ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
14 މާޗް 2018 - 18:17
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން ޖަމާކުރި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ހުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށުގައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެއް މިލިއަން ޑޮލަރާ ގުޅިގެން ރައީސަށް އަމާޒުކުރާ ފާޑުކިއުންތައް ދިފާއު ކުރައްވައި، ނިހާން ވިދާޅުވީ އެ ފައިސާ ރައީސް ޔާމީން ބޭނުންފުޅު ނުކުރައްވާ ކަމަށެވެ. އެހެންކަމުން، އެ ފައިސާއާ ގުޅޭ ގޮތުން އެމަނިކުފާނަށް ތުހުމަތުތައް ކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"[ރައީސް ޔާމީންގެ]އެ އެކައުންޓުގައި ހުރި ފައިސާ ވަނީ އަތް ނުލެވޭ ގޮތަށް ބަހައްޓާފައި... އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ބަރާބަރަށް ބަހައްޓާފައި އެބަހުރި،" ނިހާން ވިދާޅުވި އެވެ.
"ރައީސް އެ ބޭނުންފުޅު ކުރެއްވީ އެއްނޫން. ދައުލަތުގެ މިދެންނެވި ކަމާ ބެހޭ ފަރާތުގެ ބެލުމުގެ ދަށުގައި [ އެފައިސާ]އެބަހުރި. ދެން އެނގޭނެތާ ކާކު، ކޮން ކަހަލަ ނުބައެއް ހެދުމުގެ ބޭނުމުގައި ރައީސްގެ އެކައުންޓަށް ޖަމާކޮށްފައި ހުރި އެއްޗެއްކަން."
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެސްއޯއެފްއަށް އެމްއެމްޕީއާރުސީން ލިބިފައިވާ ފައިސާކަން އެނގުނީ އޭސީސީގެ ތަހުގީގު ނިމުމުން ކަމަށެވެ. އަދި ރައީސަށް އެކަން އޭސީސީން އެންގެވުމުން އެ ފައިސާ ހިފަހައްޓަވަން އެންގެވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިސާ ހުރީ އޭސީސީގެ ބެލުމުގެ ދަށުގައި ކަަމަށް ނިހާން ވިދާޅުވިއިރު، ތަހުގީގަށް ފަހު އޭސީސީން އޮތީ މި މައްސަލަ ފައިލްކޮށްފަ އެވެ. އެއީ، އެކަމުގައި ހިމެނޭ ބައެއް މީހުން ރާއްޖޭގައި ނޫޅޭތީ ތަހުގީގުގައި ސުވާލު ނުކުރެވިގެން ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.
މި މައްސަލައިގެ ތަހުގީގަށް ފަހު އޭސީސީން އާއްމުކުރި ރިޕޯޓުގައި ބުނީ ރައީސްގެ ޑޮލަރު އެކައުންޓަކަށް ޕްރައިވެޓް ކުންފުންޏަކުން ދެ ފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އޮކްޓޯބަރު، 13، 2015 ގައި 500،000 ޑޮލަރު ޖަމާކުރުމަށް ފަހު އޮކްޓޯބަރު، 15، 2015 ގައި ވެސް 500،00 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
ރައީސްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކުންފުންޏަކީ، އޭސީސީން ބުނިގޮތުގައި، ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީން ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ޖަމާކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުނީގެ ނަން އޭސީސީގެ ރިޕޯޓުގައި ހިމަނާފައި ނުވި ނަމަވެސް އެއީ އަދީބާ ގާތް ގުޅުމެއް އޮންނަ ބައެއްގެ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ބިން އަދި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓް އޮފީހުގެ ތަހުގީގަށް ފަހު އާއްމުކުރި ރިޕޯޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީދު
15 March 2018
މައްސަލައަކީ ވަކިބައެއްގެ އެކައުންޓައް ފައިސާ ވަނީމާ ރިއްސްފަތައް ވާތީވެ
އާދަމް ޝަރީފް
15 March 2018
ހާދަ ސަޅި ފޮޓޯއެއް. އަބަދުވެސް ތިހެން ހުންނަނަމަ ޕްރެޝަރ ކުޑަވާނެ.
ދެރަސޮރު
15 March 2018
ހުޅުމާލޭ ދެވަނަފިޔަވަހި ހިއްކާ ވަށައިގެން ކަނޑުތޮށިލާ މަގުތައްހަދާ އެއޮއްގެގެން ތަރައްގީވަނީ. 15000 ހައުސިންޔުނިޓް އެއޮއްގެން އަޅަމުންދަނީ.
