މޯލްޑިވިއަން އިން މިއަދު ގެނައި މަތިންދާބޯޓަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
11 މާޗް 2018 - 14:34
މޯލްޑިވިއަން އަށް އިތުރު މަތިންދާބޯޓެއް ގެނެސް، އެ އެއާލައިންގައި ބޭނުންކުރާ މަތިންދާބޯޓުގެ އަދަދު 23 އަށް އިތުރު ކޮށްފި އެވެ.
ނިއު ޒީލެންޑުން ފުރައިގެން ރާއްޖެ އައި މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސުމުން އެ ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ހަފްލާއެއް ވެސް ބޭއްވި އެވެ.
މޯލްޑިވިއަން އިން ބުނީ އެ ކުންފުނިން މިއަދު ގެނައި މަތިންދާބޯޓަކީ މިހާރު ވެސް އެތެރޭގެ އުދުހުންތަކުގައި އާންމުކޮށް ބޭނުން ކުރަމުން އަންނަ ޑޭޝް 8 މަރުކާގެ، 50 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށެވެ. މި ބޯޓާއި އެކު އެެތެރޭގެ އުދުުހުންތަކުގައި އެ ކުންފުނިން ބޭނުންކުރާ ބޯޓްތަކުގެ އަދަދު 10 އިތުރުވެގެން ދާނެ އެވެ.
އެ ކުންފުނިން ބޭރުގެ ދަތުރުތަކުގައި ބޭނުން ކުރަމުން އަންނަނީ އެއާބަސް 321 މަރުކާރުގެ، 200 މީހުންގެ ޖާގައިގެ ބޯޓަކާއި، އެއާބަސް 320 މަރުކާގެ، 150 މީހުންގެ ޖާގައިގެ ބޯޓެކެވެ. މޯލްޑިވިއަން އިން ރާއްޖޭގެ އިތުރުން އުދުހެމުން އަންނަނީ، ޗައިނާގެ ހަތް މަންޒިލަކަށާއި، އިންޑިއާގެ ދެ މަންޒިލް އަދި ތައިލޭންޑްގެ ބެންކޮކްގެ އިތުރުން ބަނގްލަދޭޝްގެ ޑާކާ އަށެވެ.
މޯލްޑިވިއަން އިން މިއަދު ގެނައ މަތިންދާބޯޓު.
މޯލްޑިވިއަން އިން ބުނީ، މިއަދު އަލަށް ގެނައި މަތިންދާބޯޓު އާންމުކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރި ނަމަވެސް، އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރު ކުރަން ވެސް ބޭނުން ކުރާނެ ކަމަށެވެ.
މަތިންދާބޯޓުގެ އިތުރުން މޯލްޑިވިއަންގެ ފްލީޓްގައި ދެން ހިމެނެނީ 11 ސީޕްލޭނެވެ. ސީޕްލޭން އިން ރާއްޖޭގެ 14 ރިސޯޓަކަށް ދަތުރު ކުރެ އެވެ.
ގައުމީ އެއާލައިނުން އަންނަނީ ސީޕްލޭންގެ އޮޕަރޭޝަންތައް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިތުރު ސީޕްލޭންތައް ގެނައުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ކުންފުނީގެ މަތިންދާބޯޓުތައް އިތުރުކޮށް، ރާއްޖޭން ބޭރުގެ އިތުރު މަންޒިލުތަކަށް ދަތުރުތައް ފެށުމަށް ވެސް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
މޯލްޑިވިއަން އިން ބޭރު ގައުމުތަކަށް ކުރާ ދަތުރުތަައް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ދެކުނު އެފްރިކާ އަށް ދަތުރުތަައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސް
12 March 2018
އަދި 100 ބޯޓު އިތުރުކުރިއަސް އަހަރެމެން އުފަލެއްނުވޭ! ޓިކެޓު އިންތިހާއަށް އަގުބޮޑުވެފައި އެކަށީގެންވާ ޚިދުމަތެއްވެސް ލިބެނީކީނޫން. ޑިލޭ ކުރަނީ ވަކިވަރަކަށް ނޫން.
