ސީއެޗްސީ ދަރިވަރުންތަކެއް ޓެބްލެޓު ބޭނުން ކުރަނީ: ށ. މިލަންދޫ ދަރިވަރުން ޓެބްލެޓްތައް ކިޔެވުން ނޫން ކަންތައް ސްކޫލް ވަގުތު ބޭނުން ކުރާތީ އަނބުރާ ހަވާލުކުރަން އަންގައިފި -- ފޮޓޯ: މިހާރު
02 އޯގަސްޓް 2018 - 17:18
ށ. މިލަންދޫ ސްކޫލްގެ ދަރިވަރުންނަށް ދޫކުރި ޓެބްލެޓްތައް އަނބުރާ ސްކޫލާ ހަވާލުކުރުމަށް އެ ތަނުން އިއްޔެ އަންގައިފި އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، މިލަންދޫ ސްކޫލްގެ ދަރިވަރުންނަށް މިދިޔަ މަހު ދޫކުރި ޓެބްލެޓްތައް އަނބުރާ ސްކޫލާ ހަވާލު ކުރުމަށް އެންގީ، ކިޔެވުން ނޫން އެހެން ބޭނުންތަކަށް ސްކޫލް ވަގުތުގައި ޓެބްލެޓްތައް ބޭނުން ކުރަމުން ދާތީ ކަމަށެވެ.
"އެ ކުދިން ޓެބްލެޓްތައް ސްކޫލަށް ގެންގޮސް، ކިޔެވުމާ ނުގުޅޭ ވީޑިއޯތައް ބަލައި، ގޭމް ކުޅުން ފަދަ ކަންތައް ކުރާތީ، އެހެން ވެގެން އެ އެއްޗެހި އަންބުރާ ގެންދަން އެނގީ،" ޝިޔާމް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ޓެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދޭ އިރު، ކުދިންނަށް ވަދެވޭނީ ކަނޑައަޅާފައިވާ ވަކި ވެބްސައިޓް ތަކަކަށް ކަމަށެވެ.
ރާއްޖޭގެ ސްކޫލްތަކުގެ ހުރިހާ ދަރިވަރުންނަށް މި އަހަރުގެ ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވީ ނަމަވެސް ހުރިހާ ސްކޫލްތަކަކަށް ޓެބްލެޓްތައް ބަހައެށް ނުނިމެ އެވެ.
ނަމަވެސް، އެ މިނިސްޓްރީން މިހާރު ވަނީ ގްރޭޑް 1-12 އަށް ކިޔަވައިދޭ 8،459 ޓީޗަރުންނާ ޓެބްލެޓް ހަވާލުކޮށްފަ އެވެ. އަދި އެ ބޭނުން ކުރާނެ ގޮތާ މެދު ޓީޗަރުންނާއި ބެލެނިވެރިން އަހުލުވެރި ކުރުވަން ވެސް ތަފާތު ޕްރޮގްރާމްތައް ހިންގާފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށ.އަތޮޅު މީހާ
03 August 2018
މަމެން ރަށުގެ އެއްވެސް ދަރިވަރަކަށް އަދިވެސް ޓެބެއް ނުލިބޭ. ހިއެއްނުވޭ އަހަރު ނިމޭއިރުވެސް ލިބޭނެހެނެއް. ސައޫދީން ބެހި ކަދުރެއްވެސް ނުލިބުނިއްޔަ. ޝުކުރިއްޔާ ރައީސް ޔާމީނު!
އަލީ12
03 August 2018
ތަމެން ރަށައްވެސް އަދިލިބޭނެ މިސަރުކާރުން ހޮޅިވައުދު ނުވާނެ..
ނާގޯށި
04 August 2018
ތަމެން ރަށުގެ ބޭސްފިހާރަޢަށް އަވަހަށް ދޭ ޓެބްލެޓް ލިބޭނެ.
މޫސަ123
03 August 2018
އެޔަސްމަރު މިޔަސްމަރު ރަގަޅު ހަމައެއްގޮތެއްވެސް ނޯންނާނެ ބެލެނިވެރީންނަށް ތުރާލެއް ބޮޑު އުދަގުލެއް ހަމައެކަނި ލިޔެކިޔުމަށް ބޭނުން ކުރެވޭގޮތް ނުހެދެންޏާ ރަގަޅު ވާނީ ހަވާލު ނުކުރުން
ޢައްޔު
03 August 2018
އަޅުގަނޑު ގަބޫލެއް ނުކުރާނަން. ޓެބްލެޓްތައް ބެލެހެއްޓުމުގެ އައި ޓީ ގަ އަޅުގަނޑު މަސައްކަތް ކުރަން.
ޝުޖާ
03 August 2018
މަނިކުފާނު ގަބޫލުކުރިޔަސް ނުކުރިޔަސް ހަގީގަތް ބަދަލެއް ނުވާނެ. މާމޮޅު މެނޭޖިން ސޮފްޓްވެއާއެއް "ސޯފޯސް" އަޅައިގެން އުޅުނަސް ތިކަމެއް ވާކަށް ނެތް. އޭތި ދުއްވާލައި ޓެބް ރީސެޓްކޮށް ގޮތްގޮތް ހަދާލެވޭ ފެންވަރުގެ ކުދިން އެބައުޅޭ. މިއީ 1940ގެ އަހަރުތަކެއް ނޫން. ގަނޑުވަރުތެރޭ ބޭފުޅުންނަށް ނޫނީ ނުކިޔެވުނު ޒަމާން ހިނގައްޖެ.
އިދުރީސް
03 August 2018
ގުރޭޑް 10 އަދި 12 އަށް ޓެބް ދޭން ހުރިހާ ސުކޫލަކަށް އޮގަސްޓް މަހު އަންގައިފި. އެމީހުންގެ އިމްތިހާން ފެށެން މާގިނަ ދުވަހެއް ނެތް. ސުކޫލުން ވަކިވެގެން ދިއުމުގެ ކުރިން އެކުދިންގެ އަތުގަ ވެސް ޖައްސާލަން ވެގެން. އޭރުން ބުނެވެން އޮންނާނެ ހުރިހާ ގުރޭޑަކަށް ވެސް ދިނީމޭ. އެހެން ގުރޭޑަކަށް ނުދޭންވެސް އެންގި.
އެންމެނަށް ޒިންމާ
04 August 2018
އެއްބައެއްގެ އަތުން އަތުލާފައި ރީތިކޮއްޕެކް ކޮއްލާފައި ، އަނެއްބަޔަކަށް ،، ޓެބް އަޅާ ކުކުޅު ބަލިވެ އުޅޭތީ މިވަގުތު އޮތް ގޮތް،
ހަޑިގިއްލާ
03 August 2018
މީ އެވިދާޅުވާ ތަރައްޤީ! ކަމުގެ ބޭނުމަށްވުރެ ބޮޑަށް ބަލާނީ އެ ޕްރޮޖެކްޓް ތެރެއިން ކިތައްމިލިޔަން ރުފިޔާތޯ އަމިއްލަ އެކައުންޓަށް ޖަމާކޮށްލެވުނީ....
އަލީ12
03 August 2018
ކަލޯމީގަ އެބައޮތްތަ ތަކެތިގެ އަގުގެ ވާހަކަ..؟ ކޮންމެ ކަމެއް ސިޔާސި ވެގެން ވައްކަމޭގޮވަނީ ނިމިދިޔަ ސަރުކާރުތަކުން ކޮށްފަ ހުރި ވައްކަން ތައް ފޮރުވަން އެސަރުކާރުތަކުގަ ވައްކަނ ކޮށްފަ ހުރި މީހުން..
ވަސީމު
02 August 2018
ވީޕީއެން ތްރޫކޮށް ކޯޗަކަށް ނުވަދެވޭނީ، މާކަންތައް ބޮޑިއްޔާ އެންޑްރޮއިޑް އަޅާލާ ފެންވަރުގެ ދަރިން މިއުޅެނީ. ތިޔައީ ބަޔަކަށް ލާރިގަނޑެއް ދޭން ހިންގި ޖަރީމާއެކެވެ ބުނާކަށް ނެތިން
ވަޙީދު
02 August 2018
ހަތަރެސްކަން ހަމަވަނީ
ޙަގީގަތް
02 August 2018
ސީއެޗްއެސްއީ ގައި ބެހިއެއްޗެހިން ހުރީ ސައިޓުތައް ބުލޮކު ކޮއްފާ.....
އަބުދުއްލާ
02 August 2018
މިމީހުންގެ ވިސްނުން ހުންނަ ވަރު ފުރަތަވެސް ޓެބް ގައްއިރުގަނެ ފަ ހުރީ ސިމް ލެއްވޭ ޓެބް އަަހަރަމެން ރަށު ޓެބްދިން ކުދިން އެއްމެ ފުރަތަމަކަމަކަށް ކުރިކަމަކީވެސް ގޭމީހުން ނައް ނޭގި ސިމްގަނެގެން ވައިބަރ ވަޓްއަޕް ފޭސްބުކް އެޅީ މިހާރު ސްކޫލް އިން ޓެބް އަތުލައިފި ހީހީ ހަލާކު ވޭ
އަލީ12
03 August 2018
މާބޮޑަށް އިނގެނީ.. ތީއަސްލުރޯނުއެދުރުންނަކީ...ލޮލް
މުހައްމަދު އައިދާން
02 August 2018
ތިޔަ ކަމަކީ ބަޔަކު މުއްސަނދި ކުރުވަން ޖެއްސި ބޮޑު ގޭމުގަނޑެއް. މިހާރު އެކަން ހާސިލްވެ އެކަމުގެ ފޮނިމީރުކަން ލިބުނު ބަޔަކަށް ލިބިއްޖެ. ދެން ތިޔަ ޓެބެއްގެ ވާހަކަ ދައްކާ މީހަކުވާނީ ފާފަވެރި. ހުރިހާ ކަމަކުން މަކަރު. އެހެންޏާފަހެ އައުޓްޑޭޓެޑް ވާވޭ ޓެބްތަކެއްގެ ފެންވަރު ޓެކްނޮލޮޖީ ކިރިޔާ ދަންނަ މީހަކަށް އިނގޭނެ.