އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ކަނޑުމަތީގައި ހަރަކާތްތެރިވަނީ: ޖަޕާނުން ސައުތު އެފްރިކާއަށް ދަތުރުކުރި ބޯޓެއްގައި އޮތް ބަލި މީހަކު ކޯސްޓްގާޑުން ފޭދުއަށް ގެންގޮސްދީފައި.
22 އެޕްރީލް 2018 - 22:57
ޖަޕާނުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރި ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް ފަރުވާދޭން އެމްއެންޑީއެފް ކޯސްޓްގާޑުން ސ. ފޭދުއަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ ޖަޕާނުގެ ނަގޯޔާ ބަނދަރުން ފުރައިގެން ސައުތު އެފްރިކާގެ ޕޯޓް ކެލަންގަށް ދަތުރުކުރި ޖަރުމަނުގެ ބޯޓެއްގައި އޮތް ބަލި މީހާ ގެންދިޔައީ ޑޮކްޓަރުންގެ ޓީމަކާއެކު ކޯސްޓްގާޑުން ގޮސް ކަމަށެވެ. ހާލު ބޮޑުވެގެން ގެންދިޔަ މީހަކީ ޔުކްރެއިންގެ 41 އަހަރުގެ މީހެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އައްޑުއާ 12 މޭލު ބޭރުގައި އޮތް ބޯޓުން އެ މީހާ ގެނައުމަށް ފުރީ ހަވީރު 5:00 ހާއިރު ކަމަށެވެ. އަދި އެ މީހާ ފޭދޫއަށް ގެންދިޔައީ މިރޭ 7:00 ހާއިރު ކަމަށް ވެސް ކޯސްޓްގާޑުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯލް
23 April 2018
ކޮބާހޭ އައްޑޫ އާ ހޮސްޕިޓަލް؟؟...ވޯޓް މިއޮތް އަތަށްގޮވަނީ......
މުރަނގަ ގަސްދޮށު މާލިމީ
23 April 2018
ޕޯޓު ކްލޭންގް އެއީ މެލޭޝިއާ ބަނދަރެއްނު.
މީދޫ ހަސަން
23 April 2018
އެމް.އެން.ޑީ އެފް އިން ނުދޭނެ ތެދުމައުލޫމާތެއް. ހަންޏާމީދޫ ނެރުމައްޗައް ދޯންޏެއް އެރިވާހަކަ އެއީ ފުރިހަމަ މިސާލެއް<
ރަދީފް
23 April 2018
''ޖަޕާނުގެ ނަގޯޔާ ބަނދަރުން ފުރައިގެން ސައުތު އެފްރިކާގެ ޕޯޓް ކެލަންގަށް ދަތުރުކުރި ޖަރުމަނުގެ ބޯޓެއްގައި''. މިމައުލޫމާތު ރަނގަޅު ތޯ؟؟ !!!
މައްނޫ ދީދީ
22 April 2018
ފޭދޫ ސިއްހީމަރުކަޒުގަ ނުހުންނާނެ ބޯޓުގެ ފަސްޓްއެއިޑް ކިޓުގައި ހުރި ވަސީލަތްވެސް ދެން އެތަނަށް ގެންގޮސްގެން ކީއްތަކުރަނީ؟