މިދިޔަ އަހަރު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޔާމީން، ޕީޕީއެމްގެ ރައީސް މައުމޫނާ ސަލާމްކުރައްވަނީ. ޕީޕީއެމް ތެރޭގައި މައްސަލަ އުފެދުނީ މި ދެބޭފުޅުންގެ ދެމެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި. --ފޮޓޯ:ރައީސް އޮފީސް
19 ޖުލައި 2016 - 10:54
ތަކުރާރުކޮށް އެންގުމަށް ފަހު މުއްދަތެއް ދީގެން ވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ޕާޓީ އޮފީހާ ހަވާލުކޮށްފައި ނުވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ. ޔައުމިއްޔާތައް ނުފޮނުވުމާއި ޕާޓީގައި އުފެދިފައިވާ އެހެން މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރަން ކައުންސިލް ބައްދަލުވުމެއް ބާއްވަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ޕާޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކައުންސިލް ބައްދަލުވުން މި ހަފުތާ ނުވަތަ އަންނަ ހަފުތާގައި އޮންނާނެ ކަމަށެވެ. މިދިޔަ ހަފުތާގައި ވެސް ކައުންސިލް ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރި ކަމަށާއި އެކަމަކު ފަސްކުރީ ކޯރަމް ހަމަނުވެދާނެތީ ކަމަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ޕީޖީ ގްރޫޕްގެ ޔައުމިއްޔާތައް ފޮނުވަން، އެ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވީ ވިޕްލައިންތަކާ ހިލާފުވި ކަމަށް ބުނާ މައްސަލަތައް ބެލުމަށް ކަމަށެވެ. އެންމެ ފަހުން އެދުނީ އިއްޔެގެ ރަސްމީގަޑި ހަމަވުމުގެ ކުރިން ޔައުމިއްޔާތައް ފޮނުވައިދިނުމަށެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ އިސް ބައެއް މެމްބަރުން. ކައުންސިލް ބައްދަލުވުން ބާއްވަން އެދުނީ ޕީޖީ ގްރޫޕުން. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
އިއުލާން ނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވޯޓު ދެއްވީ އެ އިސްލާހާ ދެކޮޅަށެވެ. އެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ މެމްބަރުން ހިމެނޭ ސުލޫކީ ކޮމެޓީން ވަނީ ފާރިސް ޕާޓީން ވަކިކުރަން ނިންމައި އެކަން ތަންފީޒުކޮށްދޭން އެދިފަ އެވެ. އެކަމަކު ލިޔެކިޔުންތައް ނުލިބޭ ކަމަށް ބުނެ ޕީޕީއެމުން ވަނީ ފާރިސް އާއި ޕާޓީން ވަކިކުރަން ނިންމި އެހެން ތިން މެމްބަރުންނާ މެދު ވެސް ފިޔަވަޅު ނާޅާނެ ކަމަށް ބުނެފަ އެވެ.
ޕީޕީއެމް ދެ ފަޅި އަށް ފެޅުނީ، ރައީސް ޔާމީނާއި މައުމޫންއާ ދޭތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި އެވެ. ޕާޓީގެ ހުރިހާ ބާރުތަކެއް މައުމޫން ނަންގަވާފައިވާއިރު ޔާމީންގެ ފެކްޝަންގެ ބޭފުޅުން ތުހުމަތުކުރައްވަނީ އެމަނިކުފާނު ޕާޓީ "ހައިޖެކްކުރައްވާފައިވާ" ކަމަށެވެ. އެހެންވެ ގާނޫނީ ހައްލެއް ހޯދަން މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު އެ މައްސަލާގައި އެދިފައިވާ ގޮތަށް މައުމޫނާ ދެކޮޅަށް ކޯޓުން އަމުރެއް ނުނެރެދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޑުކޮށްލާ
19 July 2016
ޕީޕީއެމް ޕީޖީނ ގްރޫޕްގެ ޔައުމިއްޔާ ތައް ނުފޮނުވޭނެ ނޫންތޯ ސަބަބަކީ ބްރޯ އާއި އެކު ޕީޕީއެމް އެމްޕީ ކުދިން ތައް ކުޅެފައިވާ ލަސްވެގާސް ގޭމް ގައި މުސްތޯބެ މެން ޓާކުރު ހެދިފައި ކޮންމެ ގެއަކަށް ކާރޑު ބަސްތާ އެއް ބަހާ ވެނު މަސް ވެނަށް ކާންދިން ކަމާއި ގްރޫޕް ލީޑަރުންނަށް ސިންގަޕޯރގެ ސެންތޯސާއިންނާއި އަދި އޮސްޓްރޭލިޔާއިން ގެ ގަނެފައި ދިނުމާއި މިބާވަުގެ ލަސްވެގާސް ގޭމްގެ ވާހަކަ ޕީޖީ ގްރޫޕްގެ ޔައުމިއްޔާ ގައި ހުުރުމުން ހުރިހާ ކުދިން އެއީ މިތާނގައިވާ އެއްޗެއް ވެސް ނޫން އެއީ ކޯއްޗެއްތޯ އަހާ ސުވާލު ކުރާނީ އެއީ ޔައުމިއްޔާ ނެތީމަނޫންތޯއެވެ. ޕީޕީއެމް އެސްޖީމެން މަޑުކޮށްލާ ޕީޖީ ގްރޫޕްގެ ޔައުމިއްޔާ ލިބޭނެ ވިހި ވިހީގެ ތަސައްވުރާއި އެކު. އެކޮއިމެން މަޑުކޮށްލާ، މަޑުކޮށްލާށޭ، ޔޭއް، ޔޭއް، ޔޭއް. ރަންކޮޅާ، މަޑުކޮށްލާށޭ، މަޑުކޮށްލާށޭ، ޔޭއް، ޔޭއްް، ޔޭއް..