ނިހާން ބީތާބެ
15 March 2018
ބަލަގަ ތިއޮއް . . . ފައިން އެރެނީ ނޫންތޯ؟؟؟ އެއްމިއަން ޑޮލަރު ލިބިގެން ހަދާނެ ގޮތެއްނެތިގެން ތިއުޅެނީ ފަގީރުންނަށް ބަހާލަން ކެރޭނެތަ؟؟؟
ގެޓްވެލްސޫން
15 March 2018
ކީއްވެބާ އަހަރުމެންގެ ރައީސް މިކަމާގުޅިގެން ވާހަކަ ނުދައްކާ ނިހާނު މި އަގަތަޅަނީ؟
އާސިލް
15 March 2018
މި ނިހާނު ޖެހޭތަ ކޮންމެހެން މަމެން ޕިންކީންގެ ރައީސްގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ވާހަކަ މީޑިއާގަ އިރުއިރުކޮޅާ ދައްކާ ރައްޔިތުންެ ހަނދާން އާކޮށްދެން ، ބަލަ ނިހާނޫ ނުޖެހެޔޭ ކޮންމެހެން އެލާރިކޮޅުގެ ވާހަކަ އަބަދު ދައްކާކަށް، އެ ވެދާނެ ރައީސް ގެ ފުރެންޑުން ދިން ލާރިއަށްވެސް ،
އިބިރިހިންބެއްޔާ
17 March 2018
އެހެންޏާ ފަހެ. ރައީސުގެ ސައުދީ ފުރެންޑުން އެއީ އެވަރުގެ ޚައިރާތެއް ނު،ކުރެވޭ ވަރުގެ ބައެއް ނޫންވިއްޔާ ދޯ.
ޝެލަރީ
15 March 2018
ނުވަންނާނެކަމައްބުނި ފައިސާ އެކައުންޓަށް ވަދެފަހުރިކަން އެނގުނީ ތަހުގީގަކުން ބަލަ ތީމިޤައުމުގެރައީސްތަ ނޫނީ އެފައިސާވަނީ ބެންކަކައްތަ ކީއްތަވަނީ ފައިސާތަކެއްވަދެއްޖެއޭބުނީމާ އެއީތެދެއްތޯބަލާލަން ބޭންކާގުޅާލަން ނޫނީބޭންކުންތިބޭޅާއައް ގުޅާވެސްނުލާދެއްތޯ ފައިސާ ފައިސާ ކިޔާތާކިހާދުވަހެއް އަދިކިރިޔާ ދޯ ތުބޭޅާޔައް މިކިޔާއެއްޗެއް ފަހުންވީ ދެއްތޯ
ކަނބުލޮ
15 March 2018
ފައިސާތައް އެއްވެސް ތާކަށް ދޭކަށް ނުކެރޭނެ. ކެރޭނަމަ މިހާދުވަސް ވަންދެން އަޅާނުލާ ހުރީސްތަ.ނިހާން ތިގޮތަށް ވާހަކަ ދައްކައިފިއްޔާ އެއްބައި ނިހާން އެކައުންޓަށް ޖަމާކޮށްދޭން ބުނީތަ. ލާރި ލިބެންޔާ މިދުނިޔޭގަ ކޮންމެ ކަމެއްވެސް ކުރާގޮތަށްދޯ ތިހިރީ ފޫގަޅާފަ
އުމަރު
15 March 2018
ރައީސް ވިދާޅުވީ ފައިސާހުރީ އަދީބް އަތުގައޭ، ނިހާނު ވިދާޅުވީ ފައިސާހުރީ އޭސީސީގެ ބެލުމުގެ ދަށުގައޭ، ރައީސް ޔާމީނު ވިދާޅުވީ ފައިސާވަނީ ގެއަށޭ، ނިހާނު ބުނީ ފައިސާހުރީ އޭސީސީގެ ބެލުމުގެ ދަށުގައޭ، އޭސީސީން ބުނީ އެމީހުންގެ ބެލުމުގެ ދަށުގައި ފައިސާއެއްނެތޭ
އަށްޑޫ މީހާ
15 March 2018
ކައްޕި އަންގަނީ އިންޖީނުގެ ޝާފްޓް ހަދަން ވަނީ އަލިފުޅުގަރާޖުގަކަމަށް. އެކަމު އަލިފުޅު ގަރާޖަކީ ބައިސްކަލް މަރާމާތު ކުރާތަނެއް. ކީއްކުރާނީ މީ ހާލަތަކީ. ޖަލްސާގަ ގަދަކަމުން ގެންދާމީހުން ތިބީމަ އަސްލު ބުނަންވާއެތިވެސް ބުނަންނުކެރިގެން އަގައޮޅެމުންގޮސް އަދި ބުނާނެ މިއަދުން ފެށިގެން ތިމަންނަ އިސްތިއުފާދީފީމޭވެސް. އަދުރޭމެން މޯލެތިވާހަކަ ރައީސްކައިރީގަ ދައްކަންޏާ މިހެންދާނީ މިކަންތަށް. އަލިފުޅުބެ އެބުނަނީ މީ ޝާފްޓްހަދާތަނެއްނޫނޭވެސް. އެކަމު ހަމަ ކައްޕި ބުނަނީ ޝާފުްޓް އޮތީ އަލިފުޅުގަރާޖުގަޔޯ... ވާވާވާ މީވާ ކައްޕިޔެއް. ބޯ..ރާ...ތި....ކަ.....ޕި......ފިލް އިޓް އިން ޔުއަރ ލޭންގުއޭޖް. ދެން ޔޫވިލް ރިއަލައިޒް އެބައުޓް ކައްޕި.......