ޕެރަޑައިސްގައި ރޯދަ ވީއްލުން ބާއްވާ ލެގޫން ރެސްޓޯރަންޓް، މިފަހަރު ވަނީ އާ ޑިޝްތައް ތައާރަފް ކޮށްފައި.
17 މެއި 2018 - 17:23
ރޯދަ ވީއްލަން ރިސޯޓުތަކަށް ދިއުމަކީ ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި މަގުބޫލު ވަމުން އަންނަ، ތަފާތު ކަމެކެވެ. މާލެ ކައިރި ރިސޯޓުތަކުން މި ވަނީ އާންމުންގެ ތަރުހީބު ބޮޑުވުމުން، ޚާއްސަ ރޯދަ ވީއްލުންތައް ބާއްވަން ފަށައިފަ އެވެ.
ދައްކަން މިއުޅެނީ މިކަން އެންމެ ފުރަތަމަ ފެށި ރިސޯޓުތަކުގެ ތެރެއިން އެއް ތަނުގެ ވާހަކަ އެވެ؛ ޕެރަޑައިސް އައިލެންޑު ރިސޯޓުގެ ވާހަކަ އެވެ. ޕެރަޑައިސްގެ ވާހަކަ ދައްކަން ޖެހެނީ އެތަނުގެ ރޯދަ ވީއްލުން ހުރިހާ ގޮތަކުން ވެސް ތަފާތުވީމަ އެވެ.
ޕެރަޑައިސްގައި ރޯދަ ވީއްލުން ބާއްވާތާ މިއީ ހަތަރު ވަނަ އަހަރެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ދުވާލަކު 60-70 އާ ދެމެދުގެ އަދަދަކަށް އެ ރިސޯޓަށް ރޯދަވީއްލަން މީހުން ދިޔަ އެވެ. އަދި އެ އަދަދު ކޮންމެ އަހަރަކު ވެސް އަންނަނީ އިތުރުވަމުންނެވެ.
ޕެރަޑައިސްގައި ރޯދަ ވީއްލުން ބާއްވާ ލެގޫން ރެސްޓޯރަންޓް.
ޕެރެޑައިސްގެ އެންމެ ހިތްގައިމު އެއް ރެސްޓޯރަންޓް "ލެގޫން" ގައި ބުފޭ ސްޓައިލަށް ބާއްވާ ރޯދަ ވީއްލުމުގައި މި އަހަރަށް، ތަފާތު އާ ޑިޝްތައް ވަނީ އިތުރުކޮށްފަ އެވެ. މި މެނޫގައި އެންމެ ކުރީގައި އުޅެނީ ދިވެހި ރަހަތައް ކަމުގައި ވިޔަސް ވެސްޓަން، އިންޑިއަން އަދި އީސްޓަން ޑިޝްތައް ވެސް މަދެއް ނޫނެވެ.
"ޕެރެޑައިސްގެ ވޯޓާ ވިލާގެ ހިތްގައިމު މާހައުލުގައި އާއިލާ އާއި ރައްޓެހިންނާ އެކު ރޯދަ ވީއްލުމަކީ އެ ބަޔަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ. އަޅުގަނޑަށް ހިއެއް ނުވޭ އެހެން ރިސޯޓުތަކެއްގައި މިފަދަ ހިތްގައިމު މާހައުލެއްގައި މި ފުރުސަތު ދިވެހިންނަށް ލިބޭނެހެން. އެހާ ވެސް ހިތްގައިމު، ރީތި މާހައުލެއް މިއީ،" ޕެރެޑައިސްގެ މެނޭޖަރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޯދަ ވީއްލުމަށް ޚާއްސަ ބުފޭ ވެސް ތައްޔާރު ކޮށްފައި ވާނީ ދިވެހި ރަހަތަކަށް ވަރަށް ބޮޑު އިސްކަމެއް ދީގެންނެވެ
ރޯދަ ވީއްލުމަކަށް، ބޮލަކަށް 55 ޑޮލަރު ނަގާއިރު، 10 މީހުންނަށް ވުރެ ގިނަ ގުރޫޕްތަކުން ބުކިން ހައްދާއިރު ޑިސްކައުންޓް ވެސް ލިބޭނެ އެވެ. އަވަހަށް އެ ރިސޯޓަށް ގުޅައި، ރިޒަވޭޝަން ހައްދާށެވެ.
ރޯދަ ވީއްލުމަށް ރިސޯޓަށް ދާން ފުރާނީ އެއް ނަންބަރު ފާލަމުން، ހަވީރު ފަހެއް ޖަހާއިރު އެވެ. ރޯދަ ވީއްލައިގެން އެނބުރި މާލެ އަންނަން ނައްޓާލާނީ ހަތެއް ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy