ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ. މިހާރު ފޮޓޯ: ކިޔުންތެރިއެއް
06 ފެބުރުއަރީ 2018 - 14:30
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް މިއަދު އަނދައިފި އެވެ.
"ވެލާ" ނަމަކަށް ކިޔާ ސަފާރީގެ އިންޖީނު ގޭގައި ރޯވިއިރު އޭގައި ތިން ފަޅުވެރިން ތިއްބެވެ. އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. އެ ސަފާރީގައި އެ ވަގުތު އެއްވެސް ޓޫރިސްޓަކު ނެތެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ މިއަދު ނުވައެއް ޖަހާކަން ހާއިރު ސަފާރީގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 9:44 ހާއިރު ކަމަށެވެ.
ރޯވި ސަފާރީ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ. އަލިފާން ރޯވީ ސަފާރީގެ އިންޖީނު ގޭގަ-- މިހާރު ފޮޓޯ: ކިޔުންތެރިއެއް
"ސަފާރީގެ ގެގަނޑުވެސް ވަނީ އަނދާފައި. ވަރަށް ބޮޑަށް ގެއްލުން ވެފައިވަނީ. ފުލުހުން މިހާރު އެ ގެންދަނީ ތަހުގީގު ކުރަމުން،" އާޒިމް ވިދާޅުވި އެވެ.
ސަފާރީގެ ވެރިފަރާތާ ގުޅޭ ގޮތް ނުވުމުން ގެއްލުމުގެ ތަފްސީލެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy