އިދިކޮޅުގެ އިސް ބޭފުޅުންތަކެއް އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނެރަލްއާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ/ސޯޝަލް މީޑިއާ
15 މާޗް 2018 - 12:08
ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ފަށަން މަގުފަހިވާނެ ހައްލެއް ހޯދުމަށް، އިދިކޮޅު ޕާޓީތަކުން އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މިރޯސްލަވް ޖެންކާއާ އިއްޔެ ބައްދަލުކޮށްފި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ކަންބޮޑުވުންތަކާއި މަޝްވަރާ ނުފެށި ލަސްވާ ސަބަބުތައް ޖެންކާއާ ހިއްސާކުރީ އިދކޮޅު ފަރާތްތަކުގެ އިސް ވަފުދެއް، ނިއު ޔޯކްގައި ހުންނަ އދ.ގެ މައި އިދާރާ އަށް ވަޑައިގެން، ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު މުހައްމަދު ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދާއި އަދާލަތު ޕާޓީގެ ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ.
މި ބޭފުޅުން، އދ. އަށް ހުށަހެޅުއްވި މައިގަނޑު ކަންބޮޑުވުމަކީ، އެނގިފައިވާ ގޮތުގައި، ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް ކަމުގެ ކަންބޮޑުވުންތަކެވެ. އެހެންވެ، މަޝްވަރާތައް ފަށަން ޔޫއެންގެ އެހީތެރިކަމަށް މި ބޭފުޅުން ވަނީ އެދިވަޑައިގެންފަ އެވެ.
އިދިކޮޅުން ބޭނުން ވަނީ، އދ.ގެ ބައިވެރިވުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދާށެވެ. އެކަމަކު، މި ހާލަތުގައި އދ.ގެ ބައިވެރިވުން މުހިއްމު ނޫން ކަމަށް ދިވެހި ސަރުކާރުން އދ. އަށް އަންގާފައިވާ ކަމަށް އެތަނުގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އެގޮތަށް ސަރުކާރުން އަންގާފައި ނުވާނެ ކަމަށާއި، މަޝްވަރާގައި އދ. އިން ބައިވެރިވާން ދިވެހި ސަރުކާރުން ދިން ދައުވަތު އަދިވެސް ހުޅުވިފައި އޮތް ކަމަށް މަޝްވަރާގެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ.
އިދިކޮޅު ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޔޫއެންގެ ޕޮލިޓިކަލް އެފެއާޒް އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީތަކާއި ސަރުކާރުން މަޝްވަރާކޮށްގެން، ރާއްޖޭގެ ސިޔާސީ ކަންކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ސެކްރެޓަރީ ޖެނެރަލް ގަބޫލުކުރައްވާ ކަމަށެވެ. އެކަމުގައި ޔޫއެން އިން އެހީތެރިވާން ތައްޔާރަށް ތިބި ކަމަށް ވެސް އެ ޓުވީޓުގައިވެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި މައްސަލަތަކަށް މަޝްވަރާކޮށްގެން ހައްލު ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ތަކުރާރުކޮށް އަންނަނީ ގޮވާލަމުންނެވެ. އެކަމަކު މި މަޝްވަރާ ކުރިއަށް ގެންދެވޭނެ ފަދަ އެއްވެސް މަގެއް އަދި ނުކޮށެވެ. ސަބަބަކީ، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް މަޝްވަރާ ފަށަން ޝަރުތުތައް ކުރިމަތިކުރުމެވެ.
އިދިކޮޅުން ޝަރުތުކުރަނީ، މަޝްވަރާ ފެށުމަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއި މިދިޔަ މަހު އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް އެ އަމުރުގައި ބުނާ މީހުން ޖަލުން މިނިވަންކުރުމުގެ އިތުރުން އދ.ގެ ބައިވެރިވުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދަން ސަރުކާރުން އެއްބަސްވުމަށެވެ. އެކަމަކު ސަރުކާރުގެ ޝަރުތަކީ، އެއްވެސް ޝަރުތެއް ކުރިމަތި ނުކޮށް މަޝްވަރާގެ މޭޒަށް އައުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްބުލް ވަތަން
15 March 2018
ފިމލްމް ޝޯލޭގެ ޕޯސްޓަރެއްތަ
ދެކޮޅު
15 March 2018
މާލޭގެ ހުޅަނގުފަރާތުގައި 25 ބުރީގެ ބިޔަ އިމާރާތެއް މާލޭގެ އިރުމަތީފަރާތުގައި ރާއްްޖޭގައިއަޅާ އެންމެބޮޑުމިސްކިތް. ކިހާއުފާވެރި.
މިކޮޅު
15 March 2018
އަސްލު ބުނަންތަ ވާހަކައެއް.ހުޅުލެއާމާލެ ގުޅުވައިދޭ ބުރިޖާއެކު ހުޅުމާލެއަށްދެވޭ ހައިވޭވެސް ނިންމަނީ މިއޭއަސްލު މަބޭނުންވާކަމަކީ. ސާބަހޭ
އަބްދުއްލާ
15 March 2018
ކަލޭމެން ކިތަންމެ ތަނަކަށް ދުވިޔަސް މަސްވަރާއަށް މަގުފަހިވާނީ މަސްވަރާގެ މޭޒަށް އައުމުން. މަސްވަރާ މިކުރަނީ ނަސީދު ދޫކުރުމާ ގުޅޭގޮތުން ކަމުގައިވާނަމަ ނަސީދާ މެދު އަޅާނެފިޔަވަޅެއް އެގޭނީ މަސްވަރާގެ ފަހުން ނޫންތަ ؟ ކުރިން ނަސީދު ދޫކުރީމަ ފަހުންކުރަންޖެހޭ މަސްވަރާއެއް އޮންނާނެތަ؟ މަސްވަރާގެ މޭޒަށް ބޭނުންވަނީ ބުއްދި ސަލާމަތުން ތިބި ބަޔަކު . މިނިވަންބަޔަކު .
އަނހަ
15 March 2018
އަންނިއާ ކުރި ސިއްރު މަޝްވަރާތައް ނާކާމިޔާބުވީއުތަ؟
ވީއެޗްއެސް ޓޭޕް
15 March 2018
ފިޑެލް ކާސްޓްރޯ ބުނީ، ތީ ކުޅުޖަހާއެއްޗެކޯ!
މޯލްޑިވިއަން
15 March 2018
އދ އަޢި ފީކު ދާނެއް ކިޔާނެކަމެއް އަދި ބައްދަލެއްވެސް ކުރާނެކަމެއް ނެތެވެ. މިސަރުކާރުން ހަމަ ގައިމުވެސް އިސްލާމްދީން ހަރާން ކަމަކަށް ކޮށްމެ ބަޔަކު ބުންޔަސް އޯކޭ ނުވާނެވެ. އެއްޖިންސުގެ ކައިވެނި ކުރުމާޢި، އެހެން ދީންތަކަށް ދިވެހިން އުޅެން މިރާއްޖޭގައި މަގުފަހިކުރަން ކިތައްމެ ވަރަކަށް ބުންޔަސް ރައީސް ޔާމީން އެކަަމަކަށް އެއްބަހެއް ނުވާނެވެ. އިދިކޮޅު މީހުންނަ ހީވަނީ އެމީހުންގެ އެޖެންޑާ ކާމިޔާބުވާނެކަމަށެވެ. މާތްﷲ ގެ ހެޔޮ ރަހުމަތުން މިޤައުމުގެ ފަސްގަނޑުގައި އެކަމެއް ނުކުރެވޭނެވެ.
ދެޓްވޭ
15 March 2018
ބަލަގަ ކާކުތަ އުޅެނީ މިގައުމުގައި އެއްޖިންސުން ކައިވެނި ކޮށް އެހެންދީނަށް އުޅެން؟ ތީކަލޭމެން ހުވަފެނުން ދެކޭއެއްޗެއް. އެކަކުވެސް ނޫޅޭ ތިކަމެއް ކުރާކަށް. ކުރެވުނަކަވެސް ނުދޭނަން.
އަޙްމަދް
15 March 2018
ހެހޭ: ބޭކާރު ޔޫ އެން!
ދޫނުދޭތި
15 March 2018
މަޝްވަރާ އަށް މަގުފަހިކުރަން އިދިކޮޅުން ޔޫއެންއާ އެކު ބައްދަލުވުމެއް ތަމެން ބޭއްވި ނަމަވެސް ޔޫއެން އިން އެކަަކަށް ވެސް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވޯޓް ނުލެވޭނެއެވެ. އަދި ޔޫއެންގެ ޗާރޓަރު އޮންނަ ގޮތުން ޔޫއެން އަށް ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭނިގަނެގެން އެއަށް ހަދަންވާ ގޮތް ކިޔާ ދޭން ޔޫއެން އަށް ނޭންގޭނެ ރައްޔިތުން ހޮވާފައިވާ ސަރުކާރަކަށް. އެއީ ވާނެ ކަމެއް ނޫން، އެއޮތީ ތައިލެންޑް ވެސް. ތައިލެންޑް ވެސް ކޮންމެހެން ޔޫއެން އިން ކީއެއްޗަކަށް އަޑުނާހާ ރައްދުގައި ޔޫއެން އަށް ކުރެވުނު އެއް ވެސް ކަމެއް ނެތް ތައިލެންޑް އަށް. ކަން މިހެން ހުރުުމުން ޔޫއެން އިން ބުނާ ގޮތަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން މަޝްވަރާ އަށް ދާން ނުޖެހޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ. ސަރުކާރުން އެއްގޮތަކަށް ވެސް ޔޫއެން އަށް ދުލެއް ދީގެން ނުވާނެ މިހާތަނަށް ޔޫއެން އިން ބޭނިގަތް ގައުމެއް ނެތް ސަލާމަތް ވެފައި. އެމެން ލީބިޔާގެ ކަންކަމަށް ބޭނިގަނެގެން ލީބިޔާ ފުނޑު ފުނޑުވީމާ ލީބިޔާ އާއި އަޅާނުލާދޯ.
ސައިނީ
15 March 2018
މަހީކުރީ ނަސީމް ރިޓަޔަރ ކުރީކަމަށް ނަސީދު ހުރިހާ ދުވަހަކު ހުންނާނެ ދޯ
ކޮސްހިސާބު
15 March 2018
އަދި ތަމެންވެސް އެތަނަށް ދުވާތަން ފެންނާނެ ދުނިޔޭގަ ތިބިއްޔާމު. އޭރުން ގޮވާނެތޯއްޗެއް ޔޫއެން ބިއުޓިފުލޭ އޯސަމޭ ފަލޮޅޭ.
ޓީނާ
15 March 2018
މި މީހުންވެސް ހައްޔަރު ކުރަންވީ ގައުމުގައި ހިނގާ ކަންކަމަށް ބޭރު ދުނިޔެ ވައްދަންޔާމު ތީ ވަރަށް ބޮޑު މައްސަލައެށް