ވިޔަފާރި / މާލޭ ވިޔަފާރި ބަނދަރު

ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވެއްޖެ، ގަވާއިދު ރަނގަޅެއް ނޫން!

މާލޭގެ މަގުތައް ތޮއްޖެހިފައި: މުދާ އުފުލަން ޓްރާންސްޕޯޓުން ވަނީ ބޮޑު ބަދަލެއް ގެނެސްފައި

ދުވާލު ގަޑީގައި މުދާ އުފުލުން މަނާކޮށް ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި ބަދަލާ ގުޅިގެން ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިހާރަތަކަށާއި ގުދަންތަކަށް ގެންދާ ބޯ ފެނާއި އެހެނިހެން ބުއިންތަކާއި ލަކުޑި އާއި ދަގަނޑާއި ހިލަ އާއި ހިލަވެއްޔާއި ބިއްލޫރި އާއި ސިމެންތި އާއި އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި އެ ނޫން ވެސް ތަކެތި ހިފައިގެން ދަތުރުކުރެވޭނީ ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު އެވެ.

އާ އުސޫލުގައިވާ ގޮތުން، ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހިފައިގެން ދަތުރުކުރެވޭނީ ހެނދުނު 8:30 ން 11:00 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އާ ދެމެދު އެވެ. މިއާ ހިލާފުވާ ނަމަ، ވިޔަފާރިތަކާއި ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފި އެވެ.

މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހެނީ މުދާ ހޯސޭލްކޮށް ސަޕްލައިކުރާ ފިހާރަތަކާއި ފެން ވިއްކާ ކުންފުނިތަކުންނެވެ. ބައެއް ވިޔަފާރިވެރިން ބުނީ މިހާރު ހަމަޖައްސާފައިވާ ގަޑިތަކުގައި މަސައްކަތްކުރުމަކީ ވަރަށް ބޮޑު ދަައްޗަކަށް ވާނެ ކަމަށެވެ.

ބާޒާރުމަތީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުންޏެއްގެ ވެރިޔަކު، ނަން ނުޖެހުމަށް އެދި ވާހަކަދައްކަވަމުން، ވިދާޅުވީ ދަންވަރު ގަޑީގައި ފިހާރަތައް ހުޅުވައިގެން މަސައްކަތްކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި ދަންވަރު ފިހާރަތައް ހުޅުވައިގެން މަސައްކަތްކުރަން ޖެހިއްޖެ ނަމަ ތަކެތީގެ އަގު ވެސް އުފުލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭގަނޑު ފިހާރަތައް ހުޅުވައިގެން މުދާ ސަޕްލައިކުރަން ޖެހިއްޖެ ނަމަ ތަކެތީގެ އަގަށް ބަދަލު އަންނާނެ. އަދި މިގޮތަށް ދާއިމަށް ކުރިޔަށް ގެންދިއުމަކީ ދަތި ކަމަކަށް ވާނެ،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

"މިއަށް ވުރެ ރަނގަޅު ހައްލެއް ހޯދަން ސަރުކާރުން ވިޔަފާރިވެރިންނާ މަޝްވަރާކުރަން ޖެހޭ."

އޭނާ ވިދާޅުވީ ހަމައެކަނި ރޭގަނޑު މުދާ ސަޕްލައިކުރެވޭ ގޮތަށް ހަދައިފި ނަމަ ދުވާލު ގަޑީގައި ބާޒާރުމަތި ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

"ރޭގަނޑު ސަޕްލައިކުރާ ނަމަ ބާޒާރުމަތީ ފިހާރަތަކުގެ އިތުރުން ރަށުތެރޭގެ ފިހާރަތައް ވެސް ހުޅުވައިގެން ތިބެން ޖެހެނީ. އަޅުގަނޑަށް ހިއެއްނުވޭ ސަރުކާރުން މިގޮތަށް ބާއްވާނެހެނެއް. ސަރުކާރުގެ ބޭނުމަކަށް ވެސް ވާނީ ވީހާ ވެސް ރައްޔިތުންނަށް ފަސޭހަކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

އެ ވިޔާރިވެރިޔާ ވިދާޅުވީ މާލެ ތެރޭގައި ގުދަން ހުރުމުން ދުވާލު ގަޑީގައި މުދާ އުފުލުމަކީ ފަސޭހަ ކަމެއް ވެސް ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރަން ޖެހެނީ އެ ނޫން ގޮތެއް ނެތިގެން ކަމަށް ވިދާޅުވި އެވެ.

"މި މައްސަލައަށް ހައްލެއް ގެނެވޭނީ ބްރިޖް ހުޅުވުނީމަ. މިހާރު ވެސް ގިނަ ފިހާރަތަކުން ބޮޑެތި ގުދަންތައް ހުޅުމާލޭގައި ހަދާފައި އެބަހުރި. އޭރުން ލޮރީތަކަށް މުދާ އަރުވައިގެން ދުވާލު ގަޑީގައި ދުއްވުން ހުއްޓުމަކަށް އަންނާނެ،" އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ރިސޯޓުތަކުގެ މުދާ ހުޅުމާލެ ޖެޓީން އަރުވައިގެން ގެންދާނެ."

އެހެން ވިޔަފާރިވެރިޔަކު ވިދާޅުވީ މާލެތެރޭގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރެވޭނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ވެހިކަލްތައް އެތެރެކޮށް ވިއްކުން ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

"އަޅުގަނޑުމެން ވެސް ބޭނުން މާލެތެރޭގައި ދުއްވުން ވީހާ ވެސް މަދުކުރަން. އެކަމަކު މާލޭގެ މަގުތައް ތޮއްޖެހިފައި ހުރީ މުދާ އުފުލާ ލޮރީތަކުން ނޫން،" އޭނާ ވިދާޅުވި އެވެ.

"ސައިކަލްތަކާއި ކާރުތަކުން މުޅި މާލެ މިވަނީ ތޮއްޖެހިފައި. އެކަން ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅައިގެން ނޫނީ މިކަމަށް ރަނގަޅު ހައްލެއް ނުލިބޭނެ."

އެ ވިޔަފާރިވެރިޔާ ވިދާޅުވީ މާލެ ތެރޭގައި އެ ކުންފުނިން ތަފާތު ތިން ސަރަހައްދެއްގައި ހުންނަ ގުދަންތަކުން ބާޒާރުމަތީގެ ފިހާރަތަކަށް މުދާ ސަޕްލައިކުރަން ކުރިން ދުވާލަކު 25 ދަތުރުކުރި ނަމަވެސް މިހާރު ކުރެވެނީ ދެތިން ދަތުރުކުރު ކަމަށެވެ.

"އަޅުގަނޑުމެންނަށް ދަތުރުތައް ކުރެވޭނެ އިތުރު ގޮތެއް ނެތިގެން އެތައް ގުނައެއް ބޮޑު އަގުގައި ބާޒާރުމަތިން ގުދަންތައް މިހާރު ކުއްޔަށް ނަގައިގެން މިއުޅެނީ. ޓްރެފިކްގެ މައްސަލަ އިންތިހާއަށް ބޮޑުވުމުން ވިޔަފާރިވެރިންނަށް ވެސް އިންތިހާއަށް އުނދަގޫތަކާ ކުރިމަތިވޭ،" އޭނާ ވިދާޅުވި އެވެ.

ބާޒާރުމަތީ ފިހާރައަކަށް މުދާ ބާލަނީ: ދެން މުދާ އުފުލޭނީ ރޭނގަނޑު! --މިހާރު ފައިލް ފޮޓޯ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފެން ބަންދުކޮށްގެން ވިއްކާ ހެޕީ މާކެޓުގެ ސީއީއޯ އަދި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސާފައިވާ ގަޑިތަކުގައި ފެން ސަޕްލައިކުރުން ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.

"ފިހާރަތައް ރޭގަނޑު ދިހައެއް ޖަހާއިރު މިހާރު ބަންދުކުރާނެ. އެކަމަކު މިހާރު ހަމަޖެއްސި އުސޫލުން ފެން ވިއްކަން ރޭގަނޑު ދަންވަރު ފިހާރަތައް ހުޅުވައިގެން ތިބެން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އޮޕަރޭޝަން ވެސް ޖެހޭނީ ރޭގަނޑަށް ބަދަލުކުރަން. އެގޮތަކަށް އެކަމެއް ކުރިޔަކަށް ނުގެންދެވޭނެ."

އިހުސާން ވިދާޅުވީ މާލޭގެ މަގުތައް ތޮއްޖެހިފައި އޮންނައިރު، އެ ކުންފުނީގެ ލޯގޯ ޖަހާފައިވާ ލޮރީއެއްގައި ފެން ކޭސް ސަޕްލައިކުރަން މަޑުކުރުމުން ފަހަތުގައި ބޮޑު ކިޔޫއެއް އޮންނަން ބޭނުންނުވާ ކަމަށެވެ. އެކަމަކު އެ މައްސަލައަށް ހައްލެއް ހޯދަން މިހާރަށް ވުރެ ރަނގަޅު ގޮތެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ބަދަލުތައް ގެނައީ ވިޔަފާރިވެރިންނާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

"ވިޔަފާރިތަކަށް ވެސް އޮތް ކަންބޮޑުވުމެއް [ދަތުރުތައްކުރަން އުނދަގޫވުމަކީ]. އަޅުގަނޑުމެން ވިޔަފާރިވެރިންނާ މަޝްވަރާކުރިން. މިއިން ދިމާވާނެ ދަތިތަކާއި ގެއްލުންތައް ފޫބެއްދުމާ ބެހޭ ގޮތުން ދެ ފަރާތް ގުޅިގެން ކުރިޔަށް އޮތް ތަނުގައި ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު،" އޭނާ ވިދާޅުވި އެވެ.

ތައުފީގް ވިދާޅުވީ އެ މައްސަލައާ ބެހޭ ގޮތުން އަދިވެސް ވިޔަފާރިވެރިންނާ މަޝްވަރާކުރައްވާނެ ކަމަށެވެ.

މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް) އިން މިހާރު ނިންމާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރާއި ޓީ ޖެޓީން މާލެ ތެރެއަށް ގުދަންކުރަން ގެންދާ މުދާ ދޫކުރުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމައެކަނި ރޭގަނޑަށް ހަމަޖައްސައިފަ އެވެ.

މުދާ އުފުލައިދޭ ލޮރީތަކާއި މަޖޫރީންގެ އަގަށް ވެސް، އެމްޕީއެލްގެ މި ބަދަލާ އެކު، ބަދަލުތަކެއް އަތުވެދާނެ ކަމަށް ބައެއް ލޮރީ ޑްރައިވަރުން ބުނެ އެވެ.

"ރޭގަނޑު ދަތުރުކުރާ ނަމަ މިހާރު ވެސް ނަގާ އަގު ބޮޑުވާނެ. އެކަމަކު މިހާރު މި ހަމަޖެއްސި އުސޫލުން އަޅުގަނޑުމެން ވެސް ޖެހޭނީ އޮޕަރޭޝަން މުޅިން ރޭގަނޑަށް ބަދަލުކުރަން. އެކަމަކު އެކަން އަންނަ މަހަށް ފަސްކުރުމުން އަދި އަގުތަކަށް ގެންނާނެ ބަދަލުތައް މުޅިން ނުނިމޭ،" އޭނާ ބުންޏެވެ.

އެމްޕީއެލް ސަރަހައްދުގައި ހުންނަ ކޮންޓެނައިރުން މުދާ ނެރެގެން ގެންދާ ނަމަ ދުވާލު ގަޑީގައި ލޮރީތަކުން ޗާޖުކުރަނީ ގަޑިއަކަށް 480ރ. އެވެ. ޕިކަޕެއް ނަމަ 360ރ. ނަގަ އެވެ. އެކަމަކު ރޭގަނޑު 11ގެ ފަހުން ނަމަ އެ އަގު 600ރ. ބޮޑުވެ އެވެ.

