އެމްޑީޕީގެ އިސް ބޭފުޅުންތަކަކާ އެކު އިބޫ: ނަޝީދާ ބައްދަލު ކުރައްވަން އިބޫ ވަޑައިގެންނެވިއިރު، އަންނަ ހޮނިހިރު ދުވަހު އޮންނަ ކޮންގްރެސްގައި އެމްޑީޕީން މުހިއްމު ނިންމުންތަކެއް ނިންމާނެ.
26 ޖޫން 2018 - 10:38
ސެޕްޓެމްބަރު މަހު އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު އެމްޑީޕީން މުހިންމު ނިންމުންތަކެއް ނިންމަން ތައްޔާރު ވެފައި ވަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރެއްވުމަށް، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ސްރީ ލަންކާ އަށް ވަޑައިގެންފި އެވެ.
އެމްޑީޕީގެ ސިޔާސީ ނިންމުންތަކުގައި އިސް ދައުރެއް އަދާކުރައްވާ އިބޫ ލަންކާ އަށް ވަޑައިގަތީ ނަޝީދާ އެކު މުހިއްމު މަޝްވަރާތަކަކަށް ކަމަށް ވެ އެވެ. އެކަމަކު އެމްޑީޕީން އަދި ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ނަޝީދާ ބައްދަލު ކުރައްވަން އިބޫ ވަޑައިގެންނެވިއިރު، އެމްޑީޕީގެ ކޮންގްރެސް އަންނަ ހޮނިހިރު ދުވަހު އއ. އުކުޅަހުގައި ބާއްވަން އޮތީ ނިންމައިފަ އެވެ. ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަ ނުކުރެވިއްޖެ ނަމަ، އެމްޑީޕީން ދެން އަމަލު ކުރާނެ ގޮތަކާ މެދު ކޮންގްރެސްގައި ގޮތެއް ނިންމާނެ ކަމަށް ވެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު ކަމަށް އެ ޕާޓީގެ ޕްރައިމަރީން ކަނޑައަޅާފައި ވީ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ 13 އަހަރުގެ ޖަލު ހުކުމާ ހެދި، ރައީސް ކަމަށް ނަޝީދު ވާދަކުރެއްވުމުގެ ޝަރުތު އުނިވެފައިވާ ކަމަށެވެ.
އެހެން ކަމުން، އެމްޑީޕީގެ ކޮންގްރެސްގައި މިކަމާ ގުޅޭ ގޮތުންނާއި އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގައި ދިމާވެފައިވާ ޚިޔާލު ތަފާތުވުންތަކަށް ހައްލު ހޯދަން މަޝްވަރާކޮށް، ގޮތްތަކެއް ނިންމާނެ ބެލެވެ އެވެ.
ނަޝީދާއި އިބޫ ކްރިކެޓް ކުޅުއްވުމުގައި: ނަޝީދަށް ވާދަ ނުކުރެވިއްޖެ ނަމަ އެމްޑީޕީގެ ކެންޑިޑޭޓަކަށް ނެރޭނީ އިބޫ ކަމަށް ވެސް ވަނީ އަޑު ފެތުރިފައި.
އެމްޑީޕީން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނުނެރެ އިދިކޮޅު ޕާޓީތަކުން އެއްބަސްވާ އެއް ކެންޑިޑޭޓަށް ތާއީދު ކުރާނީތޯ ނުވަތަ ޕާޓީތަކާ ވަކިން އިންތިޚާބުގައި ވާދަކުރާނީތޯ ވެސް ކޮންގްރެސްގައި ނިންމުން އެކަށީގެން ވެ އެވެ.
ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރޭނީ އެއް ކެންޑިޑޭޓަކު ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު، އެމްޑީޕީގެ ބޭފުޅަކު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅުމާ މެދު ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންގެ ޚިޔާލު ތަފާތެވެ.
އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ލީޑަރުންގެ މަންދޫބުން ހިމެނޭ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެ ކޮމެޓީގެ ރިޔާސަތުގައި އިންނަވަނީ އިބޫ އެވެ. ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާތަކުން މިހާތަނަށް ނަތީޖާއެއް ނުފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިޙްސާންތެރިޔާ
26 June 2018
ތިއުޅެނީ ކޮސްތަޅަން..
