އައިޖީއެމްއެޗަށް ދިޔަ ބައެއް މީހުން މާސްކް އަޅައިގެން: މިހާރު ރާއްޖޭގައި ފެތުރެމުން އަންނަ ހުމާ ގުޅިގެން ވެކްސިން ޖެހުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭ އިން ބުނޭ.
29 މެއި 2018 - 19:55
ރާއްޖޭގައި ފެތުރެމުންދާ ހުމުގެރޯގާގައި އިންފުލުއެންޒާ އޭ އަށް ޕޮޒިޓިވްވާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ، އިންފުލުއެންޒާ ވެކްސިން ޖަހަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އިލްތިމާސްކޮށްފި އެވެ.
މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި އިންފުލުއެންޒާ ވެކްސިން ޖަހައިދޭ ގަޑިތައް އާއްމުކޮށް، އެޗްޕީއޭ އިން ބުނީ އިންފުލުއެންޒާ އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން މުހިއްމު ކަމަށެވެ. ވަކިން ހާއްސަކޮށް، އިންފުލުއެންޒާ ޖެހިގެން ނުރައްކާވެދާނެ މީހުން ވެކްސިން ޖެހުމަށް އިސްކަންދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.
އިންފްލުއެންޒާ ޖެހުމުން، ކުޑަކުދިންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ނުރައްކާ ބޮޑެވެ.
އައިޖީއެމްއެޗުގެ އިތުރުން ދަމަނަވެއްޓާއި އޭޑީކޭ އާއި ސެނަހިޔާ އާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުން ވެސް ވެކްސިން ޖަހައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި އައިޖީއެމްއެޗާއި އޭޑީކޭ އިން ވެކްސިން ޖަހާނީ އެ ހޮސްޕިޓަލްތަކުން ކަނޑައަޅާފައިވާ ގަޑިތަކުގަ އެވެ. ދަމަނަވެށީގައި ހެނދުނު 10:15 އިން މެންދުރު 1:30 އަށް ވެކްސިން ޖަހައިދޭއިރު، ރޭގަނޑު 9:00-10:00 އަށް ވެކްސިން ޖަހައިދެނީ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އެކަންޏެވެ.
ސެނަހިޔާގައި، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 10:00- 14:00 އަށް އަދި ރޭގަނޑު 20:00-00:00 އަށް ވެކްސިން ޖަހައިދޭނެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖަހައިދެނީ، އާދީއްތަ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 12:00- 13:30 އަށެވެ.
ފްލޫއިން ރައްކާތެރިވާނެ ގޮތްތައް
އެޗްޕީއޭ އިން އިއްޔެ އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ފެތުރެމުންދާ ހުމުގެރޯގާ އާ ގުޅިގެން ޓެސްޓް ކުރި މީހުންގެ ތެރެއިން 69 ޕަސެންޓް މީހުން އިންފްލުއެންޒާ "އޭ" އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. ހުމާ ގުޅިގެން މިދިޔަ ހަފުތާގައި އެކަނިވެސް 6000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
- އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި ކިނބިހި އަޅާއިރު ރުމާ/ޓިޝޫ އިން އަނގަމަތި ނިވާކުރުން.
- އާއްމު ސާފުތާހިރު ކަމަށް އިސްކަން ދިނުން.
- ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން.
- ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ވީހާ ވެސް ގިނައިން ދިޔާތަކެތި ބޭނުން ކުރުން.
- ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން.
- މަދިރިން ރައްކާތެރިވުން.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިދީދީއައްޑޫސިޓީ
31 May 2018
ވެކްސިން ޖަހައި ދެނީ 125.00ރ. (ސަތޭކަ ފަންސަވީސްރުފިޔާ) އަށް. އެވާހަކަ ޚަބަރުގައި ލިއުއްވިނަމަ ރަނގަޅު. އޭރުން ރައްޔިތުންނަށް ސާފުވާނެ ނޫންތޯ ހޯދާ ކޮންމެ ޚިދުމަތަކަށް އަދި ގަންނަ ތަކެއްޗަށް %6 ޖީއެސްޓީ ދައްކާފަ މިފަދަ ނުރައްކާތެރި ބައްޔަކުން ދިފާޢުވުމަށް ވެސް ރައްޔިތުން އަތުން ފައިސާ ނަގާކަން. ޓެކްސް ދެއްކީމަ އެފައިސާއިން ރަށް ރަށުގެ މީހުނަށް ދެން ހުރީ ކޮން ފައިދާ އެއް. އާދެ. މާލޭގަ އެބަކުރޭ ކަންތައް. އެވެސް އަހަރުމެންގެ ފައިސާއިން.
