29 ޖުލައި

July 29, 2020 33
ޕާޓީތަކުގެ މަޝްވަރާއަށް ތައްޔާރު: އިދިކޮޅު ކޯލިޝަން

ގައުމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް، ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ތައްޔާރު ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

28 ޖުލައި

July 28, 2020 70
3 މަސް ވީއިރު ވެސް ރައީސް ބައްދަލެއް ނުކުރި: އަދުރޭ

ސިޔާސީ ބޭފުޅުންނާ އެކު ބާއްވާ މަޝްވަރާ އަށް އަބަދުވެސް މަރުހަބާ ދަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިޔަސް، އެ މަނިކުފާނާ ބައްދަލުކުރަން އިދިކޮޅުން އެދިފައި އޮންނަތާ ތިން މަސް ވެފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

27 ޖުލައި

July 27, 2020 17
މަޝްވަރާގެ ނިޔަތާ މެދު ސުވާލު އުފެދޭ: ޝުޖާއު

މި އަހަރުގެ މިނިވަން ދުވަހުގެ ހިތާބުގައި، ސިޔާސީ ބޭފުޅުންގެ މަޝްވަރާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް އިދިކޮޅު ޕީއެންސީ ގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

14 ޖުލައި

July 14, 2018 40
މަޝްވަރާގެ ދައުވަތު ގަބޫލުކުރަން ސަރުކާރުން ގޮވާލައިފި

ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކަށް އެކި ފަހަރު މަތިން ދީފައިވާ ދައުވަތު ގަބޫލު ކުރަން ސަރުކާރުން އަނެއްކާ ވެސް މިއަދު ގޮވާލައިފި އެވެ.

10 ޖުލައި

July 10, 2018 7
ހާލަތު ދެނެގަތުމަށް އދ. ގެ ޓީމެއް ރާއްޖެ އަތުވެއްޖެ

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުމާއި މައްސަލަތަކަށް ހައްލެއް އައިސްފައިވޭތޯ ބަލަން އދ. ގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

03 އެޕްރީލް

April 03, 2017 38
މަޝްވަރާ އަށް ގޮވާލަން ސަރުކާރުން ލަދުގަންނަން ޖެހޭނެ

އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރުމުގެ ހިތްވަރެއް ސަރުކާރުގެ ކިބައިގައި ނެތް ކަމަށާއި މަޝްވަރާގެ މޭޒަށް ދިއުމަށް ގޮވާލަން ސަރުކާރު ލަދުގަންނަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

30 މާޗް

March 30, 2017 80
މަޝްވަރާ އޮތީ ހުޅުވިފައި: ޝައިނީ

އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި އެ ވާހަކަތައް ދައްކަން ޖެހިލުން ނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

25 ޖެނުއަރީ

January 25, 2017 24
މަންދޫބުންގެ ނަން އދ. އަށް ފޮނުވަން އެދުނު: ނަޝީދު

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީން ބައިވެރިވާނެ މަންދޫބުންގެ ނަންތައް ސީދާ އދ. އަށް ހުށަހަޅަން އެ ޖަމާއަތުން އެދިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

12 ޑިސެމްބަރ

December 12, 2016 40
"މަޝްވަރާތައް ބޭރުގައި ބާއްވަން ޖެހޭ ސަބަބެއް ނެތް"

ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ބޭރު ގައުމެއްގައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެފަދަ ހުށަހެޅުމެއް އަދި ލިބިފައި ނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

08 ޑިސެމްބަރ

December 08, 2016 20
މަޝްވަރާތައް ބޭރުގައި ބާއްވަން މަސައްކަތް ކުރަނީ؟!

ދިވެހި ސަރުކާރާއި ސިޔާސީ ޕާޓީތަކާ އެކު ބާއްވަން މަސައްކަތް ކުރާ މަޝްވަރާތައް، އދ. އިން މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ބޭރުގެ ގައުމެއްގައި ބާއްވަން މަސައްކަތް ކުރަމުން އަންނަކަން ހާމަވެއްޖެ އެވެ.

25 އޮކްޓޯބަރ

October 25, 2016 12
ދައްކާނެ ވާހަކައެއް ނެތި، މައްސަލަތައް ހައްލުވީތަ؟

ރާއްޖޭގެ ޝަރުއީ ނިޒާމްގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވަނީ ހަމައެކަނި ބޭރުގެ ގައުމުތަކަކުންނެއް ނޫނެވެ. އެއީ ދިވެހިން ކޮންމެ ދުވަހަކު ވެސް ތަޖުރިބާކުރަމުން އަންނަ ހަގީގަތެކެވެ. އަދި އަސާސީ ބައެއް ހައްގުތައް ނިގުޅައިގެންފައިވުމަކީ ވެސް ދައްކާ ދޮގު ވާހަކައެއް ނޫނެވެ. މި ކަންކަމާ ދެބަސްވަނީ ސަރުކާރުންނެވެ.

