ވަގުން ވައްކަންކުރަން ވަންނަން ވޯކްޝޮޕްގެ ފާރު ތަޅާލާފައި. އެތަނަށް ދިން ގެއްލުން ލައްކައަށްވުރެ އިތުރުވާނެ ކަމަށް ބުނި. ފޮޓޯ: ނިޝާން އަލީ /މިހާރު
25 ޖޫން 2018 - 13:21
އެލުމިނިއަމް މަސައްކަތްކުރާ ވޯކްޝޮޕަކާ އެކު ހިންގާ ފިހާރައެއްގެ ފާރު ތަޅާލައިގެން ވަދެ، ވައްކަންކޮށް ތަނަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
ރޭ ފަތިހު 4:00 ހާއިރު ފާރު ތަޅާލައިގެން ވަދެ ވައްކަންކޮށްފައި ވަނީ އަލަށް ހެދި ވިންޓަ ތީމް ޕާކު ކައިރީގައި ހުންނަ ފްރަގަންޓިއާ ޝޮޕާއި އެތަނުގައި ހިންގާ ވޯކްޝޮޕުންނެވެ. އެ ފިހާރައިން ވާހަކަދެއްކި މީހަކު ބުނީ ވޯކްޝޮޕަށާއި ފިހާރަ އަށް ވަދެ ވަގަށް ނެގި ތަކެއްޗާއި ދިން ގެއްލުމުގެ އަގު އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށެވެ.
ފްރަގަންޓިއާ ވޯކްޝޮޕް ވަގުން ވަދެ ގެއްލުންދީފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
"ވަގަށް ނެގި ތަކެތީގެ އަދަދެއް އަދި މުޅިން ނޭނގެ. އެކަމަކު ވަގުން ވަދެ މުޅި ތަން އޮތީ ލޫޓުވާލާފައި،" އެ މީހާ ބުންޏެވެ.
ސެންޓާއި އަތަރު ވިއްކާ އެ ފިހާރައިން ވާހަކަދެއްކި މީހާ ބުނީ ފާރު ތަޅާލައިގެން ވަގުން ވަންއިރު އެތަނުގެ އެތެރޭގައި ބަހައްޓާފައި ހުރި އެލުމިނިއަމް ދޮރުފަތްތަކަކާއި ބިއްލޫރި ޝީޓްތަކެއް ވެސް ތެޅިފައިވާ ކަމަށެވެ. އަދި ފިހާރައަށް ވަދެ އެތަނުގައި ހުރި ދެ ލެޕްޓޮޕާއި ރެކުތަކުގައި ހުރި ސެންޓާއި އަތަރު ފުޅިތަކެއްގެ އިތުރުން ވަތްގަނޑުގައި ހުރި ފައިސާތަކެއް ވެސް ގެންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.
ވަގުން ވަދެ ވައްކަންކުރި ފިހާރަ. މިތަނުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ގެންދިޔަ. ފޮޓޯ: ނިޝާން އަލީ /މިހާރު
"މިތަނުގެ ބޭރު ފާރުގެ ތިރިން ދެ ފޫޓެއްހާ ތަން ތަޅާލައިގެން ވަދެފައި ހުރީ. މިތަނުގައި ހަރުކޮށްފައިވާ ކެމެރާތަކުން އެބަ ފެނޭ ވަގުން ވަދެ އުޅުނު ގޮތް ވެސް،" އެ މީހާ ބުންޏެވެ.
އޭނާ ބުނީ ވޯކްސޮޕްގައި މަސައްކަތްކުރަން ބޭނުންކުރާ ބައެއް ސާމާނު ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސދދސދ
25 June 2018
ޕޮލިސް، އަދި 100 ކެމެރާ ޕްލީސް.
ދޯ
25 June 2018
އެ ނިމުނީނު އެކަން....
ޢަބްދުﷲނާފިޒް
25 June 2018
ނަސީބެއްނު ފުރާޅުން ޓިނު ނަގައިގެން ވަދެ ވައްކަން ނުކުރިކަން.
ހޭބަލި
25 June 2018
ކޮބާ ވީޑިއޯ؟؟؟
އަޝްރަފް
25 June 2018
ތިއީ ދުވަހަކު ހުޅުވާ ފިހާރައެއްތަ!
އާދަނު
25 June 2018
ފުލުހުން މީ ކީއްކުރާ ބައެއް.. މިއޮށް ކުޑަ މާލެ ނުބެލެހެއްޓޭ އެތަށް ހާސް ފުލުހުން ތުބޭއިރު،
ސުލޭ
25 June 2018
ކަންތަކާ ޖެހުނީ . ނެތް ސަލާމަތެއް. މި ފަހަރު ފާރު. ދެން ގެންދާނީ ފިހާރަ ފައުންޑޮޭށަން އާ އެއްކޮއް ކޮނެގެން
ޑާޑާޑާޑާޑާ
25 June 2018
ކަންމަތީ ޒުވާނުން އަތްމުނިމުނި ކަވާވަރުން ފޮރުއްޕާވަރެއް ނޫނޭ އުތަ..