އިންސާރފް
12 March 2018
މަތިންދާބޯޓުގެ އިތުރުން މޯލްޑިވިއަންގެ ފްލީޓްގައި ދެން ހިމެނެނީ 11 ސީޕްލޭނެވެ. ސީޕްލޭން އިން ރާއްޖޭގެ 14 ރިސޯޓަކަށް ދަތުރު ކުރެ އެވެ. ސޯ ސީޕްލޭން އިސް ނޮޓް އަ "މަތިންދާ ބޯޓް" ؟؟
އެމްސް
11 March 2018
ފްލީޓް ކިތައްމެ ބޮޑަސް އަގެއް ހެވެއް ނުވޭ
ޢަލިދީދީއައްޑޫސިޓީ
11 March 2018
މޯލްޑިވިއަން އިން ފްލީޓަށް ދޫނިތައް އިތުރު ތިޔަކުރަނީ، ހަމަ ޔަޤީނުން ވެސް ވިޔަފާރި އުޞޫލުގެ ތެރެއިން. އެހެންކަމުގައި ވާނަމަ، މިހާރު ރާއްޖޭގައި ހުރި ހުރިހާ ވައިގެ ބަނދަރަކަށް ތިޔަ ދޫނިތައް އުދުހި ތިޔަ ހަދަނީ، މިރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ނިކަމެތި ރައްޔަތުންނަށް ރެޔާ ދުވާލު ބުރަ މަސައްކަތް ކޮށްލައިގެން ލިބޭ ކުޑަކުޑަ ލާރިކޮޅުން އެމީހުނަށް އެކަށީގެން ނުވާ ބޮޑު އަގުގައި ޓިކެޓު ވިއްކައިގެންކަން، ގްރޭޑް 7 ގައި ކިޔަވާ ކުދިންނަށް ވެސް އެބަ އެނގޭ! އެކުދިން ވެސް މިހާރު ގޭގައި ތިބެ މިވާހަކަ އެބަދައްކާ! ކަނޑުމަގުން ތަންކޮޅެއް ބާރު ދުވެއްޔެއްގައި ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް މިގައުމުގައި ގާއިމުކޮށް ރައްޔަތުން ހޭލުންތެރިވެ، އިމަޖެންސީ ހާލަތެއްގައި މެނުވީ މިދޫނިތަކުގައި ނުއުދުހެން އެބަ ވިސްނަންޖެހޭ.
ޒަމްބެ
11 March 2018
މަރުހަބާ މޯލްޑިވިއަން.
ލަތީފް ދިއްދޫ
11 March 2018
ފުލީޓް ކިތަމެން ގިނަވިއަސް ސިޔާސަތަކީ ރައްޔިތުން ފެލުން، ރައްޔިތުންގެ ލާރިން ސަރުކާރުން ހިންގާ ކުންފުންޏެކޭ އަމިއްލަ މީހާފައިދާހޯދަން ކުރާވިޔަފާރި އެކޭ ތަފާތެއްނެތް. ބޯޓް ގަންނަށް ތި ހޭދަކުރި ފައިސާ ހޯދަން ދެން ފެލާނީ ރައްޔިތުން. 85 ލާރި ބޮޑުކޮށްފަ 20 ލާރި އެބޮޑުކުރިވަރުން ކެޑީމަ އެވީ އަގު ހޮޔޮވުންތޯ؟
ރަދީފް
11 March 2018
ލެކްނޯ ޖޫސް ތައްޓެއް އަދި ޓިފަނީ މެޓަލެއް. (މޯލްޑިވިއަންގެ ފެންވަރު)
މަރިީ
11 March 2018
ފުލައިމީ ފުވައްމުލަކަށް ހުއްޓާލީމާ ޓިކެޓުގެ އަގު ބޮޑު ކޮއްލި ގޮތަށް އަގު ހެޔޮކުރީ އެއްނޫން..
ރަށު މީހާ
11 March 2018
ދުވަހަކު އަގެއް ހެވެއް ނުވޭ.
ރަދީފް
11 March 2018
މަރުހަބާ މޯލްޑިވިއަން.މޯލްޑިވިއަންގެ ކުރިއެރުން އެއީ ކޮންމެ ދިވެއްސަކުވެސް ފަޙުރުވެރިވާނެ ކަމެއްކަން ކަށަވަރުވެ ޔަގީންވޭ.މިއަދުގެ މިއިވެންޓް ޓީވީން ބަލާލުމުގެ ފުރުސަތު ލިބުނު.ރަދީފްގެ ހިޔާލުގަ މޯލްޑިވިއަންގެ ފްލީޓަށް ބޭނުންވާ ސްޕެއަރޕާޓްސް ގެންނަ އިރުވެސް މިފަދަ ބޮޑު އިވެންޓެއްގެ ގޮތުގަ (ބޮޑު ބެރުގެ އައިޓަމެއްވެސް ހިމަނާފަ) ޓީވީން ގެނެސްދިނުން އެއީ ރައްޔަތުންގެ ހިތްތަކާއި ވަރަށް ބޮޑަށް ކުޅެލެވޭނެ އުކުޅަކަށްވާނެ.އެހެނީ ރިޔާސީ އިންތިހާބްގެ ކެމްޕެއިންގަ ބޭނުންކުރަން ވަރަށް ރަނގަޅު މެޓީރިއަލްއަކަށް ވެދާނެ.މިމީހުންގެ އަމަލު ހުންނަގޮތުން ވަރަށް އަމައްޔާާއި ދެން.ވ.ވެދުން