އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ
05 ފެބުރުއަރީ 2018 - 13:28
ވަޅި ހިފައިގެން ތިބި ގްރޫޕަކުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެ ކައިރިއަށް ރޭ ދަންވަރު ގޮސް ބިރުދެއްކުމުން އެ ސަރަހައްދުގައި ފުލުހުން ފޯރިމަރަން ފަށައިފި އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަޅި ހިފައިގެން ތިބި ބަޔަކު އެމަނިކުފާނު ގެކޮޅު ކައިރިއަށް އެކި ފަހަރު މަތިން އައިސް ހުތުރު އެއްޗެހި ގޮވައި އަޑުގަދަކޮށްފައިވާ ކަމަށެވެ. އެއީ ކޮން ބަޔަކު ކުރި ކަމެއްތޯ ބަލައި ފިޔަވަޅު އަޅަން މައުމޫން ވަނީ ޓުވީޓަކުން ސިފައިންނާއި ފުލުހުންނަށް ގޮވާލައްވައިފަ އެވެ.
A band of thugs armed with knives drove by my residence several times after midnight last night shouting abuse at the top of their voice. I wonder who would have sent these unruly thugs? @PoliceMv and @MNDF_Official must investigate and take action
— Maumoon Abdul Gayoom (@maumoonagayoom) February 5, 2018
މައުމޫން މި ޓުވީޓް ކުރެއްވިތާ އިރުކޮޅެއް ފަހުން ދެ ފުލުހަކު ވަނީ އެންދެރިމާގެ ކައިރީގައި ފޯރިމަރަން ފަށައިފަ އެވެ.
ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް އެންދެރިމާގެ ކައިރިއަށް ބަޔަކު އެއްވިއިރު، އެ ގެކޮޅުގައި ސިފައިން އަންނަނީ 24 ގަޑިއިރު ފޯރިމަރަމުންނެވެ.
މައުމޫންގެ ގާތްބޭފުޅަކު ވިދާޅުވީ އެންދެރިމާގޭގައި ސިފައިން ތިބެނީ އެމަނިކުފާނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ނޫން ކަމަށެވެ.
"ބޭނުމަކީ އެތަނަށް ވަންނަ މީހުންނާއި ވައްދާ އެއްޗިއްސާ ބެލުން، އިތުރު އެއްވެސް ކަމެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.
ކުރިއާ ޚިލާފަށް، މައުމޫން ގެކޮޅުގައި ސިފައިން ތިބޭ ސަބަބާ ގުޅޭގޮތުން އެ މުއައްސަސާ އިން ވާހަކައެއް ނުދައްކަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމުގެ ހާލަތު
05 February 2018
ދެން މައުމޫނު ވެސް ބިރު ނުގެންބަލަ އޭރަށް އެނިމުނީނު
ހަސަނު
05 February 2018
އެމްއެންޑީއެފަށް ލިބުނު ވަރަށް ހުތުރު ނަމެއްމީ... އެމްއެންޑީއެފަށް މައުމޫނުގެ ސެކިއުރިޓީ ނުބެލެހެެއްޓިގެން އެންމެ ފަހުން ފުލުހުން މިޖެހުނީ މިކަންވެސް ކުރަން...
ގުނޫތު ނުކިޔައިވެން އަދަބު ލިބ
05 February 2018
މައުމޫނު އެއުޅުއްވަނީ ރައްޔިތުގެ ހަމްދަރުދީ ހޯދަން މައުމޫނުއާ ދިމާކުރަންވީ ސަބަބެއްނެތް މައުމޫނު އެއި މިހާރު އެހާ މުހިއްމު މީހެއްނޫން މުސައްލަމަތިން ނުފައިބައި އިންނައްވީ ދުވަހު މައުމޫނު އެއުޅުއްވަނީ ވަރައް ހުތުރު ވައްތަރަކައް އަބުރުވެރި ކަމާއި ސަރަފާއެކު އުޅުއްވަން ނޭގުނު މައުމުނު ގެ ފަރާތުން ކުށެއްނެތި އަދަބު ލިބިފަ ތިބި މީހުން ގެ ދަރިން މައުމޫނުއަށް މައާފު ކޮއް މައުމޫނު ދެކެ ލޯބި ވާއިރު ވެސް .
ޓޯކީ
05 February 2018
ފުލުހުންގެ ފާރަތުން ބިރުވެރިކަން މާބޮޑު މިހާރު