އިދިކޮޅު މުޒާހަރާއެއްގައި ސިފައިން ހަރަކާތްތެރިވަނީ: ސިފައިންގެ އަދަދު މަދުކުރަން އެއްބަސްވެފައިވާ ކަމަށް ފެތުރީ ދޮގު ވާހަކަތަކެއް ކަމަށް ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ ބުނެފައި. --ފޮޓޯ/މިހާރު
06 ސެޕްޓެމްބަރ 2018 - 14:03
އިބޫގެ ސިއްހީ ހާލަތާ ބެހޭ ގޮތުންނާއި ދިވެހި ސިފައިންނާ ބެހޭ ގޮތުން އެމެރިކާ ސަރުކާރުން ކޮށްފައިވާ މުއާމަލާތަކާ ހަވާލާދީ ކަމަށް ބުނެ ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ފެތުރީ ދޮގު ވާހަކަތަކެއް ކަމަށް އެމެރިކާ އިން ބުނުމުން ވެސް އެ ޚަބަރު އެ މީޑިއާ އިން އިސްލާހެއް ނުކުރި އެވެ.
ޕީއެސްއެމުން ބުނި ގޮތުގައި، އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތެރެއިން ލީކުވެފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެމްޑީޕީން ވެރިކަމަށް ކުރިމަތިލައްވާނެ ބޭފުޅަކާ ގުޅޭ ގޮތުން ވެސް އެމެރިކާ އިން މަޝްވަރާ ކޮށްފައިވާ އިރު، އެމެރިކާގެ ކަންބޮޑުވުމަކީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސިއްހީ ހާލަތު ގޯސްވުމެވެ. ސިކުނޑީގެ ނާރުތަކަށް ޖެހޭ ބައްޔެއް އިބޫގެ ހަށިކޮޅުގައި ހުންނަ ކަމަށް އެ ލިޔެކިޔުންތަކުގައި އެމެރިކާ އިން ފާހަގަކޮށްފައިވާ ކަމަށް ޕީއެސްއެމުން ބުންޏެވެ.
އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއް އަތުވެއްޖެ ނަމަ ކަންބޮޑުވާން ޖެހޭ ކަންކަން ކަމަށް ރައްޔިތުންނަށް ވިސްނައިދޭން ޕީއެސްއެމުން ފެތުރި ޚަބަރުގައި ބުނެފައިވަނީ އެމެރިކާ އިން ބޭނުންވާ ގޮތަށް ދިވެހި އަސްކަރިއްޔާގެ ސައިޒު ކުޑަކޮށްލަން އެއްބަސްވިކަން ހާމަވީ، ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން އެ ގައުމުގައި ހުންނަ ޚާރިޖީ ވުޒާރާ އަށް ފޮނުވި ސިއްރު ލިއުންތަކެއްގަ އެވެ. އެއީ، އިންޑިއާ ކަނޑުގައި ޗައިނާގެ ބާރު ކަނޑުވާލުމަށް ގެންނަން ނިންމި ބަދަލެއް ކަމަށް ވެސް ލިއުންތަކުގައިވާ ކަމަށް ޕީއެސްއެމުން ގެނެސްދިން ޚަބަރުގައި ބުންޏެވެ.
Rayyathun tax faisaa in hingaa PSM pic.twitter.com/592lOXUzUh
— Moosa Siraj 🎈 (@MoosesSiraj) September 6, 2018
ޕީއެސްއެމުން ގެނެސްދިން ޚަބަރު، ގާނޫނީ ވަކީލް، މޫސާ ސިރާޖު، ޓުވީޓްކުރައްވާފައި.
ލަންކާގައި ހުންނަ އެމެރިކާ އެމްބަސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިބޫގެ ސިއްހީ ހާލަތާ ބެހޭ ގޮތުންނާއި ދިވެހި ސިފައިންގެ އަދަދު މަދުކޮށް، އެމެރިކާ ބޭނުންވާ ގޮތަށް އެ މުއައްސަސާ ބަދަލުކޮށްލަން އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވެފައިވާ ކަމަށް ބުނެ ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ފެތުރީ ދޮގު ޚަބަރެކެވެ.
އެމެރިކާ އެމްބަސީގެ ބަޔާނުގައި ބުނެފައި ވަނީ، ސިފައިންގެ އަދަދު މަދުކޮށް، އެމެރިކާ ބޭނުންވާ ގޮތަށް އެމްއެންޑީއެފް ބަދަލުކުރަން އިދިކޮޅު ފަރާތްތަކުން އެއްބަސްވެފައިވާކަމަށް ފަތުރަނީ ދޮގެއް ކަމަށެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާ އަށް ފޮނުވާފައިވާ ސިއްރު ލިޔުންތަކެއް ކަމަށް ބުނެ އާއްމުކޮށްފައި ވަނީ އެ އެމްބަސީއާ އެއްވެސް ގުޅުމެއް ނެތް ލިޔުންތަކެއް ކަމަށް ވެސް އެމްބަސީން ބުނެފައިވެ އެވެ.