ސަރީފް
26 June 2018
ކޮން ބައްދަލުވުމެއް. ތި ބައްދަލުވުމުން ނިމޭނީ ޑީލެއް ހަދަން. ޢެއްމެފަހުން އިންތިހާބުގައ ކެރަފާ ނަސީދު ބައިވެރިއެްްވެސް ނުވާނެ. މެމްބަރުންނަށް ލަނޑުދީދަ ފިލާ ހުންނާނީ
ކޮލަމާފުށި
26 June 2018
ގައުމާއި ޕާރޓީއަށް ކާމިޔާބު ނިންމުމެއް ނިންމާނެ ކަމަށް އުންމީދު ކުރަން..
ދަސްވާރު
26 June 2018
ދުވަހުކުވެސް ތިޔަ ކަހަލަ ނިންމުމެއް ތިޔަ މޑޕ އިން ނިންމުނުތަ؟
ބެއްޔާ އައްޑޫ
26 June 2018
ކުއްވެރިއަކާއި ބައްދަލުކުރަން ބޭރު ކަރަކަރައަށް ފުރައިގެން ދިއުން ހުއްޓުވަން ދިވެހި ފުލުހުންނަށް ގޮވާލަން. އަދި ނަޝީދުއާއި ބައްދަލުކޮށް ފޮޓޯ މީޑިއާގައި އާއްމު ކުރާ ފަރާތްތަށްވެސް ތަހުގީގުކޮށް ރައީސް ޔާމީން ވިދާޅުވާ ޝަރުޢީ މަރުހަލާގެ ތެރެއިން ހުކުމްކޮށް އަދަބު ދޭންޖެހޭ. އަދި ދިވެހި ފުލުހުން އިންޓަރޕޯލް މެދުވެރިކޮށް ރައީސް ނަޝީދު ހައްޔަރުކޮށް ރާއްޖެގެނެސް ބޭބެ ރައީސް މައުމޫނުގެ ގޮޅިއާއި ޖެހިގެން ހުރި ގޮޅީގައި ހައްޔަރު ކޮށްދެއްވާ. ގަޓޫ ހުރިކަން ދައްކަވާ. ގަޓު ކަމަކީ ބުނެލާ ބަހަކަށް ވުރެ އަމަލުން ދައްކާ ކަމަކަށް ހައްދަވާ. ޝުކުރިއްޔާ ތަރައްޤީ ރައީސް. މަނިކުފާނުގރ ތަރައްޤީ ފެންނާނީ ހޯދާ ބަލާ ބާރަށް އަތްޖަހާ ބަޔަކަށް ކަން ޔަގީން
ލައްކަވާހަކަ
26 June 2018
މި ދަނޑިވަޅުގަ އަންނި ފަހަތަށް ޖެހި އެންމެންނަށް އެއްބަސްވެވޭ (ނުވަތަ އިނދިކޮޅުގެ ތިބީ ބައިވެރިންގެ ތެރެއިން އެންމެ ގިނަ މީހުންނަށް އެއްބަސްވެވޭ) ކެންޑިޑޭޓަކަށް ބައިޢަތު ހިފުމަކީ މި ވަގުތަށް އަންނިއަށް މި ގައުމަށް ކޮއްދެވޭނެ އެންމެ އަގުހުރި ހިދުމަތް. އަހަރެން ވެސް ދެކެން ބޭނުން އަންނިގެ 5 އަހަރުގެ ޓާމެއް. އެހެނަސް މި ވަގުތުގެ ހާލަތުގެ ގޮތުން (ޔާމީންގެ އަނިޔާވެރި ވެރިކަން) އަންނި އަކަށް ފުރުސަތެއް ނުދޭނެ. މިހެން ވެއްޖެ ނަމަ އަނެއްކާވެސް އަހަރަމެން ތިބެން ޖެހޭނީ 2023 އާއި ހަމައަށް ހިލިހިލާ އެޅުވިފަ. މި ފާއިތުވެދިޔަ 5 އަހަރަށް ވުރެ އަންނަން އޮތް 5 އަހަރު މާ ވޭންދެނިވާނެ.
އައިޖޭ
26 June 2018
ތަގުދީރު ގައި ވާ ގޮތަށް މިކަން ނިމޭނެ... ﷲ ރަހުމަތުން މި އަނިޔާވެރިކަން މިފަހަރު ނިންމޭނެ... އިންޝާﷲ.
ހުވަފެން
26 June 2018
އަންނިގެ އަނިޔާވެރިކަމުން ﷲ އިރާދަފުޅުން މި ފަހަރު ގައުމު ސަލާމަތްވާނެ!
