ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އިބޫ، ތިން ދުވަހުގެ ތެރޭގައި ހދ. ގެ 13 ރަށަކަށް ވަޑައިގެންފި

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫއަށް، ހަނިމާދޫން މަރުހަބާ ދަންނަވަނީ.-- ފޮޓޯ: އެމްޑީޕީ

14 އޯގަސްޓް 2018 - 16:40

19 comments

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގައި، އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ތިން ދުވަހު ތެރޭ ވަޑައިގެންފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ހެނދުނު މާލެ އިން ހަނިމާދު އަށް ވަޑައިގަތުމަށް ފަހު، އިބޫ އާއި އޭނާގެ ކެމްޕެއިން ޓީމުގެ ފުރަތަމަ މަންޒިލަކީ ނޮޅިވަރަމްފަރެވެ. އާދިއްތަ ދުވަހާއި ހޯމަ ދުވަހު ދުވާލަކު ފަސް ރަށަށް ވަޑައިގަތެވެ. ފުރަތަމަ ރޭ މަޑުކުރެއްވީ މީހުން ދިރިއުޅޭ ރަށްތަކާ އެކަހެރިކޮށް އޮންނަ މަކުނުދޫގަ އެވެ. އަދި މަކުނުދޫގައި ކެމްޕެއިން ޖަލްސާއެއް ބޭއްވެވި އެވެ.

ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބޫ ރޭ މަޑުކުރެއްވީ އުތުރުގެ މައި މަރުކަޒު ކުޅުދުއްފުށީގަ އެވެ. ކުޅުދުއްފުށީގައި ކޯލިޝަންގެ ބޮޑު ޖަލްސާއެއް ރޭ ބޭއްވުމަށް ފަހު، އިބޫ ވަނީ ނޮޅިވަރަމާއި ފިނޭގެ އިތުރުން ހަނިމާދު އަށް މިއަދު ވަޑައިގެންފަ އެވެ. އާބާދީގައި 18،000 އަށް ވުރެ ގިނަ މީހުން އުޅޭ ހދ. އަތޮޅަށް އިބޫ ކުރައްވާ މި ދަތުރު ނިންމާލައްވާނީ ހަނިމާދޫ އަށެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫއަށް، ބާރަށު ރައްޔިތުން އެރުވި ފަރިވަޅު.-- ފޮޓޯ: އެމްޑީޕީ

އިބޫ އާއި ކޯލިޝަންގެ ޓީމް ހަނިމާދު އަށް މިއަދު ވަޑައިގެންނެވުމުން، ރަށުގެ ބަނދަރަށް އެއްވެ ތިބި ގިނަ އަދަދެއްގެ މީހުން ހޫނު މަރުހަބާއެއް ކިޔެވެ. އަދި ހއ. ބާރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ފަރިވަޅެއް އަރުވައިފަ އެވެ. ތަންޑިޔަލެއްގައި ގެނައި އެ ފަރިވަޅު އިބޫ އަށް ހަދިޔާ ކުރީ ބޮޑު ބެރުގެ ހަރަކާތަކަށް ފަހު އެވެ.

އިބޫ ހދ. އަތޮޅަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ--

ހދ. ގެ ހުރިހާ ރަށަކަށް އިބޫ ވަޑައިގެންނެވިއިރު، ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި އިދިކޮޅު ކޯލިޝަން ސަރުކާރެއްގައި އެ ރަށަކަށް ކޮށްދެއްވާނެ ކަންކަން ހާމަކުރެއްވި އެވެ. އަދި ހުރިހާ ރަށެއްގައި ވެސް މީހުން ދިރިއުޅޭ ސަރަހައްދަށް ވަޑައިގެން އާންމު ހާލަތު ބައްލަވާ ލެއްވި އެވެ.

ހަނިމާދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ، ހދ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް އޭނާ އަށް ފެނިވަޑައިގަތީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދޭތެރޭ ހިތްހަމަ ނުޖެހި ތިބި ބައެއް ކަމަށެވެ. އަދި ގިނަ މީހުން ބޭނުން ވަނީ ސަރުކާރު ބަދަލުކުރަން ކަމަށް އިބޫ ވިދާޅުވި އެވެ.

Kulhudhufuhttah Ibu ge bodethi vaudhuthakeh

Kulhudhufuhttah Ibu ge bodethi vaudhuthakeh

The most trusted news source in the Maldives

Mihaaru

ކުޅުދުއްފުއްޓަށް ގިނަ ވައުދުތަކެއް ވުން--

"ބޮޑުތަނުން މި ރަށާއި މި އަތޮޅުން އަޅުގަނޑުމެންނަށް މެޖޯރިޓީ ލިބިގެންދާނެ،" ހުރިހާ ރަށަކުން ވެސް ބޮޑު ތަރުހީބެއް ލިބުނު ދަތުރާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ހދ. އަތޮޅަށް ކޮށްދެއްވާނެ ކަންކަން ހާމަ ކުރައްވަމުން އިބޫ ވަނީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށް މި ސަރަހައްދުގެ މައި ރަށަކަށް ހަދާނެ ކަމުގެ ވައުދުވެވަޑައިގެންފަ އެވެ. އަދި ހުރިހާ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމު ގާއިމް ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ސައިކަލެއްގައި ކުޅުދުއްފުށި ބައްލަވާލަށް ވަނީ-- ފޮޓޯ: އެމްޑީޕީ

ހަނިމާދޫގެ އެއާޕޯޓުގެ އިތުރުން މި ރަށާއި އަތޮޅު ތަރައްގީ ކުރާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ރަށަކަށް ވަޑައިގެން ސަޕޯޓަރުންނާއެކު ފޮޓޯއެއް ނަންގަވަނީ-- ފޮޓޯ: އެމްޑީޕީ

"އެ ރަށްތައް [ޓޫރިސްޓް ރަށްތައް] ހެދުމަށްޓަކައި އިންވެސްޓް ކުރެވޭނެ ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ފައިނޭންސް ހޯދޭނެ ގޮތްތައް ސަރުކާރުގެ އެހީގައި ކޮށްދޭނަން" އިބޫ ވިދާޅުވި އެވެ.

ކޯލިޝަން ލީޑަޝިޕްގެ އިސްބޭފުޅުންނާ އެކު ހދ. އަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު އިބޫ މިއަދު ވަނީ މާލެވަޑައިގެންފަ އެވެ.

އިބޫ ވަނީ މިދިޔަ ހަފްތާގައި ތ. އާއި ލ. އަތޮޅުގެ 20 ރަށަކަށް ވެސް ވަޑައިގެންފަ އެވެ. އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމް ވެސް ގެންދަވަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ.

19 ކޮމެންޓް, 86 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާންމު މީހާ

15 August 2018

މީ ރައީސް ޔާމީނާ އިބޫ ގެ ތަފާތަކީ. އިބޫ އަށް އާންމު މީހާގެ ހާލަތު އިހުސާސް ކުރެވޭ، ރަށު ތެރެ ބަލަން ދެވޭ ރަށުގަ ނިދި ކުރެއްވޭ. ރައީސް ޔާމީން ސިފައިންނާ ފުލުހުންނާ ބަޑިޔާ މެޓަލް ޑިޓެކްޓާ ތައް ހިއްޕަވައިން ވަޑައިގެން ބަނދަރުގައި ޖަލްސާ ބާއްވަވާފަ އެނބުރި ވަޑައިގަންނަވަނީ ކައިރީގަ އޮންނަ ރިޒޯޓަށް ނިދިކުރައްވަން. ރަށުގެ އާންމު ހާލަތު ބަލާލުމެއް ނޯވޭ. އާންމު މީހާ މިޖެހެނީ އޮފީސް ކޮމްޕިއުޓަރު ބިއްދޮށުގަ އިނދެ ކާކުކަން ނޭގޭ ގޮތައް ކޮމެންޓް ކުރަން. މިއީ 2018 ގައި ވެސް އާންމު މީހާ ގެ ހާލަތު.

The name is already taken The name is available. Register?

ޕޮކަންޑިމޭން

15 August 2018

ރިޔާސީ ރޭހެކޭ ބުނި އަޑު އިބޫއަށް އިވިގެން ރޭސް ޖަހާފަ މިއޮތީ، ރަށެއްގައި ގަޑި އިރެއް ނުވިޔަސް އެރީމޭ ބުނަން.

The name is already taken The name is available. Register?

ނަސީދު

15 August 2018

އިބުރާހީމާ އެކަމަކު ހާދަހާމީހުންމަދޭ. ރައްޔިތުންގެ މާބޮޑުތާއީދެއް އިބުރާހީމަކަށް ނެތްކަން ބޮޑުތަނުން ޔަގީންވެއްޖެ.

The name is already taken The name is available. Register?

އަލީ12

15 August 2018

އިބޫ3 ދުވަހުން13 ރަށަށްދެވޭ ސަބަބު ނުލިޔުނީމަ ހިތާމަ ކުރަން... ދެވުނު13 ރަށުންވެސް ފެނުނީ ރައީސް ޔާމީން ގެ ތަރައްޤީ،،، ލަދެއްހުރިއްޔާ އެތަންތާ މަޑެއްނުކުރާނެދޯ؟ އެންމެފަހުން އެރީ ކުޅުދުއްފުއްޓައް އެތާވެސް އެއަރޕޯރޓް އަޅާ ސަރަހައްދު ބަލާފަ އާޝޯހުވެގެން ނަގާފަ ހުރި ފޮޓޯ ސޯސަލް މީޑިއާގަ މަދެއްނުވާނެ.. ލޮލް

The name is already taken The name is available. Register?

ކުލުނު

14 August 2018

3 ދުވަސް 13 ރަށް. ރަައްޔިތުންގެ ހާލުބަލާ ރައްޔިތުންގެ އަޑު އަހާލަން ރަށެއްގަ ކިތައް މިނެޓް ހޭދަކުރެއްވިތަ؟

The name is already taken The name is available. Register?

ސިރާޖް އިބްރާހިމް

14 August 2018

ގިނަ ރަށްތަކަށް އެރުމުން އެކަމުގެ ސަބަބުން ލިބުނު ކުރިއެރުމަކީ ކޮބައިތޯއެވެ. ކޮށްދޭނެ ކަންތައްތަކުގެ ވާހަކަ ދައްކާއިރު ، އެކަމެއް ކުރުމުން ލިބޭނެ ފައިދާ އާއި އިތުރު ވާނެ ވަޒީފާގެ އަދަދާއި ، އަދި ފައިސާ ހޯދާނެ ގޮތެއް ވެސް ބުނެދެއްވަން ވާނެއެވެ. އެއީ މިހާރު މިތައުލީމީ ހޭލުންތެރި މުޖުތަމައު ގަބޫލުކުރާނީ އެގޮތަށް އެވާހަކަތައް އެގޮތަށް ދައްކައިގެން.

The name is already taken The name is available. Register?

ސީމާ1

15 August 2018

ތައުލީމީ މުޖުރަމައު އެއް އޮތްނަމަ މޑޕ އާއި މިހާރުގެ ސަރުކަޜުގެ ކޮރަޕްޝަން ކޮޅެއްގައި ޖެއްސޭނެ. ޢަދި މިދެބައިމީހުންގެ ވެރިކަމުގައި ޝަރުއީ ނިޒާމް ފުނޑާލާފައި އޮތް ވަރު އެނގިލައްވާނެ.

The name is already taken The name is available. Register?

މުހައްމަދު ހައިސަމް

14 August 2018

ތި ދެންނެވި ރަށްތަކަށް އަރާ ، ނުފުއްދޭ ކިތައް ވައުދު ވެވިއްޖެތަ؟ މުޅިން ވެސް ދައްކަނީ ކޮށް ނިންމާފަ ނޫނީ ކުރަމުންދާ ކަންތައްތަކުގެ ވާހަކަ

The name is already taken The name is available. Register?

ފިނޭ

16 August 2018

އިބޫ ފިނެޔަށް އަރާ ބުނީ. ނަރުދަމާ އަޅައިދޭނަމޭ. އޭރު ޔާނު އޮތީ އެކަން ކުރަން ނިންމާ ސާރވޭވެސް ކޮށްފަ. ބައެއް މީހުން ފިނެޔަށް ގޮސް ތިއުޅެނީ ކުކުޅު ކައި ރަށުގެ ޤުދްރަތީ ރީތިކަމުގެ މަންފާ ހޯދަން. އެއްބަޔަކު އަލަށް ގޯތި ނަގާފަ އަދި އިތުރަށް ތިން ހަތަރު ގޯތި އެބަ ގަނޭ. އަނެއްބަޔަކު ރަށުން 4 ގޯތި ދެވެން (ބާކީ) އޮތް އިރުވެސް ގޯތި ނުލިބި. އެއްވެސް ކަމެއްނުވާ ކައުންސިލުން ގޯތި ނުދީ ހިފަހައްޓާފަ. ތިޔައިން އެކަކީވެސް ކޮންމެހެން ރަށަށް މާ ހެޔޮއެދިގެން އުޅޭ ބައެއްނޫން. އެހެން ނަމަ ރަށަށް ލިބުނު ބޯޅަ ދަނޑު ގެއްލިގެންނެއް ނުދާނެ. ބަށިކޯޓާ ވޮލީ ކޯޓު ގެއްލިގެންނެއް ނުދާނެ. ކައުންސިލުގެ އިހުމާލުން މިހުރިހާ ގެއްލުމެއް ރަށަށް އެ ލިބެނީ. ނިކަން ބަލައިލަ ހިރިމަރަދޫ. އެއަށްވުރެ ދުރުން ބަލައިލަ ނެއްލައިދޫ.

The name is already taken The name is available. Register?

އަހުމަދު އިބްރާހިމް

14 August 2018

މިއުޅެނީ އެންމެ ކުޑަ ދުވަސް ކޮޅެއް ތެރޭ އެންމެ ގިނަ ރަށައް ދިޔަ ކެންޑިޑޭޓް ހޮވުމުގެ ރޭހެއްގަތަ؟؟؟

The name is already taken The name is available. Register?

ޢަހަންމާ.

14 August 2018

ޔާންބެ ހެދި މަގުން ދުއްވާ އިރު ކީކޭބާ އިބޫ ހިތައްއަރަނީ

The name is already taken The name is available. Register?

އަބޭ

14 August 2018

"މި ކުޑަ ކުޑަ ދިވެހިރާއްޖެގެ ކުރިއަށްއޮތް 20 ޖީލު ހޭވެއްޓެންދެން މަސައްކަތް ކުރިޔަސް ނަގާފައިވާ ބިޔަ ބޮޑު ލޯނުތަކާއި ވިއްކި ބޮންޑު ތަކުގެ ދަރަނިން ސަލާމަތް ނުވާނެޔޭ....ކުޑަ މަގެއްހާދާލަންވެސް ވިއްކާލަނީ ރަށެކޭ...ނޫނީ ފަޅެކޭ...އަޅާ ކޮއްމެ ތާރަގަނޑަކުން 20ގުނަ އައުވާނުންގެ ޖީބަލާ ފުރާލާއިރު ޢަހަންމާ މެންކަހަލަ މީހުން ހަމަ އަތްޖަހަނީއްޔޭ...ހުރި ދިވެހިން އޮތް ނިކަމެތިކަމޭ...."

The name is already taken The name is available. Register?

މިލަަ

15 August 2018

ލޯނު ދައްކަން ނޭގޭމީހުން ގޭގެ މަޑުން ތިބެބަލަ!!!! އެގޭމީހުން އެކަންތައް ކޮއްދޭނެ!

The name is already taken The name is available. Register?

ޤާދިރު

15 August 2018

ތީ ވަރަށް ބޮޑު ތެދެއް. އިޤްތިޞާދަކީ ކޮބައިކަން ނުދަންނަ، ތަރައްޤީއަށް ފައިސާއެއް ހޯދަން ނުދަންނަ، ވެރިކަމުގައި މުއައްޒަފުންނަށް މުސާރަ ދެވެން ނެތިގެން ކުރުމުއްދަތެއްގަ ދައްކާގޮތަށް ބޮޑު އިންޓަރެސްޓްގަ ދެފަހަރުމަތިން އިންޑިއާއިން 100 މިލިޔަން ޑޮލަރު ނަގާ އެވަރު ފަރުނުޖެހިގެން ފެންކުންފުންޏާއި ދިރާގުގެ ޝެއަރ ވިއްކާލައި މި ވަރުން ވެސް ނުފުދިގެން ރާއްޖޭގެ މައި އެއަރޕޯޓު ނުއަގުގައި އިންޑިއަރއަށް ވިއްކާލި ބަޔަކަށް ލޯނެއް އަދާކުރަން ކީއްކުރަން ކަންމަތީ ފިހާރައިގެ ދަރަނި ވެސް އަދާކޮށްލެވޭނެ ފެނަވަރެއް ނުހުންނާނެ.

The name is already taken The name is available. Register?

ގުރައިދޫ ސެންޓަރު

14 August 2018

ކިތަންމެ ރަށަކަށް އެރިޔަސް ކުރިން އޮތް ތާއީދެއް ނެތް. ތާއީދު ފެންނަނީ އަސުރުމާ ކުލަތަކުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454