ރައީސް ޔާމީން މިރޭ ރިޔާސީ ބަޔާން އިއްވަވަނީ. - ފޮޓޯ: ރައީސް އޮފީސް
21 ފެބުރުއަރީ 2018 - 22:37
މި ސަރުކާރަކީ ދިވެހިންގެ ހިދުމަތުގައި އޮތް ސަރުކާރެއް ކަން ވެއަތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސާބިތު ކޮށްދީފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސް ޔާމީން ވިދާޅުވީ ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ ގެނެސް، ފުދުންތެރިކަން އިތުރު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރައްޔިތުންގެ ތަނަވަސްކަމަށް ވިސްނައިގެން، ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރަކީ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ފުއްދައިދިނުމަށް ސަރުކާރުން ކުރި މަސައްކަތުގައި ވަރަށް ގިނަ ކުރިއެރުންތަކެއް ހާސިލް ކުރެވުނު އަހަރެއް ކަމަށެވެ.
"ކުރި އަށް އޮތް ތަނުގައި އަމާޒަކީ، ގައުމީ ތަރައްގީ ވަޒަންކުރާ މިންގަނޑަކީ ރައްޔިތުންގެ އުފަލާއި ހިތްހަމަޖެހުންކަން ގަބޫލުކޮށްގެން ދިވެހި ގައުމުގެ ތަރައްގީއަށާއި ކުރިއެރުމަށް މަސައްކަތް ކުރުން،" ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.
އެގޮތުން ސަރުކާރުން އެންމެ އިސްކަމެއް ދިނީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ކުރިއަށް ގެންދިއުމަށާއި ރައްޔިތުންނަށް ބުރަ އުފުލަން ޖެހޭ ކަންކަމަށް ބުރަ އުފުލައިދީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
- ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭ ކުށުގެ ނިސްބަތް 35 ޕަސަންޓް ދަށްކުރެވުނު
- ކިންގް ސަލްމާން މިސްކިތް މި އަހަރު ނިމޭނެ
- ހިޔާ މަޝްރޫއު 2019 ގައި ނިމޭއިރު ލައްކައަކަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ
- ސައުދީން ދިން 160 މިލިއަން ޑޮލަރު ހޭދަކުރާނީ މަސްވެރިކަމުގެ ދާއިރާ އަށް
- މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ސްކޫލްތައް ވައިފައިކޮށް، ދަރިވަރުންނަށް ޓެބްލެޓް ދެވޭނެ
ރައީސް ޔާމީން ވިދާޅުވީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޑައިގްނޯސްޓިކް ސެންޓަރު ހިމެނޭ ގޮތަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ނިންމައި، އެ ހޮސްޕިޓަލްގެ ހިދުމަތް ފެށޭނެ ކަމަށެވެ. އެ ހޮސްޕިޓަލުގައި ގިނަ އަދަދެއްގެ އާ ހިދުމަތްތަކެއް ގާއިމު ކުރެވި، އައިޖީއެމްއެޗުގެ ކެޕޭސިޓީ 500 އަށް ބަދަލުވެގެންދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އައްޑޫގެ ޓާޝަރީ ހޮސްޕިޓަލް މި އަހަރުގެ މެދެއްހާ ތަނުގައި ހުޅުވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުގެ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 36 މެމްބަރަކު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވީ ޒުވާނުންނަށް ގިނަ ވަޒީފާތަކެއް އުފައްދާފައިވާ ކަމަށެވެ. އެގޮތުން އިގްތިސާދީ އެކިއެކި މަސައްކަތްތައް ފުޅާ ކުރުމާއެކު، 76،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
- ސްޕޯޓްސް އެރީނާގެ 80 ޕަސެންޓް ވަނީ ނިމިފައި، 380 ކުޅިވަރު ކޯޓު އެޅިއްޖެ
- ފުޓްބޯޅަ ޓްރެއިނިން ސްކޫލެއް އެޅުމުގެ މަސައްކަތް ހުޅުމާލޭގައި ވަނީ ފެށިފައި
- ނުވަ ރަށެއްގައި 45 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ވަނީ ކުރެވިފައި
- މި އަހަރުގެ ނިޔަލަށް އިތުރު 12 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރާނެ
- 30 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ނިމޭނެ