"ބައެއް ޑްރައިވަރުން މިހާރު ވެސް އެބަ ބުނޭ ދެ ގުނަ އަގުބޮޑުކުރަން ޖެހޭ ކަމަށް. އެއީ ދުވާލު ގަޑީގައި އެއްވެސް މަސައްކަތެއް ނުކުރެވޭނެ މިހާރު [މި ހެދި] އުސޫލުން. އެހެންވީމަ އަގުތައް ވަރަށް އަވަހަށް ފައިނަލްކުރާނަން،" އެ ޑްރައިވަރު ބުންޏެވެ.

އެމްޕީއެލް ސަރަހައްދުން މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް އެ ކުންފުނީގެ ސީއީއޯ އަބްދުއް ރައްޒާގު ހަލީމް ވިދާޅުވީ އެމްޕީއެލްގެ އުސޫލުގެ ސަބަބުން ވިޔަފާރިވެރިންނަށް ވެސް އަދި ލޮރީތައް ދުއްވާ ޑްރައިވަރުންނަށް ވެސް ލިބޭނީ ފަސޭހަތަކެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އަންނަ އެންމެ ބޮޑު ޝަކުވާއަކީ މާލޭގެ ކާރޫބާރު ބޮޑު ގަޑިތަކުގައި ބޮޑެތި ލޮރީތައް ދުއްވާއިރު އެ މީހުންނަށް ވެސް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާކަން. އެއް ދަތުރު ނިންމާލަން އެއް ގަޑިއިރާއި ދެ ގަޑިއިރާ ދެމެދު ވަގުތު ނަގާ ކަމަށް އެ ބޭފުޅުން ވިދާޅުވޭ،" ހަލީމް ވިދާޅުވި އެވެ.

"އޭގެ ސަބަބުން ލޮރީ ދަތުރުގެ އަގު ވެސް ބޮޑުވޭ."

41 ކޮމެންޓް, 67 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 1%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިޔަފާރި

27 March 2018

ކޮންކޮން ވިޔަފާރިވެރިން ތަކަކާބާ މަޝްވަރާކުރީ؟ އަޅުގަނޑުމެންވެސް ފުޅާ ވިޔަފާރިތަށް ހިންގަން، މަޝްވަރާއެެއް ކުރިކަމެއް ނޭނގޭ!

The name is already taken The name is available. Register?

މުހައްމަދު1283

26 March 2018

އަސްލު މައްސަލައަށް ނުބަލައި ޤަވާއިދު ހެދުމަކުން މައްސަލަ ހައްލެއްނުވާ! ކާރަކަށް އެރެނީ ހަތަރު މީހުން ކަމަށްވޭ! ލޮރީތަކުގައިވެސް މުދާ ބަރުކުރެވޭނެ ވަކިވަރެއް އޮވޭ! ހަމަ އެއުސޫލުން މާލޭގެ ބިމުގައި އެންމެ ގިނަވެގެން އުޅެވީ ކިތައް މީހުންނަށްތޯ؟ ނުވަތަ އެބިމުގައި ގިނަވެގެން ރަޖިސްޓްރީ ކުރެވެނީ ކިތައް ވެހިކަލަށްތޯ ބުނެވޭ ފެންވަރުގެ މިނިސްޓަރެއް ނުވަތަ އޮފީހެއް އެބަހުރިތޯ؟ އަސްލު މައްސަލަ އަކީ ތޮއްޖެއްސުމުގެ ހައްދުންނެއްޓުން!

The name is already taken The name is available. Register?

ޛުއްނަ

26 March 2018

ހަމައެކަނި މުދާއުފުލުމެއްނޫން. ސްކޫލްތައްވެސް އެއްދަންފަޅިއަކަށް ބަދަލް ކުރަންވީ. މުދާ ގުދަން ކުރަން ބިލްޑިންގެއް ހަދަންވީ. ސައިކަލްތައް މަދުކޮށްފައި، ބައެއް މަގުތައްވެސް ހުޅުވަންވީ، އޭރުން އެންމެ އެދެވޭ ބަދަލެއް ފެންނާނީ.

