ޚަބަރު / ކުނި

ރޯދަމަހު އުފެދޭ ކުނި ގިނަވެ 140 ޓަނަށް

ވެމްކޯގެ ޕިކަޕަކަށް ކުނި ބަރުކުރަނީ: މިހާރު ދުވާލަކު 120-140 ޓަނުގެ ކުނި އުކާލަން ޖެހޭ - މިހާރު ފޮޓޯ

ރޯދަ މަހާ އެކު އުފެދޭ ކުނި ގިނަވެ، ކުރިއަށް ވުރެ ގާތްގަނޑަކަށް 50 ޓަނު އިތުރުވެއްޖެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބުނެފި އެވެ.

ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާންމު މަސް މަހު މާލެ އިން އުކާލަނީ ދުވާލަކު 70 އާއި 75 ޓަނުގެ ކުނި ކަމަށެވެ. ނަމަވެސް ރޯދަ މަސް ފެށުނު ފަހުން ދުވާލަކު އުކާލާ ކުނީގެ މިންވަރު 120 ޓަނާއި 140 ޓަނާ ދެމެދުގެ މިންވަރަށް އިތުރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އުކާލާ ކުނީގެ ތެރޭގައި ގިނައީ ކުނިވާ ޒާތުގެ އެއްޗެހީގެ އިތުރުން ލަކުޑި އާއި އިމާރާތް ތަޅާލައިގެން އުފެދޭ ގާކުނޑި ވެސް ހިމެނެ އެވެ.

"ކުރިން ދެ ކޮތަޅު ކުނި އާންމުކޮށް ބައެއް ގޭގެއިން އުކާލާއިރު މިހާރު ހަތަރު ކޮތަރު، ހަ ކޮތަޅުގެ ކުނި ގެއަކުން އުކާލަން ދޭ،" އޮފިޝަލް ވިދާޅުވި އެވެ.

މިއީ މާލޭ ސަރަހައްދުން ކުނި އުކާލުމުގެ ޒިންމާއާ ވެމްކޯ އިން ހަވާލުވި ފަހުން އައި ފުރަތަމަ ރޯދަ މަހެވެ. އަދި ރޯދަ މަހުގެ ފުރަތަމަ ދުވަހު ގިނަ ތަންތަނުން ކުނި އުކާނުލެވި، މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ކުނި ޖަމާކުރި އެވެ.

ކުނި އުކާލުމުގައި އަދިވެސް މައްސަލަތައް ދިމާވެ އެވެ. އެހެންވެ ވެމްކޯއިން މިހާރު ވަނީ ރޯދަމަހު ކުނި ނަގަން ފުރަތަމަ ކަނޑައެޅި ގަޑި ވެސް އިތުރުކޮށްފަ އެވެ.

Kuni ukaa nulevi Malege baeh sarahaddhu gondu vejje

Kuni ukaa nulevi Malege baeh sarahaddhu gondu vejje

The most trusted news source in the Maldives

Mihaaru

ވެމްކޯއިން ކުނި ބަލައި ނައުމުން މަގުތައް ގޮނޑަކަށްވުން--

ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު ގަވައިދުން ކުނި ބަލައި ދާ ކަމަށެވެ.

7 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 17%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހި ބަސް މޭން

21 May 2018

އެއްޗެގެ ޒާތުގައި އުފެދޭނީ... މީހުން އުފައްދާނީ. ދެން އޮތްކަމަކީ، މިއީ ކުނި ގިނަވާވަހަކަ ދައްކާއިރު ބޭނުން ކުރެވޭނެ ބަހެއްް ނޫން. ރަގަޅު ގޮަތަކީ "ރޯދަމަހު ކުނިގިނަވެ ދުވާލަކަށް 140 ޓަނު"

The name is already taken The name is available. Register?

އާދަނު

21 May 2018

ފޮނުވާ މީހުން 2 ވަނަ ފްލޯރއަށް ވުރެ މައްޗަކަށް ނާރާ. މަކަރު ހަދަނީ. އެކަން ބަލަނީ ކާކު، ގޭގަ ކުނިގިނަވެގެންނެއްނޫން. ވެމކޯ އިން ބަލާ ބަލަ .

The name is already taken The name is available. Register?

އައްޓަމަސް

20 May 2018

ތީގެންވެސް އެނގެނީ ދިވެހިން އިސްރާފުކުރުމުގައިވެސް "ޗެމްޕިއަން"ކަން ހޯދައިފިކަން

The name is already taken The name is available. Register?

ހަތްގަޑިތިރީސް

20 May 2018

މި ރަމަޟާންމަހު ގޭގޭގެ ކުނި ވެމްކޯއިން އުކައިނނުލާތީބ މަގުތަކުގަ ކުނި ގިނަވެ ސާފުތާހިރުކަން ގެއްލިފަ

The name is already taken The name is available. Register?

އައްޓަމަސް

21 May 2018

ހަތްގަޑިތިރީސްމެންކަހަލަމީހުން ވެމްކޯގަ ރަޖިސްޓްރީނުވެ ކުނިތައް މަގަށްނެރެނީ، ކުނިބަހައްޓަން ޖެހޭނީ ގޭގައޭ ވެމްކޯމީހުން ބަލާދަންދެން، ކޮބާފަރުދީ ޒިންމާ މަގަށްކުނި އުކީމަ ބަލިވަނީ ސަރުކާރުގެ ވެރިންތަ؟ ނޫނީ އަހަރެމެންތަ؟

The name is already taken The name is available. Register?

Mohamed

20 May 2018

އުފެދޭ ކުންޏެއް ނޫން. ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި.

The name is already taken The name is available. Register?

މަނަދޫ ގާދިރު

20 May 2018

ދިވެހިންނަކީ ވަރައްކާތަކެތި އިސްރާފު ކުރާބައެއް. މިކަން ހުރިހާމީހުންނާ އާއިލާތަކުން ކާތަކެތި އިސްރާފު ކުޑަކުރަން މަސައްކަތް ކުރަން ޖެހެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454