ކުއްލި ހާލަތުގެ ދަށުން މިއަދު ހައްޔަރުކުރި އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ ރައީސް ޝިޔާން.
10 މާޗް 2018 - 21:36
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ އިތުރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ބުނީ އެ ޕާޓީގެ ތޮއްޑޫ ދާއިރާގެ ރައީސް ހަސަން ޝިޔާނަށް ފުލުހުން ކުރާ ތުހުމަތެއް އަދިއެއް ނޭނގޭ ކަމަށެވެ.
އެމްޑީޕީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވިތާ މަހަކަށް ވުރެ ގިނަ ދުވަސްވީއިރު 100 އަށް ވުރެ ގިނަ މީހުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފަ އެވެ.
އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަށް ފަހު ހިނގި ސިޔާސީ ނުތަނަވަސްކަމާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ވެސް ޗީފް ޖުޑީޗަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި އިދިކޮޅު ފަރާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފަ އެވެ.
އޭގެ ތެރެއިން އެއް ބަޔަކަށް ކުރަނީ ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި އެކަމަށްޓަކައި ރިޝްވަތު ދިނުމާއި ހިފުމުގެ ތުހުމަތެވެ. އަނެއް ބަޔަކަށް ކުރަނީ މާލޭގައި ހަމަނުޖެހުން ހިންގުމާއި މާލޭގައި ރޯކުރަން އުޅުމުގެ ތުހުމަތެވެ.
އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރުގެ އެ ބައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލްކޮށްފަ އެވެ. އެހެންވެ އެއަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ދެކެ އެވެ. ނަމަވެސް މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ކެނޑިނޭޅި ގޮވާލަމުންނެވެ. އަދި އެކަމަށް ގޮވާލައި ކޮންމެ ރެ އަކު މާލޭގައި އިދިކޮޅު ފަރާތްތަކުން އެއްވުން ވެސް ބާއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޭބަަ
11 March 2018
ތި އެސްއޯއީ އެއް ނުނިމޭތަ... ކުރިއަށް އޮތް އިންތިހާބުގެެފަހުންތަނިމެނީ.... ދެރަކަމެއްނު
މަންތިރި
11 March 2018
މިއެންމެންނަކީވެސް ސުޕްރީމްކޯޓު ފަނޑިޔާރުންނަށް ރިޝްވަތު ދިން މީހުންބާ.!!!!! އަންތަރީސްވޭ.
ގޮއްލަރޭ
11 March 2018
ހައްޔަރު ކޮއްކޮއް ތިބެންޖެހޭނީ
ބާއުބާއު
10 March 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ އިތުރު މީހަކު ހައްޔަރުކޮށްފި ނަމަ މިހާރު ރަންރީނދޫ ޓްވިޓަރޭ މެންނަށް ހުންނާނެ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަން ވައްޓަން ހަދައިގެން ރާކަނި މަސް ކެވިފައޭ މަމެން ބުނަން ނެތީމު ދޯ. ބާއުބާއު ބާއުބާއު ތިޔާ ތިވާވާރު ގޭގެ ދޮރާށި ކުރިމަތީ ހުރެފައި ބިރުން ލޮނދި ހިކައެއް ދެމި ގަންނަ ގޮތަށް ގޭތެރެއަށް ވަދެ ރަޖާ ލައިގެން ނިދައިފޫ ދޯ. ހާއްހަހަހާހާހާހާހާ ހޮހޮހޮހޮހޮ...
falaku ain
10 March 2018
ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު. ކަރަޕްޝަނުގެ ތުހުމަތު. ސަރުކާރުގެ މުއައްސަސާއެއްގެ ތައްގަނޑު ވެރިމީހާއަށް ނޭގި ބޭނުން ކުރުމުގެ ތުހުމަތު. ރާއްޖޭންބޭރުގެ ބަޔަކާއެކު ތެލުގެ މުޢާމަލާތެއް ހިންގި ކަމުގެ ތުހުމަތު. ލިބުނު ފައިސާ އެކީގައި ބޭނުން ކުރިކަމުގެ ތުހުމަތު. ރިޝްވަތު ހިފިކަމުގެ ތުހުމަތު، ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތު. ހަމަނުޖެހުން ހިންގަން އުޅުމުގެ ތުހުމަތު. ވަޖީބަށް ހުރަސް އެޅިކަމުގެ ތުހުމަތު. ހެކިނައްތާ ލަން އުޅުމާއި ހެކި ފޮރުވިކަމުގެ ތުހުމަތު. ތަހްގީގަށް އެއްބާރުލުން ނުދިންކަމުގެ ތުހުމަތު. މީނުންތޯ މިހާރު ކުރަން އޮތް ތުހުމަތީ. ކޮންމެވެސް އެއްގޮޅިއަކަށް ފެތޭނެ.
ގުޑްގުޑް
10 March 2018
ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ސުވާލު
10 March 2018
ހާދަވަރަކަށޭމީހުންމިހައްޔަރުކުރަނީ
ޔޫމސުބުޔ
10 March 2018
ހާދަވަރަކަށޭ އިދިކޮޅޭމެން ކުޅި ކުޅެލާފަ ހުރީ