The name is already taken The name is available. Register?

ސިއްހަތު

26 March 2018

މާލޭގަ އުޅޭމީހުން ހިގާބިގާވެ އުޅެން ފެށީމަ ހައްލެ ލިބޭނެ! ގޫގުލް އޮފީސް ވަރުވާ ތަންކޮޅެއްގަވެސް ކާރާ ސައިކަލުގަވިއްޔާ އުޅެން ޖެހެނީ!

The name is already taken The name is available. Register?

ވާލުސޮރު

26 March 2018

ވެރިން ސަރުކާރު ހިންގަން މާލެ ހުސްކޮށްދީފަ ވިޔަފާރިވެރިން މުދާކޮޅު ހިފައިގެން ބޮޑެތި ރަށްރަށަށް ކަނޑާލީމަ މާ އަގުހެޔޮކޮށް ގުދަނާ ބޮޑެތި ފިހާރަވެސް ލިބޭނެ އަދި މާ ކުޑަ މުސާރައަކަށް މުއައްޒަފުންވެސް ލިބޭނެ މާލޭގަ އެއްބަޔަކު ނުކުމެ މުޒާހިރާ ކުރާއިރު އަނެއްބަޔަކު ނުކުމެ ރައްޔިތުން ފަހާ ދުވެ ކަރުނަގޭސް ޖަހާލަޖަހާލަ ތިބެދާނެއެއްނު! އޭރުން އެއްވެސް ރަށެއްގެ ބަޔަކު ވިޔަފާރިކުރާކަށް މާލެ ދާކަށް ނުވެސް ޖެހޭނެ. އޭރުން މާލޭ މީހުން ރާކަނިމަސް ކާއިރު ޗައިނާ މީހުން ތިބެދާނެ ބްރިޖު ބުޑަށް އަރާ ކަކުނި ހިފައިގެން ކަކުނިމަސް ކާލަކާލަ.

The name is already taken The name is available. Register?

އުމަރު

26 March 2018

ރައީސް މައުމޫނުގެ ދުވަސްވަރުން ފެށިގެން ވިޔަފާރިވެރިންނަށް ހަމަޖައްސައިދިން ފަސޭހަކަމެއް އަދިވެސް އޮތީ، ދެން އަންނި ޖެޓީ ހެދުނީމަ އިތުރު ފަސޭހަތަކެއްވި، މިހާރު ޓީޖެޓީގެ ސަރަަހައްދު ސަރުކާރުން ނަގައިގެން ތަރައްޤީކުރާ ނަމުގައި މުޅި ހިސާބުގައި އޮތީ ބިއްތަކެއް ޖަހާފައި ބަންދުކޮށްފައި، މިސަރުކާރުން އަދި ވިޔަފާރިވެރިންނަށްވެސް މަގުތަށް ތޮތްޖެހުން ހުއްޓުވަން ކުރިކަމެއްނެއް، ހުރިއްޔާ ހުރި ހުސްބިންތަކުގައި ހެދީ ޕާކުތަކެއް، ދެން ހުރި ތަންތަނުގައި އަނެއްކާވެސް އިމާރާތެއް އެޅީ،

The name is already taken The name is available. Register?

ޢަހާނަމަ

26 March 2018

ތިޔަށް މާބޮޑު ހިޔާލެއްނެތް... އެއީ ޓްރާންސްޕޯޓް އޮތޯރިޓީ އެއޮތީ ލާރިޔަށް ގޮސް ހުސްވެފަ... ވ ކުޑަކުޑަ މިސާލެއް.. ކީވެ ގަރާޖް ފީ ނަގަނީ... ކޮބާ އޭގެ ބޭނުމެއް.. ކޮބާ އޭގެން ސަރުކާރަށް ވާފައިދާއެއް... މާދުރުގަ ހުންނަ މީހެއްގެ ޖީބަށް ގޮސް 30 ނޫނީ 40 ހާސް ރުފިޔާ.. ހަަމައެކަނޯ ސިޓީއެއްލިޔެލާކަަމަށްޓަކާއި.. ބުނާތީ އަޑުއިވޭ ޕަސެންޓެއް އިނދޭ ޓްރާންސްޕޯޓް ވެރިންނަށް...