ގޮހޮޑާ
19 July 2016
ލިޓްލް ސިންގަޕޫރުގައި ޔައުމިއްޔާއެއް ނޯންނާނެ. ބިއުޓިފުލް ވީމާ ވާގޮތް
ޒައީމުގެ ސަޕޯޓަރ
19 July 2016
ޒައީމާއެކު ރައްޔިތުން މިތިބީ. ނިހާނުމެންނަކީ ދެން ކޮންބައެއް.
އަލީ
19 July 2016
ޕީޕީއެމް އަކީ މައުމޫންގެ ޕްރޮޑަކްޓެއް. އޭގެ ކޮލިޓީ ދައްވަންޏާ އެކަން ރަނގަޅުކުރުމަކީ މައުމޫންގެ ޒިންމާއެއް. މިހާރުވެސް މާލަސްވެއްޖެ. އެމް.ޑީ.ޕީ ޕީޕީއެމް. މިއީ މިރާއްޖޭ ދުއްވަން އޮތް ދެއޮޑިޔަކީ މިފުރުސަތުގަ ދެޕާޓީގެ މެމްބަރުންވެސް ރާއްޖޭގަ ފެތުރެމުން މިދާ ރޯގާއިން އަވަހަށް ސަލާމަތްވެވޭތޯ ގުޅިގެން މަސައްކަތް ކުރަންވެއްޖެ. އެެހެންނޫންނަމަ ދަތުރު ނިމޭއިރު އޮޑީއެކަކުވެސް ސަލާމަތުން ނުހުންނާނެ.
ހިޔަލީ
19 July 2016
ގައުމުގެ ޚައްގުގަ މައުމޫނު އެނިކުންނެވީ ހަގީގަތުގަ މާވަރުގަދަ ބާރުތަކެއް ބޭނުމެއްވެގެން ކަމަށް ނުދެކެނެ...... އަނިޔާ އާ ނިޔާ .... ކަރަޕްޝަނާ ފަސާދަޔަކީ ބަޔަކަށް އޮޅޭނެ އެއްޗެއް ނޫން....މައުމޫނުގެ ތި ހިއްވަރުގަދަ ނިންމުމުގެ ސަބަބުން މިއަދު ދުނިޔެ ދޫކުރިޔަސް ލެގެސީ ދެމި އޮންނާނެ. ޕާޓީ ވެސް ވަގަށް ނެގިދާނެ ... ސުވާލަކީ މައުމޫނުގެ ސަޕޯޓަރުން ގެ ހިތް ވަގަށް ނެގޭނެތޯ؟
ސަހަރޯ
19 July 2016
ޕާޓީގެ ހުރިހާބާރެއް މައުމޫނު މުށުތެރޭގަ. ސަރުކާރު ގެ ހުރިހާ މުއައްސަސާތަށް ޔާމީންގެ މުށުތެރޭގަ. ކޮބާތަ މައްސަލައަކީ؟
އިބްރާހީމް
19 July 2016
މިމައްސަލަ ޙައްލުނުވެ ގޯހުންގޯހަށްދަނީ ނިހާނުގެ ސަބަބުން. މިކަމުގެ ޒިންމާ ނިހާނު ނަގަންޖެހޭނެ. ޢާންމު މެމްބަރުން ތިބީ ނިހާނު ތިކުޅޭ ކުޅިވަރު ބަލަން.
މެެންޓަލިސްޓް
19 July 2016
ރައީސްމައުމޫންއަށް ވަަރަށް ސަލާމް ، މިހާރުވެސް ރާއްޖޭގައި ހުރި އެންމެ ފުންނާބްއުސް ސިޔާސީ ލީޑަަރަކީ މަނުކުފާނުނޫންތޯ ؟ ވީމާ ރީތިގޮތުގައި ޕީޕީއެމްގެ ކަންކަން ގެންދަވާންވީނޫންތޯ ؟ އާންމުމެންބަރުންވެސް ގިނައިންތިބީ މަނިކުފާނުގެ ފަހަތުގައިނޫންތޯ ؟ ވީމާ ޕީޕާލްސް ޕަވަރ ބޭނުންކުރައްވައިގެން ޕީޕީއެމް ހަމަޔަކަށް އަޅުވާ ރައީސްޔާމިންގް ކަންކަން ވެސް ސައިޒަށް ލާންވީ ، އޭރުން ގައުމަށް ރަގަޅުކަމެށް މަނުކުފާނަށް ކުރެވުނުކަމަށްވާނީ ، ވަރަށް ސަލާމް