ޚަބަރު / ރ. މަޑުއްވަރި

މަޑުއްވަރިން ކަރަންޓު ކެނޑޭތީ ރައްޔިތުން އިންޖީނުގޭ ދޮށަށް އެއްވެއްޖެ

އިހްތިޖާޖް ކުރަމުން ދިޔަ މީހުން މަޑުއްވަރީ އިންޖީނުގޭތެރޭގައި: ފޮޓޯ: ސޯޝަލް މީޑިއާ

ރ. މަޑުއްވަރީން ކަރަންޓު ކެނޑޭތީ، އެ ރަށުގެ ގިނަ ބަޔަކު އިންޖީނުގޭ ދޮށަށް އެއްވެ މިއަދު ހަވީރު އަޑު އުފުލައިފި އެވެ.

މަޑުއްވަރީން ވާހަކަ ދެއްކި ބައެއް މީހުން ބުނީ، ކޮންމެ ދުވަހަކު ހެން އެ ރަށުން ކަރަންޓު ކެނޑޭތާ މިހާރު ދެ ހަފުތާއެއްހާ ދުވަސް ވެއްޖެ ކަމަށެވެ. އޭގެ ސަބަބުން ބައެއް ގެތަކުގެ ކަރަންޓު ސާމާނަށް ގެއްލުން ލިބެމުންދާ ކަމަށް އެ މީހުން ބުންޏެވެ.

މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އަޝްހަދު މިއަދު ވިދާޅުވީ އެ ރަށުގެ ގިނަ ބަޔަކު އިންޖީނުގޭ ދޮށަށް އެއްވީ، ކަރަންޓު ސާމާނު ހަލާކުވަމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލައި އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކަމަށެވެ.

"ރައްޔިތުން ބޭނުންވަނީ 24 ގަޑިއިރު ކަރަންޓު ޔަގީން ކުރަން. މި ރަށުގެ ގިނަ ގެތަކުގައި އޭސީ ފަދަ އެއްޗެހި ބޭނުން ކުރާއިރު ލޯޑު މަތި ވެގެން މިގޮތަށް ކަރަންޓު ކެނޑޭ ކަމަށް ވަންޏާ ރޯދަމަހު އަޅުގަނޑުމެން ތިބެން ޖެހޭނީ ކަނު އަނދިރީގައި،" އާބާދީގައި 2،400 އަށް ވުރެ ގިނަ މީހުން އުޅޭ އެ ރަށުގެ ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޑުއްވަރީގައި މިހާރު ކަރަންޓު ދެމުން އަންނަ 200 ކިލޯ އާއި 175 އަދި 165 ކިލޯގެ ޖަނަރޭޓަރުން، ރައްޔިތުންނަށް އެކަށީގެންވާ ވަރަށް ކަރަންޓު ނުދެވޭ ކަމަށެވެ.

އަޝްހަދު ވިދާޅުވީ ފެނަކައިން ހިންގާ އެ އިންޖީނުގޭ ދޮށަށް މީހުން އެއްވީ އެ ތަނުގެ މެނޭޖަރާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް ކަމަށެވެ. އެކަމަކު ފެނަކައިގެ ފަރާތުން ރައްޔިތުންނަށް ޖަވާބުދާރީ ނުވެވޭނެ ކަމަށް ވިދާޅުވެ، މެނޭޖަރު ރައްޔިތުންނާ ބައްދަލު ނުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މެނޭޖަރު ބައްދަލު ނުކުރުމުން، އެއްވި ތިބި ބައެއް މީހުން ވަނީ އިންޖީނުގޭތެރޭ ތިބި މީހުން ބޭރަށް ނުކުތަނުދީ ކުޑައިރުކޮޅަކަށް ހިފަހައްޓާފަ އެވެ. އެކަމަކު ފަހުން ބައެއް މީހުން އިންޖީނުގޭ ތެރެއަށް ވަދެ، މެނޭޖަރާ ބައްދަލު ކުރުމަށް ޑިމާންޑު ކުރި ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

އަޝްހަދު ވިދާޅުވި ގޮތުގައި އެ އެއްވުން މެދުކަނޑާލީ އެއްވެ ތިބި މީހުންގެ ތެރެއިން އިސް ދެތިން މީހުންނާ، މެނޭޖަރު ބައްދަލުކުރަން އެއްބަސްވުމުންނެވެ. އެކަމަކު އެ މީހުން ބޭނުންވަނީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އޭނާ ވިދާޅުވި އެވެ.

6 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަބޭސްބޭބެ

24 February 2018

ކަރަންޓަކީ ކެނޑޭ އެއްޗެކޭ. އަދި ރަގަޅަށް ޑިއުޓީ ނުބަލައްޓާ ޖެނެރޭޓަރުތަކާ އަޅާނުލަންޏާ ހަލާކުވެސް ވާނެ ޝަޓް ވާނެ. ކޮބައިތަ މައްސަލައަކީ، ކެއްތެރިވެ ﷲ އަށް ޝުކުރު ކުރާކަށް ނޭގޭތަ. މުސްލިމުންގެ ގޮތެއްނޫނޭ ތީ، ދެން ތިކަހަލަ ކަންކަން ސިޔާސީ ނުކުރައްވާ. ކަނު އަދިރީގަ ތިބެން ޖެހިދާނެ. ﷲ އީ އިންތިހާން ކުރައްވާ ފަރާތް. ﷲ އަށް ބިރުވެތިވެ ޝުކުރުކުރަމާ. އިންޑިއާ ލަންކާ ތަންތާގަ ފެނާ ކަރަންޓް ހިދުމަތް މެދުކެނޑިފަ ކިހާ އިރަކު ހުރޭބާ. ތިހެން ނިކުމެ އުޅެމުތަ...........///؟؟؟؟

The name is already taken The name is available. Register?

ޙަފްޞާ / މާލެ

23 February 2018

ކަރަންޓު ކެޑޭނެ! އެއީ މީހުންގެ އުފެއްދުމެއް! މައްސަލައެއް ނެތި ކުރިޔަކަށް ނުދާނެ! މެމްބަރު ހަމަމަގަށް އެޅުވޭތޯ ބަލާ!

The name is already taken The name is available. Register?

ސަރީފް

23 February 2018

މިއުޅޭ އަމީތުވެސް ނުލާހިކު ރަގަޅަށްހުރި މީހަކު މިއުޅޭ އެން ޑީޕީ މީހުން އޭނަ ބޮލަށް ސަވާރުވެ އެފަކީރުވެސް ހަލާކުކޮށްލައިފި

The name is already taken The name is available. Register?

7654

23 February 2018

2018 ގެ އިދިކޮޅު ކެންޑިޑެޓް ތަނެއްގަތާށިވެފަ އޮތީމަ ވަކި ދުވަހެއް ވަނދެން ލަވަޖަހާ އަތްޖހާ ނަށާ ހެދީމަ އޯ އެސޮރު ފާލުވަނީ. އެމަސައްކަތުގެ ބިޒީކޮށް އުޅެނީ އަމީތު

The name is already taken The name is available. Register?

މައި ހޯމް އައިލެންޑް

23 February 2018

ރަށު ރައްޔިތުންގެ އިންޖީނުގެއަށް ބަދަލުކުރަންވީ ފެނަކަ ކޯޕަރޭސަންތީ ބޮޑު މުސީބާތެއް

The name is already taken The name is available. Register?

Heyo

23 February 2018

އޭރުން ކަރަންޓް އަންނާނެންޏާ ރަނގަޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454