ޒަކާތު ފަންޑު ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރަން އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
10 ސެޕްޓެމްބަރ 2018 - 13:33
މުސްލިމުންގެ މައްޗަށް މާތް ﷲ ވާޖިބު ކުރައްވާފައިވާ ޒަކާތުގެ ނިޒާމަށް މަލާމާތްކޮށް ފުރައްސާރަ ކުރާ ބަޔަކު އެބަ އުޅޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.
ޒަކާތު ފަންޑު ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޒަކާތުގެ ނިޒާމަށް މަލާމާތްކުރަނީ މި މުޖުތަމައުގެ ތެރޭގައި އުޅޭ މަދު ބައެއް ކަމަށެވެ. އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒަކާތް ދެއްކުމަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ރުކުނަކަށް ވާއިރު، އެކަމަށް މަލާމާތް ކުރުމަކީ އިސްލާމް ދީނަށް މަލާމާތް ކުރުން ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ޒަކާތުގެ ނިޒާމާ ބެހޭ ގޮތުން ޝައްކު އުފައްދާ ބަޔަކު އުޅޭ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
ޒަކާތު ފަންޑުގެ ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު (ކ) ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު /މިހާރު
ޒަކާތަކީ ހަމައެކަނި ވިޔަފާރިވެރިން ދައްކަންޖެހޭ އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކަށް ވިސްނިފައި އޮތް ކަމުގައި ވިއަސް އެއީ އާމްދަނީ ލިބޭ ހުރިހާ އެންމެން ދައްކަންޖެހޭ އެއްޗެއްކަމަށް ވިދާޅުވި އެވެ. އެހެންވެ ޒަކާތް ދެއްކުމުގެ ހައްގު ލިބިފައިވާ އެންމެން ޒަކާތް ދައްކާ ނަމަ، މިހާރަށް ވުރެ ގިނަ އެހީތައް މުޖުތަމައަށް ފޯރު ކޮށްދެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެ ފަންޑުން މިހާރު ވެސް އަންނަނީ ތައުލީމް ހާސިލު ކުރުމަށް އެހީތެރިވުމުގެ އިތުރުން، ތެލަސީމިއާ ހުންނަ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ގިނަ އަދަދެއްގެ ކުދިންނަށް ކޮންމެ އަހަރަކު ވެސް ފުރުސަތު ދެމުންނެވެ.
ޒަކާތު ފަންޑުގެ އެހީގައި ދޭ ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރަން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު (ކ) ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު /މިހާރު
މިނިސްޓަރު ވިދާޅުވީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ޒަކާތުގެ ނިޒާމު ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ފަގީރުން ކަނޑައަޅާ މިންގަނޑު އަލުން މުރާޖައާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވަނީ ޒަކާތް ވާޖިބުވާ ހުރިހާ އެންމެން ޒަކާތް ދެއްކުމަށް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނިބޯ
11 September 2018
ދިވެހިންނަށް ފުރައްސާރަކުރާބަޔަކުވެސް އުޅޭ ތިމާނޫން އެހެންމީހުންނަކީ ލާދީނޭ ކިޔައިގެން ޒަކާތުގެ ވާހަކަ ދައްކާއިރު އެކަންކަން ދިވެހިންނަށް ކިޔައިނުދީ މުސާރަނަގައިގެން ގޮނޑިތަކުގައި ތިބުމަކީވެސް ހުތުރުކަމެއްދޯ ޗީޗީ ހތުރުވާހަކަ ދައްކާ ސަރުކާޜެއްމީ
އަލްޖިބްރާ
11 September 2018
ޒަކާތުފަންޑުގައި ހުރި ފައިސާއިން އެއްވެސް މީހަކަށް ސްކޮލަރޝިޕް އަށް ޚަރަދުކުރާކަށް ދޭކަށް ނުޖެހޭނެ ! އިސްލާމިކް މިނސްޓަރަކަށް ހުރެ ތިޔަށްވުރެ ތަންފުކެއް ހޭޖެހޭ ވާހަކަ ދައްކަބަލަ ! އިސްލާމް ދީނުގައި ޒަކާތް ނެގެނީ ކީއްކުރަންކަން ތިޔަމިނސްޓަރަށް ނޭގުނުކަމީ ތިޔަމިނސްޓަރު ތިޔަ ކަމަށް ކުފޫ ހަމަނުވާކަން ސާބިތުވާކަމެއް !
މަންސޫރުބެ
11 September 2018
އިންތިހާބު މިހާ ކައިރިވެފައި ވަނިކޮށް މުދަލުޒަކާތު ފައިސާ ބަހަން ނިންމާނީ މީގައި އަޑިނޭންގޭ ސިއްރެއް އޮތީމަކަން ޔަނގީން. މި ފައިސާ ނުބަހާ ހިފަހައްޓާފައި ހުރީވެސް މިސަބަބާހެދި ކަން ވެސް ޔަޤީން. މީހުން ފާޑުކިޔަނީ ޒަކާތުގެ ނިޒާމަކަން ނޫން . މަނިކުފާނުންފެ ސިޔާސަތު ދޯހަޅިކަމުން އެކަމަށް ކިޔާ ފާޑެއްވިއްޔާ ކިޔަނީ. ދީން ހަތިޔާރަކަށް ހަދައިގެން އެކަމުންވެސް އޮޅޮވާލުމާއި މަކަރު ހެދުން ނޫން ކަމެއް ނުކުރޭ.. ރައްޔިތުން ތިބީ ނިދާފައެއްނޫން އިނގޭތޯ!!
ދަނޑިމަރު
11 September 2018
ބާޤިރު މެންނަށް އަބަދު ވެރިކަމުގަ ތިބެވެނެ ކަމަށް ހިތާ މޮޅު ވާހަކަ ދައްކާނެކަމެއް ނެތް.
ޔަގީން18
10 September 2018
ވެރިކަމުގަ ތިބިމީހުން ދުސްތޫރީ ވެރިކަން ހިންގުމުގެ ނިޒާމަށް ފުރައްސާރަކުރަނީ. ގާނޫނުއަސާސީއަށް ފުރައްސާރަކުރަނީ. ޚިޔާލުތަފާތުވާމީހުނަށް ފުރައްދާރަކުރަނީ..
ޏަޖީބް
10 September 2018
ތިނުންމީހެއް ވަރައްމަދު ފަހުޒަމާންގެ އަލާމަތް ކަންނޭމގެ..
ބާރޑީނަމްނަމް
10 September 2018
ރައްޔިތުން ޒަކާތަށް ދޭ ފައިސާ އެއްކޮއްގެން އަގުބޮޑު މުދާ ގަންނަ މީހުން އެބައުޅޭ.
ސީދާ
10 September 2018
ޒަކާތު ފައިސާ ރިޔާސީ ކެމްޕޭނާ ދިމާކޮށް ޔާމީންގެ ހެޔޮފުޅުކަމުން ދޭ އެއްޗެއްކަމަށް ދެއްކުމަށް ސްކޯލާޝިޕޭ ބޭސްފަރުވާއޭ ކިޔާ ބެހުމަކީ ބޮޑު ޚިޔާނާތެއް. ޒަކާތަކީ މާތް ﷲ އަންގަވާފައިވާ ގޮތަށް އޭގެ ހައްގުވެރިންނަށް ބަހަންޖެހޭ އަމާނާތެއް. މި ކަމުގެ ޒިއްމާ މި އަދު ނުނެގިއަސް އާޚިރަތް ދުވަހު މިނިސްޓަރު ނަގަންޖެހޭނެ.
ސީނު
10 September 2018
އަބަދު މަލާމާތް، ފުރައްސާރަ، ކަލަ.. ބަލަ ވެރިޔަކަށް ހުރެ ސުވާލުއުފެދޭ މީހުނަށް ސާފުވާގޮތަށް ގަވާއިދުތަކާއި އުސޫލުތައް ހަމަޖެއްސުމުން، ތިބުނާ ބަޔަކު އުޅޭކަމަކަށް ނުވާނެ. ތިފަދަ މަގާމުތަކުގަ ތިބޭމީހުންނަކީ އަބަދު ރައްޔަތުން ގޯސްކޮށް ދެއިރު ދެދަޅައަށް އެމީހުންނަށް ބިރުދައްކައި، އުޅޭބަޔަކަށްވެގެންނުވާނެ. ނަމަކަށް މަގާމުގަ ތިބުމުގެ ބޭނުމެއްނެތް..
ޢަދީބު
10 September 2018
ޒަކާތުފަންޑުން 10 ބުރި އިމާރާތް އެޅީމަ ޔަތީމުންނާ ފަގީރުންނައް ވަނީ ކޮން މަންފާއެއްތޯ؟