The name is already taken The name is available. Register?

ކާފަ

25 March 2018

މި ވިޔަފާރިވެރިން މިއުޅެނީ މޮޔަވެގެން!!! މި ބަދަލު މަށަށް ވަރަށް ކަމުދޭ!

The name is already taken The name is available. Register?

އަލިބެއްޔާ، އެކުވެރިސުވައިދީބް

25 March 2018

21 ވަނަ ޤަރުނުގައި ދެކޮޅު ނުޖެހޭ ކޮންކްރީޓް ސިޔާސަތެއް ނުހިނގާނެއެވެ. ދަންފަޅި ބަހައިގެން އެއްގަމު އުޅަނދު ދުއްވިޔަސް މާލޭގެ ޓްރެފިކް ތޮއްޖެހުމަކައް ހައްލެއް ނުލިބޭނެއެވެ.

The name is already taken The name is available. Register?

ސުބު

25 March 2018

މުދަލުގެއަގު ބޮޑު ވީއްޔާ ކީއް.. މީސަރުކާރުގެ މީހުންނަށޭ އޭރު ލާރީގަނޑު ގީނަވާނީ.. އެހެންވީމާ މައްސަލައަކީ ކޮބާތަ.. މީސަރުކާރަކީ ކަމެއް ނީންމާލަން ބަލައީރު ރައްޔީތެއްގެ ކީބައީން ހޭ ވެސް އަހާލާ ބަޔެއްތަ؟ ދެން ކޮންހާ ޝަކުވާއެއް.. އެންގީމަ އަންގާ ގޮތަކައް ގުދައް ތީބެންޖެހޭނީ ރައްޔީތުން..

The name is already taken The name is available. Register?

ޢުބެއިދު

26 March 2018

ހައްލަކީ ރައްށަށުގައި ބޭނުންކުރަމުންދާ އައިލެންޑް ޕިކަޕް ޑެލިވެރީ ކުރުމުގައި މާލޭގާވެސް ބޭނުންކުރުން ތޯއްޗެ..

The name is already taken The name is available. Register?

ރާވެރިބެ

25 March 2018

މީ ވަރަށް ދަތި ގޮތެއް. ޢަނެއްކޮޅުން މާލެ ތެރެއަށް ލުޔެއް ހަޮދަންޖެހޭ. ވީމާ މިގޮތް ކަމުނުދާކަން އެނގިހުރެ ކަމުނުދާވާހަކަ ކޮންމެ މީހަކު ނުދައްކާ ކުރެވިދާނެ ގޮތެއްގެ ޚިޔާލު ކޮމެންޓްގެ ގޮތުގައި ލިޔުން ބުއްދިވެރި. ކަންކަމުގެ ހައްލުލިބޭނީ އޭރުން

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

25 March 2018

ނިކަންފާސްޓްކޮއް ހައުސިން މިނިސްޓްރީން ހުރިހާ ގެއަކަށް ހޮޅިއަޅާފައި އެހޮޅިން ފާޑުފާޑުގެ ގޭސް ހިލޭފޮނުވަން ފަށާ. ކެއްކިޔަސް ނުކެއްކިޔަސް ކޮންމެގެއަކުން މަހަކު 500 ރުފިޔާގެ ސާވިސްޗާޖެއް އެކަނި ނަގާގޮތަށް.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

25 March 2018

އަދި ކޮންމެގެއަކަށް ހެމާމާލިނީގެ ޝުއްދު ޕާނީ ފިލްލްޓަރެއް ގުޅާލަދިނުން. މިކަން ކުރަންޖެހެނީ ތިމާވެޝި މިނިސްޓްރީން ލިއްލާހިޔަށްޓަކާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454