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 107 ރަށެއްގެ ލަފާފުރުމުގެ މައްސަލަ އަށް މި ފަސް އަހަރުގެ ތެރޭގައި ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މި އަހަރު 48 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އިތުރު 24 ރަށެއްގައި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި 86 ރަށެއްގައި ބޯފެން ރައްކާ ކުރާ ނިޒާމު މި އަހަރު ފެށިގެން ދާނެ ކަމަށެވެ. މި މަސައްކަތްތައް ނިމުމުން ރަށްރަށް، ބޯ ފެނަށް ޖެހުން ދާއިމީ ގޮތެއްގައި ހައްލުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މާލެ އާއި ރަށްރަށުގައި ދޭ ކަރަންޓުގެ ހިދުމަަތުގެ އަގު ހަމަހަމަ ކުރުމަށް ރަށްރަށުގެ ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓާ ހަމައަށް ޗާޖު ކުރާ ރޭޓު އަންނަ މަހުގެ އެކަކުން ފެށިގެން މާލެއާ އެއް އަގަކަށް ބަދަލުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހދ. ކުޅުދުއްފުއްޓާއި ނ. މާފަރާއި ށ. ފުނަދޫ އާއި ގދ. މާވަރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކޮށް ނިމޭނެ ކަމަށެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށް، ސަރަހައްދަށް ޓޫރިޒަމް ފުޅާ ކުރުމުގެ ގޮތުން ހއ. ހޯރަފުށީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރިއާސީ ބަޔާން އިއްވާ ޖަލްސާ މި ބޭއްވީ، އެ ޖަލްސާ ބާއްވަން އެންމެ ފުރަތަމަ ތާވަލު ކުރި ތާރީޚަށް ވުރެ 15 ދުވަސް ފަހުންނެވެ. މި މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ތާވަލު ކުރި އެ ޖަލްސާ އެ ދުވަހު ކެންސަލް ކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީނާ
22 February 2018
މި ސަރުކާރު ދިވެހިންގެ ޚިދުމަތުގައި އޮތީމަ ދޯ ހައްޤުވެރިންނަށް ފްލެޓްވެސް ނުލިބި ރެޔާދުވާލު ދިގު ކިއުއެއްގަ ނުނިދާހޭލާ ތިބެގެން ފޯމް ލައިގެން އިތުރު ހިތްދަތިކަމެއް ލިބެން ޖެހުނީ.......
ޕާރޕްސް
22 February 2018
ކީއްކުރާނީ ޙަޤީޤަތަކީ ބައިބައިވެފައިވާ ކޯލިޝަންއަށް ރިޔާސީ ބަޔާން އަޑުއަހާން ހިތްވަރެއް ނެތްކަން، މީގެންވެސް ހާމަވެގެން ދަނީ ބައިބައިވެފައިވާ ކޯލިޝަންގައި އެއްވެސް ޒިންމާދާރުކަމެއް ނެތްކަން
ކާފޫރު
22 February 2018
މިއީ ލޮލަށް ފެންނަން ހުރި ހަގީގަތް
އިބުރޯ
22 February 2018
ސުކުރިއްޔާ ރައީސް މަނިކުފާނުގެ ހިއްވަރާ ކެއްތެރިކަންފެނި މިގައުމު ފަހުރުވެރިވޭ
ޔާސް
22 February 2018
ޢުމްރާނީ ތަރައްޤީ ކުރިޔަށް
ދާންދޫ އާސިފް
22 February 2018
މި ދިވެހިރާއްޖޭގެ ވެރިކަންކުރި ކޮން ރައީސްއަކަށް ތޯ ކެރުނީ ކޮންމެ ރައްޔިތަކަށް ވެސް ފައިސާ ދެއްކޭ ވަރަށް ފުލެޓް ތަކުގެ އަގު ކުޑަކުރަން . އެކަންވެސް ކޮށް ދެއްވީ ރައީސް ޔާމީން . ސާބަހޭ ރައީސް ޔާމީން
ދާންދޫ އާސިފް
22 February 2018
ވަރަށް ބޮޑަށް ތާއީދު ކުރެވޭ ރައީސް ވާހަކައަށް . މި ދިވެހިރާއްޖެގައި ވެރިކަން ކުރި އެއްވެސް ރައީސް އަކަށް ނުކެރުނު މާލެ އާއި ރަށް ރަށުގައި ކަރަންޓްގެ އަގު އެއްވަރުކުރަން ވެސް އެކަން ވެސް ކޮށް ދެއްވީ ރައީސް ޔާމިން . މީގެ އިންވެސް މި އިނގެނީ މި ސަރުކާރަކީ ދިވެހިންގެ ހިދުމަތުގައި އޮތް ސަރުކާރެއް ކަން ވެއަތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސާބިތު ކޮށްދީފައިވާ ކަން .ސާބަހޭ ރައީސް ޔާމީން
ނާޑް
22 February 2018
ސާބަހޭ ރައީސް ޔާމީން ????
ފާތުން
22 February 2018
ބޭކާރު ވާހަކަ.....
ފޫޅު
22 February 2018
ދިވެހި ގައުމަށް މީގެ ކުރީގައި ނުލިބޭ އެތައްބައިވަރު އާމްދަނީ އެއް އެބަލިބޭ. އެކަމަކު އެ ހެޔޮގޮތުގައި ބޭނުމެއްނުކުރޭ. ބޭނުންކުރަނީ މުޅިންވެސް ކޮރޮޕްޝަން އެކުލެވި ވަކިބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދޭގޮތަށް. ދެން ހިސާބު އަދަދުތަކެއްކިޔާލިއިރު، މިތައް ސިޔާސީ ކުއްވެރިން ޖަލަށް ލައިފީމޭ ވިދާޅުވިނަމަ މާ ފެކްޓް ވާނެ.