ރާއްޖޭގައި ކެންސަރަށް ފަރުވާދިނުމަށްޓަކައި އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ހުޅުމާލޭގައި ކްލިނިކެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
21 ޖުލައި 2016 - 14:12
ރާއްޖޭގައި އާއްމުވަމުންދާ ބަލި، ކެންސަރަށް ފަރުވާ ދޭން އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ހުޅުމާލޭ ހޮސްޕިޓަލުގައި ކްލިިނިކެއް ގާއިމު ކުރުމަށް އެމްއޯޔޫއެއް މިއަދު ސޮއިކޮށްފި އެވެ.
މަނިޕާލް ހޮސްޕިޓަލްސްއަކީ އިންޑިއާގެ ތިން ވަނައަށް އެންމެ ބޮޑު ސިއްހީ ނެޓުވޯކެވެ. އަދި އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލަކީ ކެންސަރަށް ފަރުވާ ކުރުމުގައި އެންމެ ވަރުގަދަ އެއް ހޮސްްޕިޓަލެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި "މަނިޕާލް ހޮސްޕިޓަލް ކެންސާ ސެންޓަރު"ގެ ނަމުގައި ތަނެއް ގާއިމު ކުރުމަށް މިއަދު އެ ހޮސްޕިޓަލާއެކު ސޮއިކުރެއްވީ އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު އާއި އާއި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވި އެ ރަސްމިއްޔާތުގައި މަނިޕާލް ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. އަޖޭ ބަކްޝީ އެވެ.
އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަނިޕާލު ހޮސްޕިޓަލްް: މިއީ ކެންސަރަށް ފަރުވާ ކުރުމުގައި ފާހަގަ ކޮށްލެވޭ ތަނެއް
ކެންސަރުގެ ހުރިހާ ފަރުވާއެއް ލިބޭގޮތަށް ގާއިމު ކުރާ ދިހަ އެނދުގެ މި ސެންޓަރު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވައި، ހިދުމަތް ދޭން ފަށާނެ ކަމަށް މަނިޕާލް ހޮސްޕިޓަލުން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބަކްޝީ ވިދާޅުވީ ހުޅުމާލޭގައި ކެންސަރު ސެންޓަރު ގާއިމު ކުރާނީ އެ ބައްޔަށް ފަރުވާ ކުރުމަށް ރާއްޖޭން ބޭރަށް ދާން ނުޖެހޭހާ ފެންވަރު މަތިކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، ކްލިނިކް ހުޅުވާއިރު ކީމޯ ތެރަޕީގެ ހިދުމަތް ދޭން ފެށި ނަމަވެސް ސާޖަރީ އާއި ރޭޑިއޭޝަންގެ ހިދުމަތް ފެށޭނީ ދުވަސްކޮޅެއް ފަހުން ކަމަށެވެ. އެކަމަކު އެ ހުރިހާ ހިދުމަތެއް ނިމުމުން، ކެންސަރަށް ފަރުވާ ހޯދަން ކޮންމެހެން އިންޑިއާއަށް ދާން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ބެންގަލޫރުގައި ހުންނަ އަޅުގަނޑުމެންގެ ހޮސްޕިޓަލަށް ދާ ދިވެހިން އޭރުން މަދުވާނެ. އެކަމަކު އަޅުގަނޑުމެން ބޭނުންވަނީ ވެސް އެގޮތް. އޭރުން އަޅުގަނޑުމެންނާ ހިސާބަށް އަންނާނީ އެންމެ ސީރިއަސް އަދި ކޮމްޕްލިކޭޓެޑް ކޭސްތައް،" ނިއުރޯސާޖަން ބަކްޝީ ވިދާޅުވި އެވެ.
މަނިޕާލް ހޮސްޕިޓަލުން ހުޅުމާލޭ ހޮސްޕިޓަލްގައި ކެންސާ ސެންޓަރެއް ހުޅުވުމަށް އެމްއޯޔޫއެއްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް(ކ) އާއި އާސަންދައިގެ އެމްޑީ މައުމޫން ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ކެންސަރަށް ފަރުވާ ކުރުމަކީ ދިގު އަދި އުނދަގޫދަތުރެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ރާއްޖޭން ބޭރުގައި އެ ފަދަ ފަރުވާއެއް ކުރުމަކީ ބަލި މީހާ އާއި އާއިލާއިން އުފުލަން ޖެހޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ.
ރާއްޖޭގައި ކެންސަރަށް ފަރުވާދިނުމަށްޓަކައި އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ހުޅުމާލޭގައި ކްލިނިކެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ސަރުކާރާއި މަަނިޕާލް ހޮސްޕިޓަލާ މެދު ކުރި މަޝްވަރާތަކުގެ ތެރޭން ފަށާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ފަރުވާ ދޭނީ މަނިޕާލް ހޮސްޕިޓަލުގެ ޑޮކްޓަރުންނެވެ. އެކަމަކު ދެވަނަ ފިޔަވަހީގެ ދަށުން ރާއްޖޭގެ ތިން ޑޮކްޓަރުންނާއި ހަ ނަރުހުން، ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލުގައި ތަމްރީނު ކުރާނެ ކަމަށް އެތަނުން ބުންޏެވެ.
ރާއްޖޭގައި ކެންސަރު ބަލި ޖެހިފައިވާ މީހުން ގިނަކަން ފާހަގަ ކުރައްވައި، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބުރާހިމް ވިދާޅުވީ ރާއްޖޭން ބޭރުގައި ފަރުވާ ކުރުމަށް ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ވެސް ކެންސަރަށް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭން ބޭރުގައި ކެންސަރަށް ފަރުވާ ކުރުމަށް އާސަންދައިން 60-70 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި، މި ފެންވަރުގެ ކެންސާ ސެންޓަރެއް ހުޅުވުމަކީ ސަރުކާރުން އެ ބައްޔަށް ފަރުވާ ކުރުމަށް ހޭދަ ކުރަން ޖެހޭ މިންވަރު ވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް ކަމަށެވެ.
އިންޑިއާގެ މެޑިޓްރިނާ ހޮސްޕިޓަލާ ގުޅިގެން އައިޖީއެމްއެޗުގައި މިދިޔަ މަހުގެ ތެރޭގައި ވަނީ ހިތުގެ ބަލީގެ ފަރުވާ ވެސް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ
22 July 2016
ގުޅިގެން ވެރިކަން ކުރެވޭނެ ގޮތެއްވެސް ހޯދަންޖެހޭ. އޭރުން ހަމަގައިމު ޑިމޮކްރަސީގެ ހަމައިން ރާއްޖޭގައި ވެސް ވެރިކަން ކުރާން މަޖުބޫރު ވާނެ. އަދި ލާމަރުކަޒީ އުސޫލާއި އެއްގޮތަށް ރާއްޖޭޣެ ސަރަހައްދުގައި ވެރިކަމުގެ ނިޒާމް ހިންގޭނެ. / މިނިވަންކަން ، އައްޑޫ ސިޓީ
އިބުރާހިމް
22 July 2016
މަނިޕާލްއަކީ ވަރަށް އަގު ބޮޑު ތަނެއް. ޢަހަރެން މިހާރުވެސް މިހުރީ އެތާ. 4 ދުވަަސް ނުވަނިސް އާސަންދަ ބިލަށް 5000 ޑޮލަރު އަރާ..މިތާ ބެންގަލޫރު މީހުންވެސް ބުނޭ ދާން ހެޔޮވާވަރުގެ ތަނެއް ނޫނޭ..އިންޑިޔާގެ އެހެން ސްޓޭޓް ތަކުގަހިދުމަތް މާ ރަނގަޅު އަދި މާ އަގު ހެޔޮ ތަންތަން ހުއްޓަ ސަރުކާރުން މަނިޕާލް ހިޔާރު ކުރީ ކީއްވެބާވައޭ ހިތަށް އަރާ.
ޟޫދާން އިބުރާ
22 July 2016
ޚެންސަރ ބައްޔަކީ ފަސޭހަނުވާނެ ބައްޔެއްކަަށްބަލައި ރާއްޖޭގައި ފަރުވާ ކުޑަކުރެވިފައިވާ ބައްޔެއް ސަރުކާރުން ޚާއސަކޮށް ހެލުތު ދާއިރާއިން މިބައްޔަށް ފަރުވާކުޑސކޮށްފަިވޭ މިވޭތުވެދިޔަ 3 އަހަރު އަމިއްލަބަޔަކު ޖަމުއިއްޔާއެއް ހަދައިގެން މަސައްކަތް ކުރަން ފެށީމާ ސަރުކާރުން މިބަލީގެ ވާހަަކަ ދައްކަންށީ ކެންސަރ ސޮސައިޓީގެ ފަރާތުން ރައްޔަުން ހޭލުންތެރިކުރުމަށް މިދިޔަ 2 ތިން އަހރު ގިނަގުނަ މަސައްކތްތަކެއްކުރި ކެންސަރ ތަޖިސްޓުރީ އެއް ސަރުކާތުގައި ނެތުމކީ މިބައްޔަށް އަޅާނުލެވޭ މިންވަު ދޭހަވާ ހެއްކެއް ޢާސަންދައިން މިބައްޔަށް ކުރާ ހޭދައަށްވުރެ ކުރާ އިސްރާފުބޯޑު
ހަސަން
22 July 2016
މިސަރުކާރު ސިހްހީދާއިރާ ކުރިއަރުވާކަން ފާހަގަކުރެވޭ.
އުނުގު
21 July 2016
މިދޭތެރއަކުން ބެންގަލޫރުގެ އެންމެ ނަންމަޝްހޫރު އެއް އޮންކޮލޮޖިސްޓާ ބައްދަލުވެ ދެކެވުނުވާހައެއްގަ އޭނަ ބުނީ އޭނަގެ ކައިރިއަށް ވަރަށްގިނަ ދިވެހިން ކެންސަރަށް ފަރުވާހޯދަން އަންނަކަމަށާ އެހާގިނަ މީހުން ރާއްޖެކަހަލަ ކުޑަކުޑަ ޤައުމަކުން ކެންސަރުޖެހިގެން އަންނަޖެހެނީ ކީއްވެބާއޭ ތިމަންނަ ހިތައްއަރައޭ. އެންވަރަމަންޓްކަމެއްބާއޭ ނުވަތަ މެޑިކަލްދާއިރާގަ ބޭނުންކުރާ ރޭޑިއޯއެކްޓިވް އިކުއިޕްމަނޓްތައް ގަވާއިދާ ޚިލާފަށް ބޭނުންކުރަނީތޯ. އަހަރެންބުނީ ރޭޑިއޯއެކްޓިވް މެޝިނަރީޒްއާ އިކުއިޕްމެންޓް ބޭނުންކުރުމަށް ޤާނޫނެއް ރާއްޖެއަކު ނޯވެއެވެ. ޤަވާޢިދެއްވެސް އޮންނަކަމެއް އިނގިފައެއްނެތެވެ. ދެން އެކްސްރޭ، ސީޓީ ރޫމް ފަދަތަންތަން ރެގިއުލޭޓްކުރޭތޯ އެހިއެވެ. އަހަރެންބުނީ ދެހޮސްޕިޓަލުގަމަސައްކަތްކުރާ ރައްޓެހިންކައިރި ތިކަހަލަ ސުވާލެއްކުރީމަ ތަންކޮޅެއްކުރިންބުނެފައޮތީ އެތަންތަން ރެގިއުލޭޓްކުރަނީ އެމީހުން އަމިއްލަށްކަމަށެވެ. ދެންއެހީ ކެންސާ މިހާއާއްމުވާސަބަބެއް ހޯދުމަށް އެއްވެސް ރިސާޗެއްހަދާފަވޭތޯއެވެ. އަހަރންބުނީ ދުވަހަކުވެސް އެފަދަކަމެއް ސަރުކާރުންވެސް ކުރިވާހަކައެއް އަޑެއްނާހަމެވެ. އޭނަބުނީ ރޭޑިއޭޝަން އުފެދެ ޒާތުގެ އިކުއިޕްމެންޓުތައްބޭނުންކުރާ ތަންތަން ރަގަޅަށް ސީލްނުކޮށް މެޝިންޖައްސާފިނަމަ މީހުންއެހާގިނައިން އެއްވެއުޚޭތަންތަނުގަ ރޭޑިއޭޝަނަށް އެކްޕޯސްވުން ވަރަށްގާތްކަމަށެވެ. މިއީ ޕްރައިމެރީ ސީސްކަމަށްނުވެދާނެކަމަށާއެކަމަށް ސާވޭއެއްކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމށް އޭނާ ބުންޏެވެ. މިއީ ކެންސަރަށް ފަރުވާދޭން ލިބޭވަރަކަށް އޭނައަށް ގިނަފައިސާލިބުނަސް އެކަން މަދުކޔރުމަށް އޭނަބޭނުންވާތީ ދެއްކިވާހައެއްކަމަށް އޭނާބުންޏެވެ. އެކަމަކު މިއީ މިގައުމުގެ އެއްވެސް ހެލްތު މިނިސްޓަރަކު، ރައީސަކު، މަޖިލިސް މެންބަރަކު،ސިއްލީ ދާއިރާގެ އޮފިޝަލަކު ވާހަކަދައްކާފައިވާ އޭންގަލްއެއްނޫނެވެ. ވިމާ މިއޭންގަލުން ރިޕޯޓެއް ތައްޔާރުކޮށްދިނުމަށް "މިހާރު" ގެ ޓިމުގެ ފަރާތުން ވަރަށްބޮޑަށް އެދެމެވެ.
ރާދަރ
21 July 2016
މަނީޕާލާ އާއި ގުޅިގެން ރާއްޖޭގައި ކެންސަރަށް ފަރުވާ ދޭ ސެންޓަރެއް ހުޅުމާލޭގައި ގާއިމް ކުރުން އެއީ ހެޕީ ނިއުސް އެވެ. މިފަދަ ކަންކަން ވެގެން މެނުވީ ރާއްޖެ އަށް ލިޓިލް ސިންގަޕޯރގެ ސައިލެންޓް ޑްރީމް ކާމިޔާބު ވެގެން ނުދާނެއެވެ. ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް އެ ތަނާއި ހަވާލުވި ކުންފުނިން ބުރަ ކޮށް މަސައްކަތް ކޮށް އެކަމުގެ ރަނގަޅު ނަތީޖާ ނެރެދޭން މަސައްކަތް ކުރާނެ ކަމާއި މެދު ކުޑަވެސް ޝައްކެއް ނެތެވެ. އުއްމީދު ކުރަނީ ހުޅުމާލޭގައި ވަރަށް އަވަހަށް ސްޕެޝަލިސްޓް ޑޮކްޓަރުން ވެސް ތިބޭނެ ކަމަށެވެ. ޔޫޫއާރ ދަ ރާދަރ ތިންގް އެން ރާދަރ ތިންގް ވިލް ނެވަރ ޑައި..
ހުމަމް
21 July 2016
މަތިމަހުގަ އިސްތަށިނުފަޅާ ޅަކުދިން ވަޒީރުންނަށް ލައިގެން ތިކަމެއް ނުވާނެ! ކިހާވަރެއް ޖީބަށްލާނެބާ؟
ބުރިޓޯ
22 July 2016
ތިޔަ ވިދާޅުވަނީ ހެލްތު މިނިސްޓަރަކީ ތުނބުޅި މަތިމަސް ނުފަޅާ ޅަކުއްޖެކޭތޯ ؟؟؟
ފަހަރި
21 July 2016
ރީދޫ ކުދިންނައް ވަރައް އަސަރު.ކޮއްފި. މުސާރަ ދީފަ.ކޮމެންޓް ކުރަން ތިބި ކުދިންކޯޅު ކޮބާ
ޚިޔާލް123
21 July 2016
ތިޔަހީކުރެވުނީ މުޅިން ގޯސްކޮށް، ގައުމަށް ރަގަނޅު ކަމެއް ކޮންމެ ޕާޓީއަކުން ކުރިއަސް އަހަރުމެން ބަލައިގަންނާނަމެވެ، މިހައިތަނަށްވެސް މިފަދަ ކަންކަން ބަަލައިގަތުމުގައި ފެއިލްވެފައި ވަނީ ރީދޫކުދިންނަށްވުރެ އަސުރުމާ ކުދިންނަށެވެ. ހަމަ މިފަދަ އެއްބަސްވުމެއް ރީދޫ ސަރުކާރުގައިވެސް އެޕޯލޯ ހޮސްޕިޓަލް އާއި އެކު ކުރިއެވެ. އެކަމަކު އެކަންވެސް ބަލައިގަންނަން އުދަގޫވީ ތިޔަކުދިންނަށެވެ. އަހަރުމެންގެ ސަޕޯޓް ލިބޭނީ ޔާމީނަކަށް ކާސިމަަކަށްނޫނެވެ.
އޮއިޓޭ
21 July 2016
އަހަރެން ގެ ކުލައަކީ ރީދޫ. އަހަރެން ވެސް ޔާމީން އަށް ސަޕޯރޓްކުރަން ހެލްތް ދާއިރާއަށް ގެންނަ ތަރައްގީ ފެނިފާ. އެކަމަކު އެމްޕީއާރުސީން ގެއްލުނު ފައިސާއާ ޒިއްމާވާންޖެހޭ ރައީސްމީހާ.
ރާޖާ
21 July 2016
2018 ޔަގީން