ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު
04 ޖުލައި 2018 - 20:13
އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން ދައްކާނީ އިދިކޮޅު ޕާޓީތަކަށް ގަބޫލުކުރެވޭނެ ރަނިން މޭޓެއް ކަމަށް އުއްމީދުކުރާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ކޯލިޝަނުން އެއްބަސްވެފައި ވަނީ އެއް ކެންޑިޑޭޓަކު ނެރެގެން ރައީސް އަބްދުﷲ ޔާމީން ބަލި ކުރުމަށެވެ. އިދިކޮޅު ކެންޑިޑޭޓު އެމްޑީޕީނެ ނެރޭ ގޮތަށް ހަމަޖައްސައި، ރަނިން މޭޓު ކަނޑައެޅުމުގެ ފުރުސަތު ދިނީ ޖޭޕީ އަށެވެ.
ރަނިން މޭޓު ކަމަށް ޖޭޕީގެ ގިނަ ބޭފުޅުންތަކެއް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އަންނަ އަންގާރަ ދުވަހު ރަނިން މޭޓަކު ހޮވަން އެ ޕާޓީން ވަނީ ނިންމައިފަ އެވެ.
ޖޭޕީން ކަނޑައަޅާނެ ރަނިން މޭޓަކާ ގުޅޭގޮތުން ބަހުސްކުރަމުން ދަނިކޮށް، އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ރިޔާސީ ކެމްޕޭންގެ ސްޕޯކްސްޕާސަން މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ރައީސް ޔާމީން ބަލިކުރާނީ އިދިކޮޅު ކޯލިޝަނުން ކަމަށެވެ. އިބޫއާ އެކު އިންތިޚާބަށް ޖޭޕީން ނެރޭނީ ގާބިލް ބޭފުޅަކަށް ވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދާނީ މަޝްވަރާކޮށް، ރައްޔިތުން ބޭނުންވާ ގޮތަކަށެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ އާއި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
އިބޫގެ ރަނިން މޭޓަކަށް ވެވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއްގެ ޝައުގުވެރިކަން ހުރިއިރު، އެ މަގާމަށް އެންމެ ކަމުދާ ބޭފުޅުންގެ ނަންތައް ވެސް ވަނީ އާއްމުވެފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ، ކާށިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމްއާ ވަރަށް ކުރިއްސުރެ ފެށިގެން ގާތްގުޅުމެއް އޮންނަ ފައިސަލް ނަސީމާއި ގާނޫނީ ވަކީލް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތގައި ތިއްބެވި ޑރ. ހުސެއިން ރަޝީދު ހަސަނާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) އާއި ގާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ (އާއިޝާ) އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަރުމަން
05 July 2018
ނައިބަކަށް އެންމެ ރަގަޅީ އަންހެން ބޭކަނބަލެއް. އީވާ، މާރިއާ، އައިޝާ ވެސް ރަގަޅު.
ހާދަމުސާރަތަށްބޮޑޭ
05 July 2018
ހާދަމުސާރަތަށްބޮޑޭ
އަލީ އަކުބަރު
05 July 2018
އަލީ ހުސައިނު ހަމަޖައްސާކަމަށް ވާނަމަ، އެންމެ ރަނގަޅީ މާރިޔާ، އީވާ، ޝިފާޒު މީން ބޭފުޅެއް..
ހަސަންމަނިކުފާނު
05 July 2018
އަސްލު ރަނިންމޭޓަކަސް އެއްމެ އެކަށީގެންވަނީ މާރިޔާ ނުވަތަ އީވާ! އެމްޑީޕީ ފިކުރު ހުރި ރައީސް ނަސީދު އިތުބާރު ކުރައްވާ އަދި އަންހެނުން ބާރުވެރިކުރުމަށް ނަމުނާ ދައްކަވާތީވެ.
Thhhk
05 July 2018
މާރިޔާ ބޭނުން ގޮތްވެސް ނުބުނެވޭނީ ކީއްވެތޯ ؟.ގާސިމު ވެސް ބުނީ އެމްޑީޕީން ސާފު ކެޑިޑޭތެއް ދައްކާށޭ ޖޭޕީން ބިރުގަންނަނީތޯ މެނިފެސްޓޯއާވެސް ބެހެނީ
Aseyla
05 July 2018
ދައުލަތުގެ ކާރު ކުނޫޒަށް ވަދެނުކުތުމެގެ ނަތީޖާ ހިތިވާނެ .ހުތްކިބައެއްހެން ފެލާލާނަމޭ ބުނި މީހާހެ ފައިބުޑަށް . ޢިބްރަތެއް ހާސިލް ނުވެއްޖިއްޔާ ކުރަފި ސިޑިއަކަަށް ވާނީ .
މުހައްމަދު އަހްމަދު
05 July 2018
ޖޭޕީން ދެއްކުން އެންމެ ރަނގަޅީ ޑރ. މައުސޫމު ނުވަތަ ޑރ. ހުސައިން ރަޝީދު.. މިހެންމިދެންނެވީ، ވަޒީފާގެ ތަޖުރިބާއާއި، ތައުލީމީ ފެންވަރާއި އަޚުލާޤަށް ބަލާފައި.. އަދި ޕާޓީ އަށް ކޮށްދީފައިވާ ޚިދުމަތަށް ބަލާފައި.. ދެން ގާތް މީހަކު ނަގާނަނަ، އައިޝާ ނަގާ.. އަލީ ހުސައިނު ހަމަ ޖައްސާނަމަ، އެމްޑީޕީ ޝިފާޒު ހަމަޖެއްސުން ރަނގަޅު
އަހުމަދޭ
05 July 2018
ދޮޅު އަހަރުގެ ރަނިންމޭޓަކަށް ވާނީވެސް މަގާމުގެ ދަިވެތިކަމާހެދި ބޫތު ކައިފަ ހުންނަ މީހެއް.
Gatu
05 July 2018
ދަރުބާރޭ މެންގެ ރަނިން މޭޓަކަށް ވަނީ ޖަލަދާންތޭ ނުވަތަ އަރުވާލެވެންތޭ .ސައިޒަށް ކެޑިފަ ހުންނެން ތޭ .
އަހްމަދު
05 July 2018
މާރިޔާ ޖޭވީ ދޯ ގަސިމް އަންހެނުންނަށް ރަނިންމޭޓްކަން ލިބެން އުޅޭތީ؟
ދުރައްވިސްނާ
05 July 2018
ޑރ. މައުސޫމް ކަމަށް ވެސް ވެދާނެ