބޭންކިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން މިދިޔަ އަހަރު ވެސް "އަހަރެންގެ ބޭންކް"ގެ ނަމުގައި 300 މިލިއަން ރުފިޔާގެ ކެމްޕޭނެއް ހިންގާފައިވެ އެވެ.

1 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަތްފުނާ

03 February 2018

އެ ބޭންކުގެ ސީއީއޯ އަކީ ކަސްޓަމަރުންނާއި ގާތް ގުޅުމެއް ބާއްވަން ބޭނުންވާ މީހެއްނޫން.އޭނާ ބޭނުންވަނީ އޭނާ ގައިގަ ހުންނަ ރަނގަޅުކަމަށް ހުންނަ ސިފަތައް އެ ބޭންކުގެ ހުރިހާ މުވައްޒަފުންނަށް ދައްކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454