22 މާޗް 2018 - 23:47
ގދ. ތިނަދޫއަށް ނިސްބަތްވާ އެމްޑީޕީގެ ހުރިހާ ސަޕޯޓަރުންނާއި އެކަނި ބަހުސްކޮށް ބަލިކުރާނެ ކަމަށް ވިދާޅުވެ އެރަށަށް އުފަން، ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ޗެލެންޖް ކުރައްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ތިނަދޫ ރައްޔިތުން މިރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ހުވަދޫ ބަހުރުވައިން ވާހަކަ ދައްކަވަމުން ނިހާން ވަނީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް ކޮށްދިނީ ކޮންކަމެއްތޯ ސުވާލު އުފައްދާފަ އެވެ. އަދި މި ސަރުކާރުން އެރަށަށް ބިލިއަނުން ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިނަދޫ ރައްޔިތުން ދައްކާ މިސާލުން ރައީސް ޔާމީން މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަން ޔަގީންވާ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ތިނަދޫއަށް އެތައް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާއިރު އެމްޑީޕީ މީހުން މައުމޫންނަށް "ނުކިޔާ އެއްޗެއްނެތް" ކަމަށް ނިހާން ވިދާޅުވެ ނިހާން ވަނީ އެރަށު އެމްޑީޕީ ސަޕޯޓަރުންނަށް ފާޑުކިޔާފަ އެވެ.
ތިނަދޫއަށް ނިސްބަތްވާ ސިޔާސީ ބޭބޭފުޅުން ޖަލުން މިނިވަން ވުމުން ޖަލުގައި އަމަލުކުރަނީ ލާއިންސާނީ ގޮތަށް ކަމަށް ބުނާއިރު މައުމޫންގެ ވެރިކަމުގައި ކުރި ކަމަށް އެބޭފުޅުން ބުނި އަނިޔާ ހަނދާން ހުރިތޯ ނިހާން ސުވާލު ކުރެއްވި އެވެ.
ސަރުކާރުތަކުގެ އެހީގައި ތިނަދޫއަށް ތަރައްގީ އަންނަމުންދާއިރު އެކަމުގައި އެންމެ އިސްރޯލެއް އަދާ ކުރަމުން އަންނަނީ އެރަށު ރައްޔިތުން ކަމަށް ނިހާން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިބޯނިބޮކި
24 March 2018
ބާރުހުރެމެ ކުރެވޭނެ އެއްވެސް ކަމެއްނެތް ތިޔަ ނިހާނަކީ ސައިބޯނި ބޮތްކެއް!!
ހަމަބުއްދި
24 March 2018
މީނާ ދެކޭގޮތުގައި ދެމީހަކު ޒުވާބުކޮށް ދެބަސްވެޖެ ދެން ދެން އެބަޔަކު ތިބެންޖެހޭނީ އެގޮތުގަ.. އެކަކު އަނެކަކަށް މާފުކޮށް ދޫދީގެން ނުވާނެ... މީ ކޮންފަދަ ނުބައި ވިސްނުމެއް ހުރި މީހެއްތަ؟،،، ދެން ކަލޭމެން ވާދަ ކުރަން އޮތީ އަނދަގޮނޑި...ނޭގިނަމަވެސް މިހާރު ތިދަނީ އެގޮނޑިއަށް ވާދަކުރަމުން..
އިބްޝާ
24 March 2018
މިފެންނަނީ ވިލިގިލިި ދާއިރާއިން މީނާއަށް އެއްވެސް ތާއީދެއް ނެތުމުން ރަޓުމީހާވެގަނެގެން ރަޓުދާއިރާގެ ގޮޑިއަށް ބޫތުކައިގަނެފަ ހުރިތަން... ހިލާ ގާތްވިޔަ ނުދޭތި..
ޫުުޔުން
24 March 2018
އެންމެފުރަތަމަ ގައުމުގެ ރައުސުލްމާލު ސަލާމަތް ކުރަންޖެހޭ
ޢަފްލާ
24 March 2018
ކޮންމެ މީހަކީވެސް ޖަވާބު ދާރީވާންޖެހޭ މީހެއް ނިހާން އެކަނި ނޫން ޖަވާބު ދާރީ ވާންޖެހެނީ
ފޮނިކަލޯ
24 March 2018
ތިނަދޫ މީހުން ވޯޓުދޭނީ ނިހާން ބުނާމީހަކައް ވަނީނަމަ އެވާނީ ބޮޑު ޖޯކަކައް ، ތިނަދޫމީހުން ނަކީ މޮޔަ ބައެއްނޫނޭ ބަލަ އެމީހުންނަކީ މިޔަދުގެ ތަރައްޤީ އާއި ދައުލަތުގެ ފައިސާއިން ކޮށްފައިހުރި ނުހައްޤު ކަންކަން ރަނގަޅައް އެނގިފަ ތިބި ރައްޔަތުން ތަކެކޭ ....!
އެވައްޑެ
24 March 2018
ތިނަދޫއަށް ތިހާ ޚަރަދު ކޮއްފައިވުމަކީ ދެންހުރި ރަށްތަކަށް ވެފައިވާ ޚިޔާނާތެއް. އަމިއްލައަށް ބުހުސުން ތި ބަލިވީ. ލަލަލާ..
ރަނގަބީލު
24 March 2018
ޙެޔޮ.ތިނަދޫ އިން އެންމެ ވޯޓެއްނުދިނަސް.ﷲ އިރާދަފުޅުން އަޅުގަނދުމެން ރައީސް ޔާމީން ގޮނޑީގަ ބައިންދާނަން.
ހަޑިގިއްލާ
24 March 2018
އާއެކެވެ! ވޯޓް ބޭނުންވަނީ ހެދިފައިވާ ޤާނޫނުތަކުގެ ތެރެއިން ވެރިކަންކުރަށް ބޭނުންވަ ފަރާތްތަކަށެވެ. ނަމަވެސް ޤާނޫންތައް ސަސްބެންޑްކޮށް ކަނޑިއާއި ބަޑީގެ ބާރުގަ ވެރިކަންކުރަށްވަން ބޭނުންފުޅުވަ ބޭފުޅުންނަކަށް އެއްމެވޯޓެއްވެސް ބޭނުމެއް ނުވާނެއެެވެ.
ޢެއޭ
23 March 2018
ޏިހާނޫ ނިހާނޫ ބިލިޔަންންނޭ ތިނަދޫ އައް ހަރަދުކުރީ، ތީގެ ތަފުސީލު ނުދެވޭނެދޯ، ހެޙޭ، ނިހާނުއައް އެންގޭތަ 1995 ވަނައަހަރު ރައީސް ޔާމިނު ހަދައް ދުރުވިވާހަކަ، މިކަމައް ބަހުސް ކޮއްލަން ނިކަން އާދެބަލަ
އީމަން
23 March 2018
ނިހާން، މާޒީގަ ކަންތައް ވީގޮތުގެ ވާހަކަ ނުދަށްކާ، މިހާރު އިސްލާހު ކުރަންޖެހޭ ކަންކަމާގެން އުޅެންވީނު.