ނޭޕާލްގައި ވެއްޓުނު މަތިންދާ ބޯޓު.
13 މާޗް 2018 - 10:46
ނޭޕާލުގެ ކަތުމަންޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި އިއްޔެ ވެއްޓުނު މަތިންދާބޯޓުގައި އިން ދިވެހި ޑޮކްޓަރުގެ މައިބަދައިގައި ރެނދުލާފައިވާތީ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
މި ހާދިސާގައި ޒަޚަމްވެ ފަރުވާ ދެމުން އަންނަނީ އެ ގައުމުގައި މެޑިސިންގެ ދާއިރާ އިން އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި ކިޔަވަމުން އަންނަ ޑރ. ރިޒާނާ އަބްދުﷲ 38، އަށެވެ. މާލެ އަށް އުފަން ރިޒާނާ އަށް މި ވަގުތު ފަރުވާދެނީ ކަތަމަންޑޫގެ ނޯވިކް ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.
ރިޒާނާގެ ގާތް މީހަކު "މިހާރު" އަށް މިއަދު ބުނި ގޮތުގައި ރިޒާނާގެ ސީޓީ ސްކޭން ހެދި އިރު، މައިބަދައިގައި ވަނީ ރެނދުލައިފަ އެވެ. އެކަމަކު، އޮޕަރޭޝަން ކުރަން ޑޮކްޓަރުން ލަފާ ދީފައިނުވާ ކަމަށާއި ރިޒާނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް ވެސް އޭނާ ބުންޏެވެ.
ނޭޕާލްގައި މެޑިސިންގެ ދާއިރާ އިން ތައުލީމް ހާސިލް ކުރަމުން އެހެން ދިވެހި ދަރިވަރަކު އެ ގައުމުގައި ހުރެ ފޯނުން ކިޔައިދިން ގޮތުގައި ޑޮކްޓަރުން މިހާރު ރިޒާނާ އަށް ލަފާ ދީފައިވަނީ ދެ ތިން މަސް ވަންދެން، ރިޒާނާ ބެޑް ރެސްޓް ކުރުމަށެވެ.
މިއީ ކަތުމަންޑޫ ބީރު ހޮސްޕިޓަލްގައި ތައުލީމް ހާސިލް ކުރާ ރިޒާނާގެ ފަހު އަހަރެވެ. މަތިންދާބޯޓު ވެއްޓުމުގެ ހާދިސާގައި ރިޒާނާގެ ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދިކުދި ޒަޚަމްތައް ލިބުނެވެ.
ނޭޕާލުގެ ކަތުމަންޑޫ އެއާޕޯޓް ކައިރި އަށް އިއްޔެ ވެއްޓުނު ބަނގްލަދޭޝް އެއާލައިންސްގެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭން 49 މީހުން ވަނީ މަރުވެފަ އެވެ. މި ހާދިސާގައި ސަލާމަތްވީ ރިޒާނާއާ އެކު 22 މީހެކެވެ. މި ބޯޓުން ދަތުރު ކުރީ 71 މީހެކެވެ.
ބަނގްލަދޭޝް އިން ފުރައިގެން ނޭޕާލަށް ދަތުރު ކުރި ފްލައިޓް ބީއެސް 211 ވެއްޓުނީ އިއްޔެ މެންދުރު ފަހު ރަންވޭ އަށް ޖައްސަން އުޅުމުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާމިނަތު
14 March 2018
ޢާވަސް ސިފާއަކަށް އެދެން
އުސައިދު
13 March 2018
الحَمْدُ ِلله އަހަންނަށް ހީވަނީ ރަގަޅު ގޮތަކީ ޑރ ރަޒާނާ ހެން. މި ޑޮކްޓަރ އަށް ދެއްކި ހަނދާނެއްވޭ އައިޖީއެމްއެޗް އިމަރޖެންސީއިން.
ސައީދު ޢަބޫބަކުރު
13 March 2018
އަިޖީއެމްއެޗައްގެނޭ ފަަތުންވެސްރަގަޅުވީ އެތަނުން
ޔސ....
13 March 2018
ފުރަތަމަވެސް ހަނދާނަށް އައީ ރާއްޖެއިން މީހެއްގެ މައިބަދަޔަށް ލިބުނު ގެއްލުމުގެ ވާހަކަ، އޭނާ ވަނީ ހަފްތާއެއްވެސް ނުވަނީސް ހިނގަން ފަށާފަ. މިކަމާ ފުންކޮށް ވިސްނާލި ބަޔަކަށް ވަރަށް ރަނގަޅަށް މިކިޔާ އެއްޗެއް ފަހުމުވާނެ. ވަރަށް ސަލާން.
