ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް ޝަރީފް، އޮންލައިންކޮށް ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ތައާރަފް ކޮށްދެއްވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަނީ.
01 ޖުލައި 2018 - 12:26
މޮބައިލް ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފް ކޮށްފި އެވެ.
ބީއެމްއެލް މޮބައިލް ޕޭ އެޕްލިކޭޝަން ބޭނުންކޮށްގެން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ތައާރަފްކުރީ އަމީނީ މަގު، މާލެ ސްކޮޔާގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭން ބޭރަށް މޮބައިލް ޕޭ އެޕްލިކޭޝަން ބޭނުންކޮށްގެން ފައިސާ ފޮނުވެން ފެށުމުން ކަސްޓަމަރުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި މި ޚިދުމަތާއެކު ބޭނުން ވަގުތަކު، ހެޔޮ އަގުގައި ބޭރަށް ފައިސާ ފޮނުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ގޭގައި ނުވަތަ ކޮންމެ ތާކު ހުންނަވައިގެން ވެސް ދަރިފުޅުގެ ޔުނިވާސިޓީ ފީ ދެއްކުމަށާއި ބޭރުގައި ބޭސްފަރުވާ ކުރުމަށްދާ ޚަރަދުތަކަށް ފައިސާ ދެއްކޭނެ. ރާއްޖޭގައި މަސައްކަތް ކުރައްވާ އެތައްހާސް ބިދޭސީންނަށް ވެސް މި ޚިދުމަތަކީ މަގްބޫލް ޚިދުމަތަކަށް ވެގެންދާނެ،" ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ލިބޭ ޚިދުމަތާ ބެހޭ ގޮތުން ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލްއިން އަލަށް ތައާރަފްކުރި ޚިދުމަތާ އެކު، ދުވާލަކު 3،000 ޑޮލަރު ބޭރަށް ފޮނުވޭނެ އެވެ. އަދި ބޭރަށް ފައިސާ ފޮނުވަން ފަސް ޑޮލަރުގެ ފީއެއް ނަގާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ، ރާއްޖޭން ބޭރަށް އާންމުކޮށް ފައިސާ ފޮނުވާ ގިނަ ގައުމުތަކަށް މިހާރު މޮބައިލް ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށެވެ.
އޮންލައިން ކޮށް ފައިސާ ފޮނުވޭނީ ރާއްޖެއިން ބޭރުގެ ކޭޝް އެޖެންޓަކަށް، ބޭންކް އެކައުންޓަކަށް ނުވަތަ މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭ ގައުމުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް ވޮލެޓުތަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންފުތު
02 July 2018
މިހިދުމަތާއި ބެހޭ އިތުރު މައުލޫމާތެއް ނުލިބޭ .. މޯބައިލް އެޕް އިން ލާރި ފޮނުވީމަ އަވައްޓެރި އިންޑިޔާ ނޫނީ ލަންކާއިން ލާރި ނަގަނީ ކިހިނެއް ؟ އޭޖަންޓުންް ތިބޭތަ މިކަމައް ވެސްޓާން ޔޫނިޔަން ގޮތައް ؟ ޑޮލަރު ފޮނުވީމަ ޑޮލަރު ލިބޭނެ ތަ ؟ އެގައުމެއްގެ ކަރަންސީ އިން ލިބެންޔާ ކޮންރޭޓަކުން ތޯ ލިބޭނީ .. ލަންކާގަ ވެއްޖެޔާ ޕްރަސާންނާ ފަދަ ތާކުން އެތަނުގެ ރޭޓުން ލިބެންޔާ ރަގަޅު .. އިތުރު މައުލޫމާތު ދީ އެރުން ތި ހިދުމަތް ހޯދާނަން ރަގަޅީޔާ .. ލަންކާ އަދި އިންޑިޔާގަވެސް ތިބޭ ބަޔެއް ފަރާތްތަކައް ފައިސާ ފޮނުވަން ޖެހޭ ..
އަލީ ނާސިމް
02 July 2018
ފޮނުވޭގޮތް ފޮނުވޭގޮތް ފޮނުވޭގޮތް. އެއްވެސް ބަޔަކު ލިބޭ ގޮތް ފަހިކޮށްދޭކަށް ނޫޅޭ. ހެޔޮނުވާނެ އެންމެ ކުޑަމިނުން ޕޭޕާލް ރިސީވް ވާގޮތް ހަމަޖެހޭތޯ ސަރުކާރުން މަސައްކަތް ކޮށްދީބަލަ. ޕީޕީއެމް މީޑިއާ މޮނިޓަރ ކުރާ ކުއްޖަކު މިކަން ރެއިޒް ކޮށްދީބަލަ.
ޥަގު 2ތު
01 July 2018
ޥަގުތުގައި މިލިޔުން ކޮޕީ ޕޭސްޓް ކޮށްފި
އަލީ ނަސީމް
01 July 2018
ކޮންމެ ޓްރަންސެކްޝަނަކުން ފީ އޭ ކިޔާފަ ކަޓުވާލާނެ އަދަދު ބުނަންވެސް ދަތި. މި ގައުމުގަ ތެރޭގަ ކީއްކުރަން، ތި ކުންފުނި ތެރޭގަ ހިނގާ ޓްރަންސެކްޝަން ތައްވެސް މިހުންނަނީ، އެއެއްޗެކޭ މީއްޗެކޭ ކިޔާފަ، އެތައް ފީ އެއް ނަގާނަގާ. އަދި ވާނުވާއެއް ނޭނގޭ. އަދި ކޮބާ އެހެން ގައުމެއް މީގެ ތެރޭގަ ވަންޏާ ވާނެގޮތް!!!!!
