މަޖިލީހުގެ ޖަލްސާއެއް: ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ގެންދަން ޖެހޭ ކަމަށް ގަވާއިދުގައި ބުނާ މާއްދާ ބާތިލްވެފައިވާ ކަމަށް ދައުލަތުން ބުނޭ. - ފޮޓޯ: މަޖިލިސް
20 މާޗް 2018 - 15:49
ޖިނާއީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކޮށްދޭން ނުޖެހޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އެގޮތަށް ބުނީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން މަޖިލީހުގެ އިދިކޮޅު ތިން މެމްބަރެއްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޝަރީއަތުގަ އެވެ. އެ އިސްލާހު ބާތިލްކުރަން އެ ތިން މެމްބަރުންގެ ފަރާތުން ފާހަގަކުރާ އެއް ސަބަބަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި މަޖިލީހުގެ ފަސް މެމްބަރަކު މަޖިލީހަށް ހާޒިރުނުކޮށް އެ އިސްލާހަށް ވޯޓަށް އެހުމެވެ.
އެ ނުކުތާއަށް ޖަވާބު ދެވުމުން ދައުލަތުން ބުނިގޮތުގައި ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނެފައި އޮތަސް، އެ މާއްދާގެ ބާރު މިހާރު ވަނީ ކެނޑިފަ އެވެ. ސަބަބެއްގެ ގޮތުން ދައުލަތުން ބުނީ ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭންޖެހޭ ގޮތަށް އޮތް، މެމްބަރުންގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 16 ވަނަ މާއްދާ 2013 ގައި ސުޕްރީމް ކޯޓުން ބާތިލްކޮށްފައި އޮތުމެވެ.
ގާނޫނުގެ އެ މާއްދާ ބާތިލްކޮށްފައި އޮތުމުން، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއަކީ މިހާރު ބާތިލް މާއްދާއެއް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުގެ އެ ވާހަކައަށް ރައްދު ދެއްވަމުން ތިން މެމްބަރުންގެ ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ ސުޕްރީމް ކޯޓުން ބާތިލްކުރި އިމްތިޔާޒް ގާނޫނުގެ 16 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއަކީ އުޑާއި ބިމާހާ ތަފާތު ދެ މާއްދާ ކަމަށެވެ. އިމްތިޔާޒް ގާނޫނުގެ 16 ވަނަ މާއްދާގައި އޮތީ ހުކުމް ތަންފީޒުކުރާ މެމްބަރުންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މެމްބަރުން ވެސް ހިމެނޭ ގޮތަށް މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭ ގޮތަށް ކަމަށާއި އެކަމަކު ގަވާއިދުގައި އޮތީ ތުހުމަތުގައި ހައްޔަރުކުރާ މީހުން ހާޒިރު ކޮށްދޭން ޖެހޭ ގޮތަށް ކަމަށް ރިފްއަތު ވިދާޅުވި އެވެ.
ކުށެއްގެ ތުހުމަތު ކުރެވުމަކީ ކުށެއް ސާބިތުވުން ނޫންކަން ފާހަގަކުރައްވައި، ރިފްއަތު ވިދާޅުވީ ތުހުމަތެއްގައި ހައްޔަރު ކޮށްފައި ހުއްޓަސް މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށެވެ.
ދައުލަތުން އެގޮތަށް ބުނުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެކަމާ ގުޅިގެން ދައުލަތާ ސުވާލު ކުރިމަތި ކުރައްވައިފަ އެވެ. އެގޮތުން، ކުށުގެ ވެށިން ހައްޔަރުކުރާ މެމްބަރުންނާއި އެ ނޫން ގޮތަށް ތުހުމަތެއްގައި ހައްޔަރުކުރާ މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ދިނުމާ ބެހޭ އުސޫލު ތަފާތުކޮށް، ގަވާއިދު އިސްލާހު ނުކޮށް އޮތީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ މިހާރު އޮތް ހާލަތަށް ބަލާއިރު، މަޖިލީހުގެ ގަވާއިދުގެ އެ މާއްދާ ބާތިލްވެފައިވާ ކަމަށް ދެކެނީ ކަމަށެވެ.
އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލާފައިވާއިރު، ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
21 March 2018
ބަންޑާރަ ނައިބު އަނިލް، ސަރުކާރު ދިފައުކުރުން ނޫން އެހެންކަމެއް ދަސްކުރަން ވެއްޖެއެއްނޫތަ.
އަލީގ
20 March 2018
އެބައޮތް ވަރައް ރަނގަޅުގޮތެއް ހިނގާ ހުރިހާ އިދިކޮޅު މެންބަރުން ކޮންމެވެސް ތުހުމަތެއްގަ ހައްޔަރުކުރަމާ ދެން މަޖިލީހުގެ ޖަލްސާއެއްބާއްވާފަ ވޯޓައްއަހާނީ ރިޔާސީ ދައުރަކީ 50 އަހަރުކަމައް އަދި މުއްދަތުގުނަން ފަށާނީ އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބާ ހަމައިންކަމައް. އެގޮތައް ފާސްކޮއްފަ ދެން ބުނޭ މިކަން ފާސްކުރާކައް ކޮންމެހެން މަޖިލީހުގެ ވަކިއަދަދެއްގެ މެންބަރުން ހާޒިރުވެ ތިބެން ނުޖެހޭނެކަމައް އެއީ މެންބަރުން ތިބީ ރާއްޖޭގަ ކަމައްވާތީ ހާޒިރުވެ ތިބިކަމައް ގުނޭނެކަމައް.
ތަރަބެ
20 March 2018
އޭޖީ މިއުޅޭ ގޮތަކުންވެސް ބޯހަލާކުވޭ. މާޒީގަ ކަންތައްތައް ވެފަ ހުރި ގޮތުން އެކަންތައް ތަކަށް ބަލައިގެން ތަޖުރިބާގެ އަލީ ގައި އެކަންތައްތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ޤާނޫނު އަސާސީ ފާސް ކޮށް ޤަވައިދުތައް ބަޔަކު ހެދީ ނަމަވެސް މިހާރު ހަމަ އެމާޒީ އެގޮތަށް ކަންތައްތައް ބަދަލު ކުރަމުން އެކައްޗެއް ކިޔަމުން އެދަނީ. ޤާނޫނު އަސާސީ އާ ޤަވާއިދުތައް ހެދި މީހުން ޓީވީ ތަކަށް އަރާ މިވާހަކަ ބުނަންވީނު. ޤާނޫނު އަސާސީ އާ ޤަވާއިދު ހެދި މަޤްސަދު މިއޮތް ބޮލާލާ ޖަހަނީ. މާޒީ ދެކިފަ ތިބިމީހުންނާ ޤާނޫނު އަސާސީ ހެދި މީހުންނަށްވެސް ބޮޑު ހުތުރެއް. ޝަމްސުއްދީނު އިރުގެ ޤާނޫނު އަސާސީ އަށް ރުޖޫއަ ވާންވީނު ގައިމު ބަޔަކު ލަދުން ސަލާމަތްވެ ވަގުތު ތަކެއް ނަގާލާކަށް ނުޖެހޭނެ..
ބަދަ
20 March 2018
ބަދަލުގަ އޭޖީ ބާ ހާޒިރުވާން ޖެހެނީ އަނެންކާ
ތަމީމް
20 March 2018
އެޓާނީ ޖެނެރަލްގެ މަސްއޫލިއްޔަތަކީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، އިންޞާފުން ކޯޓުތަކުގައި ވަކާލާތުކުރުން. ވަކި ބައެއްގެ މަސްލަހަތުތަކެއް ހިމާޔަތް ކުރުން ކަމުގައި ވެގެން ނުވޭ! މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ކުށެއް ސާބިތުވެގެން ޖަލުގައި ބަންދު ކޮއްފައި ހުންނަ އިރު، މަޖިލީހަށް ހާޒިރު ކުރަން ނުޖެހުނަސް، މެމްބަރަކާއި މެދު ކުރެވޭ ތުހުމަތަކާއި ގުޅިގެން ބަންދު ކުރާ މެމްބަރުން މަޖިލީހުގެ ޖަލްސާތަކާއި، ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުކޮށްދިނުމަކީ ލާޒިމް ކަމެއް. އެއީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ ބުނާގޮތްވެސްމެ. އަދި އެގޮތަށް މީގެ ކުރީން ކަންކޮއްފައިވެސްވޭ!
