އިދިކޮޅު ޕާޓީތަކުގެ ޕްރެސް ކޮންފަރެންސެއްގައި ސައުދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު
25 މާޗް 2018 - 11:41
މިދިޔަ ހުކުރު ދުވަހުގެ ރޭ ގއ. ވިލިނގިލީގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި، "ކުދިކުދި" ކޮށްލާނެ ކަމުގެ އިންޒާރު ދިނީ އޭނާ އަށް އެކަނި ނޫން ކަމަށާއި ޕީޕީއެމުގެ އާއްމު މެމްބަރުން ވެސް ހިމެނޭ ގޮތަށް، ރައީސް އަބްދުﷲ ޔާމީނާ ދެކޮޅުވާ ކޮންމެ މީހަކަށް އެ އިންޒާރު ނިސްބަތްވާ ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޖަލްސާގައި ސައުދަށް އިންޒާރު ދެއްވީ، ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އިބްރާހިމް ރަޝީދެވެ.
ރައީސް ޔާމީނަށް ތައީދުކުރައްވައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ، ސައުދު ނުސީދާ ގޮތަކަށް ބަލާލިއަސް "ވިދިވިދި އޮޓެއޮޓެ" ކޮށްލާނެ ކަން ހަނދާން ބަހައްޓަން ޖެހޭނެ ކަމަށެވެ. ހުވަދޫ ބަހުން "ވިދިވިދި އޮޓެއޮޓެ" ކުރުމުގެ މާނައަކީ އެއްޗެއް ވަރަށް "ކުދިކުދިކޮށް ހިިމުން" ކުރުމެވެ.
ސައުދަށް އިންޒާރު ދިެއްވިއިރު، އެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ތިއްބެވި އެވެ.
ރަޝީދު ވިދާޅުވި ގޮތުގައި ޕީޕީއެމުގެ ޓިކެޓެއްގައި އިންތިޚާބުވި ނަމަވެސް އިދިކޮޅު ފަރާތްތަކާ އެކު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ސައުދު އުޅުއްވަނީ "ސައިޒު އޮޅިގެން"ނެވެ.
ސައުދު "މިހާރު" އަށް ވިދާޅުވީ ޖަލްސާއެއްގައި ލައިވްކޮށް އޭނާ އަށް ދިން އިންޒާރުގެ މައްސަލަ ފުލުހުން ބަލަން ޖެހޭ ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ނުކުރާ ނަމަ، އޭނާ އަމިއްލަ އަށް ވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
ސައުދަށް އިންޒާރު ދިން މައްސަލަ ތަހުގީގުކުރުމާ ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ސައުދު ވިދާޅުވި ގޮތުގައި އެ އިންޒާރުގެ ބިރުވެރިކަން ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް އެބަ އޮތެވެ. އިންޒާރުން ދޭހަވަނީ، ރައީސް ޔާމީނަށް ތާއީދުނުކުރާ ކޮންމެ މީހަކަށް ބިރުދައްކައި އަނިޔާކުރުމުގެ ވިސްނުން ޕީޕީއެމުން ގެންގުޅޭ ކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ވަރަށް ކަންބޮޑުވާން ޖެހޭ މި ވިސްނުން ގެންގުޅޭތީ، މިއިން ދޭހަވަނީ ބިރުވެރިކަން އޮތީ ހަމައެކަނި އަޅުގަނޑަށް އެކަންޏެއް ނޫނޭ، ޕީޕީއެމްގައި ތިބި އާއްމު މެމްބަރުންނަށް ވެސް އެބަ އޮތޭ،" ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން ވެސް އެކި ގޮތްގޮތަށް އޭނާ އަށް އިންޒާރުތައް ދީފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނިބޯ
26 March 2018
އެބުނާޖަލްސާއެއްގައި އަތޮޅަށް ގެނެސްދިން ތަރައްގުއި އަޑަށް ބާރުލާފައިކީއިރު ކިއުނީ އިންޖީނުގޭގައި ފާރެއްރޭނިވާހަކަޔާ ހެލްތުސެންޓާރުގައި ކޮޓަރިއެއް ހެދިވާހަކަ ހަހަހަހަ އަތްގުޅުނުކާ ތަރައްގުއިދޯ އެންމެން ކަރުންނާރުނަގައިގެން ކިޔާ އަަތްޖަހައްޗޭ ހހަހަހަހ
ފިނިފެންމާ
25 March 2018
އިލްހާމްގެ ހޫނުފެނުގެ މައްސަލައަށް ވި ގޮތަށް ތިޔަ މައްސަލަ ބަލާނީ ކޯޑިނޭޓަރ ޕީޕީޕީއެމް އިން ވަކިވީމާ.
