ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ތާރު އަޅަން ފެށުމުގެ ކުރިން ހިލައިގެ ފަށަލައެއް އަޅަނީ.
28 ޖުލައި 2018 - 13:31
ބްރިޖަށް ދަތުރުކުރާ މަގުތަކުގައި ތާރު އަޅަން އަންނަ ހަފުތާގައި ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބްރިޖަށް ދަތުރުކުރާ މަގު ފުޅާކޮށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއު މިދިޔަ މެއި މަހު ފަށައި، އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހިސާބަށް ބޮޑުތަކުރުފާނު މަގު މިހާރު ވަނީ އެއްވަރުކޮށް ބިންގަނޑު ހަރުކޮށްފަ އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ ތާރު އަޅަން ފަށާނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ކަމަށެވެ. އެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަން ތައްޔާރުވެފައި: ބްރިޖާ އެކު މަގުގެ މަސައްކަތްތައް ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނޭ.
"ޓާމިނަލުން ފަށައިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ތާރު އެޅުން ކުރިއަށްގެންދާނެ. މުއްދަތަށް ވުރެ މާ އަވަހަށް މަސައްކަތްތައް ނިންމާލެވޭނެ،" ފަޒާލް ވިދާޅުވި އެވެ.
މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރާނެ އެވެ. އެ މަގު ފުޅާކުރަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނު ނުދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަން ތައްޔާރުކުރަނީ.
އެ މަޝްރޫއާ ގުޅޭ ބޮޑެތި މަގުތަކަކީ ބޮޑުތަކުރުފާނު މަގުގެ އިތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) އެވެ.
ބްރިޖާ އެކު މަގުގެ މަސައްކަތްތައް ވެސް ނިމޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބްރިޖް ހުޅުވަން ކޮންޓްރެކްޓްގައި ބުނާ ތާރީހަކީ ސެޕްޓެމްބަރު 25ގެ އެވެ. ނަމަވެސް އޭގެ ކުރިން މަސައްކަތް ނިންމޭނެ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލޭމީހާ
29 July 2018
ޔާގޫތުން ދުވާރުހަދާފަ ވެހިކަލްދުއްވާ ބައި ރަނުންހެދިޔަސް ހެޔޮ. ކުރަންޖެހޭނީ. ވަކިމީހެއްގެ ޖީބުންކުރާކަމެއްނޫން. ވޯޓެއްނުލިބޭނެ.
އެންމެގާތުން
28 July 2018
ތާރަކީ ވަރަށް އަވަހައް ހަލާކުވާ އެއްޗެއް. ހާއްސަކޮއް ގިނަ އެއްޗިހި ދުއްވާ މަގުގަ. ދެން ވެލި އެޅި އެ ގޭނިގެން ކިލާ އުފެދޭ
މޫސަ 123
29 July 2018
އަލަށް ތާރުއަލާނީ މާލޭގަ މިދުނިޔޭންވެސް
މަރޭމިތުރާ
28 July 2018
[[ތާރުއަޅާ މަގުތަކުގާ ވެހިކަލް ދުއްވަން ފަސޭހަވޭ! ތާރަށް މީހަކު ވެއްޓިއްޖެއްޔާ ސަލާމަތެއްނުވޭ!]]
ރަށިމީހާ
28 July 2018
މިހާރު ދެންހީކޮއްލާތި މިކުރެވޭ މަސައްކަތަކީ މިގައުމަށް މިވެރިންނަށް ކުރެވޭނެ އެއްމެ ފަހުގެ މަސައްކަތް ކަމުގައި
ގަމަރުއްނިސާ
28 July 2018
މިހާރު ދައުލަތަށް ލިބޭފައިސާއިން އިސްރާފުކުޑަކޮށް ކޮރޮޕްޝަން ނެތްނަމަ އަދި މާ ގިނަކަންކަން ކުރެވޭނެ. ތިޔަފަދަ ކަންކަން ދެން ކޮންމެ ސަރުކާރެއް އޮތަސް ކުރާނެ. މޮޔަނުގޮވާ.
ޝަމްސުއްނިޝާ
29 July 2018
ކުރީގެ ސަރުކާރުތަކުން މިވަރަށް ކަންތައްތައް ނުކޮއްދެވުނީީ ދެން ކީއްވެޔޯ. ހުރިހާ ލާރިޔެއް ކޮރަޕްޝަން މަގުން ކާލީމަތަ؟
ޝިފާޒު
29 July 2018
ގަމަރުއްނިސާ ކިޔަނީ ގަމާރުވީމަ ބާ؟ އެހެންވެ ކޮމެންޓް ވެސް ގަމާރުވެފަ.
ރަދީފް
28 July 2018
ސާބަހޭ ރައީސް ޔާމީން.މިއަދު 28.07.2018 ވަނަ ދުވަހުގެ 16:00 އައިއިރުވެސް ސ.ހިތަދޫ ހޮސްޕިޓަލުން އެކްސްރޭގެ ހިދްމަތް ލިބެންނެތްކަން ހިތާމަޔާއިއެކު ފާހަގަކުރަން.މީތި ކަޑަ އިނގޭ.މިފަދަ އާދައިގެ ހިދްމަތެއް އެހާ ބޮޑު ހޮސްޕިޓަލަކުން ނުލިބޭނަމަ އަހަރެންގެ ވޯޓް އެއްވެސް ކެންޑިޑޭޓަކަށް ނުދޭން ނިންމާނަން..ވެދުނ
ދޮންއިދުރީސް
28 July 2018
އަވަހަށް ނިމޭނޭ ބުނީމައި ހިތަށް އެރީ ދެ ސުވާލެއް. 1) ހާބަރު ފުޑްކޯޓު ކައިރީ ތާރު އަޅަން 4 ވަރަކަށް މަސްނެގި. ތިޔަބޭފުޅުން މަސް ގުނާ ކަލަންޑަރުގައި އިންނަނީ ކިތައް ދުވަސްތޯއެވެ؟ 2) މީގެ ކުރިންވެސް ޝެޑިއުލައްވުރެ އަވަހަށް ނިންމާފައި ހުރި ކަމެއް ވިއްޔާ 40 ހަކަށް ފަހަރު އެބަޖެހޭ އެކަމެއް އަލުން ކުރަން: މިސާލު ؛ ރަސްފަންނު، މަރުކަޒު މުށި ، ދުވާ ޓުރެކު، ރައިވެރި ޕާކު (މިވަރުން ކުރުކޮއްލީމި)
ކެންޑްރިކް
28 July 2018
މުއިއްޒު ނެރު ނުހިމަނާ ކުރު ކޮއްލީމަ ކަމަކު ނުދޭ
ޒަމީރު
29 July 2018
މާލެ މަގުތައް ތޮރުފާފަ ދަނގަޑުވެސް ޖެހި އަނެއްކާ އެވެސް ނަގާލައިފި
އަޒާ
29 July 2018
ފުޑުކޯޓުތައް ކައިރީ މަގު ނުހަދާ ދަންމާލީ ފުޑުކޯޓް ތަކުގެ މަސައްކަތް ނުނިމޭތީ.. ގަސްތުގައި.. ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ބަޔަކަށްވަމާ..!
ޔާމިން
28 July 2018
ތިންމަގެއްގަ ތާރުއެޅީމަ ނިމުނީތަ؟ ވެރިކަންކުރަ ރަށުގެ މަގުތަކުން އެއްޗެއް ދުއްވަލާ އިރު މައިބަދަ ގުޑާފަ ހުންނާނީ . ޢަޑިގުޑަން ފިލުވަން ހުރި މަގުތައް ބަހައްޓާފަ ރީއްޗައް އޮތް މަޖީދީމަގު ހެދީވެސް އަމާބުނީތީ ފަރައްދާ އުސޫލްުން
އާދަނު
28 July 2018
ތިން މަގުގައި ތާރުއަޅަނީއެއް ނޫން. ބޮޑުމަގެއް އަލުން ހަދަނީ.
އަލިފުތާބެއްޔާ
29 July 2018
ކުރީގެ ސަރުކާރުތަކުގަ މަގުތަކުގަ ޖަހާފަ ހުރި މަލްމަލް ކަފާގެ ދޫލަ ހަލާކުވީމަތޯ މިހާރު ހަމަ ކުއްލިޔަކަށް ބުރަކަށީގަ ރިއްސަނީީ.
އަޒާ
29 July 2018
އެވަރުވެސް އެންޑީޕީ ސަރުކާރުގަ ނުވިއެއްނު...
ރަދީފްް
30 July 2018
ރީއްޗަށް އޮތް މަޖިދީމަގޭ؟ ލޮލް
އާދަނު
28 July 2018
ނިއުޕޯޓަށް ދީފައިއޮތްތަން ހުސްކުރީމަ ތި މަގުގެ އަސްލު ބޭނުން ފޭންނާނީ. މިހާރު އެންމެ މުހިންމު ހިސާބުން މަގު ތިއޮންނަނީ އެތެރެއަށް ވަދެ ގެއްލިފައި.
ޝޮކްތެރަޕީ
28 July 2018
މިސަރުކާރު އައިފަހުން އަތޮޅުތަކުގާވެސް މަގުހަދާ ތާރުއަޅަމުން އެދަނީ.