ރައީސްގެ ދެކަނބަލުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. --މިހާރު ފޮޓޯ/ނިޝާން އަލީ
11 ޖުލައި 2018 - 12:35
ފަސްޓް ލޭޑީ އަދި އަނބިކަނބަލުން ފާތުމަތު އިބްރާހީމް (ފާތުން) ސަރުކާރާއި ޕީޕީއެމްގެ މަގާމެއް ބޭނުމެއް ނުވާނެ ކަމަށާއި ހައިސިއްޔަތެއް ނެތި ވެސް ގައުމަށް ޚިދުމަތް ކުރެއްވުމުގައި އެކަމަނާ ދެމިހުންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.
މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މުލަކަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދޭން ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަން ފާހަގަކުރައްވައި ވިދާޅުވީ އެމަނިކުފާނުގެ ރަނިން މޭޓަކަށް އެ ރަށުން ވެސް ބޭނުން ވާނީ، އަނބިކަނބަލުން ފާތުން ކަމަށް ވެދާނެ ކަމަށެވެ. އެކަމަކު، ރަނިން މޭޓަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ހަމަޖެއްސީ، އެ މަގާމަށް އެންމެ ގާބިލް ބޭފުޅަކީ އެއީ ކަަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އަންހެނުންގެ ވޯޓަކުން އިންތިޚާބު ކާމިޔާބު ކުރާނަމަ، މުލަކުގެ ރައްޔިތުން ވެސް ބޭނުންވާނީ ފާތުން ހޮވަން ކަމަށް ވެދާނެ އެވެ. ރަނިން މޭޓަކަށް ނުވި ނަމަވެސް ރައްޔިތުންގެ ޚިދުމަތުގައި ފާތުން ދެމިހުންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަންހެނުން ރަސްމީ މަގާމެއް ބޭނުމެއް ނުވާނެ. ޕީޕީއެމްގެ ހައިސިއްޔަތެއް ވެސް ބޭނުމެއް ނުވާނެ. ދިވެހި ރައްޔިތުންގެ ޚިދުމަތުގައި، ޚާއްސަކޮށް އަންހެނުންގެ ޚިދުމަތުގައި މަގާމެއް، ހައިސިއްޔަތެއް ނެތި ދެމިހުންނަވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
""އަޅުގަނޑުގެ އަންހެނުންގެ މަގާމް އޭނަ އަށް ލިބުނީމަ އޭނަ އަށް ފުދޭ."
ސަރުކާރުގެ އެކި މިނިސްޓްރީތަކުން ކުރަން ޖެހޭ މަސައްކަތްތަކާއި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ކަންކަން ފަސްޓް ލޭޑީ ފާތުން އަމިއްލަފުޅަށް ކުރައްވަމުން އަންނަ ކަމަށް ބުނެ އެކަމަނާ އަށް ފާޑުކިއުން އަމާޒުކުރެ އެވެ. މި ސަރުކާރުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ތެރޭގައި ހިމެނޭ ގިނަ ޚިދުމަތްތަކެއްގައި ފާތުންގެ ބައިވެރިވުން ބޮޑެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެކި ކަންކަން ފަސްޓް ލޭޑީ ކޮށްދެއްވަމުން ގެންދަވަނީ، އެމަނިކުފާނު ވިދާޅުވެގެން ނޫން ކަމަށެވެ.
"އަޅުގަނޑު އަންހެނުން ކައިރީގައި އަޅުގަނޑު ބުނެގެންނެއް ނޫން ޚިދުމަތަށް ނުކުމެ އުޅެނީ އެކަހަލަ އިޖުތިމާއީ އެތައް ބައިވަރު މަސައްކަތްތަކެއް ކުރާކަށް. އޭނާ އަށް އަމިއްލަ އަށް ފެނިގެން. އެކަމަކު އަޅުގަނޑު އެބަ ހިތްވަރު ދެން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެ އުސޫލުން އަންހެނުންނަށް ހިތްވަރުދީ، ކުރިއެރުމަށް ކޮންމެ ފިރިއަކު ވެސް މަސައްކަތްކޮށްދޭން ރައީސް އެދިވަޑައިގަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީތާބު
12 July 2018
އަދިކިރިޔާމިއެގުނީ ރަނިންމޭޓްކަން ނުލިބުނީމާ ދެން ހިތްހަމަޖައްސާލަން ދައްކާވާހަކައެއް ކަން.
