ޚަބަރު / އަހުމަދު ރިލުވާން

ރިލްވާންގެ މައްސަލައިގެ ހުކުމް މާދަމާ އިއްވަނީ

ރިލްވާން: އޭނާ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރަނީ ދެ މީހަކަށް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

އޮގަސްޓް، 2014 ގައި ވީނުވީ ނޭނގި ގެއްލިފައިވާ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރަނީ ރިލްވާން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް ރިލްވާން ގަދަކަމުން އަރުވައިގެން ގެންގޮސްގެން ކަމަށެވެ.

އެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ނިންމާލާފައިވާއިރު، ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނެވެ. މިއީ ވީނުވީ ނޭނގި، ގެއްލިފައިވާ މީހެއްގެ މައްސަލާގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ ޝަރީއަތެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ، އެ ދެ މީހުން 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ނުވަތަ އަރުވާލުމަށް ހުކުމް ކުރާނެ އެވެ.

ރިލްވާން ގަދަކަމުން ފޮރުވުމުގައި ބައިވެރިވި ކަމަށް ބުނެ ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި އެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކޯޓުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އޭނާ ރާއްޖެއިން ބޭރުގައި އުޅެނިކޮށް މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ކޯޓަށް އަންގާފައި ވިޔަސް، ދައުލަތުން ބުނާގޮތުން އޭނާ މަރުވިކަން ކަށަވަރެއް ނުވެ އެވެ.

5 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 93%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޯޓް

01 August 2018

ކޮންކަހަލަ ހުކުމެއްބާ؟ ނިހާއީ ހުކުމެއްބާ؟ ނޫނީ ބަޔަކު ސާފުކޮށްލާކަހަލަ ހުކުމެއްބާ؟ ބަލަންތިބެމާ.

The name is already taken The name is available. Register?

ހާޖަރާ

01 August 2018

މީ ހަމަ އެންމެ ފަހު ފަހަރުތޯ؟ ޔަގީނުންވެސް ހުކުމް އިއްވާނެތޯ؟

The name is already taken The name is available. Register?

ތުއްތުނާ

01 August 2018

ދެން ތިކަން ހުއްޓާލާ........ ރައްޔިތުންގެ ވެރިކަމެއް ވަރަށް އަވަހަށް ގެނެސް ތިކަމުގައި ބައިވެރިވި ހުރިހާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭނަން........ ގާނޫނުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް........

The name is already taken The name is available. Register?

2122

01 August 2018

މާދަން ހެނދުނު ނޫހަށް އަރާނެ ކެންސަލްވެއްޖެކަމަށް.

The name is already taken The name is available. Register?

ލިއަން

01 August 2018

މާދަން ވާނީ ކެންސަލް ހުކުމެއްނޫން ކުރެވޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454