ސިމް: އޭނާ ހޯދަން ފުލުހުން މިއަދު ވަނީ އިއުލާންކޮށްފައި.
19 ފެބުރުއަރީ 2018 - 16:02
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް މުހައްމަދު (ސިމް) ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާގެ ފިރިކަލުން ސިމް 63، ހޯދަން އިއުލާންކުރީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށެވެ. ބަންދުގައި ބަހައްޓައިގެން ސިމް، މާދަމާ ކޯޓަށް ހާޒިރުކުރަން އަމުރެއް ނެރެފައިވާ ކަމަށް ފުލުސް އޮފީހުން ބުންޏެވެ.
ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.
ސިމްގެ އިތުރުން ވެސް ދެ މީހަކު ހޯދަން ކޮށްފައިވާ އިއުލާނުގައި ފުލުހުން އެދިފައި ވަނީ އެ ތިން މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ މުއައްސަސާ އަށް ހިއްސާކޮށް ދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އާއިލީ ބޭފުޅެއް ކަމަށްވާ ސިމް ހޯދަން އިއުލާންކުރިއިރު، އޭނާ ދިރިއުޅުއްވަނީ އާއިލާއާ އެކު އޮސްޓްރޭލިއާގަ އެވެ.
ސިމްއަކީ ދިގު މުއްދަތެއްގައި މަޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އަދި ކުރީގެ މަޝްހޫރު ލިއުންތެރިއެއް ވެސް މެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޖަ
20 February 2018
އަޅާނުލާބަލަ. އެމީހުންނަކީ އަމިއްލައަށް އަރުވާލެވިގެން ތިބިމީހުންނޭ. އެއީކީ މިހާރު ދިވެހި ޕާސްޕޯޓް އޮތަސް ދިވެހީންނެއްނޫނޭ. ކީތްވެތަ ނޭނގިގެން ތިއުޅެނީ.
ފޭކުއިކޮނޮމިސްޓް
20 February 2018
މިހާރު މިކަންތައްތައް ދާ ގޮތުން ތައުލީމާ ތަޖުރިބާ ހުރި މީހޫން ކިރިޔާވެސް ފުރުސަތެއް ލިބިއްޖެޔާ މި ގައުމު ދޫކޮއްފަ ދާނެ. މިގައުމުގަ މިހާރު ހުރިހާ ފުރުސަތެއް އޮތީ އުދުރޭމެން ނިހާނުމެން ކަހަލަ މީހުންނަށް.
ބިލް
20 February 2018
ސިމް ބަދަލުކޮށްގެން އުޅޭކަމަށް ވަނީ...
ޙުސް
20 February 2018
ސިމް މިހާރު ސިމް އުޅެނީ އައްޑޫގަ ވަރައް ބިޒީކޮއް އުޅެނީ
އަބްދުއްލާ
19 February 2018
އެންމެންގެ ފޯނގާވެސ ހުރީ ތިޔަ ސިމް ހުރިހާ ފޯނުތައްބަލާފަ ކޮން ސިމެއްތޯ ބަލަންވީއެއްނު.
އަންނޫމާލިކް
19 February 2018
ފުލުސް އޮފީހަށް ހާޒިރުކުރަން ކޮންމެހެން ޖެހޭ މީހުން ވަރަށް އަވަހަށް ފެންނާނެ!
ހަސަނު
19 February 2018
އުރީދޫން އާ ސިމެއް ހޯދާ...