މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ޖަލްސާ އަށް ރައީސް ޔާމީން ވަޑައިގަންނަވަނީ: އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް މިރޭ ވަނީ ހަމަޖައްސަވާފައި.---ފޮޓޯ: ރައީސް އޮފީސް
27 ޖުލައި 2018 - 23:40
އަންނަ އާދިއްތަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިރޭ ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން އެގޮތަށް ނިންމެވީ، މި އަހަރުގެ މިނިވަން ދުވަހުގެ ކުޅިވަރުތައް މާދަމާ ރެ އަށް ފަސްކޮށްފައިވާތީ، ސަރުކާރުގެ މުވައްޒަފުންނަށާއި ސްކޫލްތަކުގެ ކުދިންނަށް ލުޔެއް ދެއްވުމުގެ ގޮތުން ކަމަށެވެ.
ގަލޮޅު ދަނޑުގައި މިރޭ ބާއްވަން ކުރިން ހަމަޖެއްސި، މިނިވަން ދުވަހުގެ ކުޅިވަރުތައް މާދަމާ ރެ އަށް ފަސްކޮށްފައިވާއިރު، އެ ހަރަކާތު ގައި ގިނަ އަދަދެއްގެ ސްކޫލް ކުދިންނާއި ސަރުކާރުގެ މުވައްޒަފުން ބައިވެރިވާކަން މުއާޒް ފާހަގަކުރެއްވި އެވެ.
"...މި ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ 30 ޖުލައި ވާ ހޯމަ ދުވަހު،" ތަރުޖަމާންގެ ޓުވީޓުގައި ވެ އެވެ.
އާދިއްތަ ދުވަސް ބަންދުކުރުމުން، މިނިވަން ދުވަހުގެ ބަންދުގެ ގޮތުގައި ސަރުކާރުގެ މުވައްޒަފުންނަށް ހަތަރު ދުވަސް ލިބޭޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތްކައްކާ
29 July 2018
މާދަންވެސް ބަންދުކޮށްބަލަ
ފަލޫދާ
29 July 2018
މަސައްކަތް ނުކުރާ ދުވަހުގެ މުސާރަ ނަގައިގެން ނުވާނެ!
ސަލާމް
28 July 2018
ތިވެސް ކުރިން އެގުނުނަމަ ކިހާރަގަޅުވީސް. އަދި ޗުއްޓީ އެއް ހަތަރުދުވަހަށް ހަދާލެވުނީސް. ތިންވަނަ ދުވަހު މިއެގެނީ ރައީސް ޚާއްސަ އިނާޔަތެއްގެ ގޮތުން ހަތަރުވަނަ ދުވަސް ބަނަދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވީކަން. އަހަރެން ހުވާކޮށްފައި ބުނަން މަގޭ ވޯޓް މަ ނުދޭނަން މިގޮތަށް ކަންކުރާ މީހަކައް.
ޙްމް
28 July 2018
އިލެކްށަނަށް ބަންދު ކޮށްލަން ބުނީމަ ނުވި. ބުދުތަށް ނަގަން އެންގޭ. ޤާނޫނު އަސާސީންލިބިދޭ ވޯޓް ލުމުގެ ހައްޤު ދޭން ވޯޓް ފޮއްޓެއް ބަހައްޓަން ނޭންގޭ. ވޯޓް ދެކެ ހަމަ ބިރުގަންނަނީ.
ރިސޭ
28 July 2018
އެހެނަސް ވޯޓް ދެވޭކަށް ނެތް
ޢަހުމަދުބެ
28 July 2018
ސާބަހޭ ރައީސް ޔާމީން. ޢެކަމް އަސްލު މިއުޅެނީ ބަންދުދުވަހެއް ނުލިބިގެނެއްނޫން. މަނިކުފާނު ފުލެޓެއްނާޅާ އަދި ނަޝީދު ތަބަކަށްލާފަދިން 700ފުލެޓުވެސް ބެހިގޮތް ހިތަށްއަރީމަ ވަނީ ފޫހި.
އަންތަރީސް77
28 July 2018
ސާބަހޭ ޔާމީން. ތީހަމަ ރަަންގަނޑެއް.
އަލީ ސޯލިހު
28 July 2018
މިހާރު ހެޔޮފުޅުކަމުން ގޮސް މިހިރަ ވާ ކަންތަށް ތަށް ދޯ
އިސްމާލް އަލީ
28 July 2018
އަދިވެސް މުސާރަ ޖަމާ ނުވެ. އަނެއްކާވެސް ލަސްވީ ދޯ
ބޯގޯސް
28 July 2018
މުސާރަ ޖަމާވާން އިންނަނީ 1 ވަނަ ދުވަހު
މުސާރަ
28 July 2018
މަސް ނިމުނީތަ؟
ޝާމް
28 July 2018
ރާއްޖެތެރޭގެ ސުކޫލެއްގައި ހަރަކާތެއް ހިންގަން ސުކޫލު ކިޔެވުން ބަންދުކޮށްފިނަމަ އެ ޕްރިންސިޕަލްއެއްގެ ވަޒީފާ ގެއްލޭ. މާލޭގައި އޮތް ކުޅިވަރު ހަރަކާތަކަށް މުޅި ސަރުކާރު ބަންދު. މިވަރުން ވެރިކަން ނުކޮށް ދަނޑުވެރިކަން ކުރަން އުޅުނަސް މާރަނގަޅުވާނެ