ހުމްމް
13 March 2018
ތިކަމާ ވިސްނީމަ ސުވާލު އުފެދެނީ ދެ މީހުންގެ މައިބަދައަށް ލިބުނީ އެއްކަހަލަ ގެއްލުންތޯ؟ ދެ މީހުން ދަތުރުކުރީ އެއްކަހަލަ އުޅަނދެއްގަތޯ؟ އެއް އުޅަނދު ހަރުތަނެއްގައި ޖައްސަން އައި އިރު އަނެއް އުޅަނދު އޮތީ ކަނޑުގައިކަން އެއީ އަސްލެއްނޫންތޯ؟ އެކްސްރޭއަށް އަރާފަހުރީ އެއްކަހަލަ ގެއްލުމެއް ލިބުނު ކަމުގެ މަންޒަރުތޯ؟ ދެ ހާދިސާއަކީ އެއްކަހަލަ ދެ ހާދިސާތޯ؟ އަދި އެންމެ މުހިއްމުކޮށް އުފެދޭ ސުވާލަކީ ތިޔަ ކޮމެންޓުގައި ހަފްތާއެއްގެ ތެރޭ ހިނގަން ފެށި ވާހަކަ އެއީ ތެދެއްތޯ؟
އަތްފުނާ
13 March 2018
އެންމެ އުނދަގޫ މަރުހަލާއަކީ ނެތުމުގެ ތެރެއިން އެއްޗެއް ވުޖޫދަށް ގެނައުން.އެކަމަކު މާތް ﷲ އަށް އެކަންވެސް ކުރަން އަދި އެންމެހާއި ކަމެއް ހަގީގަތަކަށް ހަދަންވެސްވަނީ ފަސޭހަ ކަމަކަށް ވެފައި.ވީއިރު ބޯޓެއް ވެެެއްޓިގެން ދާ ހިނދު އަދި ވެއްޓި ހިމުންވެގެން ދާ އިރު އޭގެތެރޭގައި ތިބޭ ބަޔަކު އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތް ކުރުން އެއީ އެކަލާނގެ ޒާތުފުޅަށް ހާދަހާ ފަސޭހަ ކަމެކޭ.ދިރިތިބި ބަޔަކަށް މިކަމުން ބޮޑު އިބުރަތެއް ލިބޭނެކަން ކަށަވަރު.އިބަ އިލާހުގެ މަތިވެރިކަމާ !!!
މަމެން
13 March 2018
ގެނޭ އައި ޖީ އެމް އެޗަށް
ސަލީމް
13 March 2018
ހިތާމަވެރި ހަބަރެއް. ﷲ އަށް ހަމްދުކުރަން މިވަރުގެ ނުރައްކާތެރި އެކްސިޑެންޓަކުން ދިވެއްސަކު ސަލާމަތްވީތީ. އެކަމަކު ބައިބަދައިގެ މައްސަލައެއްވީމަ، ތިކަން ރަގަޅުކުރެވޭނެ ހަމައެކަނި ގައުމަކީ އިގިރޭސިވިލާތް. އެކަމަކު އުއްމީދުކުރަނީ އެގައުމަށް ވަޑައިގަތުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެކަމަށް
ޙުސޭނު
13 March 2018
ކޮބައިތަ މީނާ އައް އެހީ އެއް ވެލާނެ މީހަކު ނެތް ދޯ
މުޙައްމަދު ރަމީޒު
13 March 2018
ފުރަތަމަ ކަމަކަށް މާތްﷲއަށް ޙަމްދުކޮށް ޝުކުރުދަންނަވަ، މިފަދަ ބޮޑު ޙާދިސާއަކުން ސަލާމަތް ކުރެއްވީތީ. ރިޒާނާއަށް އަވަސް ޝިފާއަކަށް އެދެން އަދި ހާދިސާގައި ނިޔާވި އެންމެންގެ ފުރާނަ ސުވަރުގޭގެ ނިއުމަތް ދެއްވުން އެދި ދުވާކުރަން އަދި އާއިލާތަކަށް ކެތްތެރިކަން ދެއްވާށި ...އާމީން.
ލައްވާލީމަ 4ޖީ
13 March 2018
ޝިފާކިއްﷲ
ހަހާ
13 March 2018
ޝިފާކިއްލާހި އެއްނޫނެވެ. ޝަފާކިއްލާހި އެވެ.