ޓޫރިޒަމަށް ދޫކޮށްފައިވާ އެނބޫދޫ ފިނޮޅު: މާލެ އަތޮޅުން އިތުރު ފަސް ފަޅެއް ދޫކުރަން ވަނީ ނިންމާފައި.
24 ޖޫން 2018 - 16:15
މާލެ އަތޮޅުން އިތުރު ފަސް ފަޅެއް ޓޫރިޒަމަށް ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ކ. މާފުށީގައި މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ އަތޮޅުގެ ތިން ރަށަށް މިއަދު ކުރައްވާ ދަތުރުފުޅުގައި މާފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަމުގެ ދެ ވަނަ ދައުރެއް އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގެންފި ނަމަ، މާލެ އަތޮޅުން ފަސް ފަޅެއް ދޫކުރާނެ ކަމަށެވެ. ޓޫރިޒަމްގެ ގޮތުގައި، މި އަހަރުގެ ފަހުކޮޅު އެ ފަޅުތައް ދޫކުރުމާއެކު އަނެއްކާ ވެސް ވަޒީފާގެ ގިނަ ފުރުސަތުތަކެއް އެ ސަރަހައްދަށް ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މާލެ އަތޮޅުން އިތުރު ފަޅެއް ދޫކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ކ. އެނބޫދޫ ފިނޮޅު 50 އަހަރަށް ކުއްޔަށް ދީގެން، ނުވަ ރިސޯޓު ހިމެނޭ ގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ބޯދާ ގޮތަކަށް ބަޔަކު ގަބޫލުކޮށްގެން ތިއްބަސް، ރާއްޖޭގައި ބިމުގެ މުއްސަނދިކަން ހޯދޭނެ އެވެ.
މާފުށީގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، އެ ރަށަށް ގިނަ ކަންކަން ކޮށްދެއްވަން ރައީސް ވައުދުވެވަޑައިގެންނެވި.
"ކުރިއަށް ދާން އަޒުމާއި ރޫހާ އެކު މަސައްކަތް ކުރަންޏާ ހަމަ ގަބޫލުކުރަން ޖެހޭ ކަމަކީ، މި ރައީސް ގަބޫލުކުރަނީ ނުވާނެ އެއް ކަމެއް ވެސް ނޯންނާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑާ އެކު މަސައްކަތް ކުރަން ތިބި ފަޅުވެރިން ވެސް ވިސްނަން ޖެހޭނީ، ކައްޕި އެގޮތަށް ވިސްނާ ކަމަށް ވަންޏާ، ތިމަންނަމެންނަށް ގިރާނުކުރެވޭނެ ވަރުގަދަ ކަނޑުއޮޅިއެއް ނޯންނާނެ ކަން."
މާފުށީ ރައްޔިތުންގެ ވިސްނުން ގެންގުޅެން ޖެހެނީ އެ ގޮތަށް ކަމަށާއި ކުރިއެރުމާއި ތަރައްގީ އޮތީ އެ ވިސްނުމާ އެކުގައި ކަމަށް ވިދާޅުވި އެވެ.
މާފުށީގައި ކުޑަކުދިންގެ އިސްލާހިއްޔާ ހިންގަމުން އައީ ބޮޑު ބިމެއްގައި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ބިމުން ވެސް ރައްޔިތުންނަށް ފައިދާވާން ޖެހޭ ކަމަށެވެ. އެހެންވެ ރައްޔިތުންނަށް އެ ބިން ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އެފަދަ ކަންކަމުން، މާފުއްޓަށް އިތުރު ތަރައްގީ ގެންނަން ސަރުކާރުން ބޭނުންވާ ކަމަށާއި އެމަނިކުފާނު ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، މާފުށީގެ ބިން ބޮޑުކޮށްދެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވި އެވެ. މިކަންކަމާ މެދު ވިސްނައި ރިޔާސީ އިންތިހާބުގައި ތަރައްގީ ހޯދައިދެވޭނެ ވެރިއަކަށް ވޯޓު ދެއްވަން ރައީސް އެދިވަޑައިގަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ!
25 June 2018
ވިއްކާ ކޮންމެފަޅަކުން ތިމީހުންގެ ޖީބަށްވަންނައެތިވަރަށްބޮޑު
އުމަރުބެ
25 June 2018
ގުދުރަތީ ތަރައްޤީއެކޭ ނުކިޔާނެ، ގުދުރަތީ ވަސީލަތް ބޭނުންކޮށްގެން ގެންނަ ތަރައްޤީ، މިސާލަކަށް ކަނޑު ބޭނުންކޮށްގެން ހޯދާ އާމްދަނީ އެކަމަކު ގުދުރަތީގޮތުން އެތަކެއް ސަތޭކަ ފަޅުރަށް އޮތްވައި އެފަޅުރަށާއި ޖެހިގެން އޮތް ގުދުރަތީ ފަޅު ހިއްކާލުމުން އެއީ ގުދުރަތީގޮތުން ލިބިފައިއޮތް އެއްޗެއް ހަލާކުކޮށްލަނީ، މިސާލަކަށް ހދ، ހއ. ގދ. ގއ. އަދިވެސް އެހެން އަތޮޅުތަކުގައި ރަށްތަށް ހުއްޓައި، އެތަންތަން ކާރީގައި އެއާޕޯޓް އެޅުމަށްފަހުގައިވެސް ބޭރުގެ ބަޔަކު ބޭނުންވީމަ މާލެ ސަރަހައްދުގެ ފަޅުތަށް ދޫކުރުން، އެއީ ތަރައްޤީއެއްނޫން، އެއަށްކިޔަނީ ވަގުތީ ފައިދާނަގައި އަހަރުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް އޮތް ގައުމުގެ މުއްސަނދިކަމާއި ގުދުރަތީ މުއްސަނދިކަން ހަލާކުކޮށްލުން
އައިންތު
25 June 2018
މީވެސް އެމް.ޑީ.ޕީ ގެ ވިސްނުމެއް އެމީހުން މިކަން ކުރަން އުޅުނީމަ ބުނީ ރަށްތަކާ ފަޅުތައް ވިއްކަނީއޭ. ބަލް މިހާރު މިކުރަނީ ކީއް ކުރިން ތި ޔާމީން މައުމޫން ސަރުކާރުގަ ހުރިއިރު ތިވިސްނުމެއް ނައިދޯ ހަމަ ބަޔަކު އެވިސްނުން ގެންގުޅުނީމަ ކަމުނުގޮސް ވެރިކަން ވައްޓާލީ ކެތްނުވެގެން. ވައްޓާލާފަ މިފެށީ އެމީހުން ހޯދި ވިސްނުން. ސާބަހޭ ކަލޭމެންނަށް ރައްޔިތުން ނިދާފަކަމަށްދޯ ހީކުރީ
އަހްމަދު
25 June 2018
ބަލަމަސްވެރިން އެންދަމަނީ ފަޅުންތަ ނުވަތަ ގިރިންތަ މީހުންނައްއޮޅުވާލަންވެސްބޮޑުވަރުދޯ މަސްވެރިކަންނުދަންނަބަޔަކަށްނޭނގޭނެ އެންހިފަނީ ގިރިންކަމެއް ހަލުންކަމެއް އަދިފަޅުންކަމެއްވެސް ފަޅެއްކުއްޔައްދިނީމަ މިލިއަންޑޮލަރުހަރަދުކޮށްއެތަން ތަރައްގީކޮށް ރައްޔިތުންނައް ފަޒީފާލިބުނީމަ އެކަމުންފައިދާވަނީ ދިވެހިންނައްނޫންބާ އެމީހުންނައް ފަޅުހިފައިގެން ކޮންތާކަށްބާދެވޭނީ މިވެސްމީހުންދައްކާވާހަކަވިއްޔާ
ލާރޖްކުރޭ
25 June 2018
އިގްތިސާދީ ކަންކަމާއި އަދި ވިޔަފާރީގެ ކަންކަމަކީ އެއީ ކެނެރީގެ ނަޝީދު މެން ފަދަ އަމިއްލަ އަތުން ފައިން މަސައްކަތެއް ނުކޮށް ކައިގެން ބޮއިގެން އުމުރު ދުއްވާލާ މީހަކަށް އިނގޭނެ ކަމެއް ނޫނެވެ. ކަން މިހެން ހުރުމުން ޖަޒީރާ ރައީސް އޭ ޖަޒީރާ ރާއްޖެއޭ ކިޔާ އޭނާ ގޮވާ ކަނޑުކޮސް ގޮވުން ތަކަށް އެއްގޮތަކަށް ވެސް އަޑު އަހާނެ ކަމެއް ނެތޭ. މާލޭގެ ދެކުނު އޮތް ރިހިވެލި ފަޅަކީ އެއީ ވަރަށް ޑައިވިންގް އަށް ރަނގަޅު ގިނަ ޕޮއިންޓްސް ތަކެއް ހުރި ތަނެއް ކަމަށްވާތީވެ އެފަޅުގައި އެބަޖެހޭ ކޭވީ ސައިޒުގެ 20 ރަށް ހިއްކާލާ ރިސޯރޓްސް ތައް ގޮތުގައި ތަރައްގީ ކުރަން ވޯޓަރ ވިލާސް ތައް ނުލާ ނަމަވެސް. އެއިރުން މި 20 ރަށުން ކޮންމެ ރަށެއްގައި 100 ގެސްޓް ރޫމްސް ހުރެއްޖެނަމަ އެއީ 2000 ގެސްޓް ރޫމްސް އެވެ. އެއިރުން މަމެންނަށް ޔަގީން އޭގެ ސަބަބުން ވެލާނާ އެއާރޕޯރޓް އަށް ލިބޭ އޭޑީސީ ދެގުނަ މަތިވެގެން ދާނެ ކަން. މިކަން ނުކުރަންވީ ސަބަބެއް ނެތް ރާއްޖޭގެ އެންވަޔަރުމެންޓަލިސްޓުން ދައްކާ ވާހައިގެ ސެންސް މޭކް ނުކުރެއެވެ.
އަވަސްކުރޭ
25 June 2018
މާލެ އަތޮޅުގެ މާލޭގެ ދެކުނުން ވެލައްސަރު ފަޅުން ފެށިގެން ގޮސް ރިހިވެލި އާއި ޖެހެން ދެން އެހެރީ ވަރަށް ބޮޑެތި ފަޅު ތަކެވެ. އެފަޅު ތައް ހުސް ކޮށް ބެހެއްޓުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހުރިހާ ފަޅު ތައް ކުއްޔަށް ދޫކޮށްލަންވީއެވެ. މަމެން ހިސާބު ހަދާލާއިރު އެ ދުނިން އެބަނެގޭ ގާތް ގަނޑަކަށް 60 ފަޅު އެބަނެގޭ އެ 60 ފަޅު އެގޮތަށް ބޭނުން ނުކޮށް ބާއްވައިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ފައިދާ އެއް ނޯންނާނެއޭ އެކަމަކު އެ 60 ފަޅު ފަޅެއް 2 މިލިއަން ޑޮލަރަށް 100 އަހަރަށް ކުއްޔަށް ދިން ނަމަވެސް 120 މިލިއަން ޑޮލަރު ލިބޭނެއޭ އެއިރުން އެ 60 ރަށުން އުފެދޭނެއޭ މަދުވެގެން ރަށެއްގައި 200 ވަޒީފާ އެއީ 12 ހާސް ވަޒީފާއޭ އެހެން ވެއްޖެނަމަ އޭގެ ސަބަބުން މާލެ ސަރަަހައްދަށް ރާއްޖޭގެ އާބާދީގައި 10 ހާހުން ދަށް ހިމެނޭ ހުރިހާ އަތޮޅު ތަކުގެ ރައްޔިތުން ބަދަލު ކޮށްގެން އެމެންނަށް މާލެ ސަރަހައްދުން ވަޒީފާ ލިބޭނެ ނޫން ތޭ މިކަން ކުރަންވީ ސަރުކާރުން ކެރިގެން ސެޕްޓެމްބަރ 23 ގެ ކުރިން. ލަސް ކުރާނެ ކަމެއް ނެތް އެއްގޮތަކަށްވެސް.
ގެޓަގުލް
25 June 2018
އެކިނަންނަމުގާ އެއްޒާތެއްގެ ހަ ކޮމެންޓް ކުރަނީ ކީއްކުރަންބާ؟
ދޫކޮށްލާތި
25 June 2018
މާލެ އަތޮޅުން އިތުރު ފަސް ފަޅެއް ޓޫރިޒަމަށް ދޫކުރަނީ ނަމަ އަދިވެސް އެނބޫދޫ ފަޅު ތާޖް އެގްޒޯޓިކާވީ ފަޅީގައި އެބައޮތޭ ހަމަ ނުވަ ރަށް ނެގޭނެ ފަޅު ކަން މިހެން ހުރުމުން އެފަޅު ވެސް ކުއްޔަށް ދޫކޮށްލަންވީ އޭ މިހާރު އެފަޅުގައި 9 ރަށް ހިއްކާފައިވާ ފަރާތަށް އެއިރުން ދެން އެކަން ދުނިޔޭގެ ފެންވަރުގައި އެމެންނަށް ކުރެވޭނީ އެތަނުގައި ޑޮމެސްޓިކް އެއާރޕޯރޓް އެއް ވެސް ހަދައިގެން. އެކަން ކުރަން ދޫކޮށްލަންވީ އަވަހަށް އެފަޅު.
މަހާރެހެންދި
25 June 2018
ކިހާ ބޮޑު ކަމެއް މީ ދެން... މުޅި ގައުމު ހުސް ކޮށްފި..
ސޮކްތެރެޕީ
25 June 2018
ކޮބާތަ ވިއްކުމަކީ ރިސޯޓަކަ ތަރައްގީކުރުމަކީ ވިއްކުންތަ އެހެންނޫނީ މިހާރު ހުރި ހުރިހާރިސޯޓަކީވެސް ވިއްކާފަހުރިރިސޯޓު.
ޕްލީސް
25 June 2018
ހެޔޮނުވާނެ ތިޔަތަންތަން ނުވިއްކަބަލަ.
ކަދީދާ.
25 June 2018
ދެން ނުވިއްކާ ކީއްތަ ކުރަންވީ. ކޮންމެ ކަމެއްގަ ވެސް ދެކޮޅު އޮންްނާނެ ދޯ. އެތަން ހެދުނީމަ ވާނެ ފައިދާ ވެސް ހަމަ ހުންނާނެ. މިވެސް ދެން ވަރަށް ވާހަކަ.