ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ބައެއް މެމްބަރުން: އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރަން ހުށަހެޅީ ދައުލަތުން --ފޮޓޯ/މިހާރު
11 މާޗް 2018 - 12:19
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން އެ ކޯޓުން ހަމަޖައްސައިފި އެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އަމުރުގައި ކަނޑައެޅި އެވެ.
އެ އަމުރުގެ އެ ބައި ބާތިލް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުން ބާއްވަން ހަމަޖައްސާފައި ވަނީ މާދަމާ ހެނދުނެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހު ބާއްވަން ވެސް ހަމަޖެއްސި އެވެ. އެކަމަކު އެޓާނީ ޖެނެރަލްގެ އޮފީހުން އެދިގެން އެ އަޑުއެހުން ކެންސަލްކުރި އެވެ.
އެ އަމުރުގެ އެ ބައި ބާތިލްކުރަން ދައުލަތުން މައްސަލަ ހުށަހަޅާފައިވާތީ، އެ މައްސަލަ ނިމެންދެން އެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވާއިރު، އިންތިޚާބުވާ ޕާޓީން ވަކިވާ އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން މަޖިލީހަށް މިހާރު ވަނީ އެންޓި ޑިފެކްޝަންގެ ބިލެއް ހުށަހަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާ މެމްބަރު
11 March 2018
އިނދި ކޮޅު މެމްބަރަކަށް ހުރުން މާރަގަޅެވެ.ސަބަބަކީ އިނދި ކޮޅު މެމްބަރަކަަށް ހުންނައިރު ކަންތަކު އަންނަ ރައްޔިތުން މަދު ވުމުން ބޮލަށް ފަސޭ ވެފައި ސަރުކާރު މެމްބަރަކަށް ހުންނަ އިރު ރައްޔުތުންގެ ޑިމާންޑް ތަށް ބޮޑު ވެފައި އެ ޑިމާންޑް ތަށް ފުއްދަަ ނުދެވޭތީ އެވެ.
ސަރުކާރު ބެންޗް
11 March 2018
މިހާރު ސުޕްރީމް ކޯޓަށް އިތުބާރު ކުރާ ބަޔަކު ނެރެވެ. މިވެސް ކިތަށް ގޮތަށް އަބުރާ ގޭސް ގަޑެއް ތޯއެވެ؟ މިވެސް "ކުޑަ ދޮރުން"ވައްދާގެން ހިންގާ ކަމެއް ނޫން ތޯއެވެ؟
ބާބޫ
11 March 2018
ތިކުރާ އނިޔާވެރިކަމުގެ ޖަވާބު ވޯޓުން ލިބޭނެ
ހެހެ
11 March 2018
ޝަރީއަތް ބާއްވަން ވީ ރުމާލު ޖަގަހައިގަ. ބެންޗުގަ ޖެނެރަލް އަދުރޭ އާ ނިހާނާ. ހަމަ އެއްތާކު ޖެހޭނީ.
ސަލީމާ
11 March 2018
އަނިޔާވެރިންނަށް އާޚިރުގައި ސަލާމަތެއްނެތް! އެކަން ވަރަށް އަވަހަށް ފެންނަނާނެ ﷲއިންޝާ
ހަކުރުބޭ
11 March 2018
ގޮނޑި ތައް ގެއްލުވާނެ ކަމެއް ނެތް އެ ތަނުން ބަޔެއް މީހުން އަންނާނީވެސް ގޮނޑިތައް ނުގެއްލުނީމަ . އެ ތަނުން ސޮއިކުރަން ބަޔެއް މީހުން ތިބީ ތައްޔާރަށް .
މޫސަ
11 March 2018
ﷲ އިރާދަކުރެއްވިއްޔާ މި އަނިޔާވެރިންނާއި އަނިޔާވެރިންނަށް ވާގިވެރިވާ ފަރާތްތައް, ނިކަމެތި ކުރައްވާ ހަމަބިމަށް ތިރިކުރައްވާ އާރާބާރު ދާދި އަވަހަށް ގެންދަވާނެ!
އާދައެއް
11 March 2018
ސްޕްރީމް ކޯޓަކީ ކާކު ކަން، ކޮންތަނަކުން ނެރޭ ހުކުމް ތަކެއްކަން އެންމެނަށް އެނގޭ/// ވިމާ ތިޔަ މައްސަލަ ނިމޭނެ ގޮތްވެސް އެނގޭ
ތާރޭ
11 March 2018
ތިޔައެހެންވީރު އެބައި މީހުން ސައްލާ ކޮށްލާފަ ހުކުމް ލިޔެނިންމާފަ ކައްޕީގެ އޯޑަރަށް ބާއްވާ އަޑުއެހުމެއް ކަމަށްވާނީ
ރައްޔިތު ބިލު
11 March 2018
ބިލުގެ ކުރިން ނިންމާލަން، އޮތަ؟
މަންނާނު
11 March 2018
ޔަޤީން މުޖައްރިބް ކައްޕިތާން އެންގިގޮތެއް މިފަހަރު އޮތީ