ޕޮލިހަށް ހާޒިރުވުމަށްފަހު ހަސަން ލަތީފް ނޫސްވެރިންނާ ވާހަކަދައްކަވަނީ.--މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން
30 ޖުލައި 2016 - 18:57
އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ހިޔަނި ކެބިނެޓުގެ ތިން ވަޒީރުން މިއަދު ފުލުހަށް ހާޒިރުކުރުވީ އެ އިއްތިހާދުން އުފައްދާފައިވާ ހައްޔަރީންގެ ހައިރާތު ފަންޑާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ކަމަށް އެ ބޭފުޅުން ވިދާޅުވެއްޖެ އެވެ.
ހިޔަނި ކެބިނެޓުގެ ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ އާއި ސިވިލް ރައިޓްސް މިނިސްޓަރު ހަސަން ލަތީފް އަދި އެ އިިއްތިހާދުގެ ހެލްތު މިނިސްޓަރު ޝިދާތާ ޝަރީފު ފުލުހަށް ހާޒިރުކޮށް ކޯޓު އަމުރެއްގެ ދަށުން ތިން ބޭފުޅުންގެ ފޯނު އަތުލާފައި ވެ އެވެ. މި ތިން ބޭފުޅުންނަށް ވެސް ކުރަނީ ދައުލަތް ހިންގުމަށާއި އަދި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ތުހުމަތެވެ.
ބަޔާން ދިނުމަށް އެމްއެމްއޭ ކައިރީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ތަސްމީން ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރުމަށް އެ ބޭފުޅުން އެއްބާރުލުން ދީފައިވާނެ ކަމަށެވެ.
"ދަތިތަކާ ދިމާވާ މީހުންނަށް އެހީވުމަކީ އަޅުގަނޑުމެން ދެކޭގޮތުގައި އޭގައި ކުށެއް ހިމެނޭ ކަމެއް ނޫން،" ތަސްމީން ވިދާޅުވި އެވެ.
ހަސަން ލަތީފު ވިދާޅުވީ އިއްތިހާދުން އުފެއްދި ފަންޑަކީ ދައުލަތް ހިންގުމަށް އޮތް ހުރަހެއް ކަމަށް ފުލުހުން ގަބޫލުކުރާ ކަމަށެވެ.
އިއްތިހާދުން މިދިޔަ ހަފުތާގައި ގާއިމްކުރި ފަންޑުން އެކި މުޒާހަރާތަކާއި އެއްވުންތަކުން ހައްޔަރުކުރާ މީހުންނަށް ނުވަތަ އާއިލާތަކަށް އެހީދޭނެ އެވެ. އެގޮތުން އިދިކޮޅު އިއްތިހާދުގެ ހަރަކާތްތަކުން ހައްޔަރުކުރާ މީހަކަށް ނުވަތަ އެމީހެއްގެ އާއިލާއަށް 1000ރ. ދޭނެ އެވެ. އަދި އެ ހަރަކާތްތަކުން ފުލުހުން ހައްޔަރުކޮށް މުއްދަތު ޖަހާ ކޮންމެ މީހަކަށް 5000ރ. ދިނުމަށް އެ އިއްތިހާދުން ވަނީ ނިންމައިފަ އެވެ. ސިޔާސީ ހަރަކާތްތަކުން އަނިޔާވާ މީހުންގެ ސިއްހީ ކަންތައްތައް ވެސް ބަލަހައްޓަން އެ އިއްތިހާދުން ވަނީ ނިންމައިފަ އެވެ.
ކުރި ޓްވީޓަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ވަނީ މިދިޔަ ހަފުތާގައި ފުލުހުން ހާޒިރުކޮށްފަ އެވެ. އަދި ޖުޑީޝަރީން ހުށަހެޅި މައްސަލައެއް ބެލުމަށް އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފު ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތޮންބެ
01 August 2016
މިފަހަރު ރައްޔިތުންވެސް މިތިބީ އިސްލާހަށް މަސައްކަތްކުރާ މީހުންނަށް ފަންޑް ކޮށްދޭން. ފައިސާ އަށް ވޯޓު ވިއްކާ އެންމެން މިފަހަރު ގަނެވޭނީ ބީލަމުގެ އުސޫލުން. ކުރިން ވޯޓުގަތް މީހުން މިކަން ދަންނާތި! ކުޜިފަހަރުހެން 500 އިން 5000 އަކުން މިފަހަރަކު ނުޗަލާނެ.
ވަލިޔުލްވގ
01 August 2016
ޢިއްތިހާދުގެ ބޭފުޅުންނަށް ހަމަ ނޭންގެނީބާ މިގައުމުގަ ބައިއަޅައިންނޫނީ ވިޔަފާރިއެއް ނުހިންގޭއިރު ތިހާބޮޑުފައިދާއެއއ ލިބޭކަމެއް ބައިނާލާ ނުހުންގޭނެހިންގޭނެ ކަން. އަވަހަށް ލައިނަށް އަރުއްވާ
ރޯޅި
31 July 2016
ޑިމޮކްރެސީ ދޮންވެ ފައްކާވެ އޭގެ ފޮނި މޭވާ ރައްޔިތުންނަށް ލިބެން ފެށީއެވެ.