ނުރަބޯ
02 July 2018
އެއޮތީ ބުނެފަ 5 ޑޮލަރޭ. 3000 ޑޮލަރުގެ ޓްރާންސެކްޝަނަކުން 5 ޑޮލަރު ބޮޑެއް ނޫން އިންޓަނޭޝަނަލް ޓްރާންސްފާއަކަށް. 46260ރުފިޔާ ފޮނުވަން 77ރުފިޔާގެ ފީއެއް އެއީ. %އިން ބަލާނަމަ %0.17
އަހުމަދުއަލޯ
01 July 2018
ވަރަށް ސަޅި. އެކަމަކު ތަަންކޮޅެއް ގިނަ ރިކުއެސްޓް އެއްފަހަރު ބަލައިގަނެވޭ ސާވާއެއް ގެންގުޅެން އެބަޖެހޭ ބޭންކުން.
ހޮޓްކިންގ
01 July 2018
ބޭރަށް ފައިސާ ފޮނުވަން ދެން ބްރާންޗެއް ކައިރިއަށް ދާން ނުޖެހޭކަން ނަސީބު. ހެހެ. މިކަންކުރެވޭ ގޮތުގެ އިތުރު މަޢުލޫމާތު އަދިވެސް ބޭނުން. މިސާލަކަށް ޑޮލަރު އެކައުންޓެއް އޮވެގެން ޑޮލަރު ހުރެގެންތޯ ފޮނުވެނީ. ނޫނީ އެކަންޓްގައި ދިވެހިރުފިޔާ ހުއްޓަސް ދުވާލަކަށް 3000 ޑޮލަރު ފޮނުވޭތޯ؟ 5 ޑޮލަރުގެ ފީ ނަގާވާހަކަ އޮތްއިރު ކިތަން ޑޮލަރު ފޮނުވާނަމަތޯ 5 ޑޮލަރު ނަގަނީ. 100 ޑޮލަރު ފޮނުވިޔަސް ނޫނީ 3000 ޑޮލަރު ފޮނުވިޔަސް ނަގަނީ 5 ޑޮލަރުގެ ފީއެއްތޯ. މިކަހަލަ ތަފުސީލީ މައުލޫމާތު އަދިވެސް ބޭނުން.
ަްއާކީ
01 July 2018
ގިނަވަަގުތު އެރާ އަރާފަ ވ.ސްލޯ
ކަކުނިބޯ
01 July 2018
ދަތިކުރުމުގެ ފިޔަވަޅުއެޅުމުގެ ކުރިން އިތުރުމަގެއް ކޮށޭތޯބެލުމަކީ ގޯސްކަމެއްނޫނެވެ. 'ބީއެމްއެލް އިން ބުނީ، ރާއްޖޭން ބޭރަށް އާންމުކޮށް ފައިސާ ފޮނުވާ ގިނަ ގައުމުތަކަށް މިހާރު މޮބައިލް ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށެވެ. އޮންލައިން ކޮށް ފައިސާ ފޮނުވޭނީ ރާއްޖެއިން ބޭރުގެ ކޭޝް އެޖެންޓަކަށް، ބޭންކް އެކައުންޓަކަށް ނުވަތަ މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭ ގައުމުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް ވޮލެޓުތަކަށެވެ.''
1234
01 July 2018
ސާބަހޭ ދިވެހިންގެ ބޭންކު... ކޮބާތަ އެހަރަ އެސްބީއައި، ހަބީބް ބޭންކް ތަންތަނުން ކަމެއް ނުވެޔޭ!
ޕޭޕަލް
01 July 2018
މަރުކަޒީ ބޭންކާ ގުޅިގެން ޕޭޕަލްއިން ރިސީވްކުރެވޭގޮތް ހެދޭތޯ ބަލާދީބަލަ. ބޭންކަން ފައިދާ ވަނީ. ޕޭޕަލް އިން ރިސީވް ވަންޏާ އަހަރުމެން ހެސްކިޔާފައި ލާރި މިގައުމަތަށް އެތެރެކުރާނަން. ޕޭޕަލް ބެލެންސުން ވަޔަރ ޓްރާންސްފަރ ކޮށް ބީއެމްއެލް އެކައުންޓަށް ނެގީމަވެސް ހަމަ ބީއެމްއެލްއަށް ފައިދާވާނީ.
މަންސޫރު
01 July 2018
ވަރަށް ބޮޑަށް ތާއީދު. ތިޔަކަން ނުވެގެން އަހަންނަށްވެސް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހޭ. ބޭންކް ޓްރާންސްފަރ ހެދީމައި ކުރި މަސައްކަތުގެ އުޖޫރައިން ބޮޑު ބައެއް ބޭންކަށް ނަގާ!
ނުރަބޯ
02 July 2018
މަވެސް ވަރަށް ބޭނުން ތިކަން.