ވާރު
30 May 2018
މިއީ ކިހާ ދެރަކަމެއްތޯއެވެ. ރައްޔިތުންގެ ސަލާމަތާ ރައްކައުތެރިކަމަށް ފިޔަވަޅު އެޅުމުގެ ބަދަލްގަ އެމީހެއްގެ ސަލާމަތް އެމީހަކު ހޯދަން ގޮވާގޮތަށް ވެކްސިން ޖަހަން އިލްތިމާސް ކުރަނީ ސަރުކާރުން ކުރަން ޖެހޭ ކަންކަން ހުރިހުރިގޮތަށް ބަހައްޓާއިގެނެވެ ރަށްރަށުގަ ކާނުތައް ސާފު ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން މަދިރިގިނަވެ މަދިރިއާލާވީ އެވެ. ގަވާއިދުން މަދިރިއަށް ބޭހެއް ނުޖަހައެވެ. ވެކްސިން ޖަހަން ތިގޮވާލީ އެވެސް އާސަންދައިން ދޭނެ ކަމަށްވެސް ނުބުނެއެވެ. ރައްޔިތުން އެމީހުން އަދާކުރަން ޖެހޭ ޓެކްސްތައް ބަރާބަރަށް ދައްކަމުން ގެންދެއެވެ.
އަޙްމަދު ޒަކީ
30 May 2018
ނޭގޭތީވެ އަހާލަނީއެވެ. ރޯދަމަހު ރޯދައަށް ހުރެ، ވެކްސިން ޖާހާފިނަމަ ރޯދަ ގެއްލިދާނެތަ؟ އެހެންކަމުގައި ވަނީނަމަ، ރޭގަނޑު ވެކްސިން ޖަހާ ވަގުތު އިތުރު ކުރަންޖެހޭ، އަދި ވީހާވެސް ގިނަބަޔަކަށް ވެކްސިން ޖެހުމަށްޓަކައި، "އެއްލަކިން ވެކްސިން މަށަށް" ޕްރޮގްރާމެއް ކުރިއަށް ގެންދަން ފެނޭ.
ޙހހހ
30 May 2018
ނުގެއްލޭނެ
ލަކުޑި ހަމީދު
30 May 2018
ވާނެ ހައެތި ވީމަތަ؟
ޤަރީބު
30 May 2018
ދެ ކޮނޑުހުޅުން ވާގި ދަންދެން އަތް ޖަހަން ވީ!
އާދަނު
30 May 2018
މާސްކް އެޅުމަކީ މަނާކަމެއްނޫންތަ..؟ މާސްކް ބަހައިގެންވެސް ކުއްވެރިވޭ.
އިޙްސަ
30 May 2018
ވެކްސިން ގަންނަން ލިބެނީ ކޮންތާކުންތަ؟ 28 ގަ އޭޑީކޭ އަށް ދިޔައީމަ ބުނި ނެތޭ..
ތުނިޔަ
30 May 2018
ދަަމަނަ ވެށީގަ އަދި ސެނެހިޔާގަ ހުރޭ...އެތަންތަނުން ވެކްސިނަށް ފައިސާ ދެއްކީމަ ޖަހައިދޭ!
ތުނިޔަ
30 May 2018
މިއީ ނިސްބަތުން އަގުބޮޑު ވެކްސިނެއް! ކީތްވެތޯ މިހާލަތުގަ އާސަންދަ މެދުވެރިކޮށް ރައްޔިތުންނަށް ވެކްސިން ނުދޭންވީ؟ އެއްލަކިން ލައިސަންސް ދީގެން ވާނުރައްކަލަށްވުރެ، ވެކްސިންދީގެން ރައްކާތެރިކަން ކަށަވަރު ކުރުން މުހިއްމު ނޫންތޯ؟
ބަރުބާަދު
30 May 2018
ގައުމައް ދިމާވާ މިފަދަ ބަލިމަޑުކަމެއްގައިވެސް %6 ޓެކްސް އެއީ ކޮންމެ 10000 އަކުން 600 ރުފިޔާ ދައްކައިގެން ދިރިއުޅޭ ރައިއްޔަތުންވެސް ޖެހޭނީ ވެކްސިން ގަންނަންތޯ؟.
ދާލު
29 May 2018
ވެމްކޯ މީހުނަށް ކުނި ގަވައިދުން ނުއުކޭ. މާލޭ ގޮނޑަކަށް ވެއްޖެ.