އޮޅުވެލިފުށި އިންޖީނުގެ: ހޮނު އެޅުމުގެ ސަބަބުން މި އިންޖީނުގެ އަށް ގެއްލުން ވަނީ ލިބިފައި.--- ފޮޓޯ: ކައުންސިލް
12 އެޕްރީލް 2018 - 11:01
ޅ. އޮޅުވެލިފުއްޓަށް ހޮނު އަޅައި ބޮޑެތި ގެއްލުންތަކެއް ރޭ ވެއްޖެ އެވެ.
އޮޅުވެލިފުށި ކައުންސިލްގެ ރައީސް މުހައްމަދު އާޒިމް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ރަށުގެ ފަސް ގެއެއްގައި ހުރި އިލެކްޓްރޯނިކް ސާމާނަށް އެ ހާދިސާގައި ގެއްލުން ވެފައިވާ ކަމަށެވެ. އަދި ރޭ 9:30 ހާއިރު ރަށުން ކަރަންޓު ދިޔަ ގޮތަށް، އަލުން ކަރަންޓު ލިބުނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭ ނުވައެއް ޖަހަން އުޅެނިކޮށް ވާރޭ ވެހެން ފެށީ. ގާތްގަނޑަކަށް 45 މިނިޓެއް ހާއިރަށް ވާރޭ ވެހުނު. އޭގެ ފަހުން ގުގުރީގެ އަޑާ އެކު މުޅި ރަށުން ކަރަންޓު ދިޔައީ،" އާޒިމް ވިދާޅުވި އެވެ.
އޮޅުވެލިފުއްޓަށް ހޮނު އަޅައި، އެ ރަށުގައި ހުރި ކަރަންޓު ބޯޑަކަށް ގެއްލުން ލިބިފައި.--- ފޮޓޯ: ކައުންސިލް
އޭނާ ވިދާޅުވި ގޮތުގައި ހޮނު އެޅުމުގެ ސަބަބުން އިންޖީނުގޭގެ ޕެނަލް ބޯޑަށް ވަނީ ގެއްލުން ވެފަ އެވެ. އަދި ދެ އިންޖީނަށް ކޮންމެވެސް ވަރަކަށް ގެއްލުން ވެފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
އަދި ކައުންސިލް އިދާރާގައި ހުރި ބައެއް ސިސްޓަމްތަކަށް ގެއްލުންވެ، އެ އިދާރާ އިން އިންޓަނެޓު ކެނޑިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާބާދީގައި 700 އަށް ވުރެ ގިނަ ގިނަ މީހުން ދިރިއުޅޭ އޮޅުވެލިފުއްޓަށް ލިބުނު ގެއްލުންތައް އިތުރަށް ބަލަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ރަށު ތެރެއަށް ލިބުނު ގެއްލުންތައް ބަލަމުން މި ދަނީ. [ގެއްލުންތައް] އިތުރުވާނެ ކަމަށް ބެލެވެނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
12 April 2018
ދުވަހަކުވެސް އަޑެއް ނައަހަން " އޮޅުވެލިފުށި " ނަމަކަށް ކިޔާ މީހުން އުޅޭ ރަށެއް ރާއްޖޭގައި އޮންނަ ވާހަކައެއް އަދި އެ ރަށު މީހަކާއިވެސް ދުވަހަކުވެސް ދިމާ ނުވޭ. މަމިހިރީ މަހަ ހައިރާންވެފައި.
ރާނީ
12 April 2018
ފޮނިޓައްޕު ހަސަން އޮޅުވެލިފުށި އެއީ އޮންނަ ރަށެއްކަން ނޭނގެންޏާ ރާއްޖޭގެ ޗާޓު ބަލައިލުމަށް އެދެން. އޮޅުވެލިފުށި މީހަކާ ދިމާވާން ޖެހޭތަ؟؟؟؟
ހެހެހެ
12 April 2018
މީ ޓޫ ... މަ ހީކުރީ އޮޅުވެލިފުށި މީ ރިސޯޓެއް ކަމަށް
ކަނަމަނަ
12 April 2018
ތިޔައީ ދިވެއްސެއް ކަމަށް ވަންޏާ އޮޅުވެލިފުށި ނޭނގުމަކީ ތިމާގެ ފެންވަރު އަންގައިދޭ ކަމެއް. ތިމާ އުފަންވެ އުޅެބޮޑުވި ރަށް އަނެއްކާ އެނގޭބާ؟
މާބޮޑަށް އެނގެނީ
12 April 2018
ޢޮޅުވެލިފުށި ކިޔާ ރިސޯޓެއް އޮންނަ ކަމެއް ނުދެނެހުރިން??