އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގޮވާލައި އީސީ ދޮށުގައި މުޒާހަރާ ކުރަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރުު
23 ޖުލައި 2018 - 16:03
މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބާއްވާނެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަން (އީސީ) ކައިރީގައި މިއަދު މުޒާހަރާ ކޮށްފި އެވެ.
މެންދުރު 1:30 ހާއިރު މުޒާހަރާ ފެށިއިރު، އެ ތަނުގައި ތިބި މީހުން ވަނީ އީސީގެ ރައީސްގެ މަގާމުން އަހުމަދު ޝަރީފް އިސްތިއުފާ ދެއްވުމަށް ގޮވާލައިފަ އެވެ. އަދި ދެފުށް ފެންނަ، ހަމަހަމަކަމާ އެކު ރިޔާސީ އިންތިޚާބު ބޭއްވުމަށް ވެސް އިދިކޮޅު ޕާޓީތަކުން ގޮވައިލި އެވެ.
އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގޮވާލައި އީސީ ދޮށުގައި މުޒާހަރާ ކުރަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރުު
ނަމަވެސް، އޭގެ ބައިގަޑިއިރެއް ހާއިރު ފަހުން ފުލުހުން ވަނީ، އެ ސަރަހައްދުގައި ތިބި މީހުން މާފަންނު ބިސްބުރު ޕާކާ ހަމައަށް ފަހަތަށް ޖައްސައިފަ އެވެ. އެކަމަކު، އޭގެ ފަހުން އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަންގެ އިސްވެރިންނާ ދެކޮޅަށް އަޑުއުފުލި އެވެ.
އެ މުޒާހަރާގެ ތެރެއިން، އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދާއި އެމްޑީޕީގެ އެކްޓިވިސްޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް، މާ ގިނަ އިރުތަކެއް ނުވަނީސް އެ ދެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނީ ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު މިނިވަންކަމާ އެކު ކުރިއަށް ގެންދިއުމަށް ގޮވާލައި އިތުރު ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޑަރުބޭ
23 July 2018
ކިތައްމީހުން ބާ އެއްވީ