10 އޮކްޓޯބަރ

October 10, 2016 17
ޝައިނީ އަށް ރައްދެއް: "މި ޕާޓީގެ ކަންކަމާ ނުބެހޭ"!

ޕީޕީއެމުން ކަންކުރަންވީ ގޮތް ކިޔައިދެއްވުމުގެ ހައިސިއްޔަތެއް އެމްޑީއޭގެ މެމްބަރަކަށް ނޯންނާނެ ކަމަށް ބުނެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަށް ޕީޕީއެމުން މިއަދު ރައްދު...

October 10, 2016 74
"ނަޝީދާއި އިމްރާން މަޝްވަރާގައި ބައިވެރި ނުކުރެވޭނެ"

ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް، ސަރުކާރާއި ސިޔާސީ ޕާޓީތަކުން ފަށަން ނިންމާފައިވާ މަޝްވަރާތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ...

09 އޮކްޓޯބަރ

October 09, 2016 6
މަޝްވަރާތަކާ މެދު އުއްމީދު އާވެއްޖެ: އިނގިރޭސި ސަފީރު

ސަރުކާރާއި ސިޔާސީ ޕާޓީތަކާ މެދު ބާއްވަން މަސައަކަތް ކުރާ މަޝްވަރާތަކާ އުއްމީދު އާވެފައިވާ ކަމަށް އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިރޭ ވިދާޅުވެއްޖެ އެވެ.

04 އޮކްޓޯބަރ

October 04, 2016 17
މަހުލޫފް މިނިވަން ކުރަން ސަރުކާރަށް ހުށަހަޅަނީ

ދެ މައްސަލައެއްގައި 10 މަހަށް ޖަލަށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް މިނިވަންކޮށްދޭން، މަޝްވަރާތަކުގައި ސަރުކާރުގައި އެދޭނެ ކަމުގެ ޔަގީންކަން އިއްތިހާދުން ދީފައިވާ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

29 ސެޕްޓެމްބަރ

September 29, 2016 19
ދޫދީގެން މަޝްވަރާ ފަށަން ސަރުކާރުން އެއްބަސްވެއްޖެ!

އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާ ފަށަން ކޮމަންވެލްތުން ގޮވާލާފައިވީ ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވާނީ އދ.ގެ މަންދޫބާއެކު ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތުން އަންގާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ. އެ ޝަރުތަށް އެއްބަސްވެ އދ.ގެ މަންދޫބާއެކު މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުން...

27 ސެޕްޓެމްބަރ

September 27, 2016 18
ލީޑަރުން މިނިވަންކުރުމަކީ އެމްޑީޕީ/އަދާލަތުގެ އަމާޒެއް

ސަރުކާރާ އެކު ފަށާ މަޝްވަރާތަކުގައި، ޓެރަރިޒަމްގެ ހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުން މިނިވަންކުރަން އަމާޒު ހިފާނެ ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

September 27, 2016 21
ސީމެގްގެ ހުށަހެޅުމާ އެއްގޮތަށް އެމްޑީޕީ މަޝްވަރާ ކުރަނީ

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ހުށަހެޅުމާ އެއްގޮތަށް މައްސަލަތަކަށް ހައްލު ހޯދަން، ސަރުކާރުން ކަނޑައަޅާ ތާރީހެއްގައި މަޝްވަރާ އަށް ދާނެ ކަމަށް އިދިކޮޅު...

26 ސެޕްޓެމްބަރ

September 26, 2016 21
ލީޑަޝިޕުން މަންދޫބުން ކަނޑައަޅަން އެމްޑީޕީން ނިންމައިފި

ސަރުކާރުގެ އިހުލާސްތެރިިކަމާ މެދު ސުވާލު އުފެދުނު ނަމަވެސް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ އެންގުމާ އެއްގޮތަށް ސަރުކާރާ އެކު ވާހަކަ ދައްކަން އެއްބަސްވެ، މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން ލީޑަޝިޕުން ކަނޑައަޅަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2016 37
އިދިކޮޅު އިއްތިހާދު: ރުހުމާއި ނުރުހުމުގެ ލޮލަކުން

"ވަތަން އެދޭ ގޮތަށް" ނަމުގައި ކުރީގެ ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރަން ބޮޑު އިއްތިހާދެއް އެކުލަވާލި އެވެ. ޖީއެމްއާރު އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ހޯދަން "23 ޑިސެމްބަރު އިއްތިހާދުގެ ނަމުގައި ސިޔާސީ ބޭފުޅުން އެއް ވަލެއްގައި ހިއްޕެވި އެވެ. ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމަށް ވަޑައިގަތީ...

23 ޖުލައި

July 23, 2016 19
ގޮތް ދޫކުރަން ބާރުއަޅައި އދ.ގެ މަންދޫބު ފުރައިފި

ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ގޮތް ދޫކުރަން ބާރު އަޅުއްވަމުން، ސިޔާސީ މަޝްވަރާތަކަށް ރާއްޖެ ވަޑައިގެންނެވި އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް އިއްޔެ ފުރާވަޑައިގެންފި އެެވެ.