މޮހޮދު
25 March 2018
މަށާ ދެކޮޅަށް ނުކުންނަމީހުންނަށް އެގެންވާނެ މަގޭ ވެރިކަމާދެކޮޅުވަންޏާ މަގޭސަޕޯޓަރުން މަޑަކުން ނުތިބޭނެކަން...މިޤައުމުން އެކަން ފެނުނުް ދުވަހެއްދުވަހަކަށްދާނީ އިތުރުވަމުން.....ފުރާނަ ސަލާމަތް ކުރަންބޭނުންނަމަ ދެކޮޅަށް އެއްޗެއްނުބުނެ ތިއްބެވޭތޯ ބައްލަވާ
ހައްވަ
25 March 2018
ހަމަސީދާ ފައިސާގޯނީގެ އިންސާފު
ޝަކީބު
25 March 2018
އަދި މީޑިޔާގައި އެއްޗެހި ތި ލިޔަނީ ރަގަޅު ވިސްނުމުގައި ނޫން ހެން ހީވަނީ، ނޫން ޔަގީންވޭ، ސިލްވަރު ވިލާ އިބުރާހިމް ރަޝީދު ބޯޑިޔަމް ގައި ވިދާޅުވި ބަހަކީ އަގަމަތީ މަޖާޒީ ބަހެއް، ރުޅި އައުމުން ބޭނުން ކުރާ ބަހެއް، އެއީ ކޮށާ ކުދިކުދި ކުރާ ވާހަކަ އެއް ނޫން، ކާކު މާ ހުވަދޫ ބަހަށް މޮޅުވެ ތި ބަސް މާނަ ކުރީ، " ކޮޓަހަ ކުދިކުދި ކޮއްލަންނެ" މީ ހުވަދޫ ވިލިގިލި ބަހުރުވަ
އޮއްޓޭވިއްޓޭ
25 March 2018
ދެން ކަލޯ ސައުދު ބިރުގަންނާނެ ކަމެއް ނެތެއްނު. ތިހުރީ ބިރުފަހަނައަޅަާ ގޮސްފތިބި ބައެެއްގެ ގާތުގަ. ތިދެން ހަމަ ދޮގުވާހަކަ ފަތުރަނީ ހުރިހާކަމަކުން ފޭލިވާތީ.
ބިރުވެރި
25 March 2018
ކޮންމެމީހަކުދިނަސް ތީވަރައްބިރުވެރި އިންޒާރެއް އަވަހައް މައްސަލަހުށަހަޅުއްވާ ހިއެއްނުވެ މާބޮޑުކަމަކައްތިކަންވާނެހެން އަނގައޮޅިގެން ނޫނީ މަގުސަދެއްނެތް ވާހަކައެއް ނިމުނީ
ރުޅި
25 March 2018
އިދިކޮޅު މިފަދަ އިބާރާތަކުން އެއްޗެއް ބުނިނަމަ މިހާރު ހުންނާނީ ދޫނިދޫގައި
ރަދީފް
25 March 2018
އެއީ މަމެންގެ އިންސާފްގެ ސްޓައިލް.ވަރަށް އިންސާފްވެރި އެހެންނޫންތޯ!!
ޖޯޖް
25 March 2018
ތަދީފް ތިވިދާޅުވީ ހެއޮކޮއް ހަހަހހަ