މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅި ހަތަރު މެމްބަރަކު މަގުމަތީގައި. (ކ-ވ) މުހައްމާ، ޝާހު، މުސްތަފާ އަދި ޝަހުދީ. - ފޮޓޯ: މިހާރު
25 ޖުލައި 2018 - 09:48
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ނިންމި ނިންމުން ބާތިލް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މިއަދު އިއްވުމަށް އެ ކޯޓުގައި ތާވަލްކޮށްފި އެވެ.
މި މައްސަލަ ތާވަލް ކޮށްފައި ވަނީ މިއަދު ހެނދުނު 11:00 އަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ކަނޑައަޅާފައި ވަނީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެ ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވިޔަސް، އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ކަނޑައެޅި އެވެ.
އެކަމަކު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން އަމުރުކޮށްފަ އެވެ.
އެ އަމުރުގެ އެ ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމް އިއްވަން މިދިޔަ ބުރާސްފަތި ދުވަހު ވެސް ތާވަލް ކުރި އެވެ. އެކަމަކު، ފަހުން ވަނީ އަޑުއެހުން ކެންސަލް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފެބްރުއަރީ މަހުގެ އަމުރުގައި އެ ކޯޓުގެ ކުރީގެ ހުކުމް ބާތިލް ކަމަށް ކަނޑައެޅި ފަހުން މަޖިލީހުން މިހާރު ވަނީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަންގެ ގާނޫނެއް ފާސްކޮށްފަ އެވެ. އެފަދަ ގާނޫނެއް ހަދަން ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމުގައި ބުނެފައިވެ އެވެ.
ރައްޔިތުން އިންތިޚާބު ކުރި ބަޔަކު މަޖިލިހަށް ނުވަދެވި އުޅޭތާ މިހާރު އަހަރެއް ވެއްޖެ އެވެ. އޭގެ ތެރެއިން، ބައެއް މެމްބަރުންގެ ވަކިވަކި މައްސަލަތަކެއް ވެސް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު އެއިން އެއްވެސް މައްސަލައެއްގައި ހުކުމެއް އަދި ނީއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަަލަކުރި
25 July 2018
އެލެކްޝަނުން ނިންމާފައިވާ ގޮތް ބާތިލުކޮށް އެމީހުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅީ ކުރީގެ ގާޟީން ސްޕްރީމް ކޯޓުން މިހާރުގެ ގާޟީން އެނިންމީ ކުރީގެ ސްޕްރީމް ކޯޓުގެ ޙުކުމް ބާޠިލު ކަމަށް އެ ހިސާބުން ވެސް އެބާރުލިބުނީ އިލެކްޝަންގެ ނިންމުމަށް ދެންކިހެނެއް މި އަދުގެ ތިޔަ ނިންމުން ވެގެންދާނީ
ކަދުރޭ
25 July 2018
ކިތަންމެ ދިގު ދަންމާފަ ހުކުމް ނެރުނަސް އަހަރެމެންނަށް ތިޔަ ހުކުމް އޮންނާނެ ގޮތަ އިނގޭ. ތި ތިބީ ނަޒާހަތްތެރި ފްލެޓް ތަކުގައި. ވ ސާފު
ްއަދުރޭ
25 July 2018
ހުކުމްތަށްވެސް ނެރެނީ ވަކިމީހަކަށް ފޭވަރ ވާގޮތަށް. އެމީހާދެކެ އެންމެން ޖެހިލުންވޭ.
އާދަނު
25 July 2018
ތިކަން ވާނެބާ..؟ ގޮނޑި ނުގެއްލޭކަމަށް ކަނޑައެޅި 3 މީހުން އެބަތިބި ސުޕްރީމް ކޯޓްގަ.
ލައްކަވާހަކަ
25 July 2018
ނިމިގެންދާއިރު ތިޔަ ހުކުމެއް ސާފެއް ނުވާނެ. އެކި މީހުންނަށް އެކި ގޮތްގޮތަށް ދޭހަވާގޮތަށް ތި ހުކުމް ނިމިގެންދާނީ
ފުކެއްބޮޑު
25 July 2018
މިއަދުމީ އިރުވަރުން ކޮންކަހަލަ ދުވަހެއްތަ؟ އޮނަހިރިދުވަހެއް. އިރުވަރުން ކިހިނެއްބާވަނީ
ައންސާފު
25 July 2018
ދެން އިވޭނީ ކެންޝަލް ކުރި ވާހަކަ.
ނަސްސް
25 July 2018
ޢިންސާފަކީ ކޯއްޗެއްކަން ތިތާތިބި މީހުންނަށް އެނގޭބާ؟
ޓިނު
25 July 2018
އިގިދާނެތާ. ބާރު ހުރިވަރެއް؟ ތިބުނާ އީޔޫ ހަދާގޮތެއް؟
ރަދީފް
25 July 2018
12 ގޮނޑި ގެއްލިއްޖެކަމަށް ނިންމާނެކަން ކަށަވަރުވެ ޔަގީންވޭ.ވ.ވެދުން