ސަލީމް
31 July 2016
އެމް.ޑީ.ޕީން ބަލާނެ ހަމަނުޖެހުން އުފެއްދެން އޮތް ގޮތަކަށް އެކަން ކުރަން. މިވެރިންގެ ތެރޭގައި ސިޔާސީ ވެގެން އުޅޭ ގިނަ މީހުންނަށްވަނީ ފާޑެއްގެ ބައްޔެއް ޖެހިފަ. ނިދިން ހޭލެވިގެން އަދި ނަދަން އޮށޯންނަމުންވެސް މިވެރިން ދައްކަނީ އެއްވާހަކައެއް. އަޅުގަޑަށް އެނގިގެން ކިތައްމެ މީހަކަށް ވަނީ ނަފްސާނީ ބަލި ޖެހިފަ އަދި ބައެއް މީހުންނަށްވަނީ ޕްރެސަރު މަށްޗަށް ދިއުމުގެ ސަބަބުން ވާގި ބަލިޖެހި އެތައް ދުވަހަކު ހޮސްޕިޓަލުގަ އޮންނަން ޖެހިފަ އަދި އެވެރިންވަނީ ދިރިއުޅުމަށް މަސައްކަތެއް ނުކުރެވޭ ހާލަތައް ގޮސްފަ. ކީއްކުރާނީ. ނަމަވެސް އަދިވެސް ބަޔަކު މިކުރާކަމަކީ، ފައިސާ ދީގެން ކުއްކުރާ މީހުންނަށް ހިތްވަރުދެނީ
ސަލާމް
01 August 2016
ފައިސާ ދީގެން ކުއްކުރާ މީހުންނަށް ހިތްވަރުދެނީ ކޮންބައެކޭ؟
ރަށުމީހާ
31 July 2016
ރީނދޫކުދިންވަދެ ޖަލުތައްވެސްފުރާނަން ފަންޑްކުރާނީވެސް ޖަލައްނުވަދެވިފަ ތިބި ރައްޔިތުން ދެން ލަ ލަ ލާ...
ރޯކުއްޖާ
31 July 2016
ފުލުހުންނަށް ބުނެލަން ބޭނުމީ ރައްޔިތުން ކުރިމަތީ ބޮޑާހާކާ ރައީސް އަށް ކުޅޭން ތިޔަ ދެވެނީ ރައްޔިތުންގެ ދިރިހުރުމާއި، ދިރިއުޅުމާއި، އަނބިދަރީންނަށް ކާންދިނުމުގެ ހައްގޭ... ރައްޔިތުން މަޖްލީހާއި، ކޯޓުތަކާއި، ފުލުހުންނަކީ ޔާމިނަށް ކުޅޭ ތަކެތި ހޯދަދޭން ހަދާފައި ހުންނަ ތަންތަންތޯއޭ؟
ހިތި ހަބަރު
31 July 2016
ޔާމިނުގާތުގައި އަހާލަން ބޭނުންވަނީ ވަރަށް ހިތަށް ތަދުވޭ ދޯއޭ.... ލޮލް..
މުސާރަ އަށް ކޮމެންޓް
31 July 2016
ސަރުކާރުން ލާރި ދީގެން ކޮމެންޓް ލިޔަން ބަޔަކު ތިބޭ ހެން ހީވަނީ.. އެމީހުން ލިޔަނީ އެއް ގޮތަކަށް.. މިސާލަކަށް ބެނުން ކުރާ ބަސްތަކުން އެކަން އެނގޭ.. އިނގިރޭސި ބަސްތައް ބޭނުން ކޮށޤ މާ މޮޅަށް ލިޔަން އުޅޭކަން ފާހަގަ ވޭ..
ބޯގޯސް
31 July 2016
ކުރާނެ ކަމެއް ނެތިގެން ގޯހެއް ނުހަދާތި. މިހަރުވެސް ގޮޑި ތިހުރީ އަރިއަޅާލާފަ. ބާރުގެ ބޭނުން ކޮއްގެން 3 ދުވަހު ހުރެވުނީމަ އޭގެ މާނަ އެއްނޫން 6 ދުވަހު ހުރެވޭނޭ.
މާވަހަރު
31 July 2016
މަށަށް ފެންނަނީ އިއްތިޙާދުގެ މެންބަރުންގެ އަތުން ޓެކުހެއް ނަގައި ފަންޑަށް ޖަމާކޮށް އެފަންޑުން ހިޔަނި ކަންތައް ކުރުން.