އދ.ގެ ޓީމުން މިދިޔަ މާޗު މަހު ރާއްޖެ އަށް ކުރި ދަތުރުގައި އެޗްއާރުސީއެމްގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ: ހާލަތަށް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް އދ. ގެ ވަފުދެއް އަނެއްކާ ވެސް ވަނީ އައިސްފައި.
10 ޖުލައި 2018 - 17:58
ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުމާއި މައްސަލަތަކަށް ހައްލެއް އައިސްފައިވޭތޯ ބަލަން އދ. ގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ސިޔާސީ ހަމަނުޖެހުންތަކާއި ކަންބޮޑުވުންތައް ބެލުމަށް އދ. ގެ ޕޮލިޓިކަލް އެފެއާޒްގެ ވަފުދެއް މިދިޔަ މާޗު މަހު ވެސް ރާއްޖެ އައެވެ. އޭރު އެ ޓީމުން މަސައްކަތް ކުރީ ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ފެށޭނެ ގޮތެއް ހޯދުމަށެވެ.
އެގޮތުން މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް ކުރާ އެ ދަތުރުގެ ބޭނުމަކީ، އދ. ގެ ޓީމުން އޭރު ފާހަގަކުރި ކަންތައްތަކަށް ބަދަލު އައިސްފައިވޭތޯ ބެލުމެވެ.
އެ ވަފުދުން ސަރުކާރުގެ އިސް ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.
On a follow-up working visit to #Maldives for the next three days, @UN_DPA team arrives in #Male to engage with the Government, political parties, and civil society representatives
— UN in the Maldives (@UNMaldives) July 10, 2018
ރާއްޖޭގައި ހުންނަ އދ. ގެ އޮފީހުން ކުރި ޓްވީޓް
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި މައްސަލަތަކަށް މަޝްވަރާކޮށްގެން ހައްލު ހޯދަން ޔޫއެން ވެސް ހިމެނޭ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުން ތަކުރާރުކޮށް އަންނަނީ ގޮވާލަމުންނެވެ. އެކަމަކު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ޝަރުތުތައް ކުރިމަތިކުރުވާތީ މި މަޝްވަރާ ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް އަދި ނުކޮށެވެ.
ސަރުކާރުން ބުނެފައި ވަނީ މަޝްވަރާގެ މޭޒު ދޮށަށް އައުމުގެ ކުރިން އެއްވެސް ޝަރުތެއް ކުރިމަތި ނުކުރެވޭނެ ކަމަށެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ، އިދިކޮޅު ލީޑަރުން ޖަލުގައި ބައިތިއްބައިގެން ސަރުކާރާ އެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ. މަޝްވަރާގެ މޭޒު ދޮށަށް ދާނީ، ޖަލު ހުކުމުގައި ތިބި ލީޑަރުން ދޫކޮށްލުމުން ކަމަށް ބުނި ނަމަވެސް ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.
އެކި ތުހުމަތުތަކުގައި އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންތަކެއް ޖަލަށް ލާފައިވާތީ، ސަރުކާރަށް ވަނީ ބައިނަލްއަގުވާމީ ޕްރެޝަރު ވެސް ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންމަނިކުފާނު
11 July 2018
ކުރަން އައިކަމެއް ކޮށްގެން އަވަހަށް ތިޔަ ދުރުވި ތަނަކަށް ވަޑައިގަންނަވާ!
ލޮލް.
11 July 2018
ބަލަގަ މީހަކު ސިޔާސީ ވުމަކީ އެނާ ކުށްވެރި ނުވާންވީ ސަބަބެއްކަމުގައިވާނަމަ ކުށްވެރިވާނެ އެކަކުވެސް މިދުނިޔޭގައި ނުހުންނާނެތާ.
ވިސްނަންވެއްޖެ.
11 July 2018
ނޫނޭ އދ އަށްވެސް އނިޔާވެރި ބަޔަކު ދިރިއުޅޭ ގައުމެއްފެނިއްޖެތަ. ދުވާލަކު ދެދަޅައްކާބޭސްގުޅައެއްހެން މިރާއްޖެއަށް މިއަންނަނީ، ދޭބަލަ ފަލަސްތީނުއަށް އަދި ބަލާބެލަ އަނިޔާވެރިންނަކީ ކޮބައިތޯ. އެއިރުން އެއްޗެއްވިސްނޭނެ.
ތުނބުޅި މޫސާ / ކޯޑިނޭޓަރ
10 July 2018
ޗައިނިސް ކުދީން ކޮޅު ކަކުނި ކޮޅެއް ކައިލައިފައި އަވަހަށް ދޭ އެއިރުން އެއޮތީ ކަލޭމެން މިތަނައް އައި މަގުސަދު ހާސިލު ކުރެވިފައި
މަމްނޫހު
10 July 2018
އަލީފުދާލުންދޭބަލަ ރަށައް.. މީ ގުރޫޕު ރާއްޖޭގެ ފަސްގަނޑުން ބޭރުކޮއްލުމައް ރައީސް ޔާމީނައް ގޮވާލަން.
ޒިންދަގީ
10 July 2018
ހާލަތު ފެންނާނެ ރައްޔިތުންގެ މަޖީހުން.. ހައެއްކަ މެމްބަރުންވެގެން ބޭނުން އެއްޗެއް ގާނޫނަށް ހަދާ ނިންމަނީ.
އެމްސް
10 July 2018
އިރުއިރު ކޮޅާ ސަރުކާރުން ޤާނޫނު ބަދަލުކޮށްގެން އެ ހިންގާ ޝަރީޢަތް ބަލައިގަންނާނީ ސަރުކާރުން އެކަނި ތާ