ޕީއެސްއެމުން ފެތުރީ ދޮގެއް ކަމަށް އެމެރިކާ އިން ބުނުމުން ވެސް، ޕީއެސްއެމުން މިހާތަނަށް އެ ޚަބަރު އިސްލާހެއް ނުކުރެ އެވެ. އަދި އެމެރިކާ އެމްބަސީން ނެރުނު ނޫސް ބަޔާނުގެ ޚަބަރު ވެސް މިހާތަނަށް ގެނެސްދީފައެއް ނުވެ އެވެ.
އިދިކޮޅު ޕާޓީތަކާ ގުޅުވައި ދައުލަތުގެ މީޑިއާ އިން ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރާފައި މިވަނީ، ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ އިރު ވެސް އެއް ފަރާތަކަށް ޖެހި، ހަމައެކަނި ރައީސް އަބްދުﷲ ޔާމީން ޕްރޮމޯޓްކޮށް، އިދިކޮޅު ފަރާތްތަކުން ބާއްވާ ކެމްޕޭންގެ އެއްވެސް މައުލޫމާތެއް ނުގެނެސްދޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޛުހާ
07 September 2018
ހުތާ. ޝަކީބެއް ނޫން. ޝަހީބު. މީސްމީހުންނަށް ކިޔާ ނަންނަން ރަނގަޅަށް ނޭނގޭ މީހަކު، ތިމާއަށް ކަންކަން މާ އެނގޭކަމަށް ހެދިގެން އެހެން މީހުން ކުރާ ކަންތައްތަކަށް ފާޑުކިޔުން ވާނީ ޖޯކަކަށް.
ޭއަހުމަދު
07 September 2018
ދިވެހިރާއްޖޭގއިވެސް ދައުލތުގެ މީޑޔާ މިވަރު ވެފ އޮތް ފުރަތމފހރުކަންވަރއް ސާފުކޮއް އެބަ އެނގޭ މުހިއްމީ ރައްޔިތުން ނޫންކަންޔާމިނު ކަން އެބ އެންގޭ.. އެހެންޔާ ޝާފްޗެންޕިޔަންޝިޕ ގެ ފުޓުބޯޅާއިގެ ކުލަވަރު ގދަޔައް ޖެހިފައިވާ ދައުލތުގެ ޓީވީ އައް މިފހަރު މިވަނީ ސިޔާސީ ކެންޕޭންގެކުލަވަރު ޖެހިފަ ފުޓުބޯޅައިގެ ރޫޙުވެސް މުޅިންހެން ނެތިކޮއްލާފަ.
ބޫމް
07 September 2018
މީހެއްގެ އަބުރު ގެއްލިގެން ބަޔަކާ ދެކޮޅަށް ދައުވާ ކުރަން އެ ތައްޔާރުވަނީ. އަޅެ މީ އަބުރު ކަތިލުމަށް ނޫންތަ؟
ޙނަދު
07 September 2018
އެއީހަމައެކަނި ވަކިމީހެއްގެ އަބުރު ހިމާޔަތްކުރަންހެދި ގާނޫނެއް.އިދކޮޅު މީހުންގެ އަބުރު ކަތިލައި ވެއްޔާމޮޑުނަސް ތިގާނޫނުންފިޔަވަޅެއްނާޅާނެ. އަހަންނަކީވެސް ކުރިން ސިޔާސީ ކަންކަމުގަ ވަކިފަރާރަކަށްތާއީދުކުރިމީހެއްނޫން. 2013 އާޢިލާގެ އެދުމަށް ރައީސްޔާމީނަށްވޯޓުދިނިން. މިހާރު ފެންނަމުންދާ ނާއިންސާފުގެ ސަބަބުން މިފަހަރު ރޔާމީނަށް ވޯޓެއްނުދޭނަން. ކުރިންފަހަރު ޔާމީންހޮވަންއުޅުނު އަހަރެންގެ އާއިލާވެސް މިފަހަރު ހިޔާލުބަދަލުެވެއްޖެ. ސަބަބަކީ ނާއިންސާފާއި ރައީސްމައުމޫންއަށްކުރާ އަނިޔާ
ރީތި މޫސަ
07 September 2018
ރަނގަޅަށް އެމްބަސީގެ ނޫސްބަޔާން އަޑުއެހިނަމައެނގޭނެ އެއީ ލީކުވެގެންއުޅޭ ޚަބަރެއްކަން އަދި އެއްފަހަރު އަޑުއަހާލުން ރަނގަޅު
ި888ިި
06 September 2018
އެމްބަސީން ވިކިލީކްގެ މައުލޫމާތު ދޮގެއް ނުކުރޭ. ބުނީ ރިޔާސީ އިންތިހާބާގުޅޭ މަޝްވރާއެއް ނުކުރަމޭ.
އަލީކޮއެ
07 September 2018
ތިހާ ދޮގުނަހަދަބަލަ. އެންބަސީ އިން އެއޮތީ ސާފު ސީދާ އިނގިރޭސި ބަހުން ބުނެފަ އެއީ ފޭކު އެއްޗެއްކަން. އަދި ބޮޑު ފުރޯޑެއްކަން.
ބާރޑީނަމްނަމް
06 September 2018
އެމެރިކާ ރުޅިއަރުވާ އަދި ބޮޑަށް. އޭރުން ޕީޕީ ކުދިންގެ ބޭންކު އެކައުންޓުތައް ޓްރާންސެކްޝަން ތަކާއި އެކު ނިކަން އަވަހަަށް ފެންނާނެ. އަމިއްލައަށް ފައިން އަރަން ބައިތިއްބާ.
އަބްދުއްލާ
06 September 2018
އެމްއެންޑީ އެފް އުވާލާ ވާހަކަ ދައްކަނީ ޕީއެސް އެމުންތޯ ؟ދިވެހި ސިފައިންގެ ބަދަލުގަ އިންޑިޔާ ސިފައިން މިގައުމަށް އެރުވުމުގެ ވާހަކަ ދައްކަނީ ޕީއެސްއެމުންތޯ ؟އެފަރާތްތަކުން ދައްކާފަ ހުރި ވާކަހަތަކަށްތިއާޔަތް ކުރާއިރު ޕީއެސް އެމްގެ ހަބަރު ވަނީ ތެދު ހަބަރަކަށް.
އފ
06 September 2018
އަޅުގަނޑަށް ހީވާގޮތުން މިލިޔުން ތައްޔާރުކުރީވެސް ޕީ އެސް އެމް ގެ އިސް ވެރިޔެއް. މީގެއޮތީދެބޭނުމެއް 1. އިންތިޙާބުން އިބޫ ބަލިކުރުން. 2. އިންތިޙާބުން ޔާމީނު ބަލިވީމަ ސިފައިންގެ އެހިއާއެކު ވެރިކަމުގަ ދެމިޔިބެވޭތޯ ބަލަން ކުރިކަމެއް. ދިވެހި ގިނަރައްޔިތުން މިހާރުގެސަރުކާރަށް ތާއީދުނުކުރާކަން ސަރުކާރަށްވެސްއެނގޭ އަދި ދިވެހިސިފައިން ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކުރާނެކަންވެސް ސަރިކާރަށް އެނގޭ.
bugabooo
06 September 2018
ޑިމޮކްރަސީއޭ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ބިރުގެންނެވުން ނޫން ކަމެއް އެންޑީޕީން ކުރޭތަ؟ އެމެރިކާ އަކީ މިފަހަކުން ޑިމޮކްރަސީ ގެނެސްދޭ ކޮންމެ ގައުމެއް ފުޑާލާ ބައެއް. އިރާގު ބަލާ، އަފްގާނިސްތާން، ލީބިޔާ، އިޖިޕްޓް. އިސްލާމީ ގައުމުތައް އެއޮތީ ޑިމޮކްރަސީގެ ނަމުގައި ފުނޑާލާފަ. އެމެރިކާއިން ކޮށްފައި ނުކުރާނެ ކަމެއް ނެތްކަން ޝައްކު ކުރާނީ ރަނގަޅަށް ދުނިޔެމަތީގެ ކަންކަން ނުދަންނަ މީހުން.
ސޯލްޖަރ
07 September 2018
މަ ހުވައެއް ކޮށްފަހުރި ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ އެންމެ ވާހަކައެއް. މަކަރު ހީލަތާއި ޖަރީމާގަ މުޅި ޢުމުރު ހޭދަ ކޮށްލުމަށް ޔާމީނަށް ދެން ފުރުސަތެއް ނެތޭ.
އަލީކޮއެ
06 September 2018
ކޮބާތަ ޝަހީބު؟ ނިދަނީތަ.
ބާރޑީނަމްނަމް
06 September 2018
ޝަހީބު އުޅޭނެ ދޯ ކޮންމެވެސް މީހަކު ފަހައިގަނެގެން؟
ކޮލެޖް ބޯއީ
06 September 2018
ޚަބަރު އިސްލާހު ކުރަން އެމެރިކާއިން ޕީއެސްއެމްގައި ނޭދޭ!