މަ މިއު މަ
12 July 2018
މަގާމެއް އޮންނަން ޖެހޭ. ރައްޔިރުންގެ މުދާ ބޭނުން ކޮށްގެން ކަންކަން ހިންގުމަކީ މަގާމެއް ނެތް މީހަކަށް ކުރެވިގެންވާނެ ކަމެއް ނޫން. ކަލޭ ހީކުރީ މިއީ މޮޅު ކަމެއް ކަމަށްތަ؟
ފޫގެ
12 July 2018
އެކަމަނާގެ ހީވާގިކަން އެހޭބޮޑު އިރު ޕީއޭ މަނިކުފާނަށް ހިންގަވައި ނުދެއްވީކީއްވެ؟ މަޤާމެއް ބޭނުންފުޅުނުވާއިރު ޕީޕީއެމް އަތުލީކީއްވެ؟
ޢެހީބޭނުމެެްނޫން
12 July 2018
ފާތުންގެ އެހީ ދިވެހިންބޭނުމެއްނުވޭ
ފައި
11 July 2018
އަސްލުވެސްފާތުންމެޑަމްވަރުގެހިތްތިރިއޯގާތެރި މީހުންނާހިތްހެޔޮކަމާއެކީއުޅޭމެޑަމްއެއްއަދި މިގައުމުގަނެތް
Gasman
11 July 2018
މަތިންގަޑި ޖެހުނީމާ ފިލަން ނަސަންދުރައަށްވަދެ ނޯވެވޭނެ. ހުރިހާއެމްޑީންތައް ފިލާރައްކާވާނެ.
ނާޒިމް
11 July 2018
ތެދެއް, އެކަމަނާގެ އެބައަޅާ ހުޅުމާލޭގަ މިސްކިތެއް މިހާރު ނިމެނީ, އެސްޓިއޯއިން ތަކެތިދީގެން ކުރުމަކީ އަދި އެހެންކަމެއްތާ, ސްޓާފުންގެ ބޯނަސް ކޮޅު އަދި ނުލިބުނަސް
falaku ain
11 July 2018
އެސްޓީއޯ އަކީ އެމީހުންގެ ކުންފުންޏެއް ކަމުގައިވާނަމަ ދެންކޮބާ މައްސަލައަކީ؟
ސޮދަގާތް
11 July 2018
މީގެކުރިން ފާތުން ގެ ފަރާތުން ތިހާ ދީލަތި ކަމަކާ ހީވާގިކަމެއް ފެނިފައި ނުވާތީ މަނިކުފާނުގެ ވާހަކަފުޅު ގަބޫލުކުރަން ވަރައް ދަތި.
ކެކެކެކެކެކެކ
11 July 2018
"އަޅުގަނޑުގެ އަންހެނުން ރަސްމީ މަގާމެއް ބޭނުމެއް ނުވާނެ. ޕީޕީއެމްގެ ހައިސިއްޔަތެއް ވެސް ބޭނުމެއް ނުވާނެ. ދިވެހި ރައްޔިތުންގެ ޚިދުމަތުގައި، ޚާއްސަކޮށް އަންހެނުންގެ ޚިދުމަތުގައި މަގާމެއް، ހައިސިއްޔަތެއް ނެތި ދެމިހުންނަވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ. ""އަޅުގަނޑުގެ އަންހެނުންގެ މަގާމް އޭނަ އަށް ލިބުނީމަ އޭނަ އަށް ފުދޭ." ބުރުމާ ގާސިމަށް އެއްލި ގަލެއް
މަންސޫރު
11 July 2018
އަތް ބާނަން ހަޒާނާ ދިނީމައި ތިޔަ ބުނާކަހަލަ ހިދުމަތްކުރަން ނިކަން ފަސޭހަވާނެ.