ޢަސްތާ
20 March 2018
ސަރުކާރުން ބޭނުންވާ ހޮތަކަށް ބިލެއް މަޖިލީހުން ފާސްކުރަން ބޭނުންވާ ކޮންމެ ފަހަރަކު އެބިލަކަށް ތާއީދު ނުކުރައްވާ މެމްބަރު ކޮންމެވެސް ތުހުމަތެއްގާ ހައްޔަރުކޮށް މަޖިލީހަށް ހާޒިރު ނުކޮށް ވޯޓް ނަގައި ބިލު ފާސްކުރާ ގޮތަށްތޯ މަޖިލިސް ހިންގަން ގަސްތު ތިކުރއްވަނީ ؟ ޢޭޖީ އިންވެސް ކޮންމެވެސް ހަމަޖެހޭ ވާހަކައެއް ދައްކަވަން ވެއްޖެ ނޫންތޯ . ޢިންސާފުގެ ޒައްރައެއްގެ މިންވަރު އޮވެގެންވެސް ކަމުނުދަނީތޯއެވެ.
ފެނޭނޭ
20 March 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ތތހޮޮޮ
20 March 2018
ދެން މީނަ ގެ ކޮމެންޓް ތަށް ނުޖަހަން ވެއްޖެއްނު
ގެޓަގުލް
20 March 2018
މި ޒާތުގެ ކޮމެންޓް ތައް ޖަހަނީ ކީއްވެބާ؟
ދޯދިލ
20 March 2018
ސްޕްރީމް ކޯޓްގެ ހުކުމް ތަންފީޒު ކުރަން ނުޖެހޭ ކަމަށް ބުނެފައިވާ އޭޖީއެއްގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. ރަގަޅު ޝަރުއީ ނިޒާމެއް އޮތްތަނެއް ނަމަ އޭޖީ އަށް މިހާރު ވަކާލާތު ކުރުމުގެ ހުއްދައެއްވެސް ނުއޮންނާނެއެވެ. ސްޕްރީމް ކޯޓުން ކުރާ ހުކުމަކާ ޗެލެންޖް ކުރެވިގެން ނުވާނެކަން ނޭންގުނު އޭޖީއެއް ހިތުހުރިގޮތަކަށް ގާނޫނުތަކާއި ގަވާއިދުތައް ބާޠިލް ވެފައިވާ ކަމަށް ދެކިގެން އުޅުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.
އީމަން
20 March 2018
ހައްޔަރުކުރާ މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދޭ ޖެހޭނެ، އެޓާނީ ޖެނެރަލްގެ ހަދުމަފުޅު ނެތީތޯ މެމްބަރުން ނަކީ އާމުން ހޮވާ އިންތިހާބުވެފަ ތިބިބައެއްކަމާއި ބަންޑާރަ ނައިބުގެ މަށްސޫލިޔަތަަކީ ހަމައެކަނި ސަރުކާރު ދިފާއު ކޮދިނުން ނޫކަން.
ޕަހެލޭ ކިތާބު
20 March 2018
މަޖްލީހަށް ހާޒިރު ވެދާނެތީ ހައްޔަރު ކުރާ މެމްބަރުން މަޖްލީހަށް ހާޒިރު ކޮށްދޭކަށް ނުޖެހޭނެ ތާއެވެ.ހައްޔަރު ކުރަނީ ވެސް އެ މަޤްސަދުގައި ވިއްޔާއެވެ.ހާޒިރު ކޮށްދީފިނަމަ ޕީޕީއެމްގެ އަޣްލަބުއްޔަތު ގެއްލޭނެ ވިއްޔާއެވެ