ދަރުބާރުގޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން އާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
25 އެޕްރީލް 2018 - 10:38
ދައުލަތް އެކުލެވިގެން ވަނީ ތިން ބާރުގެ މައްޗަށް ނަމަވެސް އެ ތިން ބާރު ހިމެނޭ ގޮތުން މުޅި ދައުލަތުގެ ވެރިޔަކު ހުންނަ ކަމަށް ވާނަމަ، އެހެން ބާރުތަކަށް ނުލިބޭ ބާރާއި އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، އެ މީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނު ބާތިލް ކަމަށް ކަނޑައެޅެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. ގާނޫނު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިދިކޮޅު މެމްބަރުންތަކެކެވެ.
ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމް ކުރުމާއި ސަރުކާރުގެ ބާރުތައް ވަކި ކޮށްދީފައިވާ ކަން ފާހަގަ ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ދައުލަތުގެ އެންމެ މަތީ މަސްއޫލިއްޔަތުތައް ރައްޔިތުން ހަވާލުކޮށްފައިވަނީ އެ ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކާ ކަމަށެވެ. ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިސްތިގްލާލާއި ސިޔާދަތު ހިމާޔަތް ކޮށްދިނުމަށް މަސައްކަތް ކުރެއްވުމުގެ ޒިންމާ ވެސް މަތިކޮށްފައި ވަނީ ވެރިއަކަށް ހުންނަވާ ބޭފުޅަކާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
Qaanoonee Dhawlatheh,Qaanoonuge beyrun huttumakah gena’umuge furusoth Dhawlathuge vaki baarakah nuvatha muvassasaa akah ovegen nuvaane.efadha masahkatheh vaki baarakun nuvatha muassasaa akun kuraanama ekan huttuvumuge baaru mulhi Dhawlathuge enme isveri’akah onnanvaane.
— Abdul Raheem Abdulla (@Banafsaa) April 24, 2018
އަބްދުއްރަހީމްގެ ޓުވީޓެއް.
ޕީޕީއެމުން ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން އާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވަނީ --. ފޮޓޯ: ނިޝާން އަލީ/ މިހާރު
އެހެންކަމުން، އޭނާ ވިދާޅުވީ ގާނޫނީ ދައުލަތެއް، ގާނޫނުގެ ބާރުން ހުއްޓުމަކަށް ގެނައުމުގެ ފުރުސަތެއް ދައުލަތުގެ ވަކި ބާރަކަށް ނުވަތަ މުއައްސަސާއަކަށް އޮވެގެން ނުވާނެ ކަމަށެވެ.
"އެފަދަ މަސައްކަތެއް ވަކި ބާރަކުން ނުވަތަ މުއައްސަސާއަކުން ކުރާ ނަމަ އެކަން ހުއްޓުވުމުގެ ބާރު މުޅި ދައުލަތުގެ އެންމެ އިސް ވެރިއަކަށް އޮންނަންވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ދައުލަތުގެ އެންމެ ބާރުވެރި ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަބްދުއްރަހީމް މި ވިދާޅުވީ، ސިޔާސީ ލީޑަރުން ދޫކޮށްލަން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ސަރުކާރުން ތަންފީޒު ނުކުރި މައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ. ގާނޫނުއަސާސީން ވަކިކޮށްދީފައިވާ ތިން ބާރުގެ މައްޗަށް ރައީސް ޔާމީން ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި މިއީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާހީ
25 April 2018
އިސްލާމްދީނުގައި މަޖްލީހަށްވުރެވެސް ރައީސަށްވުރެވެސް ބާރުގަދައީ ޢަދުލުއިންސާފުގެ
އަލިކޮއި
25 April 2018
ތިޔަހެންނަމަ ނޯތީސްކަަންނޭންގޭ ރައީސުލޖުމްހޫރިއްޔާވަކިކުރުމުގެބާރެއް އުއްތަމަފަނޑިޔާރައް ޤާނޫނުއަސާސީން ދީފަ ވަރައްކުރުކޮއްމިބުނީ ދެންޤާނޫނުއަސާސީބައްލަވާ
ޢަލިދީދީއައްޑޫސިޓީ
25 April 2018
ޤާނޫނު އަސާސީ އެއްކޮޅުން އަނެއްކޮޅަށް ކިޔާލި އިރުވެސް ތިޔަބުނާ ބާރެއް ރައީސް މީހާއަށް ދެވިފައިވާ ކަމަށް ލިޔެފަ އޮތް މާއްދާއެއް ނުފެނުނު. އެކަމަކު، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ވެސް އަދި ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައޭ އެބައޮވޭ 4 ވަނަ މާއްދާގައި ލިޔެފަ. އެހެންކަމުން ރައީސް މީހާޔާ ރައްޔިތުމީހާޔާ އޮޅުވާނުލެއްވުން އެދެން.
ޓިނު
25 April 2018
ދެން ބާރުގަދައީ އަދުރޭ.
ހުތާ
25 April 2018
ޖާހިލުން ދައްކާކަހަލަ ވާހަކަ ތިޔަ ދައްކަނީ.
އިހޫ
25 April 2018
އަދުރޭ،،، ކިތަންމެ އުމުރުން ދުވަސް ވިޔަސް ކިޔަވައިގެން ތަންދޮރުފިލައިގެން ހުރުމަކީ ހަޑި ކަމަކަށް ނުދެކި ކުޑަކޮށް ކިޔަވާލަބަލަ.
ތުނިޔަ
25 April 2018
އަސްލު ރައީސަށްވުރެ ބާރުގަދައީ އަދުރޭ!
ރުޅި
25 April 2018
އަދުރޭ ބުނާހާގޮތެއްނޫންދޯ ވާންޖެހޭނީ. ވާންޖެހޭނީ ޤާނޫނުގައިވާގޮތް. ދެން އަދުރޭއާއި ޕީއޭގެ ރައީސް 17 ވަނަ މަޖިލީހުގައި ތިއްބަވައިގެން އޭރު ތިއްބެވި ރައީސުން ކުޑަކޮށް ފުޅިއަކަށް ލައިގެން ގެންގުޅުނު އިރު ތިޔަކަމެއް ހަދާނެއްނެތްތާދޯ؟ ކަލޭމެން ތިޔަ ތަރުޖަމާކުރަނީ ކަލޭމެންނަށް މޮޅުވާގޮތް އެއީ ޤާނޫނުކަމަށް.
ފަނާ
25 April 2018
ސާބަހޭ....މިއޮތީ ވާ ގައުމެއް
ލައިސާޓް
25 April 2018
އަދުރޭ ތިދައްކާވާހަ ދެކޮޅުނުޖެހޭ. އޮޅުވާލެވޭނީ އަދުރޭމެންކަހަލަ މީހުންނަށް. މިހާރުހިތައް އަރާކޮއްމެކަމެއް ގޫގްލްކޮއްލީމާ އެއޮޅުންފިލަނީ.