އަބްރަހަމް
26 June 2018
އިދިކޮޅު މީހުންވެސް ވިސްނަންވީ ޔާމީންގެ އަނިޔާވެރިކަން ނިންމަން.. ދިވެހިންނަށް ރީތި ސާދާ ވެރިކަމެއް ހޯދައި ދިނުމަށް.. ވެރިކަމޭ ބުނެ އަނިޔާވެރިކަން ދިވެހިން ބޭނުން ނުވޭ.. ގަދަބާރުން އަޅުވެތިކޮށްގެން ދިވެހިން އުޅެން ބޭނުން ނުވޭ.. މިއީ އެއަށްވުރެ ތަހްޒީބު ޒަމާނެއް.. ހޭލުންތެރިން ރައްޔިތުން އުޅޭ ޤައުމެއް.. އަޅެ ވެރިކަމޭ ކިޔާ ޖާހިލުކަން އިސްކުރާ ބަޔަކު ނުނެރި ރީތި ހިތްގައިމު ވެރިކަމެއް ކޮށްދޭނެ މީހަކު ނެރެބަލަ.. އިދިކޮޅު މީހުން އުޅޭގޮތުން ހީވަނީ ހަމަ ބޮޑި ބޯނެހެން..
ސޯލް
26 June 2018
ތިނަޝީދަކީ ހިޔާލީ ދުނިޔެއެއްގައި އުޅޭ މީހެއް. ހިތާމަޔަކީ އޭނާގެ އެހިޔާލީ ކަންކަން އެއީ ހަޤީޤަތެއްކަމަށް ބައެއް މީހުންނަށް ހީވުން.
އަބުދުބެއްޔާ
26 June 2018
ކަލޯ ބައެއް މީހުނަކަށްނޫން، ރަނގަޅު ގޮތަކީ ގިނަމީހުނަށް
މޮޑަފްް
26 June 2018
ޖޭޕީގެ ވިސްނުން ތިހިރީ ބޮއްކުރާ ދޮށަށް އޮޑި އަންނަ މިސާލުގަދޯ. މެމްބަރުންގެ ނިސްބަތަށާ ރައްޔިތުންގެ ސަޕޯރޓަށް ބަލާއިރުވެސް ކެންޑިޑޭޓަކު ނެރެން އެންމެ އައުލާކަން ބޮޑީ އެމްޑީޕީއަށްކަން އެމީހުންނަށް ނުވިސްނޭކަން ދެރައީ. ބޮޑު ޕާޓީ އޮވެފަ ކުޑަ ޕާޓީގެ ކެންޑީދޭޓަކަށް ފުރުސަތުދިނުމަކީ ދުނިޔޭގެ އެއްވެސްތާކު ކުރާނެ ކަމެއްނޫން.
ކޮތަޅު އަފީފާ ކ.މާލެ
26 June 2018
މައްސަލައަކީ މިއަދު ގާސިމު ބޮލައް ޗިޕުޖަހައިގެން އުޅޭ 2 ނުވަތަ 4 ކެނަޔަކަސް އެމް ޑީ ޕީ ވެރިކަމައް އަތުވެއްޖެނަމަ މާކަ ބޮޑު ފައިދާއެއް ނުވުމުގެ ބަދަލުގައި 7 ފެބުރުއަރީގެ މައްސަލަ ވެސް އޮތި.. އެމް ޑީ ޕީ އިން ރާއްޖެތެރޭގެ ރައްޔަތަކު ނެރުން އެއީ މުހިއްމުކަމެއް.. ނައިބު ރައީސަކަށް އިންތި މީއެއްމެ ރަނަގަޅުގޮތަކީ..ޖުމުހުރީ ބޮޑުމީހުންގެ ޕާޓީ ފަހަތުން ދުވުމުގެ އެއްވެސް ބޭނުމެއްނެތް..
އަބުދުބެއްޔާ
26 June 2018
ސޮރީ ޖޭޕީ އަށް ފުރުސަތު ދޭކަށްކަށް އެމް ޑީ ޕީ ކުދިން ބޭނުމެއް ނުވޭ، ގާސިމްބެ ހިތާނުވާ ކަމަށް ވާނަމަ ޔާމިން އާއި ބައިވެރިވޭ.
އުނބުށެން
26 June 2018
ބޮޑުޕާޓީން ބާރުއޮތް ފަރާތުން ބަލައިގަންނާނެ ނަމެއް ނުދެންޏާ ދެންތިބީންނަށް އެނޫންގޮތެއް އޮންނާނެބާ؟
އަހުމަދުބޭގެ ބަފާ
26 June 2018
ދެން ކޮން އެއް ކެނޑިޑޭޓެއްގެ ވާހަކައެއް